ތައުލީމީ ގާނޫނާ އެކު ހަތަރު އަހަރާއި 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކު ސްކޫލަށް ދިއުން ލާޒިމްވާނެ ކަމަށް އެޑިއުކޭޝަން މިިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ތައުލީމީ ގާނޫނާ އެކީގައި ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މި ގާނޫނުގައި ހުރި މުހިންމު ނުކުތާތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ލިބެން ޖެހޭ ހައްގުތަކެއް ބިލުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމް އަދި ސާނަވީ ތައުލީމް، އަދި މަތީ ސާނަވީ ތައުލީމް އެއްވެސް ތަފާތުކުރުމެއް ނެތި އުނގެނުމުގެ ހައްގު ކޮންމެ ދިވެއްސަކަށްވެސް މި ގާނޫނުގެ ތެރެއިން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުޅި ހަޔާތުގައި ތައުލީމް ހާސިލްކުރުމުގެ ހައްގާއި އަބަދުވެސް އުނގެނުމުގެ ހަައްގު އަދި މަދަރުސީ ނިޒާމުގެ ތެރެއިން މަސައްކަތްތެރިކަމުގެ ނިޒާމް އުނގެނުމުގެ ހައްގުވެސް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ގާނޫނުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދިނުން ވެސް ހިމެނޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"މި ގާނޫނުގައި މަޖުބޫރު ތައުލީމްގެ އުމުރުފުރާ ކަނޑައަޅާފައި އެބަ އޮތް. އެގޮތުން އުމުރުން ހަތަރު އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ހިލޭ ފަށާ ތައުލީމް އަދި ސާނަވީ ތައުލީމް ފޯރުކޮށްދޭނެ. ގްރޭޑް 10 އަކާއި ހަމަޔަށް ހިލޭ ތައުލީމް ފޯރުކޮށްދެވޭނެ" އައިޝަތު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މިފަދަ ގާނޫނެއް ހެދިގެން ދިއުމަކީ މުހިންމުކަމެއް ކަމަށް ފާހަގަ ކުރައްވއަިފައެވެ. މިނިސްޓަރު އައިޝަތު ވިދާޅުވީ، ތައުލީމްގެ މައިގަނޑު އަސާސްތައް މިގޮތަށް ލިޔެވިފައި އޮތުމުން ހުރިހާ އެންމެންނަަށް މިކަންކަން މާނަކުރުމުގައި އެއްގޮތަކަށް އަމަލުކުރެވޭނެ ކަމަށެވެ.
އަދި މި ގާނޫނު ފާސްވެގެން މި ދަނީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެން ކަމަށާއި، އެހެން ކަމުން މިކަމުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ތައުލީމީ ނިޒާމަށް ވެސް ހަރަދު ކުރަމުން އަންނަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ކަަމަށް ވީ ހިނދު، މި ގާނޫނުގައި އެއްވެސް ކަމެއް ނުރަނގަޅު ގޮތެއްގައި ތަންފީޒު ކުރަމުންދާ ނަމަ ރައްޔިތުންނަށް ކޯޓުތަކަށް ގޮސް މިކަމާ ގުޅޭ ގޮތުން ފައިސަލާ ކުރުމުގެ ހައްގު އޮތް ކަމަށާއި، އަދި މިކަމަށް ކަމާބެހޭ ވުޒާރާތައް ޒިންމާކުރުމުގައި ރައްޔިތުންނަށް ބާރު ލިބިގެންވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މިކަންކަން ގާނޫނެއްގައި ލިޔެވިފައި އޮތުމުން އެކަމަކީ ބަދަލު ކުރެވޭނެ ކަންކަން ކަމުގައި ނުވުން ވެސް އެއީ މިފަދަ ގާނޫނެއް އެކުލަވާލުމުގެ މުހިންމުކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު އައިޝަތު ފާހަގަކުރެއްވިއެވެ.
"ރަނގަޅު ގާނޫނެއް އޮވެއްޖެ ކަމުގައިވާ ނަމަ ކޮންމެ ސަރުކާރެއް އައި ކަމުގައި ވިޔަސް މި ކަންކަން ރަނގަޅަށް ތަންފީޒުވެގެން ދާނެ" މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 10 ބާބެއްގެ މައްޗަށް އެކުލެވޭ މި ގާނޫނުގައި ހިމެނެނީ ފަސް މަގުސަދެއް ކަމަށެވެ.
އެންމެ ފުރަތަމަ މަގްސަދަކީ ދިވެހި ރާއްޖޭގެ ގާނޫނުން ކަށަވަރުކޮށްދޭ އުނގެނުމުގެ ހައްގު ހޯދައިދިނުމާއި، ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ނިޒާމެއް ގާއިމްކުރުމެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ހިމެނެނީ އުނގެނުމުގެ ހައްގު ހޯދައިދިނުމުގައި ދައުލަތާއި، ބެލެނިވެރިން އަދި މުދައްރިސުންގެ ޒިންމާތައް ކަނޑައަޅައި، އަދި އަދާނުކޮށްފި ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒުކުރެވޭނެ ގޮތް ކަނޑައެޅުމެވެ. ތިންވަނަ ކަމަކީ ހަމަހަމަ ކަމާއެކު ތައުލީމާއި ތަމްރީން އަދި އިސްލާމީ ތަރުބިއްޔަތު ދަރިވަރުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.
އޭގެ ފަހުން ހިމެނެނީ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ އަދި ސުލްހަ މަސަލަސްކަމާއި އެކު ދިރިއުޅެވޭނެ ގޮތްތައް ދަރިވަރުންނަށް އަންގައި ދިނުމެވެ. އެންމެ ފަހު ކަމަކީ ގައުމީ ޒިންމާތަަކަށް އަހުލުވެރި ދަރިވަރުން ތަރުބިއްޔަތު ކުރުމެވެ.
ޤުރްއާނާއި އެއް ގޮތަށް އިސއލާމީ ޙުކުމް ތަންފީޒް ކުރުން ލާޒިމް ﷲ އަކްބަރު
ކަމަނާ ބުރުގާކޮޅު ތުރުކުރައްވައި އެންމެހާ ދިވެހި ކިޔަވާ ކުދިންނަށާައި ބެލެނިވެރިންނަށް ނަމޫނާ ދެއްކުމަކީވެސް ލާޒިމް ކަމެއްކަމުގައި ދެކެމެވެ. އެއީ ހުރިހާ ދީނީ ޢިލްމުވެރިން ކަހަލަ ގޮތަކަށްވެސް އަންހެނާގެ އަޢުރަ އަކީ މޫނާއި ދެއަތްތިލަ ނޫންހާ ތަނެއްކަމަށް ވާއިރު އަދި ސްކޫލްތަކުގެވެސް ކުދިންނާއި ޓީޗަރުން ގެ ބޮޑު ޕަސެންޓެއް ބުރުގާ އަޅާފައި ތިބޭއިރު ވަޒީރު ތިގޮތަށް ހުރުމަކީ އަހަރެމެންނަށް މިހާރު ބަލައިގަނެވޭނެކަމަކަށް ނުވާތީއެވެ. ގޯސްކަމެއްވަނީ ވަޒީރަކުކުރިޔަސް އަދި ކިތަންމެ މޮޅު ފާހެއް އޮތްމީހަކު ކުރިޔަސް ގޯސްކަމަކަށެވެ. މިކަން ރަނގަޅުކޮށްލުމުން ކަމަނާވެސް ވަރަށް ކަމުދާނެއެވެ.
ޢެ ކީއްކުރަންށޯ...ތި ސްކޫލުތަކުން ހެޔޮތަރުބިއްޔަތެއް ކޮށްނުދެވޭކަން ސާބިތުވާން އޮތް އިރުވެސްތޯ...ފުރަތަމަ މިނިސްޓަރު ތިހުރީ އައުރަ ނުވާނުކޮށް...ދެން ކުދިންނަށް ދަސްވާނީވެސް އެކަމެއްނޫންތޯ...އައުރަ ނިވާނުކޮށް އުޅުމުގެ ސަބަބުން ނިކުންނަ އެހެން ފިތުނަތަށް އެއީ ކަމަކަށް ނުހަދާ ބަޔަކަށް އިތުބާރު ކުރާނީ ކޮން ހަމަ އަކުންތޯ
ތިކުރައްވާ މަސައްކަތައް އައްސަރިބަހާ ސާބަސް. ކަމަނާ މޮޑަލް ކުރައްވާފާނަންތޯ. ހާދަހާ ފުރިހަމަ ކަބަލެކޭ.
ކޮން އައުރައެއްތޯ ؟ މަޢުމޫނު ދެއްތޯ ، ނަމޫނާ ، ލައްބަ. ޢިލްމު ހޯދަންވީ... ސުކުރިއްޔާ
ސަރުކާރުން ލާޒިމޭ ކިޔާފަ ޤާނޫނު ފާސްކުރީމަ ނިމުނީކީ ނޫން .. މިހާރު ސުކޫލްއަށް ދަރިފުޅު ފޮނުވަންބޭނުންވިޔަސް މިހާރު މި މުގައްރަރު އޮންނަ ގޮތުން ބައެއްބެލެނިވެރިންނަކަށް އެވަރަކަށް ފައިސާއެއްނުލިބޭ .. ގިނަފަހަރު މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން . މާދަމާ ސުކޫލަށް ގޮސްފަ އައިސް ދަރިޕުޅު ބުނާނެ މިސް ބުންޏޭ މާދަމާ ސުކޫލަށް އަންނައިރު ގެންނާށޭ " 2 މާވަހަރާ ، ނުވިހާ 4 ކުދިންގެ ފޫޅާ " މި ކިހިނެތް ހޯދާނީ ...
ރަގަޅު ވާހަކައެއް. ކިތަންމެ ތައުލީމެއް ދިނަސް ހިލްމެއް ނެތް އަހުލަގެއް ނެތް ކުދިން ސްކޫލުތަކުން ނިމި މުޖުތަމަޢުއަށް ނުކުންނަނީ އުމުރު ދުވަހު ބުރަ މަސައްކަތް ކޮއްގެން ކުދިންނަށް ތަޢުލީމު ހޯދައި ދިނަސް ދީނެއް މިއްލަތެއް އަހުލަގެއް ނެތިއްޔާ ކިޔެވި އެއްޗެއްގެ ބޭނުމަކީ ކޮބާ. އަހިރުގައި މައިންބަފައިން ގައި ކޮލުފައިން މުސްކުޅި ވަދުވަހު. ސާބަސް ތަޢުލީމު ވެސް ދޭން ވާނެ އެކަމަކު ސަރުކާރުން ތި ދަނީ ޒުވާން ޖީލެއް ހަލާކު ކުރަމުން މަސްތުވުމާއި ބިރަކާއި ނުލައި މަޖާކުރުން ފަދަ ފަހިޝް ކަންތައްކަށް ހިއްވަރު ދެމުން.