ކަޅުވަކަރު މިސްކިތް އަލުން މަރާމާތުކޮށް ރޭވީ ތާރީހުގެ "އަނދިރިކަމުގެ" ތެރެއަށް އެމިސްކިތް ވަދެ ނިވާވަމުން އަންނަނިކޮށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކަޅުކަވަރު މިސްކިތް ރޫޅާލީ ރައީސް ޔާމީންގެ ސަރުކާރުގައި ސަލްޓަން ޕާކުގައި ގާއިމްކުރި ރަސްރަނި ބަގީޗާ ތަރައްގީ ކުރުމަށް 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެ މިސްކިތް އަލުން ރާވައި،މިއަދު އެ މިސްކިތް ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.

އެ މިސްކިތް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދަނީ ވަރަށް މުހިންމު މަސައްކަތެއްގެ ނިމުން ކަމަށާއި، ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރެއިންވެސް ކަޅުވަކަރު މިސްކިތަކީ މުއްސަނދި ތަރިކައެއް ކަމަށެވެ. ރައީސް ވިދާޅުވީ، ތާރީހުގެ އަނދިރިކަމުގެ ތެރެއަށް ފަހު ނޭވާ ދޫކުރަމުން ދަނިކޮށް މި މިސްކިތް މިއަދު ވަނީ ސަލާމަތްކުރެވިފައި ކަމަށެވެ.

އަދި މި މަޝްރޫއު ފެށިތާ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި މަޝްރޫ މުޅިން ނިންމާލެވިފައިވާކަމަށާއި އެކަމަށްޓަކައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންއަށް އެމަނިކުފާނު ޝުކުރު ދެންނެވި އެވެ. މި ޝުކުރުގައި އެމަނިކުފާނު ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކުގެ ނަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މި މިސްކިތަކީ ސަގާފަތާއި ފަންނުވެރިކަމާއި ގުޅިލާމެހިފައިވާ މިސްކިތެއް ކަމަށެވެ.

"އެއްތަނުން އަނެއްތަނަށް ބަދަލުވަމުން އައި މިސްކިތެއް. އަޅުގަނޑުމެންގެ އަތްތަކުން އެތައް ގެއްލުންތަކެއް ދިން އިރުވެސް އަޅުގަނޑުމެންނާ ވަކިވާން ބޭނުންނުވި މިސްކިތެއް. ދިވެހިންގެ އަމިއްލަވަންތައް އެތައް ސިފަތަކެއް ޖަމާވެ ރައްކާކުރެވިފައިވާ ތާރީހީ ފަޒާއެއްވެސްމެ" ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ގާއިމްވެ ހުންނާނެ ގޯއްޗެއް އަދި ބިމެއް ކަށަވަރު ނުވެ 230 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މި މިސްކިތް މާލޭގައި ހުރި ކަމަށާއި، އުންމީދަކީ މި ސަރުކާރުން މިސްކިތް ބެހެއްޓި ބިމުގައި މިސްކިތް ގާއިމްވެ ހުންނާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ވާނުވާ ނޭންގޭ އަނދިރިކަމެއްގައި ވަނިކޮށް ސަރުކާރުން މި މިސްކިތް އަލުން މި ބިނާކުރާ ގާނޫނީ ގޮތުންވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ސަގާފީ ތަރިކައިގެ ގާނޫނު ބުނާ ގޮތުން މިފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ދައުލަތާއި ރައްޔިތުންގެ ވެސް ޒިންމާއެއް" ރައީސް ސޯލިހް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ އެ ގާނޫނުގައި ހަތަރު ބާވަތެއްގެ ތަރިކައެއް ބަޔާންކޮށްދީފައިވާކަމަށާއި، އެެއީ އުފުލޭ ސަގާފީ ތަރިކަ އާއި އާސާރީ ބިނާތައް އަދި އާސާރީ ސަރަހައްދުތަކާއި، މާނަވީ ސަގާފީ ތަރިކަތައް ކަމަށެެވެ.

ރައީސް ވިދާޅުވީ މި ބާވަތަކަށް ރިއާޔަތް ކުރާނަމަ ކަޅުިވަކަރު މިސްކިތަކީ އެ ހުރިހާ ބާވަތަކަށްވެސް ފެތޭޭ ތަރިކައެއް ކަމަށެވެ. އެހެން ކަމުން މިފަދަ ތަރިކަތައް ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަބޭ

    ޖޯކް އޮފް ދަ އިޔަރ އެމް ޑީއެން އެންޑް އުތަމަ

    19
    1
  2. ބަރުގޮނު

    އެއްވެސް އެއްޗެއް ކަމެއް ތާރީޚް ގެ އަދިރިކަމުގެ ތެރެއަށް ގޮސް ނުގެއްލޭނެ. ތާރީޚަކީ ވަރަށް ފާޅުކަން ބޮޑު ތެދު އެއްޗެއް. މީހަކު އެމީހަކާ ގުޅުން ހުރި އައިބު ކަމެއް ފޮރުވޭތޯ އެކަމަކަށް އަދިރި އެޅުވޭތޯ އުޅޭނެ. ކަޅުވަކަރޭ ތާރީޚޭ މިސްކިތޭ އަދިރިއެކޭ ކިޔާނެ ކަމެއްނެތް. މިސްކިތް އެހުރީ އަނެއްކާ ރާވާ ހުޅުވާފަޔޭ ބުނީމާ އެނިމުނީި.

  3. މުހައްމަދު އަންޖުމް

    ކޯޗެކޭ ކިޔާކަށް ތިޔަކަހަލަ ކާޓޫނު ކުޅިކުޅެން އަބަދުވެސް އިނގޭނީ ނޫނީ ވަގުނަނަށް ވައްކަން ކުރުމަށް ކަންކަން ފަހިކުރުމަކީ ކިނބޫގެ އަމާޒު ބޮޑު އަދިއެހާމެ މުހިންމު ސަރަ ހައްދެއް ހަމަބޭކާރު ކޮށްލާ ބޭކާރު ޚަރަދުތަކެއް ކުރުމާއެކު ބޭކާރު އަނގައެއްތަޅުވާލީ ދެންތިޔަތަނުގަ ހުރިހާ ވައްތަރެއްގެ ކުއްވެރިން މަރުކަޒު ކޮށްގެން ހުރިހާ މިސް ކިތަކަށް ހުތުރުއަރުވާނެކަމީ ޔަގީން ކަށަވަރުކަމެއް ތިޔޮތީ އަގުބޮޑު ޖަވާހިރެއް ބެހެއްޓިފައި ދެންޕާޓީކޮށްލާ އަވަހަށް

  4. ސްނޭޕް

    👏🏾👏🏾👏🏾

  5. ކަމަނަ

    އެ މިސްކިތް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދަނީ ވަރަށް މުހިންމު މަސައްކަތެއްގެ ނިމުން ކަމަށާއި، ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރެއިންވެސް ކަޅުވަކަރު މިސްކިތަކީ މުއްސަނދި ތަރިކައެއް ކަމަށެވެ. ރައީސް ވިދާޅުވީ، ތާރީހުގެ އަނދިރިކަމުގެ ތެރެއަށް ފަހު ނޭވާ ދޫކުރަމުން ދަނިކޮށް މި މިސްކިތް މިއަދު ވަނީ ސަލާމަތްކުރެވިފައި ކަމަށެވެ.

    2
    5
  6. ދޮންކޮއްކޮ

    ޔުމްނާ ދޮގުނުހަދާ. ޔުމްނާއަކީ ކަޅުވަކަރު މިސްކިތް ސަލްޓަންޕާކު އިން ނަގަން ސަރުކާރުން އެކުލަވާލި ޓީމުގެ އެކަކު. ޔުމްނާގެ މޭސްތިރިކަމުގެ ދަށުން، ކަޅުވަކަރު މިސްކިތް ހުޅުމާލެ އަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ. ހުޅުމާލޭގައި މިސްކިތް ބަހައްޓާނެތަން އައިޑެންޓިފައިކުރުމާއި ކުރެހުން އެޕްރޫވްކުރީ ހެރިޓޭޖް ޑިޕާޓްމަންޓް އަިން ޔުމްނާ. މިސްކިތް ރޫޅާލީ ޔުމްނާ އިސްކޮށްހުރެ. މިސްކިތް މިޔުޒިއަމްތެރޭ ސްޓޯރޭޖްކުރަން ނިންމީ ޔުމްނާ އިސްކޮށް ހުރެގެން. އެއަށްފަހު ގދ.ތިނަދޫ އަށް މިސްކިތް ގެންދަން، ތިނަދޫ އަށް ދިޔަ ވަފުދުގަވެސް އިސްކޮށްހުރި އެކަކު. ޔުމްނާ އިސްތިއަފާދިނީ މާފަހުން މައުމޫނާއި ޔާމީނާ ދެމެދު އުފެދުނު ޕޮލިޓިކަލީ މައްސަލަގަނޑުތެރޭގަ.

    10
  7. ތުއްތުމޫސާ

    ކަޅުވަކަރު މިސްކިތް ރައީސް ޔާމީނުގެ ދައުރުގައި ރޫޅާލެއްވީ، ރާއްޖޭގެ ތާރީޚުން ކަޅުވަކަރު މިސްކިތް ގެއްލުވާލައްވާކަށްނޫނެވެ. ރައީސް ޔާމީން ކަންތައްކުރައްވާނީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން އެއާއިއެއްގޮތަށެވެ. އެހެންކަންތައްކުރެއްވުމުން ބަހާ އަމަލާ ދިމާވާތަން ފެންނަން ހުރެއެވެ. ސޯލިޙް ވެރިކަމާއި ޙަވާލުވެ ކަޅުވަކަރު މިސްކިތް ވީތަނެއްވެސް ނޭގޭކަމަށާއި، ތާރީޚީ އެބިނާ ފުޑުފުޑުކޮށްލައްވާފިކަމަށް ވިދާޅުވެ އެތަކެއް ދޮގު އިލްޒާމްތަކެއް ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެޅުއްވިއެވެ. އެންމެފަހުން މިސްކިތުގެ ކަންކަން ޙަވާލުކުރެއްވި ފަރާތާއި ބައްދަލުވެ މިސްކިތުގެ ބައިތައް ދެއްކެވިއިރު ، އެއަރކަންޑިޝަން ކޮށްފަހުރި ތަނެއްގައި ތަރުތީބުން ނަންބަރު ޖައްސަވާ ބަހައްޓަވާފައިވާ ފުރިހަމަކަންފެނިމަ، ޔާމީނަކީ ގާބީލު ހިންގުންތެރި ވެރިއެއްކަން ގިނަ ދިވެހިންނަށް ހާމަވެގެން ދިޔައެވެ. މިމަންޒަރު ލައިވްކޮށް ދެއްކަން މިވެރިން ނިންމީ،ރައީސް ޔާމީނުގެ އަބުރުފުޅު ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ބޭޒާރުކޮށް ކަތިލުމަށްޓަކައެވެ. އިންސާނުން ކަންކަން ރާވާނެއެވެ. އެކަމަކު އެކަންކަން ތަދުބީރުކުރައްވާ ފަރާތުގެ ދީލަތިވަންތަކަން މާބޮޑެވެ. ސުބުހާނަﷲ

  8. ހުސޭނުބޭ

    ހިންނަވަރު އުބްރާހިމަށް ކަޅުވަކަރު މިސްކިތް އެނގޭހޭ މިހަނީ! ތި މިސްކިތް ހުރި ތަނުގައި ހުންނާނެ މިހާރު އެހެން މިސްކިތެއް! ކަޅުވަކަރު މިސްކިތް ހުރިތަނުން ނަގާފައި ފުރަތަމަ ވިއްކާލީ ނާޞިރު! ރިސޯޓެއްގައޮ އެ ހުއްޓާ އެ ގަނެގެން ގެނެސް ސަލްޓަންޕާކް އެއް ކަނުގައި އެ ބެހެއްޓީ މައުމޫނު!