އައިޝަތު ނަހުލާ މިނިސްޓަރު ކަަމަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުއްވީ އަނބިކަނބަލުންނަށް ވުމުން ނޫން ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭ އަޑުން ގެނެސްދޭ "އަހަށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މިނިސްޓަރުކަން ލިބުނީ ވިލާ ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވެގެން ނޫންކަމަށް ވިދާޅުވުމުން އެތައް ބަޔަކު އެކަމާއި ދެކޮޅަށް ވާހަކަދައްކާފައި ވެއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަންބަކަށް ވެގެން،" ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ނަހުލާ ވިދާޅުވިއެވެ.

މި ވާހަކަތައް އެތައް ގޮތަކަށް ހަދައިގެން ދައްކަމުން ދަނިކޮށް ގާސިމް ވަނީ ނަހުލާގެ ދިފާއުގައި ވާހަކަދައްކާފައެވެ. އެގޮތުން ގާސިމްގެ ފަރާތުން ޖުމްހޫރީ ޕާޓީގެ މީޑިއާ ގްރޫޕުގެ ހިއްސާ ކުރި މެސެޖުގައި ވަނީ އޭނާގެ އަނބިކަނބަލުންނަށް ވެގެން ވަޒީފާއެއް ދެއްވަން ޖެހޭ ގޮތަކަށް ގާނޫނެއްވެސް، އުސޫލެއްވެސް އަދި ގަވާއިދެއްވެސް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ގާސިމް ވަނީ އޭނާގެ އަނބިކަބަލުންނަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ ކަަށްވެސް ވިދާޅުވެފައެވެ.

"އައިޝާއަކީ ކަން ކުރެވޭނެ ހިތްވަރު ހުރި އަދި ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން ގާސިމް އަށް ޔަގީން ވާތީ. އައިޝާ އިންތިހާބުގައި ކުރެއްވި ގިނަ ގުނަ މަސައްކަތްތަކާއި އެކުގައި ރައްޔިތުން އެކަމަނާ ބަލައިގަތްކަން، ގިނަބައެއްގެ ދުލުން ގޮވަމުން ދާކަން ދިވެހިން ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ޔަގީން ވީމަ އެކަމަނާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް. ޖޭޕީގެ ފަރާތުން އަޅުގަނޑު ރައީސަށް ހުށައެޅީ އެ މަގާމަށް އައިޝާ ހަމަޖެއްސައިދެއްވުމަށް. ރައީސް އެ މަގާމް އައިޝާއަށް ދެއްވީ ރައީސް އެކަމަނާގެ ގާބިލްކަން ރަނގަޅަށް އެނގިވަޑައިގެންފައިވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަނބިމީހާއަށް ވެގެނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރައީސްއަށް އެކަން އެނގިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ނަހުލާ ކުރެއްވި ދަތުރުތަކުގައި އާއި އެކި ސްޓޭޖްތަކުގައި ދައްކަވަމުން ގެންދިޔަ ވާހަކަގައު ހުރި ހަރު ދަނާ ކަމާއި ކުރެއްވި ހިތްވަރާއި އަޙްލާގައި ތެދުވެރިކަން އެނގި ވަޑައިގަތީމަ ކަމަށެވެ.

ގާސިމް ވަނީ ނަހުލާއަށް މިނިސްޓަރުކަމޔުގެ މަަގާން ދެއްވީ ވަކި މީހެއްގެ އަންބަކަށް ވެގެން ނޫން ކަމަށް އައިޝާ ވިދާޅުވުމުން، އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މިކޮޅަށް ދަމާ ހަދަމުން ދަނީ ހަަޖަމްނުކުރެވިގެންތޯ ސުވާލު އުފައްދަވާފައެވެ،

އޭނާ ވަނީ އެފަދަ ގޮތަކަށް އެކަކާއިވެސް ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބޯގޯސް

    ދިވެހިން މާޝައުގު ވެރިވާކަމެއްނޫން ކަލޭމެން ލޯބިވުމަކީވެސް ލޯބިހުށަހެޅުމަކީވެސް. ދިވެހިން ބޭނުންވަނީ ޔާމީނު ވެރިކަން ކުރެއްވިއިރު ކަންކަން ކުރެއްވި ސްޕީޓަށްވުރެ ބާރަށް ކަންކަން ކުރުވަން އަދި އޭގެ ނަތީޖާ އަވަހަށް ލިބުން. ލޯބީގެވާހަކަ ކަލޭމެންދައްކާ ގޭގެ ތިބިގެން. ރައްޔިތުންގެ ކަންކަމާ ހަވާލުވެތިބެ ބޭކާރު އަގަނުތަޅާ ޒިއްމާ އަދާކުރޭ. ސަރުކާރުގެ ޕިޔޯނުކަންވެސް ނުކޮށް ކުއްލިއަކަށް މިނިސްޓަރުކަން ކުރުމަކީ، ކައްކަން ނޭގޭމީހަކު ކުއްލިގޮތަކަށް ރެސޯޓެއްގެ ޝެޕްކަން ދިނީމަ ވާގޮތްވާނީ.

    82
    2
  2. ހޮޅޭ

    މުޅި ރާއްޖެ އަބިމީހާގެ ބަހަށް އިޙްތިރާމްނުކުރި، އެކަމަކު ފިރިމީހާ އަނބިމީހާގެ ދިފާޢުގަ ޤާސިމް ވަރެއް ނެތް

    38
    2
  3. މާމީ

    ތިބޭފުޅާ މިހާރު ތިހިރީ ހުރިހާ އަނބިންގެ ދަށުވެފަ...

    63
    4
    • ޣައްދާރު

      ހަރަރެތީގެ ދަށުވީމަ އަލާފިލާނެ ދޯ...

      8
      1
  4. ފެކްޓް

    ހޭ ތަޣައްޔަރުވެފަ ހުރި މީހެއް ނޫނީ މި ޤައުމުގަ ތި ޤާސިމަކީ ކާކުކަން ނޭގިގެން.. އަނބި މީހާ އަށް ވީމަކާ ނޫނޯ..
    ހޮރުހޮރުން ކައްދާ އުޅޭ..

  5. ބޯޖަލީލު

    ސާބަސް ގާސިމަށް ކަލޭ މުޅިގައުމުގައި ބަގުޑިބައްދައިގެން ގައުމަށްޓާކާ ކިޔަކިޔަ ގައުމު ދަވާލައިފި ، އަހަރެންގެ އެބަހުރި ވަރަށް ދޮން ރީތި އަންހެން ދަރިއެއް 19 އަހަރު ބޭނުންތަ ؟

    16
    1
  6. ދަރަނި ދަންތުރަ

    މިގައުމު ހަލާކުގެ ތެރެޔަށް ވައްޓާލުމުގައި ގާސިމް ބައިވެރިވި ގައުމު ހުދުކާފޫރުކޮޅެން ހެން ވިރި ހުސްވި އިރުވެސް އަނބި މީހާގެ މަގާމު ދިފާއުކުރަން އަހާހުތް ކިޔާފަ ތިހިރީ...

    62
  7. ގުއިދައިތަ

    މަގޭ ކައިރިއަށް އަންނަނީ ހަމަ ހިނި!! ބޯނެތް ބުރުމާއެކޭ ހަމަ އެއްވެސް ތަފާތެއް ނެތް.

    10
    1
  8. Anonymous

    ގާސިމޫ ނަހުލާއަކީ ހޯރަފުށީ ފަގީރު ކޮޔާއަކަށް ވީމަތަ އޭނަގެ ނަން މިނިސްޓަރަކަށް ހުށަހެޅީ؟

    10
  9. ޢަބްދުއްލާ

    ނަހުލާގެ ނަން އަޅުގަނޑު ރައީސްއަށް ހުށަހެޅީ އަނބިމީހާއަށް ވީމައެއް ނޫން - ގާސިމް

    1 ގަޑިއިރު ކުރިން ( ނޮވެމްބަރު 16, 2020 )

    ތިގޮއްޔެ ކަލެޔާއިނީ މަހުޖަނަކަށް ވީމައެއްނޫނޭވެސް ބުނެލާށޭ ބުނޭ.

    ޓްރާންޕޯޓް ގެމިނިސްޓަރ މަކުގެ ސަރުތަކަށް އަންހެން ވެއިޓަރުކަން ކުރާއަންހެނުން ގެ ސަރުތު އޮންނަން ފެނޭ. ހައްހައްހާާ.

    10
  10. ލީލާވަތީ

    ހާދަ ލަހަކުން ބަޔާން ނެރުނީ އަނެއްކާ ބަތްތައްޓަށް ވެލިއެޅީތަ

    11
  11. ފޫހި

    ނަހުލާގެ ނަން އަޅުގަނޑު ރައީސްއަށް ހުށަހެޅީ އަނބިމީހާއަށް ވީމައެއް ނޫން - ގާސިމް
    if you say so

  12. ހުސޭނުބޭ

    އެހެންވިއްޔާ ކީއްވެތޯ ލައުރާ ގެ ނަން ހުށަނޭޅުއްވީ! ތޭންކުޔޫ ފޯ ދަ ލައުރާ!

    29
  13. ނޫސްކިޔާމީހާ

    4 އަނބިން ދިފާއު ކުރާ މަހުޖަނު މިބޮޑު ބަލި މަޑުކަ މުގަ ތި މާގެ މުވައްޘަފުންނަށް 2000ރުފިޔާވެސް ދޭން ނުލިބުނު. އަދިވެސް މީހަކާ އިނދެވޭތޯބަލާ

    44
  14. އަލިބެ

    ގާސިމް ޖެހޭނީ ބުނާގޮތެއް ހަދާގެންއުޅޭން. ގާސިމް އަ ކީ އަމިއްލައެދުންބޮޑުމީހެއް. ގާސިމްގެ ސުޓަރފުންނަށްވުރެ ނި ކަމެތިކ ކޮއްއުޅޭ ސްޓަރފުންނެއް މިހާރަ ކުނޫޅޭނެ. ކޮއްދޭ މަސަައް ކަތަށް ރަގަޅުއުޖޫރައެއްނުދީ ގާސިމް އެއުޅޭގޮތް ފެންނަމީހަކަށް އިގޭނީ މާދަމާވެސް ގައުމާ ރައްޔިތުންނަށްޓަކ ކާއޭ ކިޔާގެން ސަލާންޖަހާން ފަށާނެ. ަަަަަަަަަަަަަަަަަަ އަބިންނާއި ދަރިން ހެޔޮގޮތުގަައި ގެންގުޅެވޭނީ ބުރަމަސަައް ކަތް ކޮއްދޭ ސްޓަރފުންގެ އާއިލާއަށްވެސް ކާބޮއިއުޅެވޭވަރަށް މުސާރަދީގެން

    15
  15. ފިރިމީހާގެ އަނބިމީހާ

    ފުދިއްޖެ ފުދިއްޖެ ވިދާޅުވިގޮތަށް ވަގުތުން ވަގުތަށް މިގަބޫލްކުރީ...

  16. މަށަށް ރީތީ

    މި އަންހެން މީހާ ވަރަށް ރީތި، ވައްތަރު ވަނީ ރީތި މިނިސްޓަރަކާ. ޕާކިސްތާނުގައިވެސް ވަރަށް ރީތި އަންހެން މިނިސްޓަރަކު އުޅުނު. އެއީ އެޤައުމުގެ ފޮރިންގ މިނަސްޓަރު ހެންހީވަނީ. ރާއްޖޭގައި ބޭއްވި ސާކްސަމިޓް ގައި ބައިވެރިވި. އެމީހާ އަދި ނަހުލާއަށްވުރެ މާރީތި. ރީތި އަންހެނުން ފެނުނީމައި މަށަށްވެސް ކުރެވޭ އިހްސާސް ވަރަށް ތަފާތު.

    5
    4
  17. މިހުރީ ހަނު

    ނަހުލާގެ ނަން އަޅުގަނޑު ރައީސްއަށް ހުށަހެޅީ ކުދީންގެ މަންމަ ވީމާ.

  18. މަކިޓާ ޗިޕް

    އަސްލު ސޭޓް އަންހެނުންގެ ފިރިމީހާވީމަ ދޯ.

    10
  19. އިބްރާ

    "ހަމަ ސީދާ ކަނޑައެޅިގެން ދޮގު"