ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވަން ރައީސް އިބްރާހީމް މިއަދު ކުރައްވަން އޮތް ދަތުރުފުޅު މާދަމާ އަށް ފަސްކުރައްވައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅު މާދަމާ އަށް ފަސް ކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް އިރު، މޫސުމާ ބެހޭ އިދާރާ އިން އޮތީ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.

ކުލަގަދަ ރަސްމިއްޔާތަކުން ހޯރަފުށީ އެއާޕޯޓް މިއަދު ހުޅުވާގޮތަށް ކުރިން ހަމަޖައްސާފައި އޮތް އިރު، އިއްޔެ އެއާޕޯޓުގައި ވަނީ ޓެސްޓް ފްލައިޓު ޖައްސައިފައެވެ. އަދި މިއަދު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް އޮތީ ނިންމައިފައެވެ.

ހޯއެއާޕޯޓަކީ މި ސަރުކާރުން ތަރައްގީ ކުރަން ފެށި އެއާޕޯޓެކެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.

އެ އެއާޕޯޓުގައި 37،425 އަކަ މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި މަޝްރޫއުގެ ތެރެެއިން 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އަޅާފައިވާއިރު، ޓާމިނަލްގެ ކުރިމަތީ ސަވިސް ރޯޑު ގާއިމްކޮށްފައި ވެއެވެ. އަދި ޕަސެންޖަ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިން އިމާރާތެއް ވެސް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބީރުމީހާ

    ރައީސް މީހާއަށް އަހަރުމެން މިތިބި ހާލު އެގޭތަ ރޭ ހަތަރުދަމު ނުނިދާ ނިކަން ވިސްނާލަބަލަ ﷲގެ ކުޅަދުންވަންތަކަން ތިތަބޭފުޅުން ގެ މަގުސަދު މިއަދު ކާމިޔާބެއްނުވި ރައްޔިތުންގެ ހާލަށް ނުވިސްނާ އަމިއްލައެދުން އިސްކުރުން ﷲ ތިޔަ ބާއިގަޑު މަތީގައި އުދުހެން އިރާދަ ނުކުރެއްވި

    5
    2
  2. ކަމަނަ

    ތިޔައީ އިހަވަންދިއްޕޮޅަށް ކުރީ ސަރުކާރުން ހޯދި ޕްރޮޖެކުޓެއް ނަހުލާގެ ރަށުގެ މީހުންނަށް ފައިދާ ހޯދުމަށް ކުރިކަމެއްނޫން ވިސްނާލަބަލަ ތިތާ ޑިގްރީ ނަހުލާ އެޅިތަނުގެ ސަބަބުން އެތައް ބަޔަކަށް ތަކުލީފު އުފުލަން ޖެހޭ

    6
    2
  3. Anonymous

    ރައީސް ވިޔަސް ކަ ރަންޓީން ވާންޖެހޭނެ

    2
    1