މާލޭގައި ޓްކްސީ ކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރ އާމިނަތު ވަހީދާ (އައިންތު) ކާރަށް ގެއްލުން ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އައިންތުގެ ކާރަށް އެންމެ ފަހުން ގެއްލުން ދީފައި ވަނީ އޮކްޓޯބަރު 27 ވަނަ ދުވަހު ޑްރަގް ކޯޓު ކުރިމަތީގައި ޕާކުކޮށްފައި އޮއްވައެވެ. އައިންތު ބުނީ ކާރު ޕާކުކޮށްފައި އޮއްވައި އޭނާގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ނޮވެމްބަރު ފަސް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ކުރުމުން ފަސް ދުވަސް ދީފައިވާ ކަމަށާއި، އޭގެ ފަހުން ނޮވެމްބަރު 12 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އިތުުރު ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ،އެ މައްސަލާގައި ދެވަނަ މީހަކު ހައްޔަރުކޮށްފައި ވަނީ، ރޭ ކަމަށެވެ. ފުލުހުން ވިދާޅުވީ، އެމައްސަލާގައި ރޭ ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީވެސް ކޯޓު އަމުރެއްގެ ދަށުން ކަަމަށެވެ. އޭނާގެ ބަންދަށްވެސް ކޯޓުންވަނީ ފަސް ދުވަސް ޖަހާފައެވެ.

މީގެ ކުރިންވެސް އައިންތުއަށްވެސް ހަމަލާދީ، އޭނާގެ ކާރަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ.

އައިންތު އަކީ މާލޭގައި ޓްކެސީ ކުރާ ހަމަ އެކަނި އަންހެން ޑްރައިވަރު ކަމަށްވާއިރު، އޭނާ އެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެއްދޮރުން ވައްދާފައި އަނެއް ދޮރުން ބޭރަށް ނުލައި ފިއްޔާ ވެއްޖެ. ޙައްޤު އަދަބު ދިނުމަށް ގޮވާލަން. ނިކަމެތި އަންހެނަކާއި ޖައްސާލައިގެން މިދެން ކޮންފަދަ ކަމެއް. އާންތު އަށް އިންސާފް ލިބިދޭން ޖެހޭ. އާންތުގެ ކާރުގައި ދަތުރެއް ކުރުމުގެ ފުރުސަތު ލިބުނު. އޯގާތެރި ހިތްހެޔޮ އުޚްތެއް. ﷲ ބަރަކާތް ލައްވާށި އާމީން

    18
  2. ހިތާމަ

    މިއޮންހާދުވަހު ޓެކްސީ ތަކަށް ގެއްލުން ދިން މީހުން ފުލުހުންނަށް ހޯދުނު ކަމަކަށް ނުވި. އެކަން އެންގުނު މިނިސްޓަރަކުވެސް ނެއި. ކިތަށް ޓެކްސީގެ ބިއްލޫރި ތަޅާލިވާހަކަ ނޫސްތަކުގަ ޖެހިތޯ. އައިންތު އެކަމިއެއްނޫނޭ މިރާއްޖޭގަ ޓެކްސީ ކޮއްގެން ކައިގެން އުޅެނީ. ވަކިމީހަކަށް ނިސްބަތް ވާަގޮތަށް ވާހަކަ ދެއްކުން މަޖިލީހުގަ ވިޔަސް ކަމަކު ނުދޭ. މުޅި ޓެކްސީ ދާއިރާ އާބެހޭގޮތުން މަޖިލީހުގަވެސް ވާހަކަދެއްކުން ރަންގަޅުކަމަށް ދެކެން. ހުރިހާ ޑުރައިވަރުންނަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން މަޖިލީހުގަވެސް ބަހުސް ކުރެއްވުން އެދެން.

    19
    1
  3. މ

    ތިޔަ ޓެކްސީއަށް ގެއްލުން ދޭން ފެށީ މިސަރުކާރު އައި ފަހުން 5 ފަހަރު ގެއްލުން ދިން އިރުވެސް ތިޔަކަމެއް ނުވި ސިޔާސީ ސްޓަަންޓެއް މަޖިލިޙުގައި ޖަހާލީ މީހުން ހައްޔަރުވެސް ކުރެވިއްޖެ ނޫނޭވާ މިއޮތީ ސަރުކާރެއް ބަލަ ނޯތް ހާބަރުގައި ހުރި ނަމާދު ކުރާތަންވެސް ބަންދުކޮށްފި ސަލްމާން މިސްކިތް ވެސް ހުޅުވާކަށް ނޭނގުނު ނިމުނުތާ 8 މަސް ވެއްޖެ ސްލޯ ސަރުކާރު