ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއެރުވުމަށް ބޭނުންވަނީ އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުން ދެނެެގަތުމަށް ދަރަވަންދޫ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓު ހެދޭ ގޮތަށް ގާއިމްކުރި ލެބޯޓަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ނަސީމް ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ފުޅާ ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން މިހާރަށްވުރެ ރަނގަޅަށް ސިއްހީ ހިދުމަތްތައް ލިބޭނެކަމުގެ ޔަގީންކަން ދެެއްވާ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.

"ރާއްކޭގެ ސިއްހީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރުކުރެވޭ ފެންވަރުގެ ނިޒާމަކަށް ހަދާނަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުފުޅާ އެއްގޮތަށް މިކަން ކުރާނީ. އާބާދީގެ ކުޑަބޮޑުމިނެއް ނުބަލާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނަން" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވަނީ މިކަން ކުރުމުގައި ސަރުކާރަށް އެެއްބާރުލުން ދީފި ނަމަ މިކަމަށް އެއްވެސް ދައްޗެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޕީސީއާރު ޓެސްޓު ހެދޭނެ ގޮތް ގާއިމްކޮށްފައި ވަނީ، އެ އަތޮޅުގެ ދެ ރިސޯޓެއްގެ އެހީތެރިކަމާ އެކު އެވެ. މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަމުން އަންނަ ކުންފުނިތަކުގެ އެއްބާރުލުން ލިބޭ ނަމަ ސިއްހީ ދާއިރާ ކުރިއެރުވުމަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ނަސީމް ވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅުން މަސައްކަތް ކުރަމުން އަންނަނީ ފުރާނަ އަތްމައްޗަށް ލައިގެން ކަން ފާހަގަކޮށް އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ދަރަވަންދޫ ހޮސްޕިޓަލުގައި ހުޅުވިގެން ދިޔަ ލެބޯރަޓްރީ އާ އެކު ބ. އަތޮޅުގެ ދެ ތަނަކުން ކޮވިޑް ޓެސްޓު ހެދޭނެެ އިންތިޒާމް ވަނީ ހަމަޖެެހިފައެވެ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުންވެސް ކޮވިޑް-19 އަށް ޓެެސްޓުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ތީތި ކަޑަ އޭ ބާގީ.... ބުނަން ޖެހޭނީ ސިއްޙީ ނިޒާމް ކުރި އެރުވުމަށް ގެރި މޯޑީ ހިޔާރު ކުރުން ނޫން ގޮތެއް ނެތޭ.... އޯކޭ އޭ އިޒްރޭލާ ވިޔަސް ކެރިގެން ބުނެލަބަލަ ހިތްވަރު ހުރިއްޔާ.

  2. Anonymous

    ކަލޯ ސަލާން ޖަހާ ދަރަޖައައް ކޮންމެ ފަހަރެއްގަ އެބަ ދާންޖެހޭ. 2008 ވަނަ އަހަރުވެސް ލާދީނީ އެމްޑީޕީ ހޮވިގެން އުޅެން ޖެހިފަ ވަނީ މިހެން. މިފަހަރުވެސް ހަމަ އެފަދައިން ސަލާން ޖަހަން މިޖެހެނީ. ނުވަންޏާ އިސްތިއުފާ ދީފަ ވާނެ ބަޔަކާ ހަވާލް ކުރަންވީނު. ވަގު ޔާމީން އަދިވެސް ރާއްޖެ ނަގާ ކޮޅައް ޖަހާނެ.

  3. ނަައީމް

    ތިޔަސަރުކާރަށް އެއބާރުލުން ދޭނެގޮތަކީ ގިނަގިނައިން ބަލިވުންތޯ ނުވަތަ ބަލިވިޔަސް ތިޔަމީހުންނަށް ނޭންގުންތޯ އަދި އެބަބުނޭނު އާބާދީއެއްބެލުމެއްނެތި ކުރާނަމޭ ކޮށްފަ ދައްކަބަލަ ތިޔަތިބީ ހުރިހާއާރަކާއި ބާރެއްލިބިފަ ދެންކޮންކުރާނަމޭކިޔާކައްތަ ކޮށްފަ ދައްކަބަލަ ވެރިކަން ނިމުމުގެ ކުރިން ކަލޯ ބާކީ ކިތައްދުވަސް ލަދުއެތިފަހަރަކުން ގަންނުވާލާނަން ވެރިކަން ގެއްލޭ އިރައް ރާއްޖެއިންފުރައިގެން ބޭރަށް ދެންހެޔޮ ރާްއްޖެނެތަސް

  4. އަހުމަދު

    ބާގީ ތިގޮތް ކަޑަ........

  5. ދާދާ ގިރީ

    ބާގީ މިނިސްޓްރީ ހިންގަން ނޭގޭނަމަ އިސްތިއުފާ ދީފަ ގޭގަ އޮވޭ. ތިއީ ދިވެހި ރައްޔިތުންގެ ތަނެއް. ތި މަޤާމަކީ އަމާނާތެއް. ތިތަން ހިންގަން ނޭގޭ ކަމުގެ ހެކި މިފެންނަނީ