ދައުލަތައް އާމްދަނީ އިތުރު ކުރުމުގެ ގޮތުން އަންނަ އަަހަރު އާއްމު ރައްޔިތުންގެ އަތުން އިތުރު ފީތަކެއް ނަގަން ބަޖެޓްގައި ސަރުކާރުން ހިމަނައިފިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ކޮންޖެޝަން ޗާޖަކާއި ޕާކިން ފީއެއް ވަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަލަށް ނަގަން ފަށަން ނިންމާފައެވެ. ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި 2021 ވަނަ އަހަރު އިތުރު 36.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.
ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގައި ކޮންޖެޝަން ފީ ނެގުމުގެ މައިގަނޑު މަޤުޞަދަކީ މާލޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށްވެފައި ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުންކުރާ ސަރަހައްދަކަށްވުމުން އެކަމުގެ ސަބަބުން މަގުތަކަށް ބާރުބޮޑުވެ ބައިބޯވުން އިތުރުވާތީ މާލޭ ސަރަަހައްދުގެ ބައިބޯވުން ކުޑަކުރުމުގެ ގޮތުންކަމަށެވެ. މި ޗާޖް ނަގާނީ މާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުންނެވެ. މި ޗާޖު ނެގުމަށް ހަމަޖެހިފައިވަނީ ވެހިކަލް އަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.
އަންނަ އަހަރު ޕާކިންގ އަށް އައު ފީއެއް ނެގުމަށްވެސް ބަޖެޓްގައި ޖަހާފައި ވެއެވެ. އެގޮތުން، ކާރު ޕާކްކުރާނެ ތަންތަނުން މަހު ފީއެއް ނެގުމަށްވެސް ހިމަނާފައިވެއެވެ. މާލޭގެ ވެހިކަލް ތޮއްޖެހުން މަދުކުރުމަށްޓަކައި މާލޭގައި މިނީބަސް ތަޢާރަފްކޮށް، ޕާކިންގއަށް ޚާއްޞަ ޢިމާރާތްތަކެއް އެޅުމަށްވެސް ބަޖެޓްގައި ހިމަނާފައިވެއެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ 2018 ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން 68 އިންސައްތައަކީ މާލެ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލްތަކެވެ. އަދި އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތައް އަހަރަކު 8 އިންސައްތަ އިތުރުވާ ކަމަށް ވެސް ބަޖެޓްގެ މައުލޫމާތުތައް ބުނެއެވެ. މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު މަދުކުރުމަށް ކޮންޖެޝަން ޗާޖުން އެހީވެދޭނެ ކަމަށްވެސް ބަޖެޓުގައި ބަޔާންކޮށްފައިވެއެވެ.
އިތުރު ފީތަކެއް އާއްމުންގެ އަތުން އަންނަ އަހަރު ނަގަން ސަރުކާރުން ތައްޔާރުވަމުން ދާއިރު މިހާރު ވެސް މާލޭގައި ޕާކް ކުރާނެ އެކަށީގެންވާ ޖާގަ ނެތީސް ޕާކިން ސްޓިކާ ޖަހައިގެން ދައުލަތުން ބޮޑު އާމްދަނީއެއް ހޯދަމުން އަންނާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޕާކިން ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ދެއަހަރު ވެގެން ދިޔައިރު އަދި ޕާކިން ސްޓިކާ ޖެހުން ހުއްޓާލާފައެއް ނުވެއެވެ.
މާލޭގެ ރަޖިސްޓްރީގައި ހުންނަ ރަށްރަށުގައި ދުއްވާ އެއްޗިއްސައްވެސް ތިޔަފީ ނަގަންޖެހޭތަ؟ ލާރިކާނެ ގޮތެއް ނޭގުނަސް ތީދެން ފުކެއް ބޮޑުވަރު
ދެންވެސް ރަޖިސްޓަރީ ބަދަލު ކޮއްބަލަ
ފީ ނެގުން ގޯހެެއް ނޫން. އެކަމަކު ފީ ނަގާފާ އެއާ އެކަށީގެންވާ ވަރުގެ ފައިދާއެއް ރައްޔިތުންނަށް ލިބެންވާނެ. ޓްރާންސްޕޯޓްއާ ގުޅުވައިގެން ފީ ނަގާނަމަ، ޓްރާންސްޕޯޓްގެ ކަންކަމަށް އަވަސް ހައްލެއް/ކުރިއެރުމެެއް އަންނަންވާނެ. މިހާރުވެސް ޕާކިން ދަތިވާއިރު، ޖާގަ އިތުރުކުރުން ބަދަލުގައި ހަމައެކަނި ޕާކު ކުރާތަން ބަދަލުކޮށްލަނީ މޮޅު ހެޑްލައިންއެއް ޖަހާލާފަ.
ތިއޮތީ މުޅިން ގޯސްވެފަޤަވާޢިދާ ޚިލާފުވެފަ .އެހެނެއް ނުދުއްވޭނެ .ތިޔަދުއްވީ ނުބައިޒޯނެއްގަ. ވ ބޮޑު ޖުރުމަނާ ނަގަންޖެހޭ.އަދި ވަގުތުން ވެހިކަލް ހުއްޓުވާ ޓޯކުރަންޖެހޭކަމެއްތީ
ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އޭގެ މަގުސަދުތައް ކިޔާލާފަ އެ ހެދި ބައެއްގެ ދަރިން އެބަޔަކަށް މަލާމާތް ނުކުރާނެ ގޮތަކަށްނޫން މިހުންނަނީކީ...
ބޮލެއް ހުރި މީހަކަށް ހަގީގީ މަގުސަދު ވަރަށްސާފު...ރައްޔިތުމީހާގެ ޖީބުން ސަރުކާރަށް ފައިސާ ނަގައިގެން ގައުމެއް އަރާއަރަފޯދި ގޮސްފަ އެބަ އޮތްތޯ
މިސަރުކާރުގެ ކަމަކަށް އޮންނަނީ ފާޑު ފާޑުގެ ފީތަށް ނެގުން އެންމެ ފަހުން ވައްޓާލާ ސީބުރިންވެސް ސީފީ ނަގާނެ ފީ ސަރުކާރުު މީދެން ބޮޑުވަރު
ދެން މަރުވާ މީހުންގެ އަތުންވެސް އިތުރަށް ޗާޖުކުރަންވީނު...ސަހަރާތައް ވަނީ ފުރިފައެއްނު...
ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން ވިސްނާފަ
ޕީޕީއެމް ޕީއެންސީ ވެރިކަން ފެށުމާއެކު ރައްޔިތުންނަށް ނުހޮރުއްޕަންހުރި މިފަދަ ހުރިހާ ޓެކްސްތައް ކަނޑާލެވޭނެ! ސިގިރެޓާ އެނަޖީޑްރިންކްތަކުން މި ސަރުކާރުން ނަގަންފެށި ޑިޔުޓީ އުނިކޮށްލެވޭނެ! ރައްޔިތުން އަނެއްކާވެސް އުފާކޮށްދެވޭނެ! އިންޝާއަﷲ
އޯއެމްޖީ. މޮޅެތިނަން ކިޔާފަ ރައްޔިތުން ފެލުމާއިގެން ކުރިއައް ކުރިއައް ބާރަށް ކުރިއްއަށް. ސްޓިކާ ޖެހުން ކިހިނެއްތޯ ހުއްޓާނީ ދައުލަތަށް އާމްދާނީގެ ބޮޑު % އެއް ކުޅޭ ސްޓިކާ އެހެންވީމާ އެކަމެއް ނުކުރާނެންނު. ދިވެހި ރައުސުލްމާލް މިހާރު އޮތީ މިމީހުން ކާލާފަ. ސޯ ޑިފޯލްޓަކަށް ދިޔަނުދީ ހިފަހައްޓަން ރައްޔިތުން އަތުން ނެގެން އޮއިހާ އެއްޗެއް އެބަޖެހޭ ނަގަން. ޕެންޝަން ފަންޑު ވެސް އިސްލާހުކުރުން އަދި އެބައޮއި، ޓެލެކޮމް ގެ އިތުރު ކުންފުނި އަންނައިރަށް އެޔަށްވެސް އިތުރުޗާރޖެއް އެޑްވާނެ، ފެނާއި ކަރަންޓާވެސް ކުޅުން އޮތީ ކުރިއަށް. ބަޓް ޝުޝް ނޭންގޭ ކަމަށް ހަދައިގެން މަޑުކޮއްލާ! އެދުހުން ހަނދާން ކުރާތި މިއަދު އަހަރެން މިހެން ބުނެފައި ވާކަން. ކކބކ ލެޓްސް އޯލް ކީޕް ކްލެޕިން
ދިރިހުރުމުގެ ފީ ނަގަން ނުވުސްނަންތޯ ؟
ވަރައްއުފާވެރިހަބަރެއް
ވަރައްހެޕީވެއްޖެ
ސަޅި ރާކަނިމަސް ކެވިފާހުންނާނީ ވ.ވ އެފާވެރިހަބައެއް
އަދި ކިރިޔާ ރައްޔިތުންނައް ރޭކާ މިލަނީ މިއީ ވެރިކަމެއް ނޫންކަން ބަލާވެރިކަމެއްކަން.
ސަރުކާރުގެ އަމާޒު:
1- މާލެ ނޫން އެހެން ރައްތައް ތަރައްގީކުރުން ހުއްޓުން
2- ތަރައްގީއޭ ކިޔާފައި ކުދި ކުދި ކަމާ ނުގުޅޭ ކަންކަން ހިންގުން
3- ރައްޔިތުން މާލެގެނައުން
4- މާލެ ތޮއްޖެއްސުން
5- އެކަން ހައްލުކުރަންށޭ ކިޔައިގެން ރައްޔިތުން ފެލުން
6- މާލޭގައި ދިރިއުޅޭ މީހުނަށް ހުވަފެން ތަކެއް ދެއްކުން
7- އެހުވަފެންތަށް ހަގީގަތަކަށްވުމަށް އަދި އެއް ދައުރު ބޭނުން ކަން ހާމަކުރުން
8- ދެން އަންނަދައުރަށް ހަނދު ތަކެއް ދައްކަން ފެށުން
ތިކުރާކަމަކުން ވެހިކަލް މަދެއްނުވާނެ..ކޮބާ ޑިއުޓީ ބޮޑުކުރުމުން ކިތައްޕަސެންޓް އެތެރެކުރުން މަދުވިތޯ؟ކޮބާ ތަފާސްހިސާބު؟ ތިޔަނިންމާ ނިންމުންތަކުން ނިކުންނާނެ ނަތީޖާތަކަކީ ތަފާތުކުރުމާއި،ފފަގީރުން އިތުރަށް ފަގީރުވުމާއި، މުއްސަނދިންއިތުރަށް މުއްސަނދިވުން. އަނެއްކޮޅުން މިނީބަސް ތަޢާރަފްކޮށް ޓެކްސީތަކަށް ލިބޭ އެއްޗެއް ކުޑަކުރުމުން ކިހާރަނގަޅުނިންމުން ތިނިންމަނީ ..ރައްޔިތުން ވެގެން މަޖްލިސް މެމްބަރުންނަށް އެބަޖެހޭ ފަރިވަޅުދޭން....
ކިތަންމެ ވަރަކަށް ފެލިޔަސް ހެޔޮތާ. ރައްޔިތުން ތިބީ އެޅިހާ ބަތަކަށް ރިހަ އަޅަން ދީގެން. ހެޔޮވާނީ ކިހިނެތްތޯ ރައްޔިތުން މީހާ ދަތިހާލުގައި ވަނިކޮށް ފެލާލަނީ. ތިޔަ ބަޖެޓުގައި ނެތޭ ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއް ހުރިއްޔާ ހުރީ ކުޑަކޮށްފަ. މިސާލަކަށް އާސަންދަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުރާ ހޭދަ. ހެލްތާ ގުޅުންހުރި ކަންކަން. މިހެން ގޮސް އެތައް ކަމެއް. އެކަމު އަބްދު ﷲ ޝާހިދު ކެމްޕޭނަށް މިލިޔަނުން. ރައީސް މީހާގެ ދަތުރުތަކަށް މިލިޔަނުން. ފައްޔާޒަށް މިލިޔަނުން. ސިޔާސީ މަގާމުތަކަށް މިލިތަނުން. ރައްޔިތަކަށް ނެތޭ މޮޅެއް. ތިބޭ ދެން އަނގަ ނަގައިގެން ހެދި އެއްޗެއް ހެދިގެން.
އަދިވެސް ރައްޔިތުން އަތްޖަހާ ސާބަހޭސާބަހޭ،ގޮވާ...މީދެން ބޮޑުވަރު މާލޭގަ އުޅެން މަޖުބޫރުގޮތަށް ކަންކަން ކުރީ ސަރުކާރުން..އެހެންވީމަ ސަރުކާރުން ޖެހޭނެ މިޒިންމާ ނަގަން. ރައްޔިތުން އެބަޖެހޭ މިނޫންގޮތަކަށް ސަރުކާރުން ހިންގާނެ ބަޔަކު ހޯދަން މިހާރުން މިހާރަށް.މިހާރު ކެތްނުވާވަރަށް މިދަނީ މިވަރުންދަންޏާ އަނބިފިރިކަން ހިންގާތީވެސް ފީދައްކަން ޖެހޭނެ ސަރުކާރަށް. އަޅެ ރައްޔިތުން ބޮލަށް އެއްޗެއް ވިސްނޭބާ؟ މަހަމަ އަންތަރީސް ވެއްޖައިން!
ފެލާނެ ފެލާނެ ފެލާނެ. ރައްޔިތުން ފެލައިގެން ހިންގާ ސަރުކާރެއް މި ނޫނީ މި އުޑުދަށުގައި ނެތް. ލިބޭހާ ލާރިއެއް ގޭދޮށު ކުދިންނަށް ބަހަމުން ކަމުން ދާތަން ފެންނަނީ. މިއީ އެބުނާ އޯގާތެރި ސަރުކާރު ކިހާ ސަޅި. މި މީހުންގެ ހަގީގީ ބޭނުމަކީ ގައުމުގެ އިގްތިސޯދު ފުނޑާލައި ރައްޔިތުން ހާލުގައި ޖެއްސުން. އޭރުން އިންޑިއާއިން ބޭނުންވާކަންތައް ފުރިހަމަ ކުރުމަށް ފުރުޞަތު ލިބިގެންދާނީ.
ރަނގަޅު، މާލެއިން ރާއްޖެތެރޭ މީހުން ފައިބަންދެން އެކިނަމުގަ ފީނަގާތި. ތިޔައީ އޮމާން ހައްލަކަށްވާނެ. ރަށްފުށުގެ ތަރައްގީއަށް ހެޔޮބަދަލަކަށް ވެ އަމިއްލަތަން ކުރޮއަރުވަން އެބައިމީހުނަށް ލިބުނު ސައިލެންޓް ސޮލޫޝަނެއް
މިނަގައިގެން މީގެންކުރާބޭނުންވެސް ލިޔަންވާނެ ކޮންކަމަކައްތޯ ހަރަދުކުރަނީވެސް ބަޔާންކުރަންވާނެތާ
ރައްޔިތުން އަތުން ޓެކުހހ ހެއް ނެގެންވާނީ އެކަށީގެންވާ ހިދުމަތެއް ދިނުމަށްފަ ހުއެވެ. ޙިދުމަތެއް ނުދީ ނެގޭ ޓެކު ހަކީ ފޭރުމެކެވެ. އިންސުއަރެންސްއަކީ މިފަދަ ހުތުރު ޓެކު ހެކެވެ.
"ޕާކިން ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ" އެމްޑީޕީ ގެ ބޮޑުން ބުނާ އެއްޗެއްގެ މާނަ އޮންނާނީ ދިމާއިދިކޮޅަށް.
ބަލަ މާލެ އައަށް ރަޖިސްޓްރީކޮއްފައި ހުންނަ ކިތަންމެ އިޅަނދެއް އެބަދުއްވާ މިކިޔާ ( ވޯޓްއެއްލާންވީމަ ދުނިޔޭގަ ތިބިކަންވެސް ހަނދާންވާ ނިކަމެތިން ގޮތުގައި ސަރުކާރުން ބަލައިގަންނަ ރާއްޖެތެރޭ ރައްފުށުގައި.) އެ ފަދަވެހިކަލް ތަކުންވެސް ލާރި ނަގަންތޯ މި އޯގާތެރި ސަރުކާރުން ވިސްނުން މިހުރީ... ކީއްކުރާނީ ރައްޔިތުން އަމިއްލައަށް ބޯ ބޮނޑި މީ...
ރަށްޔިތުންނަށް ހެޔޮވެރިކަން މިކޯ އްދެނީ
މިރާއްޖެތެރެމީހުން އައިސް މާލެ ތޮއްޖައްސައިފި. ރަށު ބޮޑު ގޯތީގަ އުޅެވެންއޮއްވާ. ނިދާނެޖާގަ ނެތަސް ފާރައްފައިނަގައިގެން ވެސް ކުދި ތަންތާ ފޮނި ދައްކަން މާލޭގަ އުޅެންވަނީ.👹😡
ާ
ާ
ޕާޓީން ކޮށްފިއްޔާ ހެއުވެރިކަން
ފުލުހުން މި ފީނެގުމުގައި ބައިވެރި ނުވޭ.
މީ ރއްޔިތުންގެ އާދޭސް
މޮޔަޔާ ފުލުހުން ތަބާވާނީ އެމީހުންގެ ސާހިބު މީހާ އަންގާގޮތަށް..ފުލުހުންނާ ސިފައިންނަކީ ވެރިމީހާގެ ޑޯގުސް...ގާނޫނަކަށް ، ރައްޔިތުންނަކަށް ބަލާ ބަ އެ އް ނޫން މި ޑޯގު ތަކަކީ..
މަ މޮޔަވެގެނެއްނޫން އެހެން ބުނީ.
ބުރޯ.....
މިފަދަ ނިކަމެތި ޙާލަތަކަށް ރައްޔިތުން ވެއްޓިފަ ތިއްބާ އަނެއްކާ އިތުރު ފީތަކެއްރައްޔިތުން އަތުން ނުނަގާނެ ހެޔޮ އެދޭބަޔަކު. ވެހިކަލްތަކުން އިތުރުފީތައްނަގަންބޭނުންވާ އިރު އެވެހެިކަލް ތައްދުއްވާ މާލޭގެ މަގުތަކަކޭ އޮށްވަޅުގޮދި އެކޭ އެއްގޮތް ބޮޑަތި ފީތައް ނަގަމުންދާއިރު މިހާތަނަށްވެސް ޒަމާނީ ފެންވަރަކަށް ހަދާލެވިފަ އޮތީ ރިންގ ރޯޑް ރައްޔިތުމންގެ ފައިސާ އިން ޖީބުތައްފުރައިގެން ތިބޭމީހުން ތިގޮޑިތަކުގަ ތިބެގެން ރައްޔިތުން އަތުން އެކިނަންނަމުގަ ފީތައްނަގަން ލަދެއްނުގަނޭތަ
ނަގާފަ ބަހައްޓާ އަނގަޔާ އަތާ ދިމާ ނުވެގެން އުޅޭއިރު ވެސް..މިހާރު ވެސް މިއުޅެނީ އަތުގަ އިން ދެ ބޮކްސާ ގެ ކައްގަނޑު ފަހާލަން ބަރަންޏަކާ ތިނޯހެއް ގަނެވޭނެ ފަދަ ވެސް ނެތިގެން..
ވާވާ ހާދައުފާވެރިހަބަރެކޭ ދެންތިބޭރާކަނިމަސްކާގެން
ލެޕްޓޮޕަކާ ރިސޯޓަކުން ރާއްޖެހިންގާ ސަރުކާރު. ވަރަށް ސަލާން
ވެރިކަން ކުރަން ފައިނުނަގާ އެކަކުވެސް ނެތް، ހެޔޮ އެއްކަމެއް ނުކުރެވުނަސް، ބޮޑެތި ވައުދުތައްވެ ނުކުރެވޭނެހާ ކަންތައް ކުރެވޭނެ ވާހަކަ ދެއްކީމާވެސް ރައްޔިތުން އެވާހަކަ ޤަބޫލުކޮށް އެމީހުނަށް ވޯޓްދީ ވެރިކަމަށް ގެންނަނީ، 1988 ވަނަ އަހަރާ ހަމަޔަށް މި ޤައުމުގެ ވެރިކަން ހިންގަމުން އައީ ރައްޔިތުން ފެލާލައިގެނެއް ނޫން، އެކަމަކު އެގޮތް ކަމުނުގޮސްގެން ވެރިކަން ބަދަލުކުރީ މި ޤައުމުގެ ރައްޔިތުން، މިހާރު ކުޅިވަރު ފެންނާނެ، ދެނެއް އަލަކުން އިތުރު ޗަމްޕާ އެއް ޤާސިމެއް މި ޤައުމަކު ނުއުފެދޭނެ. ވިޔަފާރިކޮށްގެން ޖެހޭނީ އިނދަ، މުއްސަނދިވާން ކުރަން އޮންނާނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން....
އަދިވެސް ބޭކާރު ފީތައް ނަގައިގެން ބަޔަކު މުއްސަދި ކުރެވޭތޯބަލާ
ސަރުކާރުން ކުރާކަންކަމުގައި އެެއްބާރުލުން ދިނުން މިވަގުތު ވަރަށް މުހިންމު... ހަމަ އެޔާއެކު މަޖްލިސް މެންބަރުންގެ މުސާރަ ކުޑަކުރަންް “އެކްސްޓްރީމް”އިހްތިޖާޖެއް ރައްޔިތުން ފަށަން އެބަޖެހޭ...
ސަރުކާރުން ކުރާކަންކަމުގައި އެެއްބާރުލުން ދިނުން މިވަގުތު ވަރަށް މުހިންމު... ހަމަ އެޔާއެކު މަޖްލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ވަރުގަދަ ”އިހްތިޖާޖެއް ރައްޔިތުން ފަށަން އެބަޖެހޭ...
އިންޖީނުލީ އުޅަނދު މަގުމަތީގަ ދުއްވާފައިންނަ ކޮންމެ ކިލޯމިޓަރަކަށްވެސް ފައިސާނަގަންފެނޭ އޭރުން މަގުތައް ތޮއްޖެހުން ކުޑަކުރެވޭނެޔޭ ކިޔާފަ. އޭރުންވެސް އިތުރު އާމުދަނީއެއް ލިބުނީ. ދަނޑުވެރިކަން ތަރައްގީކުރުމުގެ ނަމުގައި ބޭރުން އެތެރެކުރާ ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތަކުން %100 ޑިޔުޓީނަގައިގެންވެސް ދައުލަތަށް އާމުދަނީ އިތުރުކުރެވިދާނެ. މިއީވެސް ކޮއްލަން ރަގަޅުކަމެއް
މި ހާލަތުގަވެސް ރައްޔިތުން އަތުން ފެލަނީ 😡😡😡
ދައްކާވާހަކަ ދެކޮޅުވެސް ޖައްސަނަބަލާތި. މާލެސަރަހައްދުގައި ދުއްވާ އުޅަދު ފަހަރު ގިނަވީވަ އިތުރު ދެ ކަމަކުން ޓެކްސް ނަގަން ނިމީއިރު މާލެ ގެދޮރުވެރިންނަށް ގެއްލުންވާނެތީ އަތޮޅުތެރޭގައި ފްލެޓް އެޅުން މަދުކުރީ މާލެ ތޮއްޖެއްސުމަށްނޫންތޯ؟ މާލޭ ބިމެއްނަމަ ރަނަށްވުރެ އަގުބޮޑު ސަރުކާރުން ލޯނުދޫކޮށް ބޮޑެތި ބިލްޑިންގ ތަކަށް ބަދަލުކުރެވޭތޯބަލާ ރަށްފުށު މީހަކު ލޯނެއް ނަގާނަމަ ބިމުގަ ޖުންނަގެއާއި ގޯއްޗާއި އޮޑިދޯނިފަރާއި ގެންގުޅޭބެހިކަލަށްދާންދެން މޯގޭޖުކުރަންޖެހޭ
މިސަރުކާރު ނުގެނެވިގެން އާއިލީ ގުޅުން ކަނޑާ ނުވިތާކަށް
ޢުޑުން ތަރިބާލާއިރު އައުގުރާނު ގޮވާއިރު ހެވިފަ 👏 ޖަހަން ތިބިމިހުން މިއަދުވެސް ތިބޭނެ ހަމަ އެގޮތުގައި
މިނަގާ ފީތަކުން އެމީހުންގެ ޖީބައް އެއްޗެއް ވަންނަނީ ކަންނޭގެ
ޕާޓީމީހުން ނަށް ބޮޑެތިވަޒީފާ ދިނީމަ ނިމުނި
ބޮޑުއަގު ދީގެން ކިޔަވާފަ ވަޒިފާ އެއް ނުލިބިގެން ތެޅެންވި
ޢެކަމު ޕާޓީ މިހުން ހެޔޮ އަލިފު ނޭގުނަސް ވާނެ ހާހުން މުސާރަ ލިބޭވަޒީފާދޭން
ތިއެއް ކިޔާނެ ކަމެއްނެތް. ވެރިކަމުން ފައިބަންވާއިރަށް ރައްޔިތުން ހޭއަރުވާލާފައި ފައިބާތި. ތީ ހެޔޮވެރިކަމަކީ. އެކަން ނުވެގެން ބަޔަކު އުޅުނު.
ފެލާ ފެލާ ރްއްޔިތުން މިތިބީ ފެލާނެ ވަރަކަށް ފެލަން ދޭން
ލަދެއް ހަޔާތެއް ބަހައްޓާނެކަމެއް ނެތް ފެލާފަބަހައްޓާ.
ޖީބުތައް ފުރޭނީ ފެލިވަރަކަށް. އެހެންވީމަ ހައްޓަކު ހެއެއް ކައްޓަކު މަހެއް ބަހައްޓާނެކަމެއްނެތްް ފެލާފަބަހައްޓާ. ފީނަގާ ފީއިން ސަރުކާރުހިންގާ ވެނުމަސް ވެނައްކާންދީ!!! ދިވެހިރައްޔިތުން ބާރައް އަތްތަޅާ އަތްޖަހާ!!! ކަލޯމިއޮތީ އޯގާތެރި ސަރުކާރެއް.. އޮބިނޯވޭ.
ކޮންޖަނގުށަނު ފީ ޔޭ؟؟؟ މަވާ އަވަދިވެދާނެ، ކަލޭމެން މިހާރުވެސް އަހަރުމެން އަތުން ނަގާ އެތިވަރު މަދީތަ؟؟؟؟ މި ދޮޅަސް ގުރޫޕު ވެރިކަމައް އަރައިފިއްޔާ ކޮންމެސް ދިޔަވަރެކޭ ވީދެފަ ބަލާނެ އިތުރު ޗާޖުތަކެއް ނެގޭތޯ!
އަޅެ ހެޔޮނުވާނެ މިހާރުވެސް މިތާގަ މިއުޅެނީ އަނގަޔާ އަތާ ކީއްކުރަން ފަޔާ ކަންފަތާވެސް ދިމާނުވެ 😓
ހެޔޮނުވާނެ އަހަރުމެން ތިވަރައް ނުފެލާ އާދޭސް ކުރަން 😭
ރެންޓް ކޮންޓުރޯލް ނުކުރާތާ އެ ގަރާޖު ލިޔުންގަނޑު ނެގުންވެސް ހުއްޓީކީ ނޫން!
ބުނަން އާ ޕިކަޕު ރަޖިސްތާ ކުރަން ގަރާޖު ސިޓީ ބޭނުންނުވާ ގޮތް ހަދާބަލަ އޭރުން މަ އޯކޭ ތި ފީ ނަގަން
ޕާޓީތަކައް ދައުލަތުންދޭ ފައިސާ މިހާރުން މިހާރައް ހުއްޓާލަ، ކުންފުނިތަކާ ޕާޓީތަކާ ޖަމިއިޔާ ޖަމާތްތައް ހިންގުމަކީ އޭގެ މަސްޢޫލުވެރިން ކުރާންޖެހޭކަމެއް
36 މިލިޔަން މަދެއްނުންތޯ ޓުރިލިޔަނޭ ބުނަގަ.
ޜީދޫ މީހުން ނަށް އެއްޗެއް ވިސްނެން ދެން ހަމަ ތިހުރިހާ ކަމެއް ބަރާބަރު ކަމަށް އަހަރެމެން ދެކެނީ. ޢެއީ ހާއިނުން ވެރިންގެ ގޮތުގަ ބަލައިގަތް ބަޔަކަށް ތިކަންތައް މައްސަލަ އަކަށް ވެގެން ނުވާނެ
ދެން ތިބޭ ރީނދޫވެފަ. ލޮލް. ބަޔަކު ގަޅިވާނީ ތިވަރަށް. ޖަޒީރާ ރާއްޖޭގަ ކީއްކުރާ ވެހިކަލެއް ދޯ؟؟
ރައްޔިތުން ފެލައިގެން ހުރިހާކަމެއް ކުރަން ލާދީނީ އެމްޑީޕީ ސަރުކާރުން ވިސްނަނީ މިހާރުވެސް ސައިކަލުން އަހަރީފީއާ ރޮޑުވާދިނަސްފީއާ އިންސްއަރެއްންސް ފީ އޭ ކިޔާފަ ނަގާ ބައިވަރުމަދުވެގެން އަހަރީ ފީ ޑަބަލްކޯށް ނަގަން އެ ނިންމީ އެންމެފަހުން މާލޭގަ އުޅޭ މީހުންގެ ޢަދަދު ގިނައޭކިޔާފަ މާލޭގަ އުލޭ މީހުންގެ ބުގެ ނިސްބަތުންވެސް ފީނަގާނެ މިވަރުންދަންޏާ އަދި މަގުތައް ހަދަންޖެހެއޭ މަގުތަކު ބާރު ބޮޑުވެއޭ ކިޔާފަ އަޅާކޮންމެ ފިޔަވަޅަކަށްވެސް ލާރިނަގާނެ މިވަރުންދަންޏާ މީ ދެން ކިހާ ބޮޑވެއްޖެ ބަލާވެރިކަމެއްތަ؟
އެބަ ރަނގަޅުވޭ. ދަޢުލަތް ވަރަށްބާރަށް ކުރިޔަށް ދާތަންއެބަފެނޭ. ޓްރެފިކް ޖޫރިމަނާ ނުނަގާނެކަމަށް ބުނެ ރައްޔިރުން ބޮލަށްއެރިގެން އައި ސަރުކާރު މިހާރު މި މުޅި ދައުލަތް ހިންގަން މިނިންމާފައިވަނީ ނުނަގާނެކަމަށްބުނި ފައިސާއިން.. މީއަޅެ އަރަތައެއްނޫންތަ....ހޮޕް ހޮޕް ހޮޕް ސަރުކާރު .... ދެންވެސް ހޮވަންވާނި މިސޮރުތަށް....
ރައްޔިތުން އަތުން ނުވަތަ އާއިލާ ތަކުން މަރުވާ މީހުން އަތުން ވެސް ފީ އެއްނެގުން ރަގަޅު ވާނެ
އަހަރަކަށް ވަރަށް ގިނަބަޔަކު ނިޔާވެގެން ދާނެ ކަމަށް ލަފާ ކޮއްފަ އެކަމަށް ވެސް ފީއެއް ނެގުމުން ބަޖެޓުގައި ޖަހާލުން ރަގަޅު ވާނެ،
މަރުވާ ކޮންމެ މީހެއްގެ އާއިލާ އަކުން 100000ރ ދައްކާ ގޮތަށް ،
ފީ ނަގާނީ ސަހަރާގައި ހުޅުވާފައިވާ މީރާ ކައުންޓަރަށް ،
ވަޅު ލެވޭނީ ފީ ދައްކާފަ،
ވަޅުލުން ލަސްކުރާނަމަ ޖޫރިމަނާގެ ގޮތުގައި ވެސް ޗާޖު ކުރާގޮތަށް ،
އިސާ ހިތަކު ދައުލަށް ތަނަވަސްވެ ރައްޔިތުން ތެޅޭގޮތެއް އެގިދާނެތާ
ނޭވާލާތީ ކޮންމެ ނޭވަޔަކަށް މާލޭ ސަރުކާރަށް ޖިޒީ ދައްކަންޖެހޭތޯ ؟ ދާރުލް މާލެ މީ ކޮންކަހަލަ ބިމެއްބާ ؟
މިކަން ރައްޔިތުން ނިކުމެ ހުއްޓަން ޖެހޭ
މިއަދު ރައްޔިތުންނައް އެނގޭނެ ޕާޓީޑިމޮކްރަސީގެ ފޮނިމީރުކަން ރައްޔިތުން ލައްވާ ހެސްކިޔާފަ މަސައްކުރުވާފަ ލިބޭ ރުފިޔާކޮޅުން ޖީއެސްޓީ ނަގައިގެން ވެރިންނާއި ޕާޓީތަކުގެ ވެރިން އަރާމުގަ ދެކޮޅައް ދެ ކަންނެހޮ ލައިގެން ފައިގުޑްވާލަ ގުޑްވާލަ އައިސްކުރި ކޮޓަރީގައި
ޖޫރިމަނާ ކޮއްގެންވެސް ލިބޭ ވަރު މަދުވީ ދޯ؟ރައްޔިތުން ފެލާ ހުސްކުރަނީ! އިބޫ އިސްތިއުފާ ދެއްވާކަށް ނުވޭ ތޯ؟