އެފްރިކާ ސަރަހައްދުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިޞްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެފްރިކާގެ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާ ޝާހިދު ބައްދަލު ކުރުން

މި ބައްދަލުވުމުން ޝާހިދު ވަނީ ރާއްޖެއާއި އެފްރިކާގެ ޤައުމުތަކާއި އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކާ ރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ޤަބޫލުކުރާ ޤައުމުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކުވެރި ޤައުމުތަކުން ކޮވިޑް-19ގެ ޙާލަތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ މި ބައްދަލުވުމަކީ ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލީލާވަތީ

    ރަޢްޖެ ބަނޑަށް ޖެހިގެން ހިލޭ އެހީޔެެއް ދޭތޯ ސަލާމަށް އަތް ދިއްކުރަނީ ދޮތަ.

  2. ޓ

    މީނާ އ ދ ގެ ރައީސް ކަމަށް ކުރާ ކެންޕޭން
    ޢަޅެ މަކަރު ވެރިއެއްނު

  3. ކުޑޭ

    ކޮވިޑުގެ ޙާލަތުގައި ތަދުމަޑުކަން ފެތުރެމުންދާއިރު ޚާރިޖީވަޒީރު ކެންޕޭނަށް އެތައްބައިވަރު ފައިސާ ލޯނަށްނަގަނީ މީ ޤަބޫލުކުރެވޭނެ ކަމެއްނޫން.