ދިވެހިންގެ ތެރެއިން 3.7 އިންސައްތަ މީހުން ކޮންމެ އަހަރަކު މަރުވަނީ ހަކުރު ބަލީގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން (އައިޑީއެފް)އިން މިއަދުގެ ޝިޔާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، "ހަކުރު ބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން" ނެވެ. މި ޝިޔާރު ކަނޑައެޅުމުގެ މަގްސަދަކީ ހަކުރު ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތްކުރަމުން އަންނަ ނަރުހުންގެ އަގުވަޒަން ކުރުމެވެ.
ދުނިޔޭގައި ތިބީ ހަކުރު ބަލި ޖެހިފައި ތިބި 463 މިލިއަން މީހުންނެވެ. މީގެތެރެއިން ގިނަ މީހުން ތަހަންމަލު ކުރަމުން އަންނަނީ ޓައިޕް ދޭއް ޑައިބެޓީސް އެވެ.
ހަކުރި ބަލީގެ ދެ ބާވަތެއް ހުންނަ އިރު ޓައިޕް ދޭއް ޑައިބެޓީސް އަކީ ހަށިގަނޑު ބަރުހެލިވުމާއި، ބޭނުންވާ މިންވަރަށް ކަސްރަތު ނުލިބުން އަދި ކާންވާ މިންވަރަށް ވުރެ ގިނައިން ކެއުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ. މި ބައްޔަކީ އާއިލާއިން ވެސް ވާރުތަވާ ބައްޔެކެވެ. މި ބަލި ޖެހެނީ ހަށިގަނޑުގައި ބޭނުންވާ މިންވަރަށް ވުރެ ގިނައިން އިންސިއުލިން އުފެދި އެ މާއްދާ ބޭރު ނުކުރެވުމުންނެވެ.
ޓައިޕް އެކެއް ޑައިބެޓީސްއަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ މިންވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ދިރާސާއަކުން ދަައްކާ ގޮތުގައި ދިވެހިންގެ ތެރޭގައި ހަކުރު ބަލި ޖެހޭ އަންހެނުންގެ އަދަދު އިތުރެވެ. އަންހެނުންގެ ހަތަރު އިންސައްތައަަށް ހަކުރު ބަލި ޖެހޭ އިރު ފިރިހެނުންގެ ތެރެއިން މި ބަލި ޖެހެނީ ދެ އިންސައްތަ މީހުންނަށެވެ. ހަކުރު ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ އަންހެނުން އަދި 40 އިންސައްތަ ފިރިހެނުން މި ބައްޔަށް ފަރުވާ ކުރާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ދެހާސް އަށާރަ ވަނަ އަހަރު ޑަބްލިއުއެޗްއޯ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި ދިވެހިންގެ ތެރެއިން 3.7 އިންސައްތަ މީހުން މަރުވަނީ ހަކުރު ބަލީގައެވެ.
ހަކުރު ބައްޔަަކީ، މި ބަލި ބޮޑުވާ ހިސާބުން ފުރާނައަށް ވެސް ނުރައްކާވާ ބަލިން ފަސޭހަވުން އުނދަގޫ ބައްޔެކެވެ. މި ބަލިން ދުރުހެލިވުމަށް ގިނައިން ހަކުރު އެކުލެވޭ ކާނާ އާއި ދުރުހެލިވެ، ގިނައިން ކަސްރަތުކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.
މަރުވަނީ އަޖަލު ހަމަވީމާ
ހަކުރު ބަލީގެ އެންމެ މުޙިއްމު ކަމަކީ ބީ.އެމް.އައި ދެމެހެއްޓުމެވެ. ޙާއްސަކޮށް ޓައިޕް 2 ޑައިބެޓީސް ގައެވެ. ބީ.އެމް.އައި އަކީ ބޮޑީ މާސް އިންޑެކްސް އެވެ. މިއީ އިންސާނާ ގެ އިސްކޮޅާއި އެއްވަރަށް ހުންނަން ޖެހޭ ބަރުދަން ދެމެހެއްޓުމެވެ. ބީ.އެމް.އައި ތިރި ކުރެވިއްޖެ ނަމަ ހަކުރު ބަލީގެ ބޭސް ހުއްޓަން ޖެހޭ ޙާއްލަތްތައް، "ވަރަށް ބޮޑަށް" ގިނައެވެ. ހިކުމަށް އެންމެ ރަނގަޅު ގޮތަކީ، މަދުން ހާރުކެއުމަށްފަހު ރޯދަ އަށް ހުރުންކަން ހޯދުން ތަކުން ދައްކައެވެ.
މިހާރު ސައްތައިން ސައްތަ މީހުން މަރުވަނީ ކޮވިޑްޖެހިގެން.
ގައިން ގަޔަށް ނާރާ ބަލިތަށް އިތުރުވަނީ ގޮތް ނޭނގޭ ވިހަ ވެކްސިންތަށް ޖަހާތީ އެވެ
އެކަމަކު މިހާރު ހަކުރުބަލި ކިޑްނީ ބަލި ހިތުގެ ބަލި މުސްލުޅިބަލި މިޏުންވެސް އެހެން ދާއިމީ ބައްޔެއް ހުރިކަމަށް އެބަވޭތަ. ހުސް ކޮވިޑް ބަލި.
މަރުވަނީވެސް ކޮވިޑް ބަލީގަ އެކަނި. ބީތާ ވިޔަސް ބޮޑުވަރު