މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހް ޖަމާލް "ބިމުގައި ނުޖެހޭ" ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވާ އަނދުން ހުސޭންގެ ވާހަކަތަކަށް ރައީސް މުހައްމަދު ނަޝީދުގެ ތާއިދު އޮތްކަން ހާމަކުރައްވައިފިއެވެ.

މިނިސްޓަރ މަލީހް ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. މަލީހަށް އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އަމާޒުވީ ސަރުކާރުން ހިންގަންވީ ގޮތް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ނޭނގޭނެ ކަމަށް މަލީހް ވިދާޅުވުމުންނެވެ.

"ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރު. ޤަނޫނު ހައްދަވާ ބޭފުޅުން ޤާނޫނު ހައްދަވާނީ. އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭ. ނަމަވެސް ސަރުކާރަށް ފާރަވެރިވާންޖެހޭ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންނަވަނީކަންނޭނގޭ އެބޭފުޅުންނޭ ސަރުކާރު ހިންގަވަނީ. ސަރުކާރު ހިންގަންވީ ސިޔާސަތެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައެއް ނޭޅޭނެ. އެއީ އެބޭފުޅުންގެ ޒިންމާއެއް ނޫން. ޕީޕީއެމް ސަރުކާރުގައި ޖުޑީޝަރީ ވަރަށް ބާރުގަދަކޮށް އޮތްތަން ފެނުނީ. ސުޕްރީމްކޯޓު މާބާރުގަދަކޮށް ފެނުނީ. މިހާރު އެ ސިފަ މިފެންނަނީ މަޖިލިސް ތެރެއިންވެސް. މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެއް." މަލީހް ވިދާޅުވިއެވެ.

މަލީހްގެ ވާހަކަތަކާއި ގުޅިގެން އަނދުން ހުސޭން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަލީހަކީ "ވަރަށް ކުޑަ ބޭފުޅެއް" ކަމަށެވެ.

"މަލީހް، މަނިކުފާން އުޑުފައިން އިންނެވީމަ ބިމުގައި ނުޖެހޭ. މަނިކުފާނަކީ ވަރަށް ކުޑަ ބޭފުޅެއް. ހުދު މަނިކުފާނަށް މިނިސްޓަރަކަށް ރުހުން ދިނުމާއި އިތުބާރު ނެއްކަން ނިންމާ މަޖިލިސް އިން ނެއްޓިވަޑައިގަންނަވަން ދަތިފުޅުވެ މިހާރު ހޮޑުފުޅަށް ތައްޔާރުވެ އޯކަށް ދެމެވޭ އަޑުފުޅު މިއިވެނީ." އަނދުން ހުސޭންގެ ޓްވީޓްގައި ވެއެވެ.

އަނދުން ހުސައިންގެ ޓްވީޓް ރައީސް ނަޝީދު ރީޓްވީޓް ކުރެއްވި ނަމަވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވެސް ވަނީ މިރޭ މަލީހަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ހަސަންޓޭ ވިދާޅުވީ ދެއަހަރު ވެގެން ދިޔައިރު މަލީހްގެ މިނިސްޓްރީން ކޮށްދެވުނު އެއްވެސްކަމެއް ނެތް ކަމަށެވެ. "ދެއަހަރު ވެގެންދިޔައިރު ތިޔަ މިނިސްޓްރީން ކޮށްދެވުނު އެއްވެސްކަމެއް ނެތް. އަމިއްލަ ގޭ ޓެރަހުގައި ދިހަބާރަ ވައްތަރު މިރުސް ހައްދަވަން ހުރިހާ ވަގުތެއް ތިޔަ ހޭދަކުރެއްވީ. މަޖިލިސް ހިންގަންވާ ގޮތެއް މަލީހަކަށް ނޭނގޭނެ." ހަސަންޓޭ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފާޑުކިޔުން އެކިފަހަރުމަތިން މަލީހަށް އަމާޒުވެފައި ވެއެވެ. ގިނަ ފަހަރަށް އެމްޑީޕީ މެންބަރުން މަލީހަށް ފާޑުކިޔާފައި ވަނީ އިންޓަނެޓްގެ އަގުހެޔޮ ނުކުރެވޭތީއެވެ. ނަމަވެސް މަލީހް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އިންޓެންޓްގެ އަގު ހެޔޮކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަނިލް އާދަމް މއ. ދޮންވެލި

    ހުތުރު އެއްޗެތި ކީމާ ނަޝީދު ތާއީދުކުރުމަކީ ނަޝީދުގެ އަގުވެއްޓޭނެކަމެއް

    88
    7
  2. ޕުތުރީ

    ދެން ދިމާ ކޮއްލާނީ މީނަޔާ. ޢަވަހަށް ވަޅުދިޔަހިއްކުމުގެ ޓްރެއިނިން ހަދާ ޭޭޭ

    57
    1
  3. ހަސަނު

    މަލީހު އެބުނީ ތެދެއް. މަޖިލީސް މެންބަރުން ސައިޒުވާން އެބަޖެހޭ

    126
    4
    • ހަސަނުގެ ދަރި

      މަ ހިތަކަށް ނާރާ މިހަސަނަކީ މިހާ ހަޔާތްމަދު މީހެއްކަމަކަށް ވަކަރުގޭ ސޮރުމެންހެން ނުސީދާކޮށް އައުގުރާނަ ގަޮވަމުން މިދުވެ ނަގަނީ ، ގެ ކިތައްމެ އުހަށް ނެގިޔަސް މީހާގެ ނެތް ޢަޚްލާގުމިއޮތީ ފައިދަށުވެ ބިންމަތިގަ، މަޖްލިސްގެ ރައީސްއަށް ހީވާކަހަލަ ތިމަންމީ ގައުމުގެ ރައީސްމިހާއޭ ހުރިހާ ދިމާލަށް ދެފައި ބާނަމުން ދުވާއިރު ، ތިންބާރު ވަކިވެފަ އޮތް ޑިމޮކްރެޓިކް ސަރުކާރެކޯ ، މަސްހުނި ގަނޑެއްހެން މޮޑެފަ ޑިކްޓޭޓަރޝިޕެކޭ ތަފާތެއްނެތް ހުރިހާކަމެއް ނިންމަނީ މަޖްލިސުން ، ރައިސްމިހާ ހަމަ ޕަޕެޓަކަށްވެފަ ،

      10
      1
  4. މޮހޮނު

    މަލީހު ބުނީ ރަނގަޅު ވާހަކައެއް. ހަޖަމުނުވީ އަނދުނަށާ މުނާފިގު ކަލޭގެއަށް.

    10
  5. ޔާގުންޑޭ

    ކޮންމެ މީހަކު ބުނި ނަމަވެސް މަލީހު އަށް ވީ ކަމެއް ނެތް.. ބޭރުގެ ބަޔަކު މިދާއިރާއަށް ގެންނަން ކުރާ މަސައްކަތުގައި ވެސް މަލީހުގެ އަތެއް ނެތް.. ފާޑުކިޔައިގެން ނަމަވެސް މީނަ ބޭރު ކުރަން ވެއްޖެ... މިނިސަޓަރުންނަކީ ކުޑަ ބައެއް ނޫން.. އެކަމަކު މަލީހުއަށް ބޮޑެތި މީހުން އުޅޭހެން ޒިންމާދާރުކޮށް އުޅެވިފައެއް ނެތް..

    3
    5
  6. އަހުމަދު ނީޒް

    މިދެން ކިހާ ބޮޑު ވެއްޖެ ކަމެއް . ހިތް ހަމަ ނުޖެެހެންޏާ ނޯ ކޮންފިޑެންސް ނަގާ. އެ ކަމު ހަޤީގަތަ ކީ ސަރު ކާރުގެ ސިޔާސަތު ކަޑަ އަޅާނީ ރައީސް. ސަރު ކާރު ކަމު ނުދިޔާމަ އަހަރެމެން ވޯޓްލާ ބޭރު ކުރާނަން. މަޖިލީހުން ރައްޔިތުންގެ ހައްޤުގައި ބިލެއް ފާސް ކޮށްފިންތޯ. އަހަރެމެން އެ ކަމަށް ވެސް ވޯޓުން އަންގަ ދޭނަން

  7. ކޮރޯނާ

    މޮޔަ އަނދުން ހުސޭނާ، ކަލޭމެންތީ މާ ބާރުގަދަ ބައެއްނޫން. ކަލޭމެން މަޖިލީހަށް ހޮވެނީ ރައްޔިތުންގެ ބާރުން. ތިތާ ކަލޭމެން ބޭނުން ކަމެއް ކުރަން އަބަދަކު ނުތިބެވޭނެ. މި ދެން ވަބާއެއް ކަހަލަ ބައިގަންޑެއްނު.

  8. މާމި

    އަނދުން ދަޅު ބުނީމަ ތާއީދު ކުރަން މަޖުބޫރުވާނެ ދޯ...؟

  9. ސިއްތި

    ކުރާނެކަމެއްނެތް މި ނަޝީދު ހުންނަނީ ދެއަތައް ކެނޑިކެނޑި މަލީހުގެ މަގާމު 72 އަހަރުގެ އެމްޑީޕީގެ މީހަކާ ހަވާލުކުރަން ތެޅެނީ

  10. މީރާ ބޯއީސް

    މަލީހުމެން ކުރިމަތިލައިގެން 15 ވޯޓްވެސް ނުލިބޭނެ ޝާހީކަން އެހާބޮޑު

  11. އޭކޭ

    މަލީހް އަކީ ތާކުން ތާކު ނުޖެހޭ މީހެށް

  12. މޫސަ

    މަލީހަކީ އިގެރޭސި ކިންގްޑަމްގައި ރަސްކަންކުރި ހެންރީ ރަސްކަލުން ގުއި ފުހެން މިނިސްޓަރަކު ގެންގުޅުނުހެން ގެންގުޅެވޭނެ މިނިސްޓަރެއް ނޫން. ނަޝީދުގެ ގުއި ފުހޭ މެންބަރުން ކޮޅެއް ތިބޭނެ.. އަނދުންކާޅު، ހަސަންޓޭ، ބޮންޑޭ، ހަސަންލަތީފު،ހިސާން، ނަސްލީ އިމްތިޔާޒު. މިގްރޫޕް ތިބޭނީ ނަޝީދު ބޮޑުކަމުދިޔާމަ ގުއި ފުހެން ފޮތި ހިފާފަ. ދެކުޅި ކުރިއަށް ކުޅޭ ގްރޫޕެއް

  13. ހަސަނަޓޭ

    ތި އަނދުން ހުސެންނަކީ އަންނި ފޫހިފިލުވަން ގެންގުޅޭ ބުޅާގަނޑެއް ކަމައްވަނީ!

  14. ސަރީފު

    ބޮންޑޭ މެން ކަހަ ލަ ނުކިޔަވާ ތިބި މީހުން ސައިޒު ވާން އެބަޖެހޭ

  15. މުރާދު

    ތަޢުލީމީގޮތުން މަލީހްއާ، ނަޝީދު ވަރަށްތަފާތު ވީމާ، ރަަގަޅުވިސްނުން ހުންނާނެކަމަށްބޮޑަށް
    ބެލެވެނީ މަލީހު އެއީ 2 ކަމެއްފާހަގަކުރެވޭތީ '' ސަރުކާރު ހިންގަންވީގޮތް ނޭނގޭނެ، ބަރުލަމާނީ
    ނިޒާމަކަށް ފުރުސަތެއް ނުދޭނަން '' މަލީހް ވިދާޅުވުން ރާއްޖޭގައި އޮންނަންވީނިޒާމް ވަނީ
    ކަނޑައަލާނިމިފައި މިހުރިހާދުވަހު ރާއްޖޭގެ ނިޒާމްހިނގަމުން މިދިއައީވެސް އެގޮތަށް ވީމާ،
    މިހާރު ނިޒާމުގެއަޑުމާގަދަވެގެން މިއުޅެނީކީއްވެތޯ؟ މިފަހަކުން ބޮޑުވަޒީރުކަމުގެމަގާމް ބޭނުންވެ
    ލައްވާތީ ބޭފުޅަކުއުޅުއްވާ ނިޒާމުގެއަޑުގަދަވެފައިވަނީ މީގެފަހުންކަމުގައި ފާހަގަކުރެވޭ މަޖިލީހުގެ
    މެންބަރުންސައިޒުވޭ ބަރުލަމާނީނިޒާމަށް ތާއީދެއްނުކުރަން އަހަރެންފަދައިން ވަރަށްގިނަރަށްޔިުތުން

  16. ވެރިން

    ރަނގަޅު މަ ލީހަކީ ވަރަށް ކުޑަ ބޭފުޅެއް، ކަ ލޯ އަދުނާ ކަ ލޭ ހިތުން ރުހުން ދޭން ޖެހުމުން ކަ ލޭ ތީ ވަރަށް ބޮޑު މީހެއް،ސައިޒު އޮޅިގެން ތިއުޅެނީ ހީވަނީ ދޯ ތާއަބަދަށް ރުހުން ދީ ދީ ތިގޮނޑީ ހުރެވޭނެހެން ބޮޑީ ކާކުކަން ދެން އޮއްނަ އިންތިހާބަކުން ދައްކާ ލާނަން

    10
  17. ޢެލެކްސް

    ފާޑު ފާޑު ޓުވިޓަކީ މިހުނަށް އޮޅުވާލަން ކުރާ ކަންތަށް. ޙަގީގަތަކީ، މަލީހް އޮތީ އިންޑިއާ ޓެލެކޮމް އެއް ގެންނަން ފޫގަޅާފަ. ޢީސީ ކައުންސިކް، ނިއު ބުރޯ އޯލްރެޑީ އިންޕޮކެޓް. ޑީލް ހެދުން ނޫން ކަމެއްނުވޭ. ނަސީދަކަށް މީނަ އިސްތިއުފާ އަށްގޮވާކަށް ނުކެރޭނެ.

  18. ތ

    މައްސަލަ އަކީ މިސަރުކާޜުގެ އެއްވެސް މިނިސްޓަރެއް ނެތް ހަމަ ބިމުގައި ޖެހޭ ކޮންމެ މީޙަކު ވެސް މާއުހުގައި އުޅުއްވަނީ ބޭކަރު މިނިސްޓްރީތައް ހެދުމުން ވާ ގޮތް ފެނޭތޯ އަދި ވެސް އެއް ވުޒާރާ އިތުރު ކޮށްލާ މިހާޜު ރައީސް ވިދާޅުވެއްޖެ ނޫންތޯ އަލީ ވަހީދަށް ވެސް އަދި ސިޔާސީ ޖާގައެއް ދެއްވާނަމޭ ފިތިފައި ތިބޭ ވަރުން ވާގޮތް ހެ ހެ
    ރައީސް ވިދާޅުވަނީ އަނބިކަބަލުން މާ ބުންވަރު ގަދައޭ ތިމަންނާއަށް އެންމެ ތިރީސް މިނިޓް އޭ ހިފަހައްޓަލެވޭނީ މީ ވިދާޅުވި ގޮތް ރާއްޖެ ޓީވީގައި ނޮވެންބަރު އެގާރާއިގައި ކިހިނެއްތޯ ގައުމު ހިންގޭނީ އެހާ ބުންވަރު ދެރަވެގެން

    3
    1
  19. ބޭޒާރު

    ބޭކާޜު މިނިސްޓަރީ ތައް ހަދައި އަދި ރައީސްއޮފީހަށް ނުކުޅަދާނަ ވާވަރަށް މީހުން ލާ
    ހަނދާްން ނެތޭ މީހުން ވެސް އެހާ ގިނަ އޮޅޭ މީހުން ވެސް އެހާ ގިނަ
    ކާލާ މީހުން ވެސް އެހާ ގިނަ... މިހާޜު ފުރަތަމަ އެކުލަވާލި މިނިސްޓަރުންގެ 4 ފައިލް ވެގެން ހިނގައްޖެ

  20. މާލިނެ

    ބަލަ މިސޮރަށް މިސޮރު ފެނުުތާ ކިތައްމެ ދު ވަހެއް މިހުރިހައި ކަމަކީ ވެސް ފައްޔާގެ މަޅި ފައްުާޔާ ބޭނުމްވާގޮތް

  21. ޖޯހިރު ބާއި

    މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ނުކެރިގެން މަޖިލިސް މެމްބަރުން ތިއުޅުއްވަނީ ކީއްވެގެންތޯ؟ވެރިކަމަށް ދެއަހަރުވެގެން ދިޔައިރު އިންޓަރނެޓް އަގުހެޔޮކުރެވުނީއަކީނުން.ދުވަހެއްދުވަހަކަށް ބޮޑުވަނީ50 ޖީބީ ޓޭޓާ ނަގާފަ ނިދާ ހޭލާއިރު ހުސްވެފަ ހުންނަނީ.ވަރިހަމަ ދުވަހަކު ބޭނުންނުކުރިޔަސް.ގުޅާލީމަ ބުނާނެ ބޭނުންކޮށަފަޔޭ ހުރީ.ކީކޭ ދެން ބުނާނީ.މުޅިން ވަށްކަން.އުރީދޫ މީހުން އައިމަ ހީވި ކުޑަކޮށް ރަނގަޅުވާނެޔޭ.އެކަމަކު ދުވަސް ކޮޅަކުން ދެބައި މީހުން އެއްވެގެން ކުރިޔަށްވުރެންގޯސް.މަލީހުއަކީ އެއގޮތަކަށްވެސް ކަމުދާމީހެއްނުން.ވަގުތުން ވަގުތަށް ބޭރުކުރަންޖެހޭ.

    2
    3
  22. ހުއްތު

    ސައިޒު ބޮޑުވެގެން އަނދުނަށް ކުރެވުނީ ކޮންކަމެއް މިއޮށް 5 އަހަރުވަނީ ކުރެވުނު ކަމެއް ހަރާން . ތޮގޮތަށް ދެއިރު ދެދަޅަށް އައުގުރާނަ ގޮވުން ނޫންކަމެއް އެބަކުރެވޭތަ

  23. ކަލާފާނު

    ކަމެއް ވީ މިނިސްޓްރީއެއްގެ ނަން ބުނެބަަލަ! އިންތިޚާބެއް ބޯމަތިވުމާއެކު ހަަމަ ފޮނުނަގާތަން ފެންނަނީ! އިންތިޚާބު ނިމުމާއެކު ފޮނު ތިރިވެ ސައިޒްވެފައި އޮތްތަން ފެންނަނީ!