ރާއްޖޭގައި ދޭން އުޅުނު ނިރުބުވެރި (ޓެރަރިސްޓް) ހަމަލާ އާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި ހަ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާކަން ފުލުހުން އިއުލާން ކުރީގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިިޔަކަމަށް ތުހުމަތު ކުރެވޭ ނިރުބަވެރި އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮަށް އެ އަމަލު ހުއްޓުވައި، ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެ އާއި އަތޮޅުތެރޭގެ ކަނޑުމަތީގައި އާއި ތިމަރަފުށީގައެވެ.

ހަމަލާ ދޭން އުޅުނީ ރާއްޖޭގެ ކޮން ސަރަހައްދެއްގައި ކިހިނެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން މިއަދު ވެސް ވިދާޅުވީ ރާއްޖޭގައި ދޭން އުޅުނު ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤަށް މައުލޫމާތު ލިބެމުންދާ ވަރަކުން މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި ހަ މިހުންގެ ތެރޭގައި 18 އަހަރުގެ ޒުވާނަކުވެސް ހިމެެނެކެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 18 އަހަރުގެ ޒުވާނާއަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަަމަށެވެ.

އެ މައްސަލާގައި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    #ފޭކް
    #އިންޑިޔާ އައުޓް

    8
    1
  2. އ . ޖ . އ

    ޝުކުރިއްޔާ

    2
    2
  3. ޢަފްލާ

    ކަލޭމެންދޭން އުޅުނު ހަމަލާ ކަލޭމެން ހުއްޓުވީދޯ

    8
    1
  4. ދިވެހި އުއްމަތުގެ އާދޭސް

    ޔާ ﷲ މިގައުމުގެ ދީނަކީ ހަމައެކަނި އިސްލާމްދީންކަމުގައި ލައްވައި ސައްތައިންސައްތަ އިސްލާމްކަންމަތީ ދަމަހައްޓަވާންދޭވެ. މިނިވަން ސިފަތައްހުރި މިނިވަން ގައުމެއްގެ ގޮތުގައި މިގައު ދަމަހައްޓަވާންދޭވެ. އަވައްޓެރި އަދި ވިލާތުވިޔަސް ބޭރުގެ އެންމެހައި ގައުމިތަކުގެ ނުފޫޒުން އެއްކިބައިކޮށް ދެއްވައި ދިވެހިންގެ ބާރުއޮތް ދިވެހިންގެ ގައުމެއްގެ ގޮތުގައި ދަމަހައްޓަވައި ދެއްވާންދޭވެ. މިކަންތައްތަކަށް ބުރޫއަރާ ގޮތަށްކަންތައްތައް ކުރާ ފަރާތް ތައްނިކަމެތި ކުރައްވައި ފަލީހަތް ކުރައްވާންދޭވެ. އަދި އެބައެއްގެ ބާރުތައް ނެތި ކުރައްވައި ﷲ އެބައެއް ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވައި މީސްތަކުންނަށް އިބުރަތަކަށް ވާވަރުގެ ކަންތައްތަކެއް ދައްކަވައިފާންދޭވެ. އާމީން އާމީން ޔާ ރައްބަލް އާލަމީން. ﷲ އަކުބަރު.

    5
    1
  5. މޫސަ

    ތިޔަކަން އިންވެސްޓިގޭޓްކުރުމަށް އެންމެރަގަޅުވާނީ އެމެރިކާ. ވީމާ މީހުނާއެކު އެމެރިާއަށް ހަވާލުކުރުމަށް ގޮވާލަން.