ދައުލަތަށް އާމްދަނީ އިތުރަށް ހޯދަން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދުއްވާ އުޅަނދު ފަހަރުތަކުން "ކޮންޖެޝަން ފީ" އެއް ތައާރަފް ކުރާތީ މާލެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި ނަގާ ފައިސާއިން ދައުލަތަށް އިތުރު 36.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މި ފީގެ މަގްސަދަކީ މާލޭ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެފައި ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުން ކުރާ ސަރަހައްދަކަށް ވުމުން އެ ކަމުގެ ސަބަބުން މަގުތަކަށް ބާރު ބޮޑުވެ ބައިބޯވުން އިތުރުވާތީ މާލޭ ސަރަަހައްދުގެ ބައިބޯވުން ކުޑަކުރުން ކަމަށް ވެސް ބަޖެޓް ފޮތުގައި ލިޔެފައިވެއެވެ.

މި ޗާޖް ނަގާނީ މާލޭ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުންނެވެ. މި ޗާޖު ނެގުމަށް ހަމަޖެހިފައިވަނީ ވެހިކަލް އަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިކަމާ ގުޅިގެން ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒު ވިދާޅުވީ ބަޖެޓްގައި އާމްދަނީ ހޯދާ ވަސީލަތެއްގެ ގޮތުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޖީބުން ފައިސާ ނަގަން ހުށަހަޅާފައިވާ ކަމަށެވެ. ޓްރެފިކް އާއި ޕާކިން މައްސަލަ ހައްލު ކުރަން ސަރުކާރަށް ނޭނގޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ޓްރެފިކްއާ ޕާކިން މައްސަލަ ހައްލުނުވުމަކީ ރައްޔިތުން އިތުރަށް ހަނާކޮށް އިތުރަށް ފަގީރުކޮށް ނިކަމެތި ކޮށްލަން ޖެހޭ ސަބަބެއް ނޫން،" ޑރ. މުއިއްޒު ލިޔުއްވާފައިވެއެވެ.

އަންނަ އަހަރު ޕާކިންއަށް އާ ފީއެއް ނެގުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ. އެގޮތުން، ކާރު ޕާކް ކުރާނެ ތަން ތަނުން މަހު ފީއެއް ނެގުމަށް ހިމަނާފައިވެއެވެ. އަދި މާލޭގައި މިނީބަސް ތައާރަފްކޮށް، ޕާކިންއަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ.

އިތުރު ފީތަކެއް އާންމުންގެ އަތުން އަންނަ އަހަރު ނަގަން ސަރުކާރުން ތައްޔާރުވަމުންދާ އިރު މިހާރު ވެސް މާލޭގައި ޕާކް ކުރާނެ އެކަށީގެންވާ ޖާގަ ނެތީސް ޕާކިން ސްޓިކާ ޖަހައިގެން ދައުލަތުން ބޮޑު އާމްދަނީއެއް ހޯދަމުން އަންނާތީ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.

ޕާކިން ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު އަދި ޕާކިން ސްޓިކާ ޖެހުން ހުއްޓާލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތާއީދު

    އަހަރެެންގެ ވޯޓު މުޢިއްޒުއަށް.

    22
    2
  2. ކޮވިޑް

    އަބަދުވެސް އެމް.ޑީ.ޕީ ގެ ވައުދު ބިނާވެފަ އޮންނަނީ ކަމެއް ކުރަން ވަޢުދު ވެޖޖެނަމަ މާނަޔަކީ އެކަމެއް ނުކުރަނޭ ، ނުކުރަން ބުނެފިޔާ ޔަގީނުންވެސް އެކަމެއް ކުރާނޭ ، އަދިވެސް ދިވެހިންނަށް ހޭ އަރަން ނުވަނީ ތޯ ؟

    27
    1
  3. އަލްޖިބްރާ

    ރައްޔިތުން ހަނާކޮށްލަން އެންމެ ރަގަޅީ ކާބޯތަކެތި އަގުބޮޑު ކުރުމާއި އެކު ޤައުމު ބޭރު މީހުނަށް ވިއްކާފަ ލިބޭ ލާރިގަޑުން ކަލޭމެން ތިން ހަތަރު ގޯތި ގަތުމާއި ވިހި ތިރީސް ބުރިއަށް ގަޑުވަރުތަށް ހެދުންތަ ؟ ކަލޭމެންގެ ލަދުހަޔާތް އޮތީ ކޮންތާކުތަ ؟

    16
    2
  4. ހަނި

    ދެން މަލެގާ އަމިލަދުވާއެޗެހިގެންގުޅެވެނި ގަސިމްނަހުލާކަހަލަ މުސަދިންނަށްދެންއެމްޑީޕިކުދިންބާރަށްއަތްޖަހާ

    20
  5. މުހަންމާ

    އެމްޑީޕީ އަކީ މަރުމޯލުން އެއްކަމެއްކުރާނެގޮތެއް ނޭގޭނެ. އަބަދުވެސް ރައްޔިތުން އަތުން ލާރިއެއް ނެގޭތޯ ވިސްނަނީ. މިމީހުން ކައި ނަގަނީ.

    15
    1
  6. އުންޑަ

    ވެރިކަން ކުރަންނޭގޭނަމަ އިސްތިއުފާ ދެއްވާ. މަހަމަ ދެރަވަން. މިވަރުގެ ބަޔަކަށް ވޯޓްދެވުނީތީ.
    ރައްޔިތުން ބޮޑު އަގުދީ ދަރަނިވެރިވެގެން ގެނެސްފައިވާ އެތައް ވެހިކަލެއް ހަލާކުވަނީ. ޓްރާންސްޕޯޓް މިނިސްޓަރ މޭކަޕްކުރުން ނޫންކަމެއް ނުކުރޭ. ރަޖިސްޓްރީ ކުރަން ހަދާނެގޮތެއްނޭގޭ. ދެން ކޮން ރައްޔިތުމީހާ އޭ ކިޔާކަށް. ދެން މިހާރު އެއް.ޑީ.ސީ އިން ރާވަމުންދަނީ. 3000 ރުފިޔާ އަށް މަގުމަތިން ސްލޮޓް ވިއްކަން. މީވެސް ރައްޔިތަކަށް ވީތީ ރައްޔިތުމީހާ އަށްރަގަޅަށް ކޮށްދޭން އުޅޭކަމެއްދޯ. މަހަމަ ބޯހަލާކު. އެއްކަމެއް ކުރާކަށްވެސް ނޭގޭ.

  7. ބުއްޅަ

    ބައްލަވާ މުއިއްޒު ރާއްޖޭގެ ރައްޔިތުން ރަހުނަށް ދޫކޮށްފައި ލޯނުނަގަނީ ކާޅަށް ގުއިފެނުނީމާ ވާގޮތްވީ

  8. ޢާލިމް

    ކޮން ވަޢުދެއްތަ ފުއްދުނީ؟