ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފިއެވެ.
އަބްދުﷲ ރަޝީދު ސަސްޕެންޑް ކޮށްފައިވާކަން އެރަށު ކައުންސިލްގެ ނައިބު ރައީސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އެރަށު ކައުންސިލްގެ ރައީސް ސަސްޕެންޑް ކޮށްފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.
އުތީމު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާދަމް ވިދާޅުވީ، ސަސްޕެންޑް ކޮށްފައިވާކަން ރައީސަށް ގުޅާފައި އަންގާފައިވާ ކަމަށާއި މީގެ ދުވަސްކޮޅެއް ކުރިން އަތޮޅު ކައުންސިލުން އެރަށަށް ޒިޔާރަތް ކުރި ކަމަށެވެ. އެ ފަރާތްތަކުން ޒިޔާރަތް ކޮށްފައިވަނީ އެލްޖީއޭއިން ފޮނުވައިގެން ކަމަށް އާދަމް ވިދާޅުވިއެވެ.
"އެބޭފުޅުން ފުރަތަމަ ގުޅާލާފައި ބުނުއްވީ އެކަހަލަ ކަންކަން ބަލާލައި ޗެކު ކޮށްލަންވެގެންނޭ މި އަންނަނީ." އާދަމް ވިދާޅުވިއެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދް ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
އަބްދުﷲ ރަޝީދަކީ ޕީޕީއެމަށް ނިސްބަތްވާ ބޭފުޅެކެވެ.
ުކކކކ ު ު ކރިއައޮތްތާ ޕީޕިއެމްގެ ގިނަ ކައުސަލަރު ސަސްޕެޑް ކުރާނެ އެމްޑިޕީގެ ސަޕޯޓްގެލެންފެސިމަވަނިއެހެން
ސަސްޕެންޑްކުރި ކަންތައް އެންމެފަހަތުގައި ތިޔައޮތީ.
އަސްލުވެސް ދޯ
ބާރު އޮތް މީހުން ބަރުގެ ބޭނުންކޮއްގެން ވަޒީފަތަކުން ސަސްޕެންޑް ކުރުމާއި ވަކިކުރުން ކުރިޔަށް ގެންދާނެ. މިއޮތީވާ ވެރިކަމެއް... ރައްޔިތުމީހާ ހަނާވަނީ ރޯޔަލް ވައްކަމާ ރޯޔަލް ރޭޕް ގިނަވަނީ.... ހަރުކަށިފިކުރޭ ކިޔާރައްޔިތުން ގުބޯހައްދާފައި ލާދީނިއްޔަތުފަތުރާ މުޅިގައުމު ލާދީނިއްޔަތުން ވަށާލައިފި... ވެރިމީހާ ނިދިކުރައްވާފާ، ހޭފުޅުލެވޭ ފަހަރަކުހުވަފެންފުޅުގައި ފެނުނު ތަރައްގީގެ ވާހަކަ ވިދާޅުވެ ދެއްވާފައި އަނެއްކާވެސް ނިދިކުރައްވަނީ.
މި އުތީމަކީ ކިޔަވައިގެން އުޅޭ މީހަކު އުޅޭވެސް ރަށެއް ނޫން! އެ ރަށަށް ނިސްބަތްވާ ބޮޑުތަކުރުފާނަށްވެސް ހުތުރު އަރުވަން އުޅޭ މީހެއް ތި އެނގިއްޖެ!