މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލަށާއި އެމްއެންޑީއެފް އަށް ގޮވާލައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ވަރަށް ގިނަ ގެތަކަށާއި ގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބި ގިނަ އާއިލާތަކަށް ވަރަށް އަވަހަށް އެހީތެރިކަން ބޭނުން ވެފައިވާ ކަމަށެވެ. "ވަރަށް މުހިއްމު ކަމެއް އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ސިޓީ ކައުންސިލުންނާއި އެމްއެންޑީއެފް އިން އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުން އެއީ." މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މެދުކެނޑުމެއްނެތި މާލެ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ. އެއްވެސް ގެއަކަށް ފެން ވަދެ ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަކަށް އަދި މިހާތަނަށް ސަރުކާރުން ވިދާޅެއް ނުވެއެވެ. ނަމަވެސް އެމްއެންޑީއެފް އާއި ސިޓީ ކައުންސިލުން ވަނީ މާލޭގެ ގެތަކަށް ފެން ވަންނަމުން ދާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރޭ ވިދާޅުވެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައެވެ. ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެންހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަައީމް

    މުއީޒައް ސާބަސް ކުރިން އިމާރާތްތަކުން ދޫކުރަމުން އައި ފެންތައްވެސް އާންމުންނަށް ނުފެނި އުދަގުލަކަށް ނުވެ ބޭރުކުރަމުންދާގޮތް ހެދި ހާދަހާބޮޑު ފަސޭހައެކޭ ތިޔަ ފެންހިންދާ ނިޒާމުވެސް ފައްކާކުރި އެމްޑިޕީ ކުދިން ތިޔަލައިން ހަލާކުކުރީ ރަސްރަނި ބޭރުގަ އޮތް ސީހޮޅި ހަލާކުކުރިގޮތައް ބަލަ ދެން މިއޮތީ ކަލޭމެނާ ޖެހިފަ ހަދާބަލަ

  2. ކާލާ

    މޫސުމަކީ އޭގެ ޒާތުގައި ބަދަލުވަމުންދާ އެއްޗެއް. މޫސުން ގޯސް، މޫސުން ރަގަޅު މި ނަމަކީ އިންސާނުން ނިންމާނިންމުމެއް. އަޅުގަޑުމެން މޫސުން ގޯހޭ ކިޔަސް ކޮބައިކަން ތިބުނާ ރަގަޅު މޫސުމަކީ އިގޭބާ.. މިކައުނު އުފެދިފައިވާ ގޮތާމެދު ތިޔަބައިމީހުން ވިސްނާށެވެ!

  3. ބަޖެޓް

    ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ މާލޭގެ މަގުތަކުގެ މައްސަލަ ހައްލު ނުކޮށް އެހެން އަބާދީ މަދު ރަށްރަށުގެ މަގުތަކުގެ ޕްރޮޖެކްޓް ފެށުމަކީ ވަރަށް ހެއްވާ ކަމެއް.

    2
    2
  4. ބަޖެޓް

    ގިނަބަޔަކަށް ފަސޭހަ ވާނީ މާލެފަދަ ތަނެއްގައި ޖެހިފައި އޮތް އެންމެންނަށް އޭގެން އުނދަގޫވާ މިފަދަ މައްސަލަތައް ސަރުކާރުން ފުރަތަމަ ހައްލު ކުރަން އުޅުނީމަ ނޫންތޯ.

  5. ދޮންކާނަ

    މުއީޒް ކަލޭ ވެރިކަމުގަ ހެދިމަގުތައް ވާރެކޮޅެއް ވެހިލާއިރަށް ކަކޫތާ ފެނުގަ މިއުޅެނީ މިލިއަނުން ރުފިޔާ ޖީބައް ލާފަ ދެން ކޮން އަނގައެއް ތި ތަޅަނީ މާ ހެޔޮއެދޭ މީހަކައް ވެގެން

  6. އަލްޖިބްރާ

    މީހުނަށް ކަލެއަކީ ވަރަށް އޯގާތެރި މީހެއްކަން ދެއްކުމަށް ތިޔަ ޖަހާ މަޅީގައި އެކަކުވެސް ނުޖެހޭނެ ! ކަލޭމެންގެ ވެރިކަމުގައިވެސް ފެންބޮޑުވީމަ ހަދާގޮތް އަހަރުމެނަށް އޮތީ ފެނި ދަސްވެފަ!

    1
    3
  7. Anonymous

    މާލޭ މަގުތަކުގަ ފެންބޮޑުވެ މުދާތަކާއި ގެތަށް ވެހިކަލްތައް ހަލާކުވަނީ. ސަރުކާރުން މަގުތަކުގައި ނޭވާލާމީހުންގެ އަތުން ޓެކްސް ނެގޭތޯ ދުވަނީ.
    ފުރަތަމަ ރަނގަޅު ފެންވަރަށް މަގުތައް ހަދާބަލަ. ދެން ޓެކްސް ނަގަން އުޅެބަލަ ސަރުކާރު ހިންގާ ހމރ ތަކާ

  8. ޑައިވަރޭ

    ހިނިއެބަ އާދޭ އިގޭތޯ މުއިއްޒު ތިކަހަލަ ވާހަކަ ދެއްކީމަ