ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ.

މެޓް އިން ނެރުނު ސަމާލުގައި ބުނެފައި ވަނީ، ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 23:00 އަށެވެ.

މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް މިހާރު ދަނީ ވިއްސާރަ ކުރަަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަގައި ބައެއް ރަށްތަކުގައި ފެންބޮޑުވެެސް ވެފައި ވެއެވެ.

މާދަމާ ރޭ 8:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެން ވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާާނެ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.