މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މަލީހު ޖަމާލް މަޤާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި މިހާރު ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅާފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިތުރު 9 މެމްބަރުންގެ ސޮޔާއެކު އެވެ.

މިކަން ހާމަކުރައްވާ މީކާއިލް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެއްދުމަށް މެމްބަރުން ސޮއިކޮށްފައިވާ ލިސްޓުވެސް އާންމު ކުރައްވާފައެވެ. އެ ލިސްޓުގައި މީކާއިލްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުސާން، ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީޤު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިނާނުގެ އިތުރުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.

މި މެމްބަރުން ސޮއިކުރައްވާ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (43/2015) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބުނެވިދިޔަ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ހައްދަވާފައި ނުވުމާއި، އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (42/2015) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާހިނދު، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަކަށް ވެފައި، އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ކަމަށެވެ.

"އަދި ޤާނޫނުގައި ބުނެވިދިޔަ ޤަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި، އަދި އެކަމަށް ހުރަސްއަޅުއްވާފައިވާކަން ސާފުވާތީ؛ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި މުޙައްމަދު މަލީޙް ޖަމާލް އިތުރަށް ބެހެއްޓުމަކީ މި ޕާޓީގެ އިތުބާރުއޮތް ކަމަކަށް ނުވާތީއާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަޤާމުން ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން އޭނާ ވަކިކުރުމަށް ހުށަހެޅީމެވެ." ދިހަ މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫމަށް ހުށަހެޅި މައްސަލައިގައި ވެއެވެ.

އެމްޑީޕީން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައި އެމަނިކުފާނު މަޤާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާ ގޮތާއި އަދި މަޖިލީހުގެ މެމްބަރުންނަށް ފާޑުކިޔުން އަމާޒުކުރައްވައި ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މިނިސްޓަރ މަލީހުއާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންކަމުން ރައްޔިތުން އެދޭތީކަމަށް ބުނެ، މަލީހު މަޤާމުން ވަކިކުރުމަށް ކުއްލި ގޮތަކަށް މި ދަނޑިވަޅުގައި އެމްޑީޕީން މަސައްކަތް ފަށާފައިވަނީ ޕާޓީގެ ބައެއް ބޭފުޅުންގެ ނުތަނަވަސްވުންތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑަރޭ

    މަލީހަށްވުރެ ކުރިން ކަލޭމެން ދެއުޅިއްނުވާ މެމްބަރުން ވަކިކުރަން ރައްޔިތުން ބޭނުންވާކަން އެނގޭވަރުގެ ތެތްކަމެއްވެސް ކަލޭމެންގެ ސިކުނޑީގަނެތްވިއްޔާ.

    70
    2
  2. ސާބަސް

    ސާބަސް އެމްޑީޕީ މީ ހުނަށް. މިހެންގޮސް އަމިއްލަ ބައިންގަޑު ކަނޑާ ލެވޭރު އެނގޭނެބާ....

    59
    2
  3. ބުއްޅަބެ

    ރައީސް ސޯލިހުވެސް ތިޔަށްވުރެ ކަޑަ، 2 އަހަރުވީއިރު ވީ އެއްކަމެއްވެސް ނެތް، އޭނަ މަޤާމުން ވަކިކޮއްބަލަ !!

    68
    3
  4. ސާމިޔާ އަހުމަދު

    ފިރުއައުނުގެގަނޑުވަރުންވެސް ނިންމާފައިއޮންނަނީ ފިރުއައުނުއަކީ ކަލާނގެކަމަށްގަބޫލުނުކުރާމީ ހަކުވިއްޔާމަރަން
    ........ ދިވެ ހިރާއްޖޭގާވެސް ބޮޑުވަޒީރަށް ތަބާނުވާނަމަ ރައްޔިތުކަންވެސްޖެ ހެނީ ނިގުޅާގަންނަން،

    14
  5. ސަދަސދ

    މަޖިލިސް މެމްބަރުން (މޑޕ) މީހުންނަށް ފާޑު ކިއުމުން ޒާތީވެ ގްރޫޕް ހަދާލާފައި މިނިސްޓަރު ވަޒީފާއިން ދުއްވާލަނީ.

    11
    1
  6. ފަލަކް

    ސާބަހޭ ސާބަހޭ އައްސެރިބަހާއި ސާބަހޭ
    އަމިއްލަޔަށޭ ހަލާކޭތިވަނީ ދެންފަހެ އެމްޑީޕިޔޭ

    ދެންކުރެހިތްވަރަކުން ދިވެހިޤައުމުފުޑަލަނީ
    ދިވެހި ޤައުމު ދަރަނިވެެރިކޮށް ނިންމާލާފިޔޭ

    13
  7. ޖަނާޒާ

    ލީ މާ ލަސްވެއްޖެ ކަމެއް. އަނގަމިނިސްޓަރު. ސާބަހޭ ދަރީންނޭ. ކޯލިޝަން އޮޅާލާ. ސާބަހޭ

    7
    3
  8. ތާކިހާ

    މި ޤައުމުގައި ސަރުކާރެއް އުފެދިއްޖެއްޖާ ވަޒީރު ކަމުގައި އަރަތެއްނު . ބާލާ ފޯއްމުލަށްމެން

    6
    5
  9. ކަލާފާނު

    ބީރަށްޓެހިން ބޭރުކޮށް ރަޓުމީހުން ގެންނާނޭ! މިކަހަލަ ބައިވަރު އެބަތިބި

    8
    4
  10. ޖަޒީރާމަނިކު

    މަލީހުގެ ފަހަތުން ވަލުކުއްތާ އަޅައިގަތީ . ދެން ނުނައްޓާނެ. އަވަހަށް އިސްތިއުފާދީފާ މިރުސް ހައްދަން ފަށާ.

  11. ފާތުން

    މަލީހު ވަކިކުރޭ

    2
    3
  12. ޖުހާ

    ފަހަރަކު މީހަކު... ނޫނޭވާ މި އޮތީ ބަ އެއ އް ވެރިކަމަ އް އަ އިސް. މޑޕ ނޫން އެންމެން ވަކިކުރާނެ. ނަސީދު ޕްލޭން.

  13. ހުސާމް

    ގަަނޫނަން އިސްލާހު ގެނަސްބަލަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޖިލީގެ ރައިސް ވަކިކުރެވޭނެ ގޮތެއް!

  14. ޢަފްލާ

    އަހަރެމެންނަކީ އެއްވެސް މީހަކަށް ޔަބާވާން ޖެހޭ ބައެއްނޫން އެކަމް މި ކެނެރީގެ ނަޝީދައް ތަބާވާ މީހުން މިއޮތީ ސޮއިކޮށްފަ

  15. މޯދީ

    އެއީ އެމްޑީޕިގެ އާދަ މީހުންގެ އަބުރާބެހުން މީހުންނާ ޒާތީގޮތުން ޖައްސާލުން ޚާއްސަކޮށް އަދުން ހުސެން އެބައި ބޮޑުވާނެ