ހުޅުމާލޭ ހޮސްޕިޓަލްގައި ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މިރޭ ވިދާޅުވީ މިދުވަސްވަރަކީ ހަލުވިކަމާއި އެކު އިންފްލްއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލްގައި ހާއްސަ ފުލޫ ކްލިނިކެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

މާދަމާ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:00 އަށް މިކްލިނިކުން ޚިދުމަތް ލިބޭނެ ކަމަށް ވެސް އާސަންދަ ކުންފުނިން މައުލޫމާތު ދެއްވައެވެ.

އިންފްލްއެންޒާ އާއި ޑެންގޫ އަދި އަރިދަފުސް ރޯގާ ފެތުރުން ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން މާލޭ ހޮސްޕިޓަލްތަކަށް ވެސް ވަނީ ބާރުބޮޑުވެފައެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ މިއީ ވިއްސާރަ ވެސް ދުވަސްވަރަކަށް ވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުން ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަދިރިން ރައްކާތެރިވުމަށް ކުރެވި ދާނެ ކަންތައްތައް ކުރުމަށް އެޗްޕީއޭ އިން އެދިވަޑައިގަންނަވައެވެ.

އެޗްޕީއޭ އިން ވިދާޅުވީ އަދިވެސް އަރިދަފުސް ރޯގާ އިންފްލުއެންޒާ ފެތުރުން ދަށްވަމުން ނުދާ ކަމަށެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި މި ބަލިތައް މާލޭގައި އިތުރުކަން ފާހަގަ ކުރެވިފައިވާ އިރު، އަތޮޅުތަކުގައި ޑެންގީ ހުން އިތުރު ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

އިންފްލްއެންޒާ ޖެހިގެން މިހަފްތާގައި ވަނީ އުމުރުން ދުވަސްވީ މީހަކު ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    އިންޑިޔާގައި މިހާރު ފެތުރެމުންދާ ބަލި ރާއްޖެއަކު ނެތޯ.. ދެން ކީކުރަންތަ ކޮންމެ ހޮސްޕިޓަލެއްގައި ފުލޫ ކުލިނިކްތައް ތިހުޅުވަނީ.. ލަދުން ބުނާންނުކެރިގެން އުޅޭހެން ހީވޭ.. އެބައްޔޭ މިފެތުރެނީ ރާއްޖޭގައިވެސް.