ދިވެހި ރައްޔިތުންގެ އިސްލާމީ އަގީދާ ބަދަލު ކުރަން ދަންނަ ބޭކަލުންގެ ނަމުގައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމް ދީން ގަބޫލު ކުރި ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެ ބޯލަނބަން ފެށީ ސޫފީ ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްހަވެރި މަސައްކަތްޕުޅުން ކަމަށެވެ.

އެހެން ނަމަވެސް ދިވެހިންގެ އިސްލާމީ އަގީދާ ބަދަލު ކުރަން ތަފާތު ދަންނަ ބޭކަލުންގެ ނަމުގައި މީހުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަސައްކަތްތަކާ އެކުގައި ވެސް ދިވެހިންގެ އިސްލާމީ އަގީދާ ނުގުޑާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ގޮތަށް ވިދާޅުވިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީނީ އަގީދާގެ ގޮތުގައި ފަތުރަމުންދާ ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް ވެސް އެބަ އޮތް ކަމަށް އެމަނިކުފާނު ވަރަށް ގިނައިން ވިދާޅުވެއެވެ.

މި ސަރުކާރު އައި ފަހުން އެފަދަ ކަންކަން ހުއްޓުމަށް ބައެއް މަސައްކަތް ކުރެވޭއިރު، އިސްލާމް ދީނާ ހިލާފު ލާދީނީ ފިކުރެއް ފަތުރަން ވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަން ފެންމަތިވެފައިވެއެވެ. ދީނާ ހިލާފު ކަނކްަން ހިމެނޭ ރިޕޯޓެއް ވެސް އެމްޑީއެން ކިޔައި ޖަމިއްޔާއަކުން ނެރެފައިވެއެވެ.

ހަރުކަށި ފިކުރުގެ ހަރަކާތްތަކަށް އިދިކޮޅު ފަރާތްތަކުން ވާގިވެރިވާ ކަމުގެ ބޮޑު ތުހުމަތު ރައީސް ނަޝީދު އެ ފަރާތްތަކުގެ ބޮލުގައި އެޅުވިއިރު، އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްއިން ގެންދަވަނީ މި ސަރުކާރުގެ ބޭފުޅުން ލާދީނީ ފިކުރު ފަތުރަން އުޅޭ ކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހުގައެވެ. ތާރީހީ ފޮތްތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމް ވެފައިވަނީ ހިޖުރީ ގޮތުން 548 ވަނަ އަހަރުގެ އެ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    މިބީތާ އައް އެނގޭބާ އަގީދާ އަކީ ކޮބައިކަން.

    33
    6
  2. ޖިންނި

    ތީ އޭގެން އެކަކު

    33
    4
  3. ގަން

    ތިޔަބޭފުޅާ އާއި ބެހޭގޮތުން އެއްޗެއް ބުނާކަށް ނެތީން..އެއީ ދޫ ރައްކާތެރިކުރުމުގެ ގޮތުން...

    33
    2
  4. ގުއިދައިތަ

    ތީ އޭގެ ތެރެއިން އެކަކު! ތެދަށް ބުނަންޏާ އޭގެ ލީޑަރު!

    31
    3
  5. ހޮހޮ

    ތީއޭގެ އެކަކު

    29
    2
  6. ޑ

    އަންނި އުޅެނީ 😡

    24
    1
  7. ޅަބޭ

    ދިވެހިންގެ ކޮން އަގީދާއެއް ކޯންޗަކައް ބަދަލުކުރަން ބަޔަކު އުޅެނީ؟؟! ކޯޗެކޭ ބުނަން ނުކެރިގެން ތިއުލެނީ؟! ރާއްޖޭގަ ސެކިއުލަރިޒަމް ގިނަވަނީޔޭތަ؟ ތިހެން ވެއްޖެޔާ ތީ ދޮގެއް ނޫން.

    26
  8. ގިމަތަ

    ރާއްޖޭގައި ދަންނަބޭކަލަކަށް ހެދިގެން ޑެންމާކުގައި ފަތުވާދިނީކާކު ތިޔައީ ލާދީނީ ދަންނަނުދަންނަ ކަލޭފާނު.

    13
  9. ރަދީފް

    ކަލެއަށް ތިއޮތީ އެނގިފަ.

  10. ރަދީފް

    ދިވެހިންގެ އަގީދާ ބަލިކަށިކުރަން އުޅެނީ ކޮންބައެއްކަން އަހަރުމެންނަށް އެނގޭ.މުޖޫ ނައީމް ކެނެޑާގަ ހުރެގެން އެކުރަނީ އެކަން.

    11
  11. އެނގޭތަ

    ސޫފީންނަކީ ގަބުރަށް އަޅުކަން ކުރާ ބައެއް

  12. ޯއޮބްސާވަރ

    ޢެއީ "އިސްލާންދީން" ކިޔަވައިގެން ތިބި ދަންނަ ބޭކަލުންނާއި ކަނބަލުންގެ ވާހަކަ
    އިސްލާމްދީން އުގެނިގެން ތިބި ދީނީ އިލްމްވެރިންގެ ވާހަކައެއްނޫން

  13. ފިރާގް

    ނަމުގައިއުޅުނުކަމުގައިވިއަސް އެއީ އެފަދަފަރާތްތައް ދައްކާވާހަކަ ގަބޫލުކުރެވެންވީ ކަމެއްނޫން
    ތިބޭފުޅާދައްކަވާދީނީވާހަކަވެސް ގަބޫލުކުރަންވަރަށްދަތި އެއީ އިސްލާމްދީނާގުޅޭ ގިނަކަންކަން
    އެގޭނެކަމަށް ގަބޫލުނުކުރެވޭތީ މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކުންނާ އުޅުއްވާފައިވާގޮތުން
    އެކަންސާބިތުވާތީ ރާއްޖޭގެ އިސްމަގާމެއްދައިހުރި ޝެއިޙެއް އަންހެނެއްގެ އުރަމަތީގައިހިފާފައިވޭ
    އަނިޔާލިބުނުފަރާތުން މަގުމަތިން ޝެއިޚާދިމާކޮށް ވަރަށްގިނަފަރާތްތަކަށް ފެންނަގޮތަށް ފާޅުގައި
    އިހުތިޖާޖުކޮށް ނުރުހުންފާޅުކޮށްފައިވޭ މިއީ ޝެއިޚުކުރެއްވި ރަގަޅުކަމެއްކަމުވާތީތޯ ރަހުމުކުޑަ ދީނާޚިލާފު ހުތުރުޢަމަލުކުރެއްވިފަރާތާމެދު ގާނޫނާ،ގަވާޢިދުން ފިޔަވަޅުމިހާތަނަށް ނާލުއްވާވަނީ
    ޝެއިޚުުގެ އަބުރާބެހުންފަދަނުހިގާކެއްކަމުގައިވާނަމަ އަނިޔާލިބުނުކަމަށްބުނާ އަންހެންމީހާއާމެދު
    ހަރުކަށިފިޔަވަޅު އަޅާނެކަންޔަގީންވޭ