އދ. އަތޮޅުގެ ރަށަކަށް ދަތުރު ދިޔަ ބަޔަކަށް މަތިންދާ ބޯޓެއްގެ ބައިތަކެއް ކަަމަށް ބެލެވޭ އެއްޗެހި ތަކެއް ފެނިއްޖެއެވެ.

އިއްޔެ މެންދުރު ފަހު ދ. މީދޫ ކައިރިން މަތިންދާބޯޓެއްގެ ފިޔަގަނޑެއް ވަނީ ފެނިފައެވެ. އެ ފިޔަގަނޑު ފެނިފައި ވަނީ އެރަށް ކައިރިން މޫދުން އޮޔާ ދަނިކޮށެވެ. އެ ހަބަރާއެކު، ފަޅު ރަށަކަށް ދަތުރު ދިޔަ ބަޔަަކަށް މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހި ތަކެއް ފެނިގެން ވަނީ އެކަން މީޑިއާތަކުގެ ސަމާލުކަމަށް ގެެނެސްފައެވެ.

މި އެއްޗެހި ފެނިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހަންޏާމީދޫ ކައިރި އޮންނަ ފަޅުރަށެއް ކަމަށްވާ އަލިކޮއިއަށް އޯވާނައިޓް ދަތުރު ދިޔަ ބައެކެވެ. އެ އެއްޗެހި ފެނިފައި ވަނީ މޫދު ކައިރި، އެއްގަމާއި ދިމާލުންނެވެ.

ދަތުރު ދިޔަ ބަޔަކަށް ފެނުނު މަތިންދަ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހި - ފޮޓޯ: ކިޔުންތެރިއެއް

އެ އެއްޗެހި އަދިވެސް ހުރީ އެރަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު"އަށް އަށް މައުލޫމާތު ދެމުން މަތިންދާބޯޓުގެ އެ ބައި ފެނުނު މީހާ ބުނީ، އެއީ މަތިންދާ ބޯޓުގެ އިންޖީނުގެ ކަވަރު ފަޅި ކަމަަށް ބެލެވޭ ކަމަށާއި، އޭގައިި ނަމްބަރެއްވެސް ޖަހާފައިިވާ ކަމަށެވެ.

އޭނާ ބުނީ، އޭތީ ފެނިފައި ވަނީ އެ ދުވަހު އިރުއޮއްސުނު ވަގުތު އެރަށު މޫދު ކައިރިއަށް ލައްގާފައި އޮއްވާ ކަމަށެވެ. އަދި އޭތި ފެނުމުން، އެއްކޮށް އެއްގަަމަށް އަރުވާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އެއިއު އެ މީހުންނަށް އެއީ މާބޮޑު އެއްޗެއްހެން ހީނުވިނަމަވެސް، އިއްޔެ ދ. މީދޫ ކައިރި ކަނޑުން ފެނުނު މަތިންދާ ބޯޓުގެ ފިޔަގަނޑާއެކު، އެއީ މަތިންދާބޯޓެއްގެ ބައިތަކެއް ކަން މިހާރު ވަނީ ބެލެވިފައެވެ.

އެހެންވެ އޭތި ފެނުނު މީހުން ވަނީ އެކަން ފުލުހުންނާއި، މަހިބަދޫ ކައުންސިލްގެ ސަމާލު ކަމަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އ . ޖ . އ

    ތީ ފެން ޕަންޕެއްނު

    13
    2
  2. އައްލާ

    ތީ އާގު ބޯޓެއްގެ ސައިލެންސަ ރުގެ ވަ އަތް ފަ ރާތުގެ ކަވަ ރު ފަޅިން ބަ އެއް

    15
    1
  3. ޔާގޫތު

    ވެދާނެ މެލޭޝިއަން އެއަރލައިން 370 ގެ ބައެއްކަމަށް

    8
    8
  4. ސްނޭޕް

    ތާކުން ބާ ދަގަނޑު ކޮޅެއް ފެނުނަސް ދެން މަތިންދާ ބޯޓް.. ގޭގަ ހުރި ތެލިތަކުގަ ހުރި ދެލި ފެނިފަ މިއޮތީ ތިންވަނަ ބޮނޑުހަނގުރާމައިގެ އެންމެ ވަރުގަދަ ހަތިޔާރުގެ ފޫކޮލު އަނދާފައޭ ނުލިޔުނިއްޔާ ކިތަންމެހާވެސް ރަނގަޅު..

    9
    18
    • ޑިހުލާ

      ކަލޭ ސިކުނޑި ޒީރޯވައްތަރު ވިސްނުން ހުންނަނީ..

      14
      6
  5. ޙުސޭނު

    ތިޔައީ ޓޮރަމްޕުގެ ކަމަކައް ވާނީ.. ރައީސަކަށް ނުހޮވުނީމަ އައި ރުޅީގަ އެމެރިކާ މަތިންދާ ބޯޓްތައް ހަލާކު ކޮށްފަ އުކަނީކަމަށަވާނީ.

    17
    3