އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ އާ ދެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަަ ބުދަ ދުވަހު ކްރިމިނަލް ކޯޓްގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގެ ތާވަލުގައިވާ ގޮތުން މި ތިން ދައުވާގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ ބުދަ ދުވަހު މެންދުރުފަހު 13:30 އަށް ބޭއްވުމަށެވެ.

ކްރިމިނަލް ކޯޓުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ދައިލަތުން އުފުލި ދައުވާތަކަކީ ވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައި އުފުލާފައިވާ ދައުވާތަކެކެވެ.

މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދެކެނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ނުކުރާ ކަމަށާއި ހަމައެކަނި ބޭނުމަކީ ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ރައީސް ޔާމީން އަށް އަނިޔާ ކުރެވިދާނެ. ޖަލަށްވެސް ލެވިދާނެ. އެކަމަކު މި ފިކުރެއް ދެނެއް ނުފޮހެވޭނެ.. ގުންޑާ ސަރުކާރު އިސްތިއުފާ

    59
  2. މާމީ

    މިސަރުކާރަކައް އެހެން އެއްވެސް ކަމެއް ނުކުރެވޭނެ ...

    48
  3. ގެރިލޯބި

    ދަރުމަވަންތަ ވެސް ވިއްކާލަނީ. ރައްޔިތުން އެބަޖެހޭ މިކަމާ ދެކޮޅަށް ނުކުންނަށް. ރައީސް ޔާމީން ޖަލަށް ލައިގެންތިބެ މި ޖަނަވާރުން ރައްޔިތުން ނޮޅާ ކަނީ. ރައީސް ޔާމީން އަށް ކުރާ ކޮންމެ އަނިޔާއަކީ 98000 ރައްޔިތުންނަށް ދޭ އަނިޔާއެއް

    48
  4. ގެރިލޯބި

    ޖަނަވާރުން ގައުމު ވިއްކާ ހުސްކޮށް އަޅުގަނޑުމެން ޒުވާނުންގެ ރައީސް އަށް ވެސް އަނިޔާކުރަނީ

    44
  5. ކަޅުބެ

    ކަލޯ އަދީބަށް ނަމަނަމަ ދައުވާއެއް ނުއުފުލާތި އެއީ ހުދުކާފޫރަށްވުރެ ސާފުތާހިރު މީހެއް ކަލޭމެން ހިތަށްއެރިހާކަމެއް މިއަދުކުރޭ މާދަމާކަލޭމެން އަހަރުމެންގެ ރައީސް ވެރިކަމަށް އައިސް ތިޔަހެދިގޮތްހަދާނެ އެދުވަސްވަނީ ދާދިކައިރީގަ ދެންއޮތީ ބާކީ ތިންއަހަރު ކެތްކޮށްލާ.

    42
    • Aneeka

      އަދީބު ހުފުކާފޫރަށް ނަހަދައިފިނަމަ މިސަރުކާރުގެ އެންމެ މަތިން ފަށައިގެން ވާނި ބޭޒާރު ، އެހެންވީމަ ހުދުކާފޫރަށްވެސް ހަދާނެތާ! އަދީބު ބުނެފައި އެވަނި އެއިރުގެ މަޖްލިސް މެމްބަރުންނާ ރައީސްކަން ކޮށްފަތިބި މީހުނަށްވެސް ފައިސާ ބެހިވާހަކަ ، ދެން ކިހިނެއްތޯ އަދިބަށް ދައުވާ ކުރާނި ހުދުކާފޫރަށް ހަދާފަ ގޭގަ ބާއްވާކަށްނު ޖެހޭނީ ، ކާކުތަ ތިމާ އަމިއްލައަށް ތިމާގެ ކަށިމަތީގައި ފުރޮއިން ޖަހާނީ.

  6. ޢަދުރޭ

    އާނ! ތިކަން ކުރުން ތީ ރައްޔިތުންނަށް ބޯހިޔާ ވަހިކަމާ ތަރައްޤީ ހޯދަެިދިނުން ކަމަށް ވަންޏާ ތިކަން ވަރަށް ރަނގަޅަށް މި ވެރިކަން ފެށުނީއްސުރެ އެބަ ކުރޭ . ދެން ހެދީ ހެންވޭރު ކޮޅުގައި ޕާކެއް ކަމެއް ކުރެވުނުކަން ދައްކަން .

    32
  7. ސިއްތި

    ޤައުމެއްގެ ވެރިއަކަން ހުންނަވާ ބޭފުޅެއްގެ ބޮލުގައި ހުރިހާތުހުމަތެއްއަޅުވައި މިގޮތައްދެމުމަކީ އިންސާފެއްކަމަށް ނުދެކެން ކޮބާ ކޮވިޑުގެ ބޮޑު ޚިޔާނަތް ހިންގި މީހުން

    37
  8. މަސްއޫދު

    އިބުރާހިމް މ ސާލިހުގެ މައްޗަށް ހަގީގީދައުވާ ކުރެވޭނެ! ޖަލަށްވެސްލާނަން! ތިޔަހުރާ ދޮގުދައުވާތަކުގެ ދޮގު ތަހުގީގުކުރާ ހަމީދުވެސް އިންސާފުގެ ކުރިމައްޗަށްގެނެސް ޖަލަށްލާނަން

    35
    1
  9. ޙިބަރު

    ކިތަންމެ ދައުވާ އެއް ކުރިޔަސް އެއީ މި ގައުމު ފަހުރުވެރިވާ ގާބިލް ރައީސެއް.

    44
    1
  10. އައްޑޫ މީހާ

    ދެން ނެތްތަ އިތުރު ދައުވާއެއް؟ ބަލަ ޔާމީނުގެ އިސްތިއުނާފް މައްސަލަ ނުބަލައި އަދިވެސް އޭނަގެ މައްޗަށް ދައުވާކުރުންތޯ އިންސާފަކީ؟ މިސަރުކާރަށް ތާއީދުކުރާ މީސްކޮޅުގެ ސަޕޯޓް ގެއްލިދާނެ ކަމަށް އެމީހުންގެ ހިތް ހަމަޖައްސައިދޭން ކުރާހާ ކަންތައްތައް މާތްﷲ މިވެރިކަން ހިތި ގޮތަކަށް ނެތިކުރައްވާށި އާމީން

  11. ހަސަނުގެ ދަރި ލަތީފް

    ކަމުގައި އިސްކޮށް އުޅެ ފައިސާގަނޑު ބައިބަޔަށް އަޅާ ބެހިމީހާ އަރާމުގައި އޭސީގައި އަނބިމީހާއާ އާއިލާކައިރިގައި އުފަލާއެކު ގޭގައި ، ބައިވެރިޔާއަށް ހުރިހާ ދައުވާއެއް މިކަމުންވެސް އެނގެނި އަދިބު ސަރުކާރައެކީ ޑީލް ހެދީ ފައިސާ ލިބުނުމީހުންގެ ނަންތައް ފޮރުވަންކަން ، ނަންތައް ފާޅުކޮށްފިނަމަ މިސަރުކާރުގެ އެންމެ މަތިން ފަށައިގެންވެސް ތިބޭނީ އެފައިސާ ބޭނުން ކުރި މީހުން ، ޖާބިރުވެސް މަޖިލީހުގައި ގޮވި ދޮއްތަ އެފައިސާ އެެވެނި މިވެނި މީހުނަށް ލިބުނޭ ، ޖަމީލްގެ އިތުބާރުނެތް ކަމުގެ ވޯޓާ ރައީސްކަމަށް ކުރިމަތިލުމުގެ އުމުރަށް ބަދަލުގެންނަން ވޯޓުދިން އޭރުގެ އިދިކޮޅުގެ އެންމެނަށް އެފައިސާ ލިބިފައިވާ ކަމަށް ވަނީ ، ވޯޓްވިއްކީ

  12. ރައީސްޔާމީންދޫކޮއްލާ

    ރައީސްޔާމީންއައްކުރާ ނުހައްޤުއަނިޔާހުއްޓާލާ މިނިވަންކުރޭ

    10
  13. މުހައްމަދު އަންޖުމް

    މީއާކަމެއްނޫން ކިނބޫސަރުކާރު ކޮށްލާ ކޮންމެބޮޑު ވައްކަމެއް އަޑުފެތުރޭއިރަށް ރައީސްޔާމީން ގާނާއެބަލާ އެއީ މިމީހުންގެ ވައްކަންތައް ސިއްރުކޮށްލުމަށްޓަކައި ބޭނުންކުރާވެކްސިނެއްބާ! ވީމާމިމީހުންނަށް ކޮންމެ ކަމެްްވެސް މިކުރެވެނީ ރައީސް ޔާމިންބޭނުންކޮށްގެން ނޫނީ ހަމައެއްކަމެއްވެސް ނުކުރެވޭ އެހެންނުވާނީ ގާބިލްކަމެއް ނެތީމަ ވައްކަން ކުރުންނޫންކަމެއް ލާހިކެއްނޫން ކުރާކަށް ކިނބޫސަރުކާރަކަށް