ޅ.ކުރެންދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ އިންޗާޖު މީހެއްގެ އަނބިމީހާ ކައިރިިއަށް ވަދެއްޖެ ކަމަށް ބުނެ އެރަށު ރައްޔިތުން ރޭ ޕޮލިސް ސްޓޭޝަން ކައިރީ މުޒާހަރާކޮށްފިއެވެ.

ނަން ހާމަ ނުކުރުމަށް އެދޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ބުނީ އެކަން ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 11:09 ހާއިރު ކަމަށެވެ.

އެވަގުތަކީ ކުރެންދުއަށް ބޯކޮށް ވާރޭ ވެހުމަށް ފަހު ވާރޭ ތުނިކޮށްލި ވަގުތު ކަމަށާއި، އެގެއަށް މީހަކު ވަގަށް ވަތް މަންޒަރު ފެނުނީ ވާރޭ ހިޔާވުމަށް ގެއެއްގެ އަސްކެނިދަށުގައި ހުރި ކުޑަ ކުއްޖަކަށް ކަމަށާއި، އެގޭގެ ފާރުމަތިން މީހަކު ވަގަށް ވަންނަ މަންޒަރު ފެނުމުން އެކުއްޖާ ވަގެއް ވަންނަ ކަމަށް ގޮވައި ގަތީ ކަމަށް އޭނާ ބުންޏެވެ.

އެވަގުތު އޭނާ އަށް ހުރެވުނީ އެ ސަރަހައްދުގައި ކަމަށާއި، އޭނާ ގޮސް ބެލި އިރު އެ ގެއަށް މީހަކު ވަތް ފިޔަވަޅު ފާރު ކައިރީގައި ހުރި ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

"އެ ގެއަކީ ހުސް އަންހެނުން އުޅޭ ގެއެއް. ދެން އަޅުގަނޑު ވަގުތުން ގުޅިން އެ ގޭގެ ކުއްޖަކަށް ރިސޯޓުގައި ހުންނަ. ގުޅީމަ އޭނާ ބުނި އެމީހަކު ހޯދަން ފާރުމަތިން އަރައިގެން ވިޔަސް. ނޫނީ ދޮރު ވައްޓާލައިގެން ވިޔަސް" އޭނާ ބުންޏެވެ.

އެގެއަކީ ދެބުރިއަށް ހަދާފައި ހުންނަ ގެއެއް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ފާރުމަތިން އަރައިގެން އެގޭގައި ހުންނަ އަނބު ގަހަކަށް އެރުމުން ގޭގެ މަތީ ފަންގިފިލާ އަށް އެރޭ ކަމަށާއި ވަގު ހިފުމަށް އެކަކު މައްޗަށް އެރުވުމަށްފަހު ބާކީ ތިބި ދެމީހުން ގޯތީގެ ދެފަރާތުގައި ފާރައަށް ތިއްބެވެ.

ފާރައަށް މީހުން ތިއްބާ ޕޮލިސް އިންޗާޖް ފުންމާލީ އެ ގޭގައި މީހަކާ އިނދެގެން އުޅޭ އަންހެނަކު އުޅޭ ކޮޓަރީން ކަމަށާއި، އެ ކޮޓަރިއަކީ ފުރަތަމަ ފަންފިފިލާގަައި ހުންނަ ކޮޓަރިއެއް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ފުންމާލީ މަގުގައި ޖަހާފައި ހުރި ހޮޅިބުރިއެއް ކައިރިއަށް ކަމަށާއި، އެހިސާބުން އޭނާގެ ފަހަތުން ދިޔަ މީހުންނަށް އެއީ ޕޮލިސް ސްޓޭޝަނުގެ އިންޗާޖުކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

ރޭ ދަންވަރު އެރަށުގެ އާންމުންގެ ބަޔަކުވަނީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ މުޒާހަރާ ކުރި ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. މިކަމާއި ގުޅިގެން ކުރެންދޫ ކައުންސިލް އަދި ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ފުލުހުން ބައެއް އަންހެނުން ކައިރިއަށް ސިއްރުން ވަދެ އުޅެނިކޮށް އަތުލައިގަނެ ރަށުން އެފުލުހުން ބޭލުމުގެ ކަންކަން ވެސް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

 1. ޙައްދުންމަތި

  ޜާއްޖޭގެ ސަގާފަތް
  މުސްލިމް ވާނީ ސޯށަލްމީޑިއާގަ
  ފޯނުގެ އެއްބައިގަ އޮރިޔާން ކާޑު އަނެއްބައިގަ ގުރުއާން
  ޙާލަތު

  132
  3
 2. Angela

  ވަދެއްޖެއެއް ނޫން ލިޔަންވީކީ ، މީހެއްގެ އަތްބަކުގެ ކައިރިއަށް ވައްދައިފި ، ތިބުނި ދެބުރިއަށް ހުރި ގެއެއްކަމަށް އެހެންކަމަށްވާނަމަ ދޮރުތައްވެސް ހުންނާނީ ރަގަޅަށް ތަޅުލެވޭ ގޮތަކަށް ، އަދި ނުރުހުމުގަ ވަދެއްޖެ ނަމަ އެމީހަކު ހަޅޭއްވެސް ލަވާނެތާ ދެމީހުން އެއްބައިވެގެން ތިޔަ ކުރީ ވަރަށް ނުލަފާ ކަމެއް ޚާއްސަކޮށް އަންހެންމީހާ މީހެއްގެ އަންބަކަށް އިނދެ ހިލޭފިރިހެނަކާ ގުޅުން ހިންގަން ތިޔަ އުޅުނީ

  207
  5
  • ާއަހުމަދު

   މީހެއްގެ އަންބަކު ޕޮލިސްއިންޗާޖު ގެއަށް ވައްދިއިފި

   29
   2
 3. ސިނެކް

  ދެފަރާތް ހަމަހަމަ ވާގޮތަށް ލިޔުން ބުއްދިވެރި އަންހެންމީހާ އޮތީ ރުހިގެން ވިއްޔާ ދެންއޮތް ބައިވެސް ލިޔަން ވާނެ

  170
  3
 4. ކޮވިޑް

  ގޯސް މި ވީ ފުލުސް މީހާ ބަލަ ތިކިޔާ އަންހެންމީހާ ވެއްދީމަ މަ އޭނާގެ ކޮޓަރިޔަށް ވަދެވޭނީ.. ވެއްދި މީހާ އޯކޭ ވަތް މީހާ ގޯސް ... މިހިރީ ކަންތައް ހިންގާ އުސޫލަކީ... ވައްދަންޏާ ވަނނާނެ އަދި ވެސް ވަންނަން ވީ...

  179
  13
  • ޛ

   ވެއްދިއަކަސް ވަންނާކަށް ނުޖެހޭ ކުއްވެރިވޭ ދެމީހުންވެސް.

   125
   9
  • ބޮން

   ކަލޭ ފިރިހެނަކައްވެ ހުރެ އެހެން މީހެއްގެ އަންބެއް ކައިރިއަށް ވަންނަވާހަކަ ތިދައްކަނީ ފިރިހެނެތްގެ އިހުސާސްތައް ހަމަ ނޭގެނީ. ކަލޭ ލޯބިވާ މީހަކު ކައިރިއަށް އެހެން ފިރިހެނަކު ވަދެއޮއްވަ ފެނުނީމަ ހިތައް ކުރާނެ އަސަރުވެސް ނޭނގޭ އަދިވެސް ވަންނަންވީއޭ ކިޔާއިރު.

   72
   2
 5. ރަދީފް

  ފުލުހުން އެއީ ލަދެއް ހަޔާތެއް ހުންނަ ބައެއް ނޫން.

  96
  75
  • ބޭބެ

   ކޮއްކޯ ލަދެއް ހަޔާތެއް ނެތް ހަމަ އެކެއްގެވެސް!! މިރާއްޖޭގެ މާލިއްޔާއިން ކުރިންވެސް އަދި މިހާރުވެސް ވައްކަން ކުރާ މީހުންގެ ލަދެއް ހަޔާތެއް އެބަހުރިތަ؟ މިރާއްޖޭގެ ޖުޑިޝަރީގެ ލަދެއް ޙަޔާތެއް އެބަހުރިތަ؟ ހަމަ ކޮރަޕްޝަން ފައިދާ ދިނީމަ މައްސަލަ ފުލޮޕް ކޮށްލަނީ!! ޖުޑިސަލް ސަރވިސް ކޮމިޝަންގެ އެތިބަ މެމްބަރުންގެ ލަދެއް ޙަޔާތެއް އެބަހުރިތަ؟ ރައްޔިތުންގެ މަޖްލީހުގައި ހިމެނޭ މެމްބަރުންގެ ލަދެއް ޙަޔާތެއް އެބަހުރިތަ؟ އިދިކޮޅު މެމްބަރުންތަޅާ މަރާ ބޭރުކޮށް ކޮޅުފައިންވެސް ތަޅާ ހެދިއިރު މަޖްލީހުގެ ރައިސްގެ ޢަމަލުތަކާއި މަޖްލީހުގެ ނައިބު ރައީސާގެ ޢަމަލުތައް ހުރީ ލަދެއްހަޔާތެއް ހުރިގޮތައްތަ؟ މިރާއްޖޭގެ މިހާރުގެ ސަރުކާރުގެ ޢަމަލުތައް ހުރީ ލަދެއް ޙަޔާތެއް ހުރިގޮތައްތަ؟ ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރީ ލަދެއް ހަޔާތެއް ހުރި ބައެއްތަ؟ ދޮންކަލޯ ނެތް ލަދެއް ހަޔާތެއް ހުރި އެކަކުވެސް!! ރަގަނޅަށްވިއްޔާ އަމިއްލަ ޙާލަތަކީވެސް ހަމައެއީ!! ދެން ފުލުހުންގެ ލަދެއް ޙަޔާތެއް ހުންނާނެތަ؟ މިއީ މިރާއްގޭ އެންމެ މަތިން ފެށިގެން ތިރިއަށް ތިބި މީހުންގެ ލަދު ޙަޔާތް ހުރިގޮތް!!

   107
   5
 6. އާދަކާދަ

  ތިއީ އާ ކަމެއްނޫން. މައުމޫން ގެ ވެރިކަމުގެ ރަންޒަމާނާއި ހަމައަށް ތިޔައީ ވަރަށް ޢާންމު ސަގާފީކަމެއް. ތިކަމުގެ އެންމެ ކުރީގައި އުޅޭނީ އަތޮޅުވެރިން. އޭރު ކިޔާ އުޅެނީ އަތޮޅުވެރިން އެއްގަމުގައި ރޭގަނޑު ކެޔޮޅުކަން ކުރަނީއޭ. ދެން އެންމެ އިސްކޮށް އުޅުއްވީ 2 މިނިސްޓަރެއް. އެދެ މިނިސްޓަރުންނަށް ރޭގަނޑު ކެޔޮޅުކަމުގައި ކަނދުފައްޗަކަށް ވަނީ ކަތީބުންނާއި އަތޮޅުވެރިން. ސިފައިން ގެ މީހާގެ މައްސަލައިގައި ގޯހެއްނެތް. ޢަންހެން މީހާ ގެ ރުހުމުގައި އެގެއަށް ދިޔައީ. ދޮރު ހުޅުވީމަ އޭނަޔަށް އެތެރެއަށް ވަދެވުނީ. ހަމަ ވެދާނެ އެއްވެސް ގޯސް ނިޔަތެއްނެތި ޑިއުޓީ ނިމުނީމަ އަންހެން މީހާ ގެ އެދުމުގެ މަތިން ކޮވިޑަށް ހޭލުންޔެރިކުރުވުމުގެ ފިލާވަޅެއް ނަގައި ދިނުމަށް ދިޔައީ ކަމަށް.

  96
  6
 7. ފޯއްކިބަ

  ޓައިޓަލް އަކާ ބަލާފަ ވަރަށް އަންޕްރޮފެޝަނަލް

  63
  5
  • ވ އނޕރފޝނލ

   މަވެސް ހިތައް އެރީ ހަމަ ތިހެން.

   33
   1
 8. ފޯއްކިބަ

  ޓައިޓަލް އަކާ ބަލާފަ ވަރަށް އަންޕްރޮފެޝަނަލް.

  46
  5
 9. ބަކަރި

  އަހަރެން އޯކޭ، ބަކަރި އޯކޭ، ކަލޭ ކޮން މައްސަލަ؟

  50
  4
 10. އިބޫ

  މިފަހަރު ރާއްޖެ އިސްލާމް ވިދުވަސް ފާހަގަ މިކުރީ ތަފާތުކޮށް ކުރެންދޫގަ

  56
  3
 11. ޙައްވަ

  ތިމިހާރު އާންމު ކަމެއް. ފިރިންމީހުންގެ އަނބިން ކާރިޔަަށް އަނބިންމީހުންގެ ފިރިންކާރިޔަށް. ޕޮލިހުންއެކަންޏެއްނޫން. ގިނަ ފރިހިނުން ނާއި އަންހެނުންގެ ފާޑު. ބަޔަކު ރަނގަޅަށްއުޅެންނާ ވެސް އެދޭތެރެއަށް ވަންނާނެ. ދުނިޔެ މިދަނީ ނިމެމުން ދުވަހެއ އޮތްކަމަށް އެމީހުންނުވިސްނާ.

  66
  1
 12. ޔައުގޫބު

  މީހެއްގެ އަތްބެއްކަން އެނގިހުރެ ނުޖެހޭ އޭނާގާތަށް ވަންނަންދާން. ފުލުސް މީހާގެ އަންހެނުން ކާރިޔަށް އެހެން ފިރިހެނަކު ވަންނަން އޭނާ ހިތް އެދެނީ ތޯއްޗެއް.

  51
  6
 13. ޢަހުމަދު

  ކޮން މުޒާހަރާއެއް ކުރާކަށް އަންހެންމީހާގެ ރުހުމުގަ ވަނީ. ތިހެން އަންހެނުން ކައިރިޔަށް ނުވަންނަ ފިރިހެނުން ވަރަށް މަދުވާނެ. ފުލުހަކަށް ވީމަ އެމީހާގެ އަގުވައްޓާލަން. ތީ ރާއްޖެތެރޭ ރަށްތަކުގަ ކުރާ ވަރައް ނާތަހުޒީބް ކަމެއް.

  52
  21
 14. Anonymous

  ގޮނޑެއް އޮތިއްޔާ ކުނިއުކަން ދާނޭ ކިޔާ

  61
  2
  • ޗި

   ހަޑި މުޑުދާރު ކަމެއް އަސްލްވެސް ޒިނޭ އަކީ. އުފަލެއް ހިތްހަމަޖެހުމެއް ނެތް އޮޅުވާލުމާއި ވަސްވާސް. މީހުން މިކަހަލަ ހިޔާލެއް އަޔަސް މާތްﷲ ހަނދުމާކުރާނަމަ ދޯ. ކުޑަކޮށް ކެއްތެރި ވެލުމުން ގާފިލްކަމުން ހޭލައްވާ ހަގީގީ ހަލާލް އުފާތަށް މާދަންވެސް ދެއްވަވާފާނެ. ނޫނީ އެންމެ ފަހަރަކުވިޔަސް މި ފާފަޔަށް އަރައިގަނެފިކަމުގަވާނަމަ ހިތްހަމަޖެހުމެއް ނުލިބުނުތާ މާތްﷲ ގެ ރަހުމަތުން ބޭރުވެ ފަލީހަތްވެ ބަރުބާދުވެދާނެ. ތިކަމުގަ އަންހެންމީހާ ދައުވަތު ދިންނަމަ އޭނަގެވެސް ކުށެއް އެއީ. އަދި ވ ފާފަވެރިވެދާނެ ގޯސް ބަޔެއްގެ ސަބަބުން ރަނގަޅު ޕޮލިހުންގެ އަގު ވައްޓަންޏާ 🤭 އަސްލް ކަންހިގިގޮތް ވަﷲ އަޢުލަމް

   28
   3
 15. Anonymous

  ވަނީކީ ނޫން ވެއްދިއްޔޭ ލިޔެވަބަ

  45
  5
 16. ސައްޕޭގެ މުސްތޯ

  ޕޮލިސް އަަދި އެމް.އެން.ޑީ.އެފްގަ އުޅޭ މިގޮތައް އުޅޭ ބައިވަރު މީހުން. %90 މީހުން މީހުންގެ އަބިން ކާރިޔަށް ވަންނާނެ. އިންތިހާއަށް ފުލާޓް ކުރާނެ. ޕްރޮޓެކްޓް އެންޑް ސާވް ޖަހާގެން ތިބެގެން ވަރަށް ރަގަޅު ކަމެއް މިވެރިން މިކުރަނީ

  44
  11
  • ކޭ

   ކަސްޓަމް އެމްޑީޕީ ޕީޕީއެމް ސްކޫލް ތަކުގެ އިސްވެރިން އާއި މާއެނގިގަނެގެން އުޅޭ ގިނަ މީހުން ވަދޭ އަދި ވައްދާ ޕޮލިސް ސިފައިން ކުރީމަ ކަޑަ ސިޔާސީ މީހުން ކުރީމަ އޯކޭ ކަސްޓަމް އިމިގްރޭޝަން އެއަރޕޯޓް މީހުން ކުރީމައޯކޭ ވެއްދީމަ ވަދެފަ ނުކުތީ ކަޑަކޮން ވަތް ގަޑިވެސް ޖަހާލަން ވާނެ

   20
   1
  • ފޯއްކިބަ

   ހަމަ ކަމެއްވާއިރަށް ފުލުހުންނާ ސިފައިނގެ ބޮލަށް ތިކަނޑާލަނީ ކޮބާ ލަދު ހަޔާތް؟ އެންމެ ފުލުހެއް ނޫނީ ސިފައިނގެ މީހެއްގެ އުޅުމާ އަޙުލާޤަކުންނެއް ނޫން މި މުއައްސަސާތައް ޑިފައިން ވަނީ. ކަމެއްވާއިރަށް “ފުލުހުންނާ ސިފައިން”. ފަރަށް ދޭބަލަ ކުރާނެ ކަންތައް މަދިއްޔާ. ނޫނީ މަލީހުއާއެކީ އިންޓަނެޓު ހޯދަބަލަ

   12
   5
 17. އޯގޯޑް

  ޢަހެނަކު ވެއްދީމަ ދޯ ވަދެވޭނީ ކޮމަން ސެންސް! ފިރިހެން މީހާ ދިފާއު ކުރަނީ އެއް ނޫން އެކަމަކު އަންހެން މީހާ ވެސް ވަކި ރަގަޅެއް ނޫން!

  57
  1
 18. ގައިސް

  މީ އެމީހުން އާއްމުކަމެއް. ގިނަ ތަންތަނުގަ ތިބޭ މީހުން އުޅެނީ މިހެން. ރައްޓެހިވެގެން އުޅެ ދެކުދިން ތަނެއްގަ ތިބިއްޔާ ނުވަތަ ޒުވާނުން މަޖާކޮއްލަން ޖޯލީގަ ތޮބިއްޔާ ދޮނުވާލާފަ އެމީހުން ހުރިހާ ޗާންސެއްނަގަނީ. ދެކުނުގެރަށެއްގައި ހުން މީހެއްގެވެސް މައިގަނޑު މަސައްކަތަކީ މީހުނާ އިނދެ ވަރިކިރިން. ގާއިމް ނުއިނދެ ހުރެ ގޮތަލަށް އުޅެގެން ރައްޓެހިވެވޭނީ

  13
  3
 19. ޅަބޭ

  ތީ ދިވެހި ފުލުހުންގެ ގައުމީ ވާޖިބުތަކުގެ ތެރެއިން އެއް ވާޖިބު. މިހެންވެ މަބުނީމަ ނުބައިވާނީ މަ.

  34
  2
 20. ކުޑަހުވަދޫ ބެއްޔާ

  ބަލަ އަންހެންމީހާވެސް ގޯސް އަދި ފިރިހެންމީހާވެސް ގޯސް.. އެކަމަކު ތިޔަބުނާ ފިރިހެންމީހާ ހުރީ ޒިންމާދާރު މަޤާމެއްގަ. މިފަދަ ކަންކަން ހުއްޓުވަން ހިވައެއްކޮއްގެން... ދެން އޮތީއަންހެންމިހާގެ ވާހަކަ ކައިވެނި ކުރި އިރު ފިރިމީހާއަށް ވަފާތެރިވާނެ ކަމަށް ހުވާކޮއްގެން ހުރެ މިފަދަ އަމަލެއްހިންގިމަކީ ވ ވ ކަޑަ ކަމެއް.. އަދި ދީނީގޮތުން ބެލިޔަސް ދެމީހުންވެސް ކުރީ މުޑުދާރުއަމަލެއް...

  43
  1
 21. ހުސޭނު

  ވެދާނެ ކޮފީއެއް ބޯލަން ދިޔައީކަމައްވެސް

  38
  4
  • އެ

   ވަﷲ އަޢުލަމް. ސާބިތުނުވާ ކުށެއް މީހަކު ބޮލުގަ އަޅުވާ ފަލީހަތް ކުރުން އެއީ ބޮޑެތި ފާފަ

   25
   4
 22. ްއިސްލާހު

  ޕޮލިސް މީހާ އެކޭ އެއްގޮތަށް ތިޔަ އަންހެން މީހާ ގެ ވެސް ގޮތްކުޑައީތާއެވެ.

  22
  1
 23. ބުއްޅަބޭ

  ތިމީހުންނާއި ހެދީ އައްޑޫ ގިނަ ރިސޯޓްބޯއިންގެ އާއިލާ ބަ ރުބާދު ވެއްޖެ.

  24
  1
  • ހޯސް

   ރިސޯޓް ބޯއިންވެސް އުޅެނީ ތިހެން.

   15
 24. ވައިކިން

  ޕޮލިގައި މީހުންގެ އަނބިން ބަލަހައްޓާދޭ ޔުނިޓެއްހަދާފަ އެތަނުގެ އިންޗާޖަކަށް އޭނަ ބަހައްޓަން ފެނޭތަ؟

  18
 25. މަނިކ

  ކުޑަކުދިން އެގަޑީގަ ބޭ ރުގަ ނޫޅޭނެ ފެން އެމީހާ ފިޔަވަޅު ބޯކޮވާރެވެހޭއި ރު ފިއަވު ހުރ ރޭތަ

  15
  3
 26. ހިންނަވަރު

  ހިންނަވަރު ވެސް ތިހާލެއްގަށް.

  12
  1
 27. ޖަނާޒާ

  ފުލުހުންގެ ބޭކަލަކުވީމަ އާޓިކަލްގައި އެކަން ފާހަގަކުރުން ރަނގަޅު. ވަރަށް ދެރަ ކަމެއް. އަމަލުތަކުގައި ތެދުވެރި އިޙްލާޞްތެރި ފުލުހުންވެސް ވަރަށް ގިނަ މިޤައުމުގައި. ކުށްވެރިންނަށް އަދަބުދެއްވާ ، އިންސާފުން/

  15
  1
 28. ސްނޭޕް

  ޝުކުރިއްޔާ ރައީސް ޔާމީން.. އަދިވެސް ސިޓީއެއް އަންނަ އިރަށް ވަޒީފާ ދެވޭތޯ ބަލާ

  5
  10
 29. ނޭމް

  ތިޔަ ސު ރުހީ ގޯސް ، އެއީ އިންޓެލް މައުލޫމާތު ހޯދަން ފާ ރުމަތިން ވެސް އަ ރާނެ.ޓް ރޭނިންގ ހަދާފައި ތިބެނީ ފާ ރުމަތިން އަ ރާ ގޮތަށް އެހެން ވީމަ ހަގީގަތް އިނގިގެން އަދި އިނގޭނީ ވެގެން އުޅޭ ގޮތެއް ، ގޭ އެތެ ރޭ ގަ ހިނގި ކަމެއް ނޭނގި އަދި ހިތަށް އެ ރި އެއްޗެއް ލިޔުން ރަނގަޅެއް ނޫން.

  9
  4
 30. ސަމްސިއްޔާ

  މީހެއްގެ އަތްބެއް ކުރެންދޫ ޕޮލިސް އިންޗާޖު ދަންވަރު ވަގަށް ކޮޓަރިއަށް ވައްދައިފި. މިގޮތް ކިހިނެތް؟؟

  18
  1
 31. ތުނިޔަ

  ކުދިނޭ ރަށުކުދިނޭ މޮޅުކުދިނޭ ދިޔަކަމަށް ވާހަކަހަދަހަދައިގެންނުދައްކާ ޒިނޭއަކީ ގާތްނުވުމައް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެމާތްﷲގެވަހީބަސްފުޅުއައިސްފާވާކަމެކެވެ.

  12
 32. ސުހައިލު

  ތީ އާކަމެއް ނޫން. ދގ.ތިނަދޫ ރަނގަޅު ދެމަފިރިއެއްހެ ދިރިއުޅުން ބަރުބާދު ކޮށްލީވެސް ޕޮލިހެއް. ތިމީހުންގެ ތިކަން ހައްދުން ނެއްޓިއްޖެ

  7
  1
 33. ގޮބޮޅިބާދަލާ

  އެހެންނޫންވާނީ އަގީދާގެ ކަންފުޅެއްވެސް ނުހުރޭ , ތަންތަނަށް ޑިއުޓީއަށް ފޮނުވަންވީ އަނބި ދަރިންނާއި ވެސް އެކު.

 34. ދިރާސާ

  ބިރަކާނުލާ މަޖާކުރުމަށް ފުރުސަތުލިބި އެކަމުގެބޭނުންކުރުން އެކަށީގެންވޭ ނަމަވެސް ވިސްނާލަންވީ މިއީ ކިހާވަރެއްގެ ކަމެއްތޯ އެއީ ކަމުގެބާވަތަށްބަލާއިރު ދީނީ ގޮތުން ހުއްދަނޫން
  ކަމެއް ، މީހެއްގެ އަންބަކަށްވުން، މިޒާތުގެކަންތައްހުއްޓުވުމަށް ހުރިފަރާތެއްގެމީހަކަށްވެ ، ﷲ
  ގަންދީހުވައެއްކޮށް އެހެންފަރާތްތަކަށް ރީތި ނަމޫނާދައްކަން ހުރިފަރާތެއްކަމުގައިވުންވީމާ،ބިރަކާނުލާ
  މަޖާކުރުމަށް ވިސްނާދެއްވިފަރާތުން ކަމުގެބާވަތަށްބައްލަވާ ނަސޭހަތަް ދރއްވާނެކަމަށް އުއްމީދު
  ކުރަން ބިރަކާނުލާމަޖާކުރުމަށް ގޮވާލެއްވިފަރާތުން މިކަންކުރައްވާނެބާ؟ ނޫނީ މިއަމަލުހިންގި
  ފަރާތަށް ފިޔަވަޅު އަޅާނެބާ؟ ދެފަރާތުން ރުހިގެންނަމަވެސް އިސްލާމީގައުމެއްގައި އިސްލާމްދީން
  ހުއްދަނުކުރާކަމެއްނުކުރެވޭނެބިރަކާނުލާ މަޖާކުރުމަށް ވިސްނާފަރާތުން،ނުވަތަވިސްނާދެއްވާފަރާތުން
  މިކަމަށް ވިސްނެުވުން، ނުވަތަ އެހެންފަރާތްތަކަށް ވިސްނާދެއްވުން އެދެން

 35. ހިރިލަންދޫ

  ތިޔާ މިރަށަން އާމު ކަކކަމެން ޕޮލިހުންބޭނުންގޮތަކަން އުޅެނި އެކކ ކކަކ ކާއި އިދެލާފަ ވަރި ކޮއްލާފަ އަނެ ކަ ކާ އިދެލާފަ އުޅެނީ މިރަށު ކުދިންތިބެނީ އެމީހުންނާހެދި ހެއިބަލިވެފާ