ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ލައިސަންސާ ގުޅޭ ހިދުމަތްތައް ލަސްވަނީ އެ މިނިސްޓްރީގެ މުވައްޒަފުން މަދުވުމުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށެ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން އާންމުންގެ ގިނަ ޝަކުވާތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މީގެ ކުރިން ޓްރާސްޕޯޓް އޮތޯރިޓީ ހިންގަމުން އައި އިރު އެ އޮތޯރިޓީއާއި ގުޅިގެން ހުރި ޝަކުވާތަކަށާއި، ޓްރާސްޕޯޓް މިނިސްޓްރީ ވުޖޫދަށް އައި ފަހުން އެ މިނިސްޓްރީ އާއި ގުޅޭގޮތުން އާންމުން ކުރާ ޝަކުވާތަކަށްވެސް ހައްލެއް ހޯދައި ދެއްވުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ އިން ދެމުން އަންނަ ހިދުމަތްތައް މަޑުޖެހި ދިގުލައިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އެދެވިގެންވާ މިންވަރަށް މުވައްޒަފުން ނެތުން ކަމަށެވެ.

"މި ވުޒާރާއާ ހަވާލުވި ފަހުން އަޅުގަނޑު ޓްރާސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކޮށްފައި ވާނީ. އަޅުގަނޑު ދަންނަވާނީ މިހާރުވެސް އެކަމަކު ހަމަ ހިދުމަތްތައް ލަސްވަމުންނޭ ދަނީ.” މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެވުޒާރާގައި މުވައްޒަފުން މަދުވި ނަމަވެސް މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން އިތުރު މުވައްޒަފުން ނެގުން ވަނީ ދަތިވެފައި ކަމަށެވެ. އަދި އެކަމާއި ހެދި މިނިސްޓްރީ އިން ދެމުން އަންނަ ހިދުމަތްތައް ލަސްވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓާރ ނަހުލާ ވިދާޅުވީ މީގެ ކުރިން ކޮންމެ ދުވާލެއްގެ މައްޗަށް އެމިނިސްޓްރީ އިން ދޫކުރަމުން އައީ ހިދުމަތް ދިނުމަށް 100 ނަންބަރު ކަމަށާއި، ނަމަވެސް އޮންލައިން ނިޒާމެއްގެ ތެރެއިން މިހާރު އެކަން ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް ހިދުމަތް ފޯރުކޮށްދޭ ކަސްޓަމަރުންގެ އަދަދު ވަނީ 400 އަށްވެސް އަރާފައި ކަމަށެވެ.

އަދި ކޮވިޑް-19ގެ ހާލަތަށް ވެފައި މީގެ ކުރިންވެސް ތިބި އަދަދަށް މުވައްޒަފުން ތިބި ނަމަވެސް ހިދުމަތް ދިނުމުގައި މިކަމާއި ގުޅިގެން ކުރިމަތިވީ އިތުރު ލަސްތަކެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"އެކަމަކު އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންނަށް މިހާރު އިތުރު މުވައްޒަފުން ނެގޭނެ ގޮތް މެދުވެރިވެފައި އޮތީ. އެހެންވީމަ ފެށޭ އަހަރުގެ ތެރޭގައި ޓްރާންސްޕޯޓުން ދެމުން އަންނަ ހިދުމަތްތަކަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާމީ

    ކަމަކާނާ ތިތާ ތިބި އެންްމެން ކަނޑާ ނަގާހޫރާލާފަ ދެން ކޮންވާހަކައެއް ދައްކާ ކައް.

    28
    1
  2. އ . ޖ . އ

    މަ ގެންދަން ވީނު

  3. ކޮވިޑް

    މުއައްޒަފުން މަދެއްނުވާނެ ކަމަނާ.ކަމަނާ ނަމޫނާ އަކަށް ޖެހޭ ހުރިހާ އޮފީސް ތަކެއްގެ މުއްޒަފުންވެސް ކަމަނާ ދައްކަމުންދާ ނަމޫނާގަ މުއްޒަފުން ހިފާނަމަ ހިދުމަތް ވ ވ ފުރިހަމަވާނެ . ކަމަނާ އަކީ ފަތިސް ވަންދެން ނުނިދާ ހިދުމަތުގަ އުޅުއްވާ ކަމަނާ އެކޭ ވިދާޅޫ ވީ މެންނޫންތޯ ، ؟

    13
  4. ކޮވިޑް

    ކޮބާ ތޯ ހިދުމަތް އަވަސް ކުރުމުގެ ބޭނުމެއް؟ 2021 ގެ ބަޖެޓް ގައި ޖޫރިމާ ކޮށްގެން ދައުލަތައް ލިބެންޖެހޭ އާމްދަނީ ނުލިބޭނެ ނޫންތޯ ލައިސަންސް ދިނީމާ.. ކަމަނާ ކީއްވެތޯ ސަރުކާރައް ހަރާންކޯރުވާން ތި ވިސްނަނީ ؟

    13
  5. ބޮނޑި ބަތް ޖަމީލު ބޭ

    ދޮން ކަމަނާ އަށް ރީތި އޮފީހަށް ލިބުނު އިރު މަސައްކަތްތަ ވަރަށް ލަސް އިނގޭ

    12
  6. ގުބޭ

    ކާކު މައްސަލައެއް؟

  7. ހުސޭނުބޭ

    އެންމެ ހިންގުންތެރި މިނިސްޓްރީ ތިކަނޑަނީ ފަހަތަކަށްނު! އަދިވެސް ނޫސްތަކުގައި މަޝްހޫރުވާން އުޅޭތި!

    17
  8. ސިއްތި

    އެއްވެސް ސަބަބަކާނުލައި މުއައްޒަފުން ކަނޑައި ކަމަނާ ބޭނުން ބަޔަކުލައި މަޖާކުރަންފެށީ ރައްޔިތުންނަށް ޚިދުމަތް ނުދެވެއި

  9. ކައްނެލި އޮޑި

    އޮންނަނީ ބަސްމަދުކުރުމެވެ. ޢަމަލުގިނަ ކުރުމެވެ. ކަމަނާ ކުރެއްވި އެއްވެސް މޮޅުކަމެއް، ނެރެދެއްވި ރަނގަޅު ނަތީޖާއެއް، ހޯއްދެވި ބޮޑު ކާމިޔާބީއެއް ނެތެއްނޫންތޯއެވެ. މިޒަމާނުގެ ވަޒީރުންގެ ތެރޭގައި ކަމަނާ ހިމެނިފައިވަނީ، ؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  10. ޚޮއިމަލާ

    ވަރައްރަގަޅު ވާހަކައެއްއެއީ ނިކަން ވިސްނާލަބަލަ އެހެރަ ޑުރައުވިން ޓެސްޓް ހަދާތަނެއް ކިހާފުރިހަމަ ދުނިޔޭގަ ނުހުންނާނެ އެވަރުތަނެއް އެތާދުއްވާލެވެނީކިނޫން އެކަމު އެތަނުގަ މިޖެހެނިދުއްވަން އެތާކިހިނެއް ރަނގަޅައް ޓެސްޓެއް ހަދާނި އެކަމު އެކަންކުރަން އެބަޖެހޭ އަނެއްކާ އެގްޒަމިނަރ އެ ފުރަންގެންގުޅޭ ފޯމްތައް ފުރަންޖެހެނީ އެތާ ތޮށިގަނޑުމަތީ ފޯމްތައްވާއްވައިގެން މިކަން މިގޮތައް ކުރާކަން ދަންނަ ވެރިއަކު އެމިނިސްޓްރީއަކު އަދި އޮތޯރިޓީއަކުވެސް ނުހުރޭ އެ އެގްޒަމިނަރުންތައް މިހާރު އެވާހަކަދައްކާ ދައްކާ ކޮޅުންލާފި އެއްކަމެއްނުވި ެެެެ ެ

  11. އަލީ އާމިރު

    ލަދުހަޔާތުގެ ކަންފުޅެއްވެސް ވާނަމަ، މުވައްޒަފުން މަދޭ ނުކިޔާނެ، މުވައްޒަފުން ކަނޑާ ފޮނުވާލާފަ މުވައްޒަފުން މަދީއޭ މިކިޔަނީ..