ރާއްޖޭގައި އިންޑިއާ ސިފައިން މިހާރުވެސް ތިބީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބި މިންވަރަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ނިންމުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން މާރިޔާ "ވަގުތަށް" ވިދާޅުވީ، ކުރީ ސަރުކާރުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މިންވަރަށް ވުރެ އިތުރަށް ސިފައިން ރާއްޖެ ގެނެސްފައި ނުވާނެ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވިއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" ނޫހުން ހުަށަހެޅި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތިން އަޑުއެހުމެއް ވެސް ބޭއްވިއެވެ. ނަމަވެސް މި މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައެއް ނުވެއެވެ.

"ކުރިން ދިފާޢީ ވަޒީރުކަން ކުރެއްވި ބޭފުޅުން ތިއްބެވި އިރު އިންޑިއާ ސިފައިން ތިއްބެވި ވަރަށް ތިއްބަވާނީ މިހާރުވެސް. އިތުރު ސިފައިންނެއް ނާދޭ." މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީ އިން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، އެމީހުންނަށް ހޭދަކުރާ މިންވަރާއި ގުޅޭ އެއްބަސްވުންތައް ހާމަކޮށްފި ނަމަ އެގައުމާއި ރާއްޖެ އާއި ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެން އެއްވެސް ގައުމެއްގެ ސިފައިންނެއް ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިދިކޮޅޫ ފަރާތްތަކާއި ބައެއް އާއްމުން ދަނީ ބުނަމުންނެވެ.

މި ކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން، އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިންނެއް ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ ކުރިންވެސް އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރިވާތީ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރިއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެނގިއެވެ. ނަމަވެސް އެއެންގުމަށް އިންޑިއާއިން ބޯލަނބާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކުޑަ ފޫޅު

    ކަމަނަ ޔެލޯ ގާނޫނު އަސާސީ އަށް ފައިން އެރި ހަދާން ނެތިޖެ

    56
  2. ޑައެލޯގް

    ބަލަ ބުރާންތިވީތަ މާރިޔާ އިންޑިޔާ ސިފައިން އެތެރެކުރީ އެމްޑީޕީގެ ވެރިކަމުގައެވެ. އެއީ ހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައި ގެނައި ސިފައިންނެވެ. ދެން އެމީހުން ރާއްޖޭން ދިޔުމަށް ޔާމީނު އަމުރުކުރުމުންވެސް އެމީހުން ނުދިޔައީ އެއީ ޔާމީނުގެ ސަރުކާރު މައްސަލައެއްނޫނެވެ.

    62
    1
  3. މަނިކ

    ހުރި ހާކަމެއް ޔާމީން ބޮލަކު ނޭޅުވޭނެ ދިވެ ހިން މިތިބި ބަލަން

    64
    1
  4. ސްނޭޕް

    އެވެސް ޔާމީން އާ މެޑަމް ބުދު ފައްޅިއަށް ގޮސް ގެނައި ކުދިންކޮޅެއް

    7
    52
  5. ޖަނާޒާ

    ތިޔަވަރުގެ ތެދުފުޅެއް އިންސާނަކަށް މަލާމަތުގެ ގޮތުން ވިދާޅުވެވޭނީ . ސާބަހޭ

    44
    1
  6. މަލިންބޭ

    ކުރީ ސަރުކާރުން ކަންތައް ކުރާ ގޮތް ގޯސްވެގެން ކަލޭމެންގެނައީ. ކުރީ ސަރުކާރުން ގެނެސްގެން އުޅުނީ ކިތައް ސިފައިންތޯ؟

    52
    3
  7. ހަގީގަތް

    ދޮގެއް ބުނާކަށް ނުކެ ރޭނެ އަދަދު

    45
  8. މުފައްކިރު.

    އިންޑިއާގެ ނުފޫޒާހެދި މިގައުމުގަ ތިބި އިންޑިއާ ސިފައިންގެ ޢަދަދު ހާމަނުކުރުމަކީ ބިރުވެރި ނުރައްކާ ކަމެއް. އެއީ ގައުމީ ސަލާމަތަށް ހުރިބިރެއް.

    55
  9. ވާގޮނުސްކޮ

    ކުރީސަރުކާރު ކިޔަމުން 5 އަހަރު ނިންމާލާ!!! ޜ ޔާމީން ރ ޔާމީން ރ ޔާމީން ކޮވިޑް ކޮވިޑް ކޮވިޑް.
    މީފަހެ މިއެމްޑީޕީ އަށް ޖެހިފައޮތް ގިލަންވެރިކަމަކީތަ؟ ބަލަ ކުރީގެ ސަރުކާރުން އިންޑިއާ ސިފައިން އެނބުރި ގައުމައް ދިއުމައް ތަކުރާރުކޮށް އެންގި . އެހެންވީމަ ކުރީސަރުކާރުން އެންގި ގޮތައް މިސަރުކާރުން ވެސް އިންޑިއާސިފައިން އެނބުރިގައުމައް ދިއުމައް އަންގަބަލަ!! އެއީވެސް ދިވެހިސަރުކާރު މިއަދުވެސް މިއޮތީ ދިވެހި ސަރުކާރު. ބަލަތިޔައީ މިވަރުވެސް ނޭންގޭ ގަމާރުންތަކަކީތަ؟

    53
  10. އަންނި

    މާރިޔާ ތިޔަބުނުއްވީ ރަނގަޅައް ، އައިލަވްޔޫ.

    2
    47
  11. ސައްލި

    ހިންދުސްތާނުގެ ޓެރެރިސްޓް ޖަމާއައްތަކުން އަވައްޓެރި ޤައުމުތަކުގައި ޓެރެރިސްޓު ހަރަކާތް ހިންގަމުންދޭ އެގޮތުން ޕާކިސްތާނުގައިވެސް އެފަދަ ހަމަލާތަށް ހިންގާފައިވޭ ! ޕާކިސްތާނުގެ ހާރިޖީ ވަޒީރު މަހުމޫދު ގުރަޝީ ހަމްނިއުސް

    30
  12. ޓައްޕު

    އަޅެފަހެ މިއީ ބޮޑު ދޫނި ވާހަކައިގައުޅޭ ރަށްކޮޅު މާމެލި ދައިތަ ހެން ހީވޭ މާގަނަ މަތީ ބޮޑު ދޫނި ކައިރީ އަހާލަބަލަ

    22
  13. ެިއިންޑިޔާ އައުޓް

    ތީހަމަ ސީދާ ކަނޑައެޅިގެން ދޮގެއް. ފަހުން ގެނަ ޑޯނިޔާ ބޯޓާ އެއްކޮށްވެސް ބަޔަކު ގެނައްސަ ތިބީ.

    29
  14. ގައިދް

    ޔަހޫދީންނަކީ އަބަދުވެސް ބަހާ އަމަލާ ދިމާނުވެ އުޅޭ ބައެއް. ކަންކަން މިދަނީ އެކަހަލަ. ގޮތަކަށް

    28
  15. ޔޫތުވިންގު

    މެގަމާރިއާ ގެ ޗަސްބިމުގަ އޮޅު އަލަ އިންދަން ގެނާ އިންޑިއާ ސިފައިން މިހާރު ރާއްޖޭގަ ތިބީ.

    26
  16. Anonymous

    މިކަހަލަ މުރުތައްދުން ހަދާ ދޮގުތައް ގަބޫލް ކުރާނީވެސް ހަމަ އެފަދަ ބައެއް

    28
  17. އަހްމްދު

    ދެން ކީއްވެތޯ އެމީހުންގެ ޢަދަދު ހާމަކުރަން ނުކެރިގެން އުޅެނީ! ކުރީސަރުކާރޭ ތިކިޔަނީ އަހަރުމެން އުފާވާނެ ކަމަށް ހީކޮށްތޯ! މިހާރު މިވެރިކަން ގެންނަން ވޯޓްލެވުނީތީ ދެރަވެ ހިތާމަކުރަން!!!!

    32
    2
  18. އަހްމަދު

    ޑައެލޯގްއަށް ބުނެލަން. އެހެންވީމަ ގަޓްރައީސަށް ހައްދައިގެން އުޅުނު ޔާމީނުގެ ގަޓްކަމެއް ނެތެންނު؟

    2
    10
  19. ކޮވިޑް

    ފިންދަނަ މާމާ އިންޑިޔާ ސިފައިން ގެ ނިއްކުރީގަ "އިންޑިޔާ ސިފައިން" މިހެން ޖާފަ ހުންނަ ނަމަ މިހާރު ފިންދަނަ މާމަ އޮންނާނީ ބޮދާ ، މާމަ މެން ތެދެއް ހަދާނެތަ؟

    13
  20. ވެރިން

    ކުރީ ސަރު ކާރޭ ކިޔާނެ ކަމެއްނެތް ީ އަޅެ ފަހެ ބޫރަންޗެއްތަ މި އަހަނީ ތިބި އަދަދުއެ އެހީމަ މި ބުނަނީ ކުރީސަރު ގަ ވެސް ތިބި ވަރަށޭ ތިބީ ހިސާބު އަ ކުރުބެސް ނޭގެނީ ތޯއްޗެ

    11
  21. މަބޭ

    ދިވެހިންނައް ފެންނަންއޮތްކަމެއްގަ ތިވަރުދޮގެއްހަދާފަ ދެންކިހުގެން ސިފައިންކާރީބުނާނީ ތެދުވެރިވަފާތެރިބަޔަކައްވާށޭ

  22. ވިސްނާލުމަށް އެދެމޭ

    ކުރީ ސަރު ކާރުގަތިބިވަރަށް އިންޑިޔާ ސިފައިންތިބިނަމަ ހަނިމާދޫގަ އިންޑިޔާ ސިފައިން ތިބެގެންނުވާނެ.... ކޮއްމެ ރަށެއްގަ ރާޑަރު ބަލަހައްޓަން އިންޑިޔާ ސިފައިން ތިބެގެންނުވާނެ.. ކުރީސަރު ކާރުގަ ތިބިވަރަށް ތިބެގެން މައުލާތު ހާމަ ކޮއްގެން ގައުމީ ސަލާމަތަށް ނުރައް ކާވެގެންނެ މިސަރު ކާރަ ކުން ނޫޅޭނެ.. ކުރީސަރު ކާރުން އިންޑިޔާއަށް ތިބުނާގޮތަށް ކަންތައްތަ ކޮއްދިންނަމަ ކީއްވެ ކުރީސަރު ކާރު ބަދަލު ކުރަން އިންޑިއާއިން މޑޕއަށް އެހީވީ...

  23. ސަމްސިއްޔާ

    ތިޔަ ބުނާ ހެލްކޮޕްޓަރާ އިންޑިއާ ސިފައިން ރާއްޖެގެނައީ ނަޝީދުގެ ވެރިކަމުގައި

  24. ކައްބެ

    ދެން ޗަކޮއެމެން ކޮޗިންފެރީން އެތެރެކުރީ ކޮންއެއްޗެއް ހަމަޔަގީނުންވެސް ކޮޗިންފެރީން ގެނައީ އިންޑިއާސިފައިން އޮޅުވާލުމަށް ކުރީސަރުކާރުގެ އަދަދު ޖައްސަވަނީ ރަށްޔަތުން ގުނބޯހަށްދަން އަދިވެސް ރައީސްޔާމީން ކުއްވެރިކުރަން މިއަދު ރައީސްޔާމީނަކީ ގައުމުގެ ހީރޯއެއް .

  25. މީން

    ދޮގު