އެސްއީޒެޑްއަކީ ވަކި ޕްރޮޖެކްޓަކަށް ގާނޫނީ ފުރުސަތު ހޯދައި ދިނުމަށް ކުރީ ސަރުކާރުން ކުރި ކަމެއް ކަމަށާއި އެސްއީޒެޑްގެ ސިފައެއް މިހާރު އޮތް އެސްއީޒެޑް ޤާނޫނުން ނުުފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ގާނޫނެއް ތަސްދީގު ކުރައްވައިފައެވެ. އެއީ ގާނޫނުއަސާސީގެ 92 ވަނަ މާއްދާގެ ގޮތުގައި ގާނޫނެއް ވުޖޫދަށް ގެނެސް ބޭރުގެ ގިނަ ފަރާތްތަކަށް ވިޔަފާރީގައި ރާއްޖެއިން ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ކުރި ޕްލޭންތަކެއް ކަމަށް އޭރުގެ ސަރުކާރުން ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި މިނިވަން ވިޔަފާރިއަށް ހުޅުވާލެވިފައިވާ ސަރަހައްދުތައް ކަނޑައެޅުމާއި އުފެއްދުމާއި ހިންގުމާއި އެ ޒޯނުތަކުގައި އިންވެސްޓްކުރުން ފަދަ ކަންކަމަށް އެ ގާނޫނުން ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް އޭރު ސަރުކާރުން ވިދާޅުވިއެވެ.

ހަމައެހެންމެ ޒޯނުތައް ތަރައްގީ ކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ދެވޭ އިނާޔަތްތަކާއި އެކަމާ ގުޅޭ އުސޫލުތައް ވެސް ހަދާފައިވާނެ ކަމަށާއި މި ސަރުކާރުންް އެސްއީޒެޑް ކުރިއަށް ނުގެންދަނީ ކުރީ ސަރުކާރުގެ މަޝްރޫއުއަކަށް ވުމުން ކަމަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް "ވަގުތަށް" ވިދާޅުވީ އެސްއީޒެޑް މިހާރު އޮތް ގޮތުން ރާއްޖެ އަށް މާބޮޑު ފައިދާ އެއް ނުކުރާނެ ކަމަށެވެ.

" އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެސްއީޒެޑް ފަރުމާކޮށްފައި އޮތީ އޭރުގެ ސަރުކާރުގެ ވިޝަން އަަކަށް ކަމަކަށް. ހަގީގަތަކީ އެސްއީޒެޑް ގާނޫނު މަޖިލީހުގައި އޮތް އިރު، އަޅުގަނޑު ހުށަހެޅިން 100 އިސްލާހު، އެންމެ އިސްލާހެއް ވެސް ބަލައެއް ނުގަންނަވާ. އޭގެ މަހުފޫމު ރަނގަޅު. އެނގިވަޑައިގަންނަވާނެ އޭރު ރާސްލާފަ ދިޔައީ. އެސްއީޒެޑްގެ ކޮންސެޕްޓުގައެއް ނޫން ދިޔައީކީ. މީގައި އެބަ ހުރި ބައެއްކަ ންކަން ރަނގަޅުކޮށްގެން އެއަށް ވުރެ ކުދި ސްކޭލްގައި ފޮރިން އިންވެސްޓްމެންޓް އެޓްރެކްޓް ކުރެވޭނެ ކަންކަން،" ފައްޔާޒް ވިދާޅުވިއެވެ.

އެސްއީޒެޑްގެ ތެރެއިން އެންމެ މަދުވެގެން 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހޭނެ ކަމަށާއި އެސްއީޒެޑަށް ބައިނަލްއަގްވާމީ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރަމުން ދިޔަ ކަމަށް ކުރީ ސަރުކާރުން ވިދާޅުވެއެވެ.

އެސްއީޒެޑްއަކީ ވަކި މަޝްރޫއަކަށް ގާނޫނީ ފުރުސަތު ހޯދަން ކުރީ ސަރުކާރުން ކުރި ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަކުން މަސައްކަތް ކުރިއެވެ. ފ. އަތޮޅުން ބައެއް ވިއްކޭ ގޮތް ހަދަން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނުގެ ތެރެއިން ވެސް މަސައްކަތް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ފައްޔާޒުދެކެ ކެނެރީގޭ ނަޝީދު ހާދަހާ ޖެހިލުންވެޔޭ މިހާރު.

  2. އާސިދާ

    ފައްޔާޒު އަބަދުވެސް ނަސީދައްވުރެ ޕޮޕިއުލާވެ ވަރުގަދަވާނެ....ނަސީދަކީ މިސަރުކާރުގަ ބާކީއެކޭ