މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެޔަށްވެސް ވަނީ ފެންވަދެފައެވެ. އަދި ފެނުގެ އަސަރުކޮށް ގޭގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ބައެއް ފިހާރަތަކުގައި ހުރި ތަކެއްޗަށްވެސް ގެއްލުން ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މާލެ ސަރަޙައްދަށް މިރޭ 10:30 ހާއިރުން ފެށިގެން އަންނަނީ ވިއްސާރަވެ ބޯކޮށް ވާރޭވެހެމުންނެވެ. މިކަމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ފޫޓަކަށްވުރެ ބޮޑަށް ވަނީ ފެންބޮޑުވެފައެވެ.

މާލޭގައި ފެންބޮޑުވެ ގޭގެއާއި ފިހާރަތަކަށް ގެއްލުން ލިބެމުންދާ މި ދަނޑިވަޅުގައި އެކި ސަރަޙައްދުތަކުގައި ސަލާމަތީ ބާރުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ބައެއް ސަރަޙައްދުތަކުގައި ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ގޭގެއަށް ފެންނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މާލެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު އެ ސަރަޙައްދަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މިރޭ 11:45 އިން 3:45 އާއި ހަމައަށް ނެރެފައިވާ އެ ސަމާލުގައި ވަނީ ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މި ވިއްސާރައިގައި ފެންބޮޑުވެދާނެކަމުގެ އިންޒާރުވެސް ސަމާލުގައި ދީފައި ވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ގިނަ ސަރަޙައްދުތަކަށްވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް މޫސުން ގޯހެވެ. މިގޮތުން ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ބޮޑެތި ދަތިތަކާއި އަންނަނީ ކުރިމަތިވަމުންނެވެ.

ރާއްޖެއަށް މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބަކަރި

  މަ ހީކުރީ ކޮމިއުނިސްޓް ވެރިކަމުގަ ތިކަހަލަ ކަންކަން ނުހިގާނެ ކަމަށް

  10
  4
  • މުއިއްޒު

   މަ ހީކުރީ މުއިއްޒު ރަނގަޅުކޮށްފަ ދިޔަކަމަށް. ރޭގަ އެނގުނީ ލާރި ގަނޑުކަން ބަނޑު އަޅައިލީ

   5
   11
 2. ޅަބޭ

  ތީ ރައްވެހި ފަތިހަކީ. މާރިޔާއްތަ ބުނީ ޔާމީނު މާލޭ ހަދާފައޮތީ ބޯތައްޓެއްހެނޯ. އެހެންވީމަޔޯ ވާރޭކޮޅެއް ވެހިލާއިރައް މަގުތައް ފެންބޮޑުވަނީ. ހެހެހެހެ..... ޑަކައިތަ

  2
  2
 3. ކކ

  މާލޭގަ އެުޅުމަކީ ވޭނެއް،ވެހިކަލް ތަކުން ތިނަގަން އުޅޭ ޑަބަލް ފީ ވެސް ކަލޭމެން ކާލާނެ

 4. މުހައްމަދު އަންޖުމް

  މުއިއްޒުމެން ހެދިމަގުތައް ކިތަންމެރުޅިއަޔަސް އެވެސްޖެހޭނެ އާބާތުރަފިލުވަން ނޫނީ ހަލާކުވެގެން މިކަހަލަ ކަންކަމާ ދިމާވާނެ މާލެސިޓީކައުންސިލުން ހުރިހާކަމަކާ ހަވާލުވެ ލިބިފައޮތްބަޖެޓް ޝިފާމެން ކާލާފަ ދެންއަޅުވާނީ އެހެން މީހުންގެބޮލުގަ ވާނީ އެހެން ވަގުންނަށްއިނގޭނީ އަދިކުރެވޭނީ އެމީހުން ކުރަންދަންނަނީ އަދި ފަސޭހަވާނީ ވައްކަންވިއްޔަ ޝިފާމެންއެބަޖެހޭ މަގުތަކުގެ ފެންވަރު ރަގަޅުކުރަން އެއީ އޭރަކު ހަވާލުވެތިބޭ ބައެއްގެ ޒިންމާއެއް މީ މިކަންއޮތްގޮތް

 5. ސްނޭޕް

  މީ ރައީސް ޔާމީން ނިންމާފަިވާ ކަމެއްނު؟؟
  މިމީހުން ހިތުން މާލޭގަ އެކަނި ވިއްޔަ ފެން ބޮޑު ވަނީ.. މާލެއަށް އެކަނި ވާރޭ ވެހެނީ