ޓްރާންސްޕޯޓް މިނިސްޓަރު ކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވާތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

"ދިވެހިރާއްޖޭގެ އަޑު" ގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަށް ވެގެން ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަންބަކަށް ވެގެން،" ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ނަހުލާ ވިދާޅުވިއެވެ.

ނަހުލާ މިހެން ވިދާޅުވިއިރު ހަތަރު ޕާޓީ އެކުލެވޭ ކޯލިޝަނެއްގައި ސަރުކާރު ހިންގަން އެއްބަސްވިއިރު ސަރުކާރުގެ ކެބިނެޓް ވަނީ ޕާޓީތަކުގެ މެދުގައި ވަކި ނިސްބަތަކަށް ބެހުމަށް އެންމެ ފުރަތަމަ އެއްބަސްވެފައެވެ. މި ގޮތުން ޓްރާންސްޕޯޓް މިނިސްޓަރުގެ ސްލޮޓް ޖޭޕީއަށް ލިބި، އެ މަގާމަށް ނަހުލާ އައްޔަން ކުރައްވަން ގާސިމް ހުށަހެޅުއްވި ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

މީގެ ކުރިން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ވެސް ކޯލިޝަންގެ ކެންޑިޑޭޓްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަން ކަށަވަރުވުމާއެކު އެމަނިކުފާނުގެ ރަނިން މޭޓްއަކަށް ނަހުލާ ގެނައުމަށް ޖޭޕީގެ ތެރެއިން ކެމްޕޭނެއް ވެސް ފެށުނެވެ. އެކަމަކު ސިޔާސީ ތަޖުރިބާ ނެތް ބޭފުޅަކަށް ވާތީ އަމާޒުވި ފާޑުކިއުމާ އެކު ނަހުލާ އަމިއްލައަށް އެ ކަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އެއް ފަރާތަކަށް ޖެހިވަޑައިގަތެވެ.

ސަރުކާރުގައި ޖޭޕީއަށް މިހާރު ހަމަހަމަ ފުރުސަތުތައް ލިބޭތޯ އާންމުންގެ މީހަކު ސުވާލު ކުރުމުން ނަހުލާ ވިދާޅުވީ، ލިބެން ޖެހޭ ބައެއް ފުރުސަތުތައް ނުލިބި ލަސްވެފައިވާ ކަމަށެވެ. އަދި ޖޭޕީއަށް ނުލިބި ވެސް ބައެއް ފުރުސަތުތައް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު އެ ގޮތަށް މެދުވެރިވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރިމަތިވި ހާލަތާ ގުޅިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިހާރު އައްޔަން ކުރައްވާފައިވަނީ އެމްޑީޕީގެ އަހުމަދު ނަސީމް (ކެރެފާ ނަސީމް) އެވެ. އެހެންވެ ކެބިނެޓްގައި ޖޭޕީގެ ގޮނޑިއެއް މަދުވެ، އެމްޑީޕީގެ ގޮނޑިއެއް އިތުރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

59 ކޮމެންޓް

  1. ހުސޭނުބޭ

    ތިމާޔަށް ތިމާ ފެނުނަސް ތިއީ ބޮޑުވަރު! މިނިސްޓަރުކަން ލިބުނީވެސް ޤާސިމްގެ އަންބަކަށް ވީމާ! ގެއްލުނިއްޔާ ގެއްލޭނީވެސް ހަމަ އެ ސަބަބަކަށްޓަކައި!

    132
    1
    • މޑނ

      ނޫނީ އެހެން ކޮޅަކުން ހެހެހެހެ

      4
      1
  2. ޖޮންގުނޯރު

    ތިހާ ޤާބިލު މިހެއް ވެއްޖެއްޔާ ތައުލީމީ ސެޓްފިކެޓްތައް ދައްކާލަބަލަ!

    116
    2
  3. ޖަނާޒާ

    ދެން ކީއްވެގެންކަން ބުނެދެއްވަވާ.

    99
  4. ހަބީބު

    ހަރާން ކޯރުވާނީ ތިވަރަށް

    91
    1
    • ނަޙުލާ

      ހަރާން އިޒް ނޮޓް އަ ކޯރު..

      10
      4
  5. ގުއިދައިތަ

    ތިޔަ ބޭޅާ ޤަބޫލު ނުކުރިޔަސް ރާއްޖޭގެ 99.9% އާބާދީ ޤަބޫލު ކުރަނީ އެގޮތަށް. ޒަމާނެއްގަ ވަޒީފާއެއް އަދާކޮށްފައި ނެތް، ހިންގުމުގެ ތަޖުރިބާ އެއްވެސް ވަރަކަށް ނެތް އަދި ތައުލީމީގޮތުން ތިޔަކަހަލަ މަޤާމަކާ އެކަށީގެން ނުވާ މީހަކަށް މިނިސްޓަރުކަން ލިބުނީ ހަމަ ކަމަނާގެ ފިރިކަލުންގެ ސަބަބުންކަމީ ޤަބޫލުނުކުރިޔަސް ހަޤީޤަތް. ތިޔަ މިނިސްޓްރީގެ ހިންގުމުގެ ދޯދިޔާ ކަމާއޖ ކަންކަންދާ ގޮތުން ވެސް ކަމަނާގެ ހިންގުންތެރިކަމާއި އިލްމަކާއި ހިލްމެއް ނެތްކަން ސާބިތުވޭ.

    119
    2
  6. ސޯޓް ބެ

    ma hedhee halaaku veijje, Bala maves Eba hurin nulibe vazeeru kamei.mihaaru Eba ingay guraidhoo nufuri mi othy keevekan MN..

    36
  7. ކޮމެންޓު

    ދެން ކާކު ކާރިއަށް ވަދެގެން ތި ވަޒީރު ކަން ލިބުނީ އަނެއްކާ

    91
    2
  8. ދެކުނުތަރި

    ނަހުލާގެ ވާހަކަ ރަނގަޅެއްނޫން! އަދި ތިޔަ ވިދާޅުވި އެއްޗަކުން ގާސިމް އިބްރާހީމްގެ އަގު އިތުރަށް ވެއްޓި ހުރުމަތް ކަމަނާ ކަނޑުއްވައިލައްވައިފި. ތިޔަހެން ނަހައްދަވާ!

    80
    1
  9. ސިއްތިޔަ

    ޤާބިލުކަމާ ޢިލްމާ ތަޖުރިބާއާ ކުޅަދާނަކަމަށް ބަލާފަ ދޯ؟

    72
  10. ފާއިޒު

    ޓްރާންސްޕޯޓް މިނިސްޓަރު ކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވާތީ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވި ވާހަކަ ފުޅަށް ތާއީދު ކުރެވޭނެ ހަމަތަކަށް ބަލަމާހެއްޔެވެ
    1- މިނިސްޓަރު ކަން ދެއްވުމުގެ ކުރީގައިވެސް ދައުލަތުގެ ވަރަށް ގިނަ އޮފީސްތަކެއްގައި އުޅުއްވައި ވަރަށްގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވުން
    2- އެންމެ ކުރީއްސުރެ ވިލ ކުންފުނި ހިންގެވުމުގައި ވަރަށް އިސްރޯލެއް އަދާކުރައްވަމުން ދިއުން
    3- ތައުލީމީގޮތުން ދުނިޔޭގައި ނަންހިނގާ މަތީ ފާސްތައް ހާޞިލު ކުރައްވާފައި ވުން

    61
    2
    • ފައިރޫޒު

      ފާއިޒު ތި އޮތީ ވައްބަހުން ޖަހާލާފަ ދޯ

      24
      4
  11. ސޯމާލިޔާ

    ޤަބޫލް ނުކުރިޔަސް ހަމަ އެހެންވެ ވަޒީރުކަން ލިބުނީ. އެނގިފަ ވާ ގޮތުން ޖޭ.ޕީ ގެ ސްލޮޓެއް ތީ..... ހެހެހެހެހެހެހެހެހެހެހެހެހެ.

    70
  12. ވަށަފަރު މުދިމު

    ހަމަ އެހެން ވެ ލިބުނީ ތީ އެހެން ނޫނީ މީ ހަކު ދަންނަ މީހެއް ވެސް ނޫން

    80
  13. މަލިކާ

    ނަސީބެއްނުުން

    36
  14. ކަނބާ

    ތީ ބަޔަކު މިނިސްޓަރުކަން ދޭނެ ފެންވަރުގެ ތަޢުލީމެއްވެސް ހުރި މީހެއްނޫނެވެ. ސަރުކާރެއްގެ އެއްވެސް މަޤާމަކަށް ކުފޫހަމަވާ މީހެއްވެސް ނޫނެވެ. ސިޔާސީ ދާއިރާއަށް ނިކުމެވުނީވެސް ޤާސިމްގެ އަނތްބަކަށް ވީމައެވެ. އެހެންނޫންނަމަ މިނިސްޓަރުކަން ކީއްކުރަން ސަރުކާރުގެ އެކަށިގެންވާ ވަޒީފާގަނޑެއްވެސް ނުލިބުނީހެވެ.

    82
    2
  15. މާނިއުމާނި

    ހެހެ ތިވާހަކަ ގަބޫލު ކުރާނެ މީހެއް ނެތް، މާދަމާވެސް ނަހުލާ ވަކިކޮށްފަ ހަގު އަންބަށް ތިމަގާމު ދީފާނެ

    73
  16. ޥާލުސޮރު

    ޢެނޫން ކޮންކަމެ ދުވަހަކުވެސް ތަނަކު ވަޒީފާ އަދާނުކުރޭ ޑިޕޮލޮމާ ފެންވަރުގެ ސެޓްފިކެޓް ގަޑެއްވެސް ނެތި ވަޒީރުކަން ލިބުނީ ޤާސިމު އަނބި މީހާއަށް ވެގެން ނޫން ކޮންކަމެއް މި އުޅެނީ ޕީއެޗްޑީ ހަދައިގެން ޕިއޯނުކަންވެސް ނުލިބިގެން އަތުގަ ފައިސާ ނެތީމާ ނިކަމެތި އާއިލާއަކަށް އުފަން މީހަކަށް ވާތީ މިދުނިޔެ ލިބިދާނެ އާޚިރަތްވެސް އެބައޮތް ދޮގުނުހަދާ

    61
    1
    • ހަމަތެދެއް

      ޑިޕްލޮމާއޭ.. ހެހެ ޖީސީންވެސް ފާސްނުވޭ މިއެއްޗަކު

  17. ޓެގް

    ނޫނޭ. ސިޔާސީ ދާއިރާގެ ތަޖުރިބާ އާއި ޢިލްމު ގިނަ ކަމުން ތި މަގާމު ލިބުނީ... މޮޔަގޮވަން ކީއްވެ މިތަނަށް އެރީ. ކުރީގަ ހުރި ގޮތައް މަޑުމަޑުން ހުރި ނަމަ!!!

    66
    1
  18. ނަދާލްކ

    ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަން ނަހުލާއަށް ދެއްވީ ކީއްވެތޯ؟ ވަގުތު އަހާލާތި ދެން ރައީސްއާ މީތިވާއިރު

    45
  19. މާމީ

    ގާސިމް އެހެން މީހަކާއިނީމަ ރުޅިއައީ ދޯ؟ ކިތައްމެ ރުޅިއަޔަސް އެއިރު ގާސިމް އަންހެނުން ވީމަ މިނިސްޓަރުކަން ދިނީ ކޮން ފެންވަރެއް ހުރެގެން ތަ ތިވަޒީފާލިބުނީ؟

    63
    1
  20. ގޮބޮޅިކަތީބު

    އޮހޯ...ވަޒީރަކައް ވީ ކަލޭތީ މިގައުމުގަ ހުރި އެންމެ ކުޅަދާނަ މީހާ ވީމަ، ރަތްޔިތުންނައް ކިހާބޮޑު މުސީބާތެއް ކަލެޔާހެދި، ލަދުކޮބާ ވަޒީރެކޭ ފަޅޮލެކޭ ކިޔައިގެން އުޅެން، އިލްމީގޮތުން ކިހާގާބިލުވެގެން ތި އުޅެނީ، ލަދު ކޮބާ ކަލޭމެންގެ، މަތިން ތިރިޔައް ހަމަ އެކައްޗެއް މި އުޅެނީ

    63
    2
  21. Anonymous

    މިހާރު ސިޔާސި މީހުން އާމުންން ކުރިމަތީ ކިޔަނީ ކިޔާނެއެއްޗެއް.ތިހެން ކަމަށް ވާނަމަ ނާސިރާ ވެސް ވަޒީރުކަމަށް ކުފޫހަމަވޭ

  22. ސައުދު / ގެސްޓްހައުސް ތެރެއިން

    ގާސިމް ކަމަނާ އާއި ކައިވެނި ބައްލަވައިނުގެންނަމަ މިއުޅޭ ޒުވާނުންހެން ޓިކްޓޮކުން މިހާރު ފެންނާނީ.
    އެހެން ނޫނީ ކޮއްމެވެސް ނަށާ ގްރޫޕަކުން.
    ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކަމަނާ ރީތިކަން އަހަރުމެން ގަބޫލުކުރާކަން. ނަމަވެސް ތިއީ ރާއްޖޭގައި ނުވަތަ ދުނިޔޭގައި ހުރި ގާސިމަށް ލިބޭނެ އެއްމެ ރީތިމީހަވެސް ނޫންކަން.
    އަދި ކަމަނާއާއި ހެދި އުޅޭ ބަޔަކު އުޅެނީވެސް ރީތިކަމެއް ހުރެފައި ގާސިމްކަހަލަ ބޭފުޅޭއްގެ އަންބަކަށް ވުމުން.

    5
    1
  23. އ

    މިއުޅެނީ ޑޕްލޮމާ ގަޑެއް އޮވެގެން ވެސް ވަޒީފާ ގަޑެއް ނިލިބިގެން ކަލޭއަތުގަ އެވަރުވެސް ނެތް ގާސިމްގެ އަނބިމީހާވީމަ ހަމަ ތިވަޒީފާ ލިބުނީީ ކަލޭތީކާކުދެން ކަލޭތީ ހުރިމީހެއްކަންވެސް އެގުނީ ގާސިމް ގެ ސަބްބުން

    8
    1
  24. ވިލާ ކުކުޅު

    ހު ރި ހަޔާތްކުޑަކަން

    4
    1
  25. ޖޯހިރު ބާއި

    ދެންކީއްވެ ވަޒިރުކަން ލިބުނީ؟ޓްރާންސްޕޯޓް މިނިސްޓަރު ކަން ދިނުމަށް ގާބިލު މީހެއްހޯދުމަށް މުޅި ރާއްޖޭ ހިމެނޭގޮތަށް ނެގި އިމްތިހާނަކުން % 99.99 މާކުސް ހޯދައިގެން ވަޒީރކަން ލިބުނީ.އެންމެ ގާތުން ވާދަކުރިމީހާއަށް ލިނުނީވެސް %15 މާކުސް.ކީކޭދެން ބުނާނީ.މިހާރުވެސް ގާސިމް ކައިރިން ވަރިވާއިރަށް ވަޒީރުކަން ގެއްލޭނެ.ދެން ތިމަގާމަށް އަންނާނީ ރާނިޔާ.

    4
    2
  26. ޙަހހަހ

    ކަލޭ ޅައިރުގެ ތަޖުރިބާ އަށް ބަލާފަ ދޯ

    4
    1
  27. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މިއީ ވަރަށް ދެރަ މައްސަލަ އެއް. ރާއްޖެތެރޭގެ އެކި ކަންކޮޅު ތަކުގައި މަތީތަޢުލީމް ޙާސިލް ކޮށްގެން ތިބި ދިވެހިދަރީން ބައިވަރު ބައިވަރު ތިއްބާ، މިކަހަލަ ކޮސް ވާހަކަ ދައްކާ ފަރާތް ތަކަށް މިނިސްޓަރ ކަންދިނުމަކީ ހެދުނު، "ޅަ އެއްޗެއް". އަނބިންނަށް، ދަރިންނަށް، މުނިކާފަ ދަރިންނަށް މިނިސްޓަރުކަން ދިނުމަކީ އިންސާފެއް ނޫނެވެ. މައުމޫނު އާއި ޤާސިމް ނުބެއްލެވި ތަންކޮޅަކީ މިމީހުން ތަޅާހާ ކޮސް އަނގައަށާއި، މަސައްކަތް ނުކުރާ ކަމުގެ ހުރިހާ ތަކުލީފެއް އުފުއްލަން މިޖެހެނީ ރައްޔިތުންކަމެވެ. އެއީ މިމީހުންނަށް މުސާރަ ދޭން މިޖެހެނީ ނިކަމެތި ރައްޔިތު މީހާގެ ޖީބުންކަމަށްވާތީއެވެ. ޔުމްނާ މައުމޫން އަކީ މައުމޫނު ގެ ދަރިފުޅެކެވެ. ކެބިނެޓް ގައި ޓޭލަރމޭޑް، އޭނާ އަށް ޙާއްސަކޮށް ހެދިފައިވާ މަޤާމަކުން ބޮޑު ސިންގާހަ މުސާރަ އެއް ގެންދަނީ ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށެވެ. ޒަހާ މަސައްކަތެއް ނުކުރެއޭ، ބަލަހައްޓަނީ ގަސްގަހުގައި އަޅާ ފަނިފަކުސާ-އޭ، ރައްޔިތުން މަޖްލިހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ޒަހާ އަކީ މައުމޫނު ގެ ބައްޕަ، އަބްދުލްޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ މީހެއް ވީމާ، ޔުމްނާ އަކީ މައުމޫނުގެ ދަރިފުޅުވީމާ ނޫންނަމަ ނަޙްލާ އަކީ ޤާސިމް ގެ އަނބިމީހާ ވީމާ މަޤާމް ދީ، އެ މަޤާމް ގައި ދެމެހެއްޓުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. ނު-ޙައްޤު މުސާރަ ދޭންޖެހެނީ ރައްޔިތުން ގެ ޖީބުން ވީމައެވެ.

  28. މޮޅު

    އެއީ ތެދެއް، ހަމަ ޢިލްމާއި ތަޖުރިބާ މުއްސަނދިކަމުން ކަމަނާގެ ވިސްނުމާނުލައި ސަރުކާރުހިންގަން ދަތިވާތީ ވަޒީރުކަންދޭން މަޖުބޫރުވީ....ސުބުޙާނަﷲ...އިންސާނާގެ ވިސްނުން ބަދަލުވާ ގޮތް ނިކަން ބައްލަވާ!!!!

    30
  29. އަންނި

    އަހަރެން ނަހޫދެކަވާ ލޯތްބެއްގެ ބޮޑުކަމުން ދިން މަގާމެކޭ ބުނަން ލަދުގަންނަނީތަ...؟؟؟

    24
    1
  30. ޢިންސާފު

    މޮޅު ވާހަކަ ދައްކައިގެން ނޫސްތަކުގެ ފަލަ ސު ރުހީ އަށް އަ ރަން ނޫޅިބަލަ. ތި ލިބުނު އެއްޗެއް ލިބުނީ ޤާސިމް އަބިކަބަލުން ވީމަ.

    29
  31. ތުނބުޅި

    އަޅެ ލަދުވެސް ކުޑަ މީހެކޭދޯ. އެބޭފަކީރު މިއަދު ނުވި ފަތަފޮޅި ދަށުލީ ފަތްގަނޑަކައްވެސް.

    34
  32. ﷲގެ އަޅާ

    ކު ރީގަ ލީ ގަޔަށްދޫ ހަށިގަނޑު ނިވާވާ ހެދުން ދޫކޮށް އައު ރަ(ހަށިގަނޑުގެ ވަނާތަށް) ނިވާ ނުވާ ހެދުން އަޅަންފެށި ފަހުން މީހުންގެ ލޯތްބާ ، ފި ރިސޮ ރުގެ ލޯބިވެސް ގެއްލި ހިނގައްޖެ. މަވެސް ވަ ރަށް ފޫހިވޭ މީނަދެކެ މިހާ ރު އަބާޔާ ދޫކު ރި ފަހުން

    32
    1
  33. ކީއްކުރާނީ

    ވަޒީރުކަން ލިބުނީ ގާސިމްގެ ދަރީން ތަކެއްގެ މަންމާ އަކަށް ވާތީ: ނަހުލާ

    34
  34. ފަޅޯ

    ކަމަނާގެ ސީ ވީ ބޮޑުކަމުން ލިބުނު އެއްޗެއް
    ލިބިފައި ވަނީ

    36
    1
  35. އަޙްމަދު

    ކުއްޅަވައްފަލުރަނި

    41
    1
  36. ތަޚާނުގެ ޢަލިދީދީ

    މީ ކިޔަވައިގެން ތިބި މީހުންނަށް ޖަހާލި ޖޯކެއް.

    10
  37. ކަމަނަ

    ހަމަހިނިއަންނަނީ.

  38. ސްނޭޕް

    ރީތި ކަމުންނޭ ދިނީ

    4
    1
  39. 2 ޓަކި

    ފިރިމީހާގެ ކޮލެޖެއް އޮނަންޔާ ތައުލީމީ ސެޓްފިކެޓް ލިބިދާނެ. މަސައްކަތު ތަޖުރިބާ ކޮބާ؟ ދެން ގާސިމް މެނޭޖްކުރަން އިނގުނީމަ މިނިސްޓްރީއެއްވެސް ހިންގިދާނެ ކަމަށް ހީކުރީދޯ. ޚޮންމެ ވާހަކައެއް ދެއްކިޔަސް ގާސިމްގެ އަނބަކަށްވީމަ ތި މަގާމު ލިބުނީ.

  40. ދަރަނި ދަންތުރަ

    ކަކެޔަށް މިނިސްޓަރ ކަން ލިބުނީ 6 ކުދިންގެ މަންމަ ޔަކަށްވީމަ ....

    11
  41. ސޭކްސްތާން

    އޯކޭ. ގާސިމް އަންބަކަށް ވެގެނެއްނޫން މިނިސްޓަރުކަން ލިބުނީ. އެހެންވިއްޔާ ހާދަ ވަރަކަށް ކިޔެވިގެންނޭ. ތިޔަ މަޤާމު ލިބޭނީ.ދޯ!!! ތިޔަ ބުނެވުނީ މި ސަރުކާރުން މަތީ މަގާމުތައް ދެނީ ނުކިޔަވާ ތިބޭ ޅޮހުންނަށޭ. އެއީ ކަން އޮތް ގޮތްވެސްމެ. ގައުމު ފުނޑިގެން މިދަނީ ނުކިޔަވާ ތިބި އުޑެއް ބުޑެއް ނުދަންނަ ޖާހިލުންނަށް ބޮޑެތި މަގާމުތައް ދީގެން ގައުމު ހިންގަން އުޅޭތީ.

  42. ވަހީދުބެ

    ހެނދުނުގެ ވަގުތު ނުވަތަ ހަވީރުގެ ވަގުތު އެމީހެއްގެ ހިޔަނި އެމީހާގެ އިސް ކޮޅަށްވުރެ ބޮޑު ކޮށް ފެންނާނެ.

  43. ޏަމް

    ވަޒީރުކަން ލިބުނީ ގޭގަ ދަރިންބަލަން އިންދަ ކުއްޅަވަށްފަލު ރަނިކަމަނާ.

    10
  44. މަސްއޫދު

    ވަޒީރުކަމާއެކު އެމްޑީޕީ މީހުން ދޮގުހަދާގޮތައް ދޮގުހަދަން ދަސްކުރީތ! ހަމަ ގައިމު ނުހުލާގެ ތަޖުރިބާއެއް އަދި ވަޒީރުކަމާއެކަށީގެންވާވަރުގެ ތައުލީމެއްނެތް ސޮކޫލުން ލިބުނު ރިޕޯޓް މިކަމަށް ހެކިދޭ!

  45. ޙހހހ

    ކަމަނާ ދެކިވަޑައިގަންނަވާ ގޮތުގައި ވަޒީރުކަމަކީ ތިބުނާ ބޯކިބަލެއްހެން ފަޅިކޮށް ބަހާގެން ދޭންޖެހޭ އެއްޗެއްތޯ ، ހަމަ ތިޔަޕާޓީތަކުން ބަހާގެން ހަމަޖައްސަން ޖެހޭ ޒިންމާތަކެއްތޯ ، ޕާޓީތަކުން ތިވަނީ ރައްޔިތުން ހަރާންކޯރު ، އިލްމް އުނގެނޭ މީހުންނަށް ތިކުރަނީ މަލާމާތް

  46. އަނދުންބެ

    ދެން އޭނާ އެހެން ބުނީމާ މަށަކު އިތުރަށެއް ދައްކާނޭ ވާހަކަ އެއް ނެތީތާ. ހިތާހިތާ މިހުންނަނީ އަހަރުމެންގެ ދިވެހި ފުލޯކުލޯރުން ލިބިދޭ އިބުރަތް ހާދަހާވާއޭ ފުރިހަމައީ އެހަރަ ކުއްޅަވައް ވަލު ރަނިކަމާނާއާ ދިމާ ތަފާތެއް އަޅެ މަށަކު ބުއްދިޔާ ނެތް މީހާ މިހީރީ ތަލިން އޮލަ ކުޅު ހިކިފާތާއޭ

  47. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މިއަދު ކަމަނާ އަށް ވެސް އިތުރުފުޅު ހެއްދެވިދާނެ. ނަމަވެސް، މާދަމާ އަންނާނެ ކަންވެސް ހަނދުމަޅު ކުރައްވަވަން ވާނެ. "ފަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޙައިރަން ޔަރާ. ވަމަން ޔަޢުމަލް މިސްޤާލަ ޒައްރަތިން ޝައްރަން ޔަރާ".

  48. ކާފަ

    ތިމާގެ ބުރަިސޫރަ ރީތިވީމަ ލިބުނު މަޤާމެކޭ ބުނިނަމަ ތަންކޮޅެއް ބޮޑަށް ޤަބޫލްކުރަން ފަސޭހަވިސް.. އިންސާނާ އަކީ ވަރަށް ކުޑަ ބާރެއް ލިބުނަސް ބޮޑާވެ ކިބުރުވެރިވާ ބައެއް.. އަދި މީހުންކޮއްދޭ ހެޔޮ ކަންތައްތައް ހަނދާނެތިގެން އަވަހަށްދާބައެއް..

  49. ވަހީދު

    ޢަޙްމަދު ވިދާޅުވިގޮތަށްތިޔަވީހަމަ ހަކުއްޅަވައް ފަލު ރަނި ކަކމަނާއަކަށް. ގާސިމްގެއަންބަ ކަށް ވެ ހައެއް ކަ ކަކުދިންގެމަންމައަށްވުން ފިޔަވާ ނޫނީ ވަޒީރުކ ކަންލިބޭނެ އެއްވެސް ގޮތެއް ވިސްނާ ވިސްނާ ވެސް ނޭގުނު.

  50. ބީރުބޮލު ވާޒީރު

    ޖީސީންވެސް ފާސްނުވާ މީހަކު މިނިސްޓަރުކަމަށް އަރާފަ މިބުނަނީ މިގައުމުގަ ޑިގްރީއާ މާރސްޓާސް ފެންވަރަށް ކިޔެވުމަކީ ބޭކާރުކަމެކޭ.. އް ހޯދާށޭ.. ހުރިހާކަމެއް ނިމުނީ އޭ..

    6
    1
  51. ދެންކީއްވެގެން

    ޓްރާންސްޕޯޓާ ބެހޭ ގޮތުން ކޯއްޗެއްތޯ ކަމަނާ ކިޔަވާ ވިދާޅުވީ، ހަމަ ގާސިމް އަންހެނުންނަށް ވީމަ ލިބުނީ، ކަމަނާ ތިޔަ މަގާމުގަ ތިހުރީވެސް މީ ކޯލިޝަން ސަރުކާރެއް ވީމަ، ވަރަށް ސަލާން ގާސިމްބެ އަށް

    5
    2
  52. ކުއްޅަވަށް ފަލު ރަނިން

    ޢަޅު ގަނޑަށް ވެސް ވަރަށް ހީވޭ

  53. ބުރު މާ

    ތިޔަ ލޯބީ ގައި އަހަރެން މުސް ކުުުޅި ކަމުން ވަނީ ބަރު ބާދު ވެފައި!

  54. ޛިން

    ކަލޭ ޕީއެޗްޑިއަށް ލިބުނުމަގާމެއްދޯ

  55. ޣޯސް

    ފިރިކަލުންނަށް ރީތިނަމެއް ދޭންވެސް ނޭންގުނީ ގާބިލްނުވީމަ.