ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހަދަން ޖެހޭ ޤަވައިދުތައް ދެއަހަރު ދުވަސް ވެގެން ދިޔައިރު ވެސް ނުހެދުމުގެ ޒިންމާ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުހައްމަދު މަލީހް ޖަމާލް އުފުއްލަވަން ޖެހޭނެކަން ހެއްކާއިއެކު ރައްޔިތުން މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ދެއްކެވުމުން މަލީހް ކޯފާވެއްޖެއެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީން ކުރަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކަނޑައަޅުއްވާ އަދި ރައްޔިތުން މަޖިލީހުން ފާސް ވެސް ކުރައްވާފައިވާ ކަންތައްތަކުގެ ސްކްރީން ޝޮޓްތަކެއް މިއަދު ޓްވީޓް ކުރައްވާފައެވެ.

އަދި ކޮމިއުނިކޭޝަން އޮތޯރިޓީގެ މަސައްކަތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ މިނިސްޓަރު ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮތްކަން ވެސް ފިރުޝާން ވަނީ މިނިސްޓަރު މަލީހަށް ހަނދާން ކޮށްދެއްވާފައެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަސައްކަތްތައް ކަމަށް ރައީސް ޞާލިހް ކަނޑައަޅުއްވާ އަދި ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ކަންކަން ހިމެނޭ ލިޔުމުގެ 26 ވަނަ ނުކުތާގައި ބުނެފައިވާ ގޮތުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ކަންކަން ބެލެހެއްޓުމަކީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ކަމަށް އައްޔަން ކޮށްފައިވާ މަލީހްގެ ޒިންމާއެކެވެ.

ފިރުޝާން މިއަދު ސްކްރީން ޝޮޓްތަކާއިއެކު މަލީހަށް ރައްދު ދެއްވުމާއިއެކު މަލީހް ވަނީ ޓްވިޓާ އިން ފިރުޝާން ބްލޮކް ކޮށްލާފައެވެ. ފިރުޝާން ވަނީ ރައީސް އޮފީހުން މިނިސްޓަރ މަލީހް އާއި ހަވާލު ކުރައްވާފައިވާ ޒިންމާތައް މިނިސްޓަރ މަލީހް އަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކުރައްވާފައެވެ.

މަލީހް ވަޒީރުކަމުން ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުމުން މަލީހް ގެންދަވަނީ މެދުކެނޑުމެއްނެތި އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވަމުންނެވެ.

މަލީހް މަގާމުން ވަކިކުރަން އެމްޑީޕީގެ 10 މެންބަރަކު ސޮއި ކުރައްވާ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅި ލިޔުމުގައި ބުނެފައިވާ ގޮތުގައި މަލީހް މަގާމުން ދުރުކުރަން ބޭނުން ވަނީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، އެޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީހް ހައްދަވާފައި ނުވުމާއި، އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާހިނދު، ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަކަށް ވެފައި، އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކަލޭމެންގެ ކަމަކީ އެކަކު އަނެކަކު ބްލޭމްކޮށްފަ ތާކުންތާކު ނުޖެހޭ ކޮސްކަންތަށް ކުރުން، ގައުމު މިއޮތީ ހުއްޓުމަކަށް އައިސް ރައީސްމީހާ ބޯގޮވާހިސާބުގަ

    31
    • އަޙްމަދު

      އިތުރުން؟

  2. .....

    މަލީހުގެ ފަޅިން ތިކަމާ ބުނާ ބަހަކީ ކޮބާ....އެ ލިޔުންތަކުގައިއެވާ ކަންކަން ކުރަން މަލީހު މަސައްކަތް ކޮށް ސަރުކާރުން އޭނަޔަށްލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަންކަން ނުކުރެވިފަ އޮތުންވެސް އެއީ ހަމަ ވެދާނެ ގޮތެއް...ގާނޫނުގަ ލިޔެ ގަވާއިދުތަކާއި އުސޫލުތައް ލިޔެފަ ހުރުން އެއީ އަދި އެކަންކަން ކުރެވިދާނެ މަގު ދައްކައިދެވުނީކީ އެއް ނޫން...ކުޑަމިނުން ކޮބާ ބަޖެޓް...މަލީހަކީވެސް ފިރުޝާނަކީވެސް ސިކުނޑި ހަމަ ޖެހޭ ބައެއް ކަމަށް ގަބޫލު ކުރަން ދަތިވާ ސަބަބަކީ އެބައިމީހުންގެ ފުށުން ސީދާ ރައްޔިތުމީހާއަށް މަންފާވާނޭ ކަމެއް މިހާތަނަށް ފެނިފައި ނެތުން....

    21
    6
  3. މުހައްމަދު ޝާހް، ރ.ވާދޫ

    ކޮން ރަތަކަށް އަރާކަށް؟ ނުވަންޏާ އިސްތިއުފާ ދީފަގޮސް ގޭގަ އޮވެބަލަ! ދުވާލަކު ވާހަކައެއް ނޫސްތަކަށް އެރުވުންނޫން އަމަލުން ކުރެވުނުކަމެއް ނިކަން ދައްކަބަލަ! ފެއިލްފެފަހުރި، ބޭރުކުރަންވެފަހުރި މީހެއްތީ! ހަމަ ތިކަހަލަ ބޮލެއް އެބައުޅޭ ރައްޔިތުން ހިއްސާވާ އަމިއްލަ ކުންފުންނެއްގަ!

  4. ޑިމޮކްރަޓިސްޓް

    އެމްޑީޕީ އެއްވެސް ވަޒީރެެއްގެ އެއްވެސް މައްސަލައެއް އެބަ ފެންމަތިވޭތަ؟ ވިސްނާމީހުނަށް އިބުރަތެއް!

    8
    1
  5. ބޭޗާރާ

    މާލޭ ސިޓީ ކައުންސިލަށް އޮންނާނެ 25 ގަވާއިދު ހަދަން ލާޒިމުކޮށްފައި. ހަދާފައި އޮތީ ކިތައް ގަވާއިދުތޯ ބަލާބަލަ. ހެދި ދެތިން ގަވާއިދުވެސް ހިންގޭތޯ ބަލާބަލަ.

  6. ޅަބޭ

    ހިޔަޅުތަކެއް ބޭއްވި ކެއުމަކައް ދިޔަ ކަންބަޅިއައް ޖެހުނު ހާލު މަލީހައް ތިޖެހުނީ.

    10