އިމާރާތްތައް ބޭނުންކޮށްގެން ފައިސާ ހޯދަން ކުރީ ސަރުކާރުން ވެސް އުޅުނުކަމަށް ބުނެ ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކޮށްގެން ފައިސާ ހޯދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ފިނޭންސް މިނިސްޓްރީން ރައްދު ދީފިއެވެ.

ފިނޭންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބޭނުންކޮށްގެން މިފަދަ ސުކޫކެއް ވިއްކުމުގެ މަސައްކަތް ކުރެވުނެވެ. ނަމަވެސް އެއިރު ޤާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ސުކޫކް އިޝޫކުރެވޭ ގޮތްނުވީކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

ފިނޭންސްގެ ބަޔާނުގައި ވިދާޅުވީ ދައުލަތުން ކުރަމުން ދަނީ، ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި، އަދި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމުގެ މަސައްކަތެވެ. "އެގޮތުން މިހާރު ބައިނަލް އަޤުވާމީ މާލީބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑެޓް އިންސްޓުރުމަންޓެކެވެ. ކަން މިހެން ހުރުމުން ހަޤީޤަތް އޮޅޭ ގޮތަށް އެކިއެކި ފަރާތްތަކުން ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާ ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

"މީގެ މާނައަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރޕޯސް ވެހިކަލް (އެސްޕީވީ، 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏެއް) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީ ގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް (މިނިސްޓްރީ އޮފް ފިނޭންސް އަށް) ލީސް ކުރުމެވެ. އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަރޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެއެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މި ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ޤާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

 1. ޖ

  ހުރިހާކަމެއް ކުރީސަރުކާރު ބޮޑައްކަޑާ އެއިރުން ނިމުނީ

  58
  • އަސްދީގު

   ކުރީ ސަރުކާރުން ނޫޅެ ފައިސާ ނެތިގެނެއް. އެކަން އެނގޭނު އެއަރޕޯޓް އަނބުރާ ހޯދީ ސަރުކާރުން ފައިސާދީފަ. 245 މިލިއަން ޖީއެމްއާރަށްދީފަ ރައްޔިތުންގެ އަމިއްލަ މުދާ ރައްޔިތުންނަށް ހޯދައިދިނީ. މޑޕ މިގައުމުގެ ވެރިކަމަށް އައިސްފިނަމަ ގައުމުގެ ހަރުމުދާވިއްކާ ހުސްކުރާނެ. މިފަހަރު ވެރިކަން ވަގަށް ނަގައިގެންވެސް މިކުރަނީ އެކަން. ހުޅުމާލޭގެ ބިމާ ގުޅީފަޅާ ތިލަފުށީގެ ބިންވެސް އެއޮތީ ރަހުނުކޮށްފަ. ހުޅުމާލެ 2 ގެ މަގުހަދަން ލޯނު ނެގީއޯ. އެފައިސާ ތައްވެސް ވަތް ތަނެއްވެސް އެނގޭ މީހަކުނެތް. އިންޑިޔާ އިން ތަކެތިގެނެސް އިންޑިޔާ ކުންފުންޏަކުން މަސައްކަތް ކުރަނީ. ދިވެހި ގައުމަށް ބޮޑުދަރަންޏެއް އެކަނި ލިބެނީ. ދިވެހި ކުންފުނިތަކާ ވިޔަފާރިތައް ހަލާކުވެ ނެތިދަނީ. ދެތިން މީހެއްގެ އަމިއްލަ އެދުމަށް މުޅި ގައުމު ނިމިދަނީ.

   3
   1
 2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  މި ޖނަން ކުރީމަ އޯކޭ.. ބަލަ ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށްޓަކާ އަޅައިދެއްވި ތަނެއް. ގެރިމޯދީއަށް ހަދިޔާ ކުރަން ހުރި ތަނެއް ނޫން

  62
 3. ޖަރީމާރާއްޖެ

  ލައުނަތް ހުރި

  47
 4. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  އެމްޑީޕީގެ ވެރިކަމެއްގަ ކުރެވޭނެހާވެސް ކަމަކީ ރައްޔިތުންގެ މުދާތައް ވިއްކާ ރައްޔިތުންނަށް މުސީބާތް ޖެއްސުން.. ކީއްކުރާނީ. ކޮމިއުނިސްޓް ސަރުކާރުން ރައްޔިތުން ބޭރަށް ނިކުތަ ނުދީ ލޮކްޑައުންކޮށްގެންވެސް ހުރިހާ ހައްގެއް ނިގުޅައިގަތީ. ނުވިތާކަށް އަމިއްލަ އެކައުންޓުގަ ހުރި ލާރި ވިއްކާނެ ގޮތް އެނގެނީ ސަރުކާރަށް. ޑިމޮކްރަސީއޭ ކިޔައިގެން ކޮމިއުނިސްޓްޕާޓީން ރައްޔިތުމީހާ އަށް ދޭނީ ލަނޑު

  54
  1
 5. ޕާކިން ސްޓިކާ

  ކޮމިއުނިސްޓް ޕާޓީ ވެރިކަމަށް އައިމަ ރައްޔިތުމީހާ އަށް ހުރިހާ ބަލާވެރިކަމެއް

  55
 6. ގެރިލޯބި

  ލަދުކުޑަވެސް ބައެއް. ގައުމު ދަރުވާލާ ކެރަފާ އާއި ކެނަރީ ބާގީން ރައްޔިތުންނަށް ބަލާ ޖައްސަނީ

  60
 7. ކޮމިއުނިސްޓް

  ރައީސް ޔާމީން ކުރެއްވިއަކަސް ކަލޭމެން ކަހަލަ ވަގުންނަކަށް ނުވާނެޔޭ.. ބަލަ މި ކޮމިއުނިސްޓް ސަރުކާރުން ރައްޔިތުން ގޭ ބަންދުކޮށްގެން ވެންޓިލޭޓަރު އެއްޗެހިވެސް ދިރުވާލީ ފެންފޮދަކާ ނުލާ.

  55
 8. ޕަނީނޯ

  ހުސް ވަގުން. ސްޓިކާ ސަރުކާރު އިސްތިއުފާ

  51
 9. ބަކަރި

  ކަލެމެނަށް ވޯޓުގެ ނަތީޖާއިން ވަރަށްރަނގަޅަށް ސުކޫކް ގިރާފަ ބޯންދޭނެ ރައްޔިތުން

  51
 10. ގެރިމަސް

  ކުޑަމޯދީ ވެސް މީ ގައުމަށްޖެހިފަ އޮތް ވަބާއެއް

  45
 11. ޖަޒީރާވަންތަ ގެރި ކަހަނބު

  ކީއްވެގެންތަ ފެންފޯއް ޕާކު ރަހުނު ނުކުރީ.

  52
 12. ލުޓޭރުންގެ ސަރުކާރު

  ކުރީ ސަރު ކާރުން ވިއް ކަން ނިންމި އިމާރާތުގެ ނަމާ ވިއް ކަން މުއާމުލާތް ކުރެވުނު ފަރާތުގެ ނަން ހާމަ ކޮއްލަދީ.. ކުރީ ސަރު ކާރުން ތި ކަހަލަ ކަމެ ކުރަން އުޅުނު ކަން މޑޕއާ ތި ކޯލިޝަނަށް އޭރު ނޭގެނީތަ... އެގިތިބެ ހަނު ނުތިބޭނެ ތިބޭފުޅުން... އިސްތިއުފާ ދީފަ ރައްޔިތުންނަ ގައުމު ހަވާލު ކޮއްލަދީ...

  50
 13. ޕަނީނޯ

  މިވަރުން ދަންޏާ ލައިގެން ހުރި ޖަންގިޔާ ބާލުވާފަ އެވެސް ރަހުނު ކުރާނެ

  46
 14. ސަމިި

  ކުރީ ސަރުކކ ކާރޭ ކޮޔަައިގެން ވާހަ ކަ ދައްކާނެ ކަމެއް ނެތް ލަފު ކުޑަ. ހަރުމުދާ ވިއް ކާ ޤައުމު ވިއް ކުން އެއީ ތި ބައިގަނޑަށް ވެރި ކަން ކުރަން އިނގޭ ގޮތަ ކީ ލަދު ކުޑަ

  37
 15. ޖަޒީރާވަންތަ ދަޅުނުފަޅާ ޖަނަވާރު

  ދެން ބޮޑުކަމު ދެވޭ ފަހަރުން މަ އެތަކެތި ވެސް ހަދިޔާކޮށްފާނަން ޓެކްސް ނަގަން. މިހާރު އޮތް ސަރުކާރަށް ހެޔޮ ރައްޔިތުން ނެތަސް ލާރި ކެވެނިކޮށް

  35
 16. ބީޖޭޕީ މޯދީ

  އަނެއްކާ މޮޅު އެއްޗެކޭ ކިޔަން ހަދަައިގެން މަ ބޭޒާރު ނުކުރައްޗޭ،ހޮސްޕިޓަލު އޮތީ މަމެންނަށް ދީ ނިންމާފައޭ ނުބުނައްޗޭ 😒

  32
 17. ކަނަމަނަ

  ކަލޭމެންވެރިކަމަންއައީ ތިހުރިހާކަންތަކެއްވެސް ނުކުރުމައް ވައުދުވެގެނެއްނުންދަ

  35
 18. ޔެގް

  ކުރީ ސަރުކާރު ގެންނަމާ؟

  40
  • Anonymous

   ދިވެހި ރައްޔިތުން ބޭނުންވެއްޖެނަމަ ތީ ދާދި ފަސޭހަ ކަމެއް. ދަގަނޑޭ ސެމީއަށް އިއްޔެ ގެނައީވެސް އެހިތްވަރުގަ. ގައުމަށްަތަކާ ހިނގާ ތެދުވަން. 1 ދުވަސް މަޑުކޮށްލިއަސް މިގައުމުގެ ދުވަސްދުއްވާލާނެ ހާއިނުން މިނިސްޓަރުންނާ މަޖްލިހާ ރައީސް އޮފީހުގައި އެތިބީ. ފައިސާ ކަނީ މާކުންބެ ކޭހެން. ފަޅައިގެންދާވަރުވެފަ އެތިބީ. ބަނޑުފެޅޭއިރުވެސް ހިތް ނުފުރިގެން އެއުޅެނީ.

   42
 19. ޟމ

  ކުރީ ސަރުކާރޭ ހަކީމޭ ހަދީޖާ އެކޭ ކިޔާނެ ކަމެއް ނެތް ކޮންމެ ސަރުކާރަކުން ކުރިޔަސް މިކިޔަނީ ތީ އަހަރެމެން އަޅުވެތި ކުރަނީއޭ، ބޮޑެތި މީހުން މާދަންވެސް އެހެން ޤައުމުތަކަށް ގޮސް ޙިމާޔަތް ހޯދީމަ ނިމުނީ ‘ މިތާ ތިބޭނީ ހަމަ ނިކަމެތި ރައްޔިތުން’ ބަޔަކު ގޯސްކޮށް ކަމެއް ކުރީމަ އެކަން ރަގަޅު ދޯ ކުރަންވީ’އަދި ލައިގެން ހުރި ޖަންގިޔާ ވިއްކާފަ ވެސް ލޯނު ނަގާނެ މި މީހުން

  35
 20. ބީރު

  ލަދުކޮބާ ރައީސްޔާމީންގެ ސަރުކާރުގަ ކޮންތަނެއްވިއްކަންއުޅުނުވާހަކައެއް ތިކިޔަނީ އެންމެތަނެއްގެނަމަވެސް ނަންބުނެބަލަ ނުކުރެވޭވަރުގެ ކަންތައް ކުރަންއުޅެންޏާ ގޮވާނީ އަތައް އަވަހައް އިސްތިއުފާދީ

  34
 21. އިންސާފު

  ރަގަޅު ވެރި ކަމެއް ކޮށްދޭން އައި ބައެއް ފޭލިވި ބައެއް ގެ ސިޔާސަތު ގެންގުޅުން ބުރޯ މީތި ކަޑައޭ😂 އާ ކަމެއް ކުރަން ހަމަ ނޭގުނީ ދޯ. ނޭގުނީމަ ދެން ކުރެނީ ކޮޕީއެއްނޫ. ލަދުން ބޯހަލާކު.

  32
 22. ޣ

  ރިބާ ނުހިމެނޭ ލޯނަށްކިޔަނީ ސުކޫކުު. އެއީ ހަމަ ލޯނެއް.
  ސުކޫކު އަކީ އެސެޓް އޯނާޝިޕު ދަރަނި އަދާވަންދެން ބަދަލުކުރުން އަދި އެއްބަސްވެފައިވާ ތާރީހުގަ ދަރަނި އަދާ ނުކުރެވިއްޖެނަމަ އެސެޓުގެ މިލްކުވެރިކަން ލޯނުދިން ފަރާތަށް ލިބޭނެ. ނުވަތަ ލޯނު ދިން ފަރާތުގެ ހިއްސާ އޭގައި އަބަދު ދެމިގެންދާގޮތެއްގައި އޮންނާނެ.
  ހޮސްޕިޓާ ރަހުނުކޮށް އޭގެ ބަދަލުގަ ތިނަގަން އުޅެނީ ހަމަ ލޯނެއް. އޮޅުވާލަން ނޫޅޭ.

  33
 23. ސޫއޫދު

  ކުރީސަރުކާރުން ކުރިކަންތައްގޯސްވީމަ ގެނާބަޔަ ކުމިކިއަނީ ކޮއްމެކަމެއްކޮއްފަވެސް ކުރީސަރުކާރު ސަރުކާރެއް ހިންގަން ނޭގެނީސްވައުދުތައްވީ ވޯޓް ހޯދީ ނާނާހުފެންދެއްކުމައްފަހު އެމްޑީޕީއައް އަބަދުވެސް ކުރެވޭނީ ދެއަހަރުދުވަހުގެ ވެރިކަމެއް ގައުމުބަނޑައްޖެހި ރައްޔިތުން ހަނާވަނީ ކޮއްމެފަހަރަކުވެސް މިފަހަރު އިދިކޮޅެއްވެސްނެއް ބޮލުގަ ބިޑި ތެޔޮ ޖައްސަންވެސް

  27
 24. ގަމާރު

  ވައްކަން ކޮށްފަވެސް ކުރީސަރުކާރުންކުރީމަޔޭ ދެރަކަމެއް ސަރުކާރުނުހިންގި ރައްޔަތުން ވިއްކާހިސާބަށް ގޮސްފި ރައްޔަތުން އަތުން އެކިގޮތްގޮތައް ފައިސާހޯދަން ބަޖެޓުޖަހަނީވެސް ސަރުކާރުނުހިންގޭނަމަ އިސްތިއުފާދީފަ ގެއަށްދޭ

  27
 25. ހަނީފު

  ކުރީ ސަރުކާރުން ތިޒާތުގެ ކަމެއް ޖުކުރާނެ. އަމީރުމެންނަކީ ދޮގުހެދުން ގިނަ ވިޔާނުދާ ގައުމަށް ޚިޔާނާތްތެރި ބައެއް. ރަެްޔިތުންނަށް ކަލޭމެންގެ ދޮގާމަކަރާ ރައީސް ޔާމީނާ ގުޅޭގޮތުން ހެދި ދޮގުތަށް ހާމަވަމުން މިދަނީ. ސޯލިހު ބުނި ސިންގަޕޫރުގެ ކޮންސަލްާޓަންޓަކކު އޭނައާ ބައްދަލުކޮށް ދަރުމަވަންތަ 120 މިލިއަނަށް ހެދޭނެއޭ ބުންޏޭ. މިއަދު އެތަނުގެ އިންވެސްޓްމަންޓުގެ އަގު ހާމަވެގެން އެދިޔައީ ކަލޭމެންގެ އަމިއްލަ ދުލުން. ނުލަފާ މީހުން ﷲ ތައާލާ ބޭޒާރުކުރައްވާނީ މިގޮތަށް. އެކަމަކު ހެޔޮވިސްނޭނީ އެއިލާހަށް ކިޔަމަންތެރި ކަމެއް ހުރި މިންވަރަކުން. ދިވެހިން ނަށްވަނީ ކޮވިޑަށްވުރެ ނުރައްކާ ތެރި ބައްޔެއް ޖރހިފައި. އެއީ ޣާފިލު ކަމުގެ ބަލި.

  31
 26. Anonymous

  ކުރީ ސަރުކާރޭ؟ ހަމަހިނި އަންނަނީ. 228 މިއަން ޑޮލަރު ޖީއެމްއާރަށް ދައްކާ އެއަރޕޯޓް މިނިވަންކުރި. މިއަދު ޓޫރިސްޓުންނޭ ކިޔައި އަނގަފުޅާ ކުރެވެނީ އެއަރޕޯޓް ގަނޑުވެސް ރައީސް ޔާމީން މިގައުމުގެ ތަނަކަށް ހަދައިދެއްވިކަމުން.
  ކުރީ ސަރުކާރުން މިގައުމުގެ ރިޒާވަށް 600 މިލިއަން ޖަމާކކޮށްދީ ސޮވެރިން ގެރެންޓީއަށް، ފިނޭންސްގައި އޮންނަ ފަންޑަށް 400 މިލިއަން ޖަމާކޮށް ޕިޗް ރޭޓިންގ ގަ ބީ ޕްލަސް ހޯދި. އެއަރޕޯޓް ޑިވެލޮޕްމަންޓްފަންޑަށް 150 މިލިއަން ޖަމާކޮށްދިން. މިއީ ލޯނު ދެއްކުން ދަތިނުވަނެގޮތަށް ސޭވިންގ އަށް ޖަމަކުރިފައިސާ. މި 1100 މިއަބް ޑޮލަރު ތަޅާ ބުރުވާލާ އިންޑިޔާއިން 44 މިއަން ޑޮލަރު ނަގާ އެކައިނގުޔަށް ރީފަ ގައުމުގަ ހުރި އެސެޓްވިއްކާ ނިންމާފަ އެންމެ ފަހުން ހުތިތަން ވިއްކާލާކަން ފަޅާ އެރީމަ ކޯންޗެކޭ ވީދެން މިހާރު މިފެށީ. ގައުމަށް ގައްދާރުބަޔަކކުވެސް ގައުމެއް ރޮލުން ހަފައިގެން ކޭޔަސް މިމީހުން މިގައުމަށް މިދޭވަރުގެ ގެއްލުމެއް ދިންތަން މުޅި އިންސާނީބތާރީޚުންވެސް ފެނިފައިނުވާނެ.

  36
 27. އަސްލު

  ބަލަ ކަލޭ ހަޔަތްކޮބައި؟ މިދެއަހަރު ތަޅާ ބުރުވީ ސޮވެރިން ފަންޑުގައި ހުރި ލާރިއާ މޯދީބެދިން ލޯނޭ. މިގައުމަށްލިޞެ އާމްދަނީ ކޮންތާކަާްތަ ވައްދަނީ؟ މިހާރު އެނގިއްޖެނުބހަޒާނާގެ ފުލަށްދަންދެން ކައި އޭގަ ލޮއެ ހުސްކުރަނީ ކޮންބައެއްކަން. މިގައުމުގެ ެައްޔިތުން މިތިބީ ބީތާވެފަތަ؟ ނުކުމެ މިތިބަ ދޮގުވެރި ހިޔާނާތްތެރި ނުބައި މީހުންތައް ޞެރުކޮށް މިގައުމު ސަލާމަތް ކުރާކަށް ނުވޭތަ؟ މިއަދު ނުކުރިކަމެއް ފަހުން ނުކުރެވޭނެ. މިގައުމެއް އަނބުރާ ނުލުބޭނެ.

  25
 28. ހަނި

  ތިއި ހުރިހާ ވަހަ ކަ ނުދަ ކާ އިންޑިޔާ ގަމްވި ކާލަބަލާށެވެ ދެން ދެންއަޅުވެތިވެފާ މިއޮތީގައުމް

  21
 29. މުހައްމަދު އަންޖުމް

  ބަލަގަ ތިކަހަލަ ކަންތަކާހުރެ ނޫންތަ ކަލޭމެން ކުރީ ސަރު ކާރު ބަދަލުކުރީ ވީމާއެމީހުން ކުރިކަންކަން ކަލޭމެންކުރާނަމަ ކޮބާތަފާތެއް ހަމަކޮންމެ ކަމެއް އޮއްބާލަން ތިގޮތަށް ކުރީ ކުރިޔޭކިޔައިގެން ނުނިންމޭނެ ހީވަނީއެހެންތަ ނުވަންޔާސަލާން ބުނެ އިސްތިއުފާދީފަގެޔަށްވަދެ ރަޖާލައިގެން ގަނޑުފިއްލާ ކުޅެންތިބެބަލަ އެކަމު މިހާރު ޔަގީންވެއްޖެ ރައީސް ޔާމީނު ކަންކަން ކޮށްފަހުރީ ރަގަޅަށްކަން ހުރިހާ ނުބައެއްހެދީ މިހާރު މިއޮތް ކިނބުލުގެ ވަގުސަރުކާރު

  27
 30. ޢުނބުޝޭމް

  ޢެހެން ދޯ ކުރީ ސަރު ކާރު ދޯ. މަހީ ހުރީ ފާއިތުވި 24 ތެރޭ މަރުވި މީ ހުން މަރުވީ އެޖެންޑާ 19 ޖެހިގެން ކަމަށް

  17
 31. ާކނމދ

  ޙިޔާނަތްތެރި ވާނެ ކަމަށް ލަފާ ކުރާ އަދަދު ނުހިމެނީ ކީއްވެބާ

  20
 32. Anonymous

  ބަލަ ކުރީ ސަރުކާރު ނުބައިވެގެން ގެނައި ހެޔޮ ސަރުކާރު ކީއްވެތޯ ކުރީ ސަރުކާރު ގޮތައް ކަންތައްތައް ކުރަނީ. އިސްތިއުފާ ދެއްވިއްޔާ އެންމެ ރަނގަޅުވާނީ ޤައުމުގެ ހަރުމުދާ ނުވިއްކާ. ކޮބާތޯ އުގެލް މެން ޝެއިޚް އިލްޔާސްމެން . ދުޢާދެއްވި ވެރިއެއް ގެ ޒީރޯ ޓޮލަރެންސް އަކީ މީތޯ

  26
 33. ސލ

  ކުރީ ސަރުކ ކާރުން ކކކކަން ކަން ކުރީ ގޯސް ކޮށް ކަމަށް ބުނާއިރު މިސަރުކާރަށް
  ކޮޅަށް ތިއަ ހުރެވެނީ ކުރީސަރުކާރުން ކޮށްފައި ހުރި މަސައްކކކ ކަތް
  ތައް ނުއަގުގައި ވިއްކ ކައިގެންނެވެ.

  27
 34. ކުޑޭ

  ކުރީސަރުކާރޭ ބުނަނީ، ކިޔަނީ މިހާރު ކުރާކަންކަން އޮޅުވާލަންވެގެން ކުރީސަރުކާރު އުޅުނީ ރައްޔިތުންނަށް ފައިދާއަށް ކަންކަން ކޮށްދެން ރައްޔިތުން ދަރުވާކަށްނޫން ބަޑަށްމި ޖެހުނީ

  26
 35. ހައްވަ

  ކަމެއް ނުވެ ގައުމު ދަރަނިވެރި ކޮށްލާފައި، ދެފައި ކޭޓް ފުރާ ފައިސާ އަޅާފައި، މިލިއަނުން މިލއަނުން ޕާޓީ ކުދިންނަށް ބަދަލުދީ ދެބަޖެޓް ހުސްކޮށްލާފައި ބަހަނާ ދައްކާނެ ކަމެއް ނެތް! ނުވަންޏާ ފައބައިގެންދޭ!

  25
 36. ހުސޭނު

  ދެން ދަރުމަވަންތަގެ ރަޖިސްޓަރީ ފިނޭންސަށް ބަދަލު ނުކޮށް ތިޔާ ހޯދާ ފައިސާއެއް ހޯދަބަލަ.!އެކުން ގިނަ ބަހަނާ ނުދައްކާ ނުވަންޏާ ފައިބައިގެންދޭ!

  25
 37. އަލީ

  ކުރީ ސަރުކާރު ކަމުނުދާކަމަށް ހީކުރީ މަ

  17
 38. ޙަ

  އަބަދުވެޒް ކުރީ ސަރުކާރުން ކުރިކަމެއް. ބަލަ އެކަންކަން އެގޮތައް ނުކުރާކައްނު ތިޔަ މީހު ން ގެނައީ. ގެނައީމަ. ޙަމައގޮތައް ތިކުރަނީ. ްިސްތިއުފާދީފަ ގެއަށް ދޭބަލަ

  24
 39. ނަވާނަވައި

  އެހެންމާ ކަލޭމެން އަދި އަދީބުހެން އެމްއެމްޕީއާރުސީގެ ކުޅިގަނޑުވެސް ކުޅޭނެ

  18
 40. ޚިޔާލު 3

  ދަރުމަވައްތަ ދައް ކައިގެން ނަގާ ފައިސާ ސަރު ކާރަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއް ކިއްޖެނަމަ ދަރުމަވަންތަ ޢިމާރާތުގެ ފޮޓޯ ގަތް ފަރާތަށް ލިބޭނެ މާލީ ފައިދާއަ ކީ ކޮބައިތޯ؟ ފައިދާއެއްނެތް ވިޔަފާރިއެއް ކުރާނީ ކާކ ކުތޯ؟ އުފެއްދުންތެރި ކަމެއްނެތި ހަރުމުދާ ރަހުނު ކޮށް ފައިސާ ހޯދަންޖެހުމަ ކީ ދެރަ ނި ކަމެތި ކަމަ ކަށް ނުވޭތޯ؟ ބޮންޑާ ހިލޭއެހީއާ ލޯނުތައް ނަގާފައިވާއިރު ދުނިޔޭގެ އިގްސާދު ފުޑިފައިވާއިރު ދަރަނިތައް މަތިވުމަ ކީ ހެއުފާލަ ކީތޯ.

  20
 41. ހުސޭން

  ރައްޔިތުން އަތުން ވިހިތިރީސް ބިލިއަން ރުފިޔާގެ ޓެކްސް ނަގައިގެން އެވަރުން ދެކޮޅުނުޖެހިގެން ޤައުމުތަކުން ހެސްކިޔާފަ ދަރަނި ނަގައިގެން މިކުޑަކުޑަ ޤައުމުގަ ކޮންކަމެއްކުރަން މިމީހުން މިއުޅެނީ؟ ރައީސް މައުމޫންމެން ޤައުމު ހިންގީ ރައްޔިތުން އަތުން ޓެކްސް ނަގައިގެނެއްނޫން، މުޅި ޤައުމު ބިނާކޮށް އާރާސްތުކުރީ ޤައުމު ވިއްކާހުސްކޮށް ގެނެއްނޫން. އިތުރު ޑިވެލޮޕްމެންޓެއް ޤައުމަށް ގެނެވުނީކީއެއްނޫން، މަތިމައްޗަށް ދަރަނިނަގާނަގާ ސަލާމަތްނުވެގެން އެއްމެފަހުން ޤައުމު ނީލަމަށްލައިގެން ތިޔައުޅެނީ! ޙަވާކުވާންޖެހޭނީ ތިމާނެނަށް ކުރެވޭވަރުގެ ކަންކަމާ...

  15
 42. ވާރޭ

  ކުރީ ސަރުކާރުން ހާވާހަޑި މިސަރުކާރުން ހާވަންޖެހޭތަ؟

  10
 43. ދަރަނި ދަންތުރަ

  އިންޑިޔާ ގެ އަޅުވެތިކަމުން " މިންޖު" ވާންވެސް ކުރީސަރުކާރުން އުޅުނު ، އިބޫ މެން މިކަންވެސް ކޮށްބަލަ ....

  15
 44. ޢަފްލާ

  އަމީރުގެ ބޮނޑި ވިއްކަން ކުރީސަރުކާރުން އުޅުނި

  11
 45. ދަރަނި ދަންތުރަ

  ވިއްކަން ވެސް ރަހުނުކުރަން ވެސް ބޭނުނުކުރަން ވެސް ހުރީ ރައީސް ޔާމީނު ބިނާކުރި ތަންތަން ކަލޭމެންގެ ލަދުކޮބާ...

 46. ކޮވިޑް

  ހެޔޮނުވާނެ ދެން މިހެން ކޮމެންޓް ކޮށް ކޮށް ތިއްބާ ފެންނާނީ އަންހެނުން ޖަހާފަ އިންނަ ޕ.ޑ ވެސް ރަހުނުކުރާތަން ކަން ނޭގެ. އަހަރެމެން ދިވެހިން މަޑުން ތިބެގެން ވާކަށް ނެތް.

 47. ކާފަދ

  ދެން ކުރާނީ އެއަރޕޯރޓް

 48. އިކޮނޮމިސްޓް

  ކުރީ ސަރުކާރު ދެން ގޯހެއް ނޫންވީމމ މަ ދޯ އެ ސިޔާސަތުތައް ތަންފީޒުކުރަނީ. ވެރިކަން ނުލިބި އޮންނަ އިރު ފާޑުކިޔަން ވެގެން ގޯހޭ ބުންޏަސް ވެރިކަން ލިބުނީ މަ އޯކޭ

 49. ޙހހހ

  ތިކަން ގޯސްވެގެން ނޫންތޯ އެވެރިކަން ބޭރުކުރީ

 50. ޥޯޖް

  ފިނޭސްމިނިސްޓަރ ކުފޫހަމަނުވޭ

 51. ބީރުމީހާ

  އަޅޭފަހެ ހައިރާނެއް ނުވޭތަ ތިބާގަދޑު ވެރިކަމަށް ގެނައީ ކުރީ ސަރުކާރު ކަމުނުދާތީ އެކަން ކުރާކަށް ނުޖެހޭ

 52. ައަހުމަދު

  ތީވަރަށް ބޮޑުމަކަރުވެރިކަމެއް ، މިދިޔަސަރުކާރޭ ކިޔައިގެން ސްޓަންޓް ޖައްސައިގެން ރައްޔިތުންގެ ބައިތުލްމާލުން ތިކުރާވައްކަން ބަލައެއްނުގަނެވޭނެ، ނިކަމެތި ރައްޔިތުންމިދަނީ ހަނަވަމުން ބޮޑުން އެދަނީ ރައްތިތުންގެ ބައިތުންމާލުކައި ހުސްކުރަމުން ގުޅިގެން ހިނަގާބޮޑު ޖަރީމާއެއް ތިޔައީ،

 53. އިބްނި މުޙައްމަދު

  އާމިރުގެ މަންމަ ބިޑިއަނބުރައިގެން 2018 ގެ ފަހުން ގަނެދީފައި އޮތް 2 ކަންނެލި އޮޑި ވިއްކަން ކުރީ ސަރުކާރުން އުޅުނީ. ނަސީބު ނުލަފާ މީހަކު ކަންފަތްމަތީގައި ވިހެނުލާކަން.