ކޮންމެ ރަށު ކައުންސިލްއަކަށް ފާރަވެރިވާނެ އެޖެންޓެއް އެ ރަށްރަށުގައި ބަހައްޓަން ވިސްނާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިވާ އައިކޮމްގެ ބަޖެޓްއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ފިޔާޒު ވިދާޅުވީ މައުލޫމާތުތައް އިތުރަށް ހާމަ ކުރުމަށާއި ދައުލަތުގެ އިދާރާތަކަށް ފަރާވެރިވާނެ އިތުރު ގޮތްތައް ހޯދަމުންދާ ކަމަށެވެ.

މި ގޮތުން އަންނަ އަހަރަށް އައިކޮމް އިން ރާވާފައިވާ ކަންކަން ހިއްސާ ކުރައްވަމުން ފިޔާޒު ވިދާޅުވީ ކައުންސިލްތަކަށް އިންތިހާބު ކުރެވޭ ކައުންސިލް މެންބަރުން ވެސް ޒިންމާދާރުކޮށް އެ ރަށްރަށުގެ ރައްޔިތުންނަށް މައުލޫމާތު ހާމަ ކުރަން ޖެހޭ ކަމަށެވެ. މި ކަމަށް ޓަކައި ކޮންމެ ރަށެއްގައި އައިކޮމްގެ ހާއްސަ އެޖެންޓެއް ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންނަ މަހު ފަށާނެ، އާރްޓީއައި އެކްޓިވިސްޓުން ބަހައްޓަން ތަމްރީން ޕްރޮގްރާމެއް. މިހާތަނަށް ވެސް 50 ބޭފުޅު ބައިވެރިވެއްޖެ. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް މީގެ މީހަކު ހަމަޖެއްސުން. އޭރުން ކައުންސިލްތައް ޒިންމާދާރުވެ ކޮރަޕްޝަން މަދުވެ މަސައްކަތްތައް އަވަސްވާނެ،" ފިޔާޒު ވިދާޅުވިއެވެ.

"ބައެއް ރަށްރަށުގެ ކައުންސިލަރުން ތިބެނީ މަހަށް ގޮސް އަބަދު، ޒިންމާ އަދައެއް ނުކުރޭ، ކައުންސިލަރުން ވެސް ޒިންމާ އަދާ ކުރަން ޖެހޭ، މިހާރު ގެނެވުނު އިސްލާހުތަކުން ރަށްރަށުގެ ކަންކަމުގަ ބޮޑެތި ބާރުތަކެއް މި ދޫކޮށްލެވެނީ ވެސް ކައުންސިލްތަކަށް،" ފިޔާޒު ވިދާޅުވިއެވެ.

ބަޖެޓް ކޮމިޓީގައި ފިޔާޒު ވަނީ އެ ކޮމިޝަންއަށް ކަނޑައެޅިފައިވާ ބަޖެޓް ބޮޑުކޮށްދޭން ވެސް އެދިވަޑައިގެންފައެވެ. ބަޖެޓް ކުޑަކޮށް ގެންދެވޭނެ ގޮތްތަކެއް އޮތްތޯ ބައެއް މެންބަރުން ސުވާލު ކުރެއްވުމުން ފިޔާޒު ވިދާޅުވީ އަމިއްލަ އޮފީހެއްނަމަ އަދިވެސް ހަރަދު ކުޑަކޮށްލެވިދާނެ ކަމަށެވެ. އެކަމަކު ދައުލަތުގެ މުއައްސަސާއަކަށް ވާތީ ކޮންމެ ހެން ލާޒިމު ޒިންމާތަކެއް ވެސް ވާ ކަމަށެވެ.

އަންނަ އަހަރަށް އައިކޮމްއަށް ކަނޑައެޅިފައި ވަނީ ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ކޮމިޝަނުން މިހާރު ވެސް ހަރަދު ކުޑަ ކުރަން ބައެއް ފިޔަވަޅުތައް އަޅާފައިވެއެވެ. މި ގޮތުން ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް ބަދަލު ގެނެސް މުވައްޒަފުންގެ އަދަދު ވަނީ 20 އިން 18 އަށް މަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކޮވިޑް

  އަޅެފަހެ ކައުންސިލަށްތަ ފާރަލާންވީ؟ ކީއްވާނީ މުލީއާގެ އާ ޔާގޫތު ގެ އަދި ކެނެރީގެ އާ ހ.ރަބީއުގެ އަށް ފާރަލާ އެމީހުންގެ އެކައުންޓް ތަކަށް ފާރަ ލާން މީހުން ބޮޑުމުސާރަ ދީފަ ބެއިތިއްބިޔާ؟

  57
  1
  • ޙައްގުބަސް

   އާން ފާރަލާނެ!! އެޖެންޓު ހުންނާނީ ފައިސާ ކޮޅެއްދީ ގަނެފަ!! އެ އެޖެންޓުކުރާނެހާވެސް ކަމަކީ އެއެޖެންޓަކު ނިސްބަތްވާ ޕާޓީން ބުނާގޮތަށް ހެދުން!! މިހާރު މިސަރުކާރުން ލާނީ މިސަރުކާރުގެ ކުލައިގެ އެޖެންޓެއް! އޭނާގެ މަސައްކަތަކަށްވާނީ އިދިކޮޅުން ހޮވިފައިވާ ކައުންސިލަރުންނަށް ފާރަލާ ހެދުނުހާ އެއްޗެއް ހަދައިގެން އެމީހުން ރަގަނޅަށް ތެލަށް އަޅާ ހަނާކުރެވޯތޯ ބެލުން!! އެއީ މިރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މީހުން ކަންކަން ކުރަމުން މިއަދާ ހަމަޔަށް އައިސް މިހާރުވެސް ހަމަ އެތޮތުގައި ހިފަހައްޓަމުންދާ ސަގާފީ ކަމެއް! މިހާރުގެ ސަރުކާރުންވެސް އެދަނީ ހަމަ އިދިކޮޅު މީހަކު ބޯވެސް ހިއްލާލިޔަ ނުދޭންވެގެން ކުރެވުނުހާ މަސައްކަތެއްކުރަމުން! ދިވެހި އިންޓަލިޖެންގެ 50% މަސައްކަތަކީ އިދިކޮޅު މީހުންގެ ހަރަކާތްތަށް ބެލުމާ މޮނިޓަރ ކުރުން! އެއީ ފޯނު އަޑު އެހުމުން ފެށިގެން ކަންކަން މައްޗަށާ ގޭތައް ކައިރިއަށާ ރެސްޓޯރެންޓްތަކުގައި އިންޓަލިޖެންސް އޮފިސަރުން 24 ބައިތިއްބައިގެން! މިއީ މިރާއްޖޭގެ ސަރުކާރުތަކުގެ އާދަ! އެހެންވީމަ ބޭނުންވާ ކައުންސިލަރުން ހަނާ ކުރަން ލާން އުޅޭ އިތުރު ލޭޔަރއެއްކަމަށް ބެލެވޭ!!

   28
   1
 2. ހުސޭނުބޭ

  ކަންޒުކަހަނބަކަށް ފާރަވެރިވާން 40 މީހުން ބޭތިއްބިއަސް އެސޮރަށް ކުރިޔަށް ދެވޭނީ އެސޮރުގެ ހުރި ޤާބިލްކަމާ އެއްވަރަށް! ހީވަނީ އަދި ތި އެޖެންޓަށް ފާރަވެރިވާނެ އެޖެންޓެއްވެސް ބަހައްޓަންޖެހޭނެހެން! މިހާރު ތިދަނީ ރިހައިގެ ރިހަޔަށް!

  47
 3. އަލީ

  ދ.މާއެނބޫދޫ ކައުންސިލަރުން އުޅޭގޮތް ބަލާ ވަގުތުން ރިޕޯޓެއް ލިޔުއްވާލަ ދެއްވާ. ޒިންމާދާރު ވެރިޔާ ވެސް ހިމެނޭހެން

  21
  1
 4. އިބުރާހިމް

  ކައުންސިލަށް ފާރަވެރިވާނީ ކައުންސިލްގެ ރައީސް، ޒިންމާދާރުވެރިޔާ، ތިޔަ ސިޔާސީ އެޖެންޓު ޒިންމާ އަދާކުރޭތޯ ފާރަވެރިވާނެ އެހެން އެޖެންޓެއް އަނެއްކާ އައްޔަންކުރަން ޖެހޭނެ.. ހެހެހޭ.

  23
 5. އެމަންޖެ

  ރާއްޖޭގެ ކޮއްމެ މީހެއްގެ ބޮލައް އިނޑިޔާ އެޖެންޓެއް އަރުވާފަ ބަހައްޓާ ފާރަލާން 10 ސޮރު އަރުވާތި އަންނި ބޮލައް.

  26
  1
 6. Anonymous

  އަހަރެމެން ރަށު ކައުންސިލަރުން ތިބެނީ ގޭގައި ނިދަން. ސޮއިކުރުވަން ގެއަށް ދާން ޖެހެނީ. ބެޑްގައި އޮންނަނީ. ރަށު ރައްޔިތުން ނަށް އެނގޭ މަސްތުވާއެއްޗެހީގެ ބޭނުންކޮށް ވިޔަފާރި ކުރާކަން. އެކަމަކުވެސް ޕާޓީ ވީމަ ވޯޓްލާންޖެހޭ ހޮވަން ޖެހޭ. ކައުންސިލަށް ފާރަލާ މީހާއަށްވެސް ފާރަލާ ދޭނެ މީހަކު ފޮނުވަން ނުޖެހޭނެބާ ؟

  18
 7. ބޮލި މުލައް

  ތިކަން އޮތީ އެނގިފަ އެމްޑީޕީގެ އެކްޓިވިސްޓެއް ބޮޑު އިނާޔަތެއް ދީފަ ހަމަޖައްސަނީ

  28
 8. ހަނި

  މިހާރު އެމްޑީޕި ކައުސިލެރުން ނުހޮވޭނެ ކަން ޔަގީންވަތި ކކކ ކައުސިލަރުންގެ ބަރު ކަޑް ވާލަން ތެޅެފޮޅެނީ

  24
  1
 9. ޖަޒީރާމަނިކު

  ތިޔަ އެޖެންޓަށް ފާރަލާނެ މީހަކުވެސް ބަހައްޓަން ޖެހޭނެ. އޭރުން މިހާރު ވަޒީފާ ނުލިބި ތިބި ޕާޓީގެ އައުވާނުންނަށް ވަޒީފާ ދެވޭނީ

  23
 10. ހުޅުކޮޅު

  ދިހަ ކައުންސިލަރުން އިންތިޚާބު ކޮއްފަ ދިހަ އެޖެންޓުން ބައިތިއްބާންވީ.
  ދައުލަތް ފެލާލަން ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން ތެޅި މަރުވަނީ.

  20
  1
 11. ޣޯސް

  ތިޔަ އެޖެންޓް ޒިންމާދާރުކުރުވަން އަނެއްކާ އޮފިސަރެއް. ތިޔައީ ބޭކާރުތަނެއް. ތިޔަތަން އުވަލާ.

  16
 12. މުހަންމަދު ހަލީލް

  ފ.ނިލަންދޫ ކައުންސިލަރުންނައް ފާރަލާ ނަމަ ފެންނާނި ހިލޭ އަންހެނުން ކައިރިޔަށް ވަންނަ މަންޒަރު.
  ލަދުން ބޯހަލާކު...

 13. Anonymous

  ދެކަތީބުންނާއި މުދިމަކު ހުރެގެން ކުރީގައި ރަށްރަށުގައި ހާއުފާވެރިކަމުގައި ރައްޔިތުން އުޅުނީ.

 14. ބެއްޔާ

  ތީ ވަރަށް ރަގަޅުކަމެއް! ފޯރިއަށް ބައިތިއްބާ ގާޑުން ނިދާތޯ ބަލަން ސުޕަވައިޒް ގާޑެއް! ސްޕައިވައިޒް ގާޑު ސްޕަވައިޒް ކުރާތޯ ބަލަން އެސިސްޓެންޓް ގާޑެއް! އެސިސްޓެންޓް ގާޑް މަސައްކަތް ކުރާތޯ ބަލަން ސިނިޔާ ގާޑެއް! ސިނިޔާ ގާޑް މަސައްކަތް ކުރާތޯ ބަލަން ޑެޕިއުޓީ ގާޑެއް!

 15. Anonymous

  ކޮންމެއް އާއިލާޔަކަށްވެސް ފާރަވެރިވާނެ މީހަކު ބަހައްޓަންވީ، މީދުނިޔޭ ގެ އެއްމެ މުއްސަނދި ގައުމުވިއްޔަ، ރައްޔިތުން އަނގަޔާ އަތާ ދިމާ ނުވާ. ނިސްބަތުން އެއްމެން ރައީސުން ގިނަ ކަމެއްވެސް ނުވާ ގައުމް މީ

 16. ރާއަލިފް

  އިތުރު ވަޒީފާ ތަކެއް ހަދާލީ ސަންޖޭބުރީރު އައުޓް