ރާއްޖޭގެ ގޮނޑުދޮށްތަކަކީ ގުދުރަތީގޮތުން ނުހަނު މުއްސަނދި ގޮނޑުދޮށްތަކެކެވެ. ރީތި ހުދު ދޮންވެލިގަނޑަކާއި، މަޑު ނޫކުލައިގެ ކަނޑުތަކެއް ލިބިފައި ވުން މިއީ ހަމަ ނަސީބެެވެ. ދުނިޔޭގެ އެތައް މިތަނުން އެތައް މިލިއަން ބައެއްގެ ސަމާލުކަން ރާއްޖޭގެ ކުދި ރަށްތަކުގެ ގޮނޑުދޮށްތަކަށް ލިބިފައި ވާއިރު، ރާއްޖޭމަދު ރަށްރަށުގެ ގޮނޑުދޮށްތަކުން އަޖައިބު ކުރުވަނިވި ރީތިކަމެއް ރެދަންލުމުން ފެނެއެވެ.

މިހާރު މީސް މީޑިއާގައި އެންމެ ގިނަބައެއްގެ ސަމާލުކަންވެސް ލިބިފައި ވަނީ، އެފަދަ ފޮޓޯތަކަކަށެވެ. ށ. ފުނަދޫ ގޮނޑުދޮށް ރެނދަން ލައި ރޭގަނޑަށް މި އޮތީ ނޫކުލައިން ދިއްލިފައެވެ.

ފުނަދޫ ގޮނޑުދޮށުގައި ރެދަން ލާފައި - ފޮޓޯ: އިއްތިޝާމް މުހައްމަދު

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނަޒީރު ވިދާޅުވީ އެރަށުގެ ގޮނޑު ދޮށުގައި ކޮންމެ އަހަރެއްގެ އިރުވާ މޫސުމާއި ހުޅަނގު މޫސުމާއި ދެމެދުން އަންނަ "ވިހާ ނަކަތުގައި" ރެދަން ލާކަމަށެވެ. އަދި މުޅި ގޮނޑުދޮށުގައި ރެދަން ނުލާ ކަމަށާއި، ރެނދަން އަންނަނީ އެން އައިނުތަކާއި އެކުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުނަދޫ ގޮނޑުދޮށުގައި ރެދަން ލާފައި - ފޮޓޯ: އިއްތިޝާމް މުހައްމަދު

"މުޅި އަތިރިމަތީގައި ރެނދަން ނުލާ. ރެނދަން ލައްވަނީ މި ނަކަތުގަ އަންނާނެ ރަށުގެ ގޮނޑު ދޮށަށް އެން. އެ އެންބައިގަނޑުތަކުގެ ތެރޭގައި ހުންނަނީ ރެދަން" ނަޒީރު ވިދާޅުވިއެވެ.

ފުނަދޫ ގޮނޑުދޮށުގައި ރެދަން ލާފައި - ފޮޓޯ: އިއްތިޝާމް މުހައްމަދު

ރެނދަން ލަނީ ކަޅުފޮއި ރޭތަކުގައެވެ. ހަނދުވަރު ދޭ ނަމަ ރެދަން ނުފެންނާނެ އެވެ.

ނަޒީރު އިތުރަށް ވިދާޅުވީ، މީގެ ކުރިން ރެނދަން ލާ ދުވަސްވަރާއި ދިމާކޮށް ކޮންމެވެސް ވަރަކަށް ފަތުރުވެރިން އައިސް އުޅޭ ކަމަށާއި، އެހެން ނަމަވެސް އެރަށާއި ކައިރީގައި ރިސޯޓެއް ނެތުމުގެ ސަބަބުން އާންމުކޮށް ރެދަން ބަލަން ފަތުރުވެރިން އައުން މަދު ކަމަށެވެ.

މިއީ ރާއްޖޭގެ މަދު ރަށްތަކަށް ލިބިފައިވާ ނަސީބެއް ނަމަވެސް، އެފަދަ މަންޒަރުތަކަކީ ދިވެހިންވެސް ވަރަށް ގަޔާވާ މަންޒަރު ތަކެކެވެ. މީގެ ކުރިންވެސް ބައެއް ރަށްތަކުން މިފަދަ މަންޒަރުތައް ފެނިގެން މީސް މީޑިއާގެ ސަމާލުކަން ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކަނބުލޮ

    އަސްލު އެއީ ކޯއްޗެއްްތަ؟؟ ވަގުތު ކުދިން ނިކަން ބުނެލަދީބަލަ....

    20
    1
    • ޅަބޭ

      އިތުރު ވާހަކައެއް ދައް ކާނެ ކަމެއް ނެތް. އެއީ މާތް ކާންގެ ކުޅަދުންވަންތަ ކަން. ވައްސަލާން. ލޯންގް ސްޓޯރީ ޝޯޓް.

      54
      12
  2. ލީލާވަތީ

    ބަޔޯ ލުމިނިސެންސް އަލްގޭ ހެން ހީވަނީ

    11
  3. ރަށު ކުއްޖާ

    ހެޔޮނުވާނެ ކޮންމެސް ކުއްޖަކު މަ ފުނަދޫއަށް ގެންދެބަލަ😭😭😭 ماشاءالله ހާދަ ރީއްޗޭ♥️♥️♥️😍😍😍

    21
    1
  4. ދުންތަރި

    އެއީ ﷲ ގެ ކުޅަދުންވަންތަކަން އަހަރެމެންގެ ވަށައިގެން ބަލާލިޔަސް ކޮންމެ ދިމާއަކށް ބެލިނަމަވެސް ފެންނާނީ އެކަލާނގެ ކުޅަދުންވަނތަކަމުގެ ހެކިތައް ވިސްނާ ފިކުރުކުރާބަޔަކަށް އެކަމުން މަންފާކުރާނީ

    46
    2
  5. އަޙްމަދު

    ހޭބަލިވެދާނެ. މަޑުނޫކުލައިގެކަޑެއްރާއްޖޭގައޮތީކޮންތާކުތަ؟

    6
    2
  6. ޢެދުރުބެ

    އެއީ މޫދުގަިއި އުޅޭ ކުދި ކުދި ދިރޭ ސޫފި އެތަކެތި ރާޅާއެކުވެ ހަލާކުވުމުން ޢރާކުލައެއް އެއީ ލަ ބިޗޫވެސް އަނދިރިތާކު މަރާލުމުން އެކުލަ އަރާނެ

  7. ތާރީޚް

    ތިއީ މުސްކުޅިން ބުނާގޮތުންނަމަ ފުރޭތަ އަރާފަ ތިހިރީ. ޢިހުޒަމާނުގައި ނަމަ ރެދަން ލައިފައި ހުރި ތަން ފެނިއްޖެނަމަ މީހުން ބިރުން ދުވެ ފިލާނެ. ފަންޑިތަވެރިން އައިސް ފަންޑިތައެއް ހަދާ ރެނދަން ކަނޑާކަމަށް ވަނީ. އެކަމަކު އެހެނެއްނޫން އަސްލު ވަނީ. އޭރުގެ މީހުން ގެ ހޭ ލުންތެރިކަން ނުހުންނަނީ . ތި ރެދަނަކީ ވަކި މޫސުމަކަށް އުޑުމަތީގައި ގިނަވާ ހަމަ ލޮލަށް ނުފެންނަ ބެކްޓީރިއާ އެއް ކަމަށް ވަނީ. އެތައް ބިލިއަން ބެކްޓީރިއާ ވީމަ ހަމަ ލޮލަށް މި ފެންނަނީ. މި ވާހަކަ ސައިންސް ގެ އަލީގައި ވަރަށް ތަފްސީލް ކޮށް މީގެ ކުރިން އޮންލައިން މަޝްހޫރު ނޫހެއްގައި ގެނެސް ދީފައި ވާނެ. އެއީ ހަނދާންވާގޮތުގައި ރ އަތޮޅު ވާދޫގައި އެތައް ފަހަރަކު ރެދަންލީ ދުވަސްކޮޅެއްގައި.