ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސް ސްކޫލްތަކާއި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ޒަކާތު ފަންޑުން ދޭން ނިންމި 1.5 މިލިއަން ރުފިޔާގެ ދޫކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ފައިސާ އެތަންތަނަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން ދިން ފައިސާއެއް ކަމަށެވެ.

މި ފައިސާ ދޫކޮށްފައިވަނީ އެހީއަށް އެދުމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކަށެވެ.

އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ދޫކުރި އެ އެހީއަށް އެދުނު ފަރާތްތަކުގެ ތެރެއިން ފައިސާ ދޫކޮށްފައިވަނީ 48 ފަރާތަކަށްކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އެހީ ދޫކުރާ ފަރާތްތައް ކަނޑައަޅާފައި ވަނީ އެހީ ދިނުމުގައި އަމަލު ކުރުމަށް ކަނޑައެޅި އުސޫލުގެ ތެރެއިން އެންމެ ގިނަ މާކްސް ހޯދި ފަރާތްތައް ބެލުމަށް ފަހު އެވެ.

އެ ފައިސާގެ އެއް މިލިއަން ރުފިޔާ 25 ޕްރީ ސްކޫލަކަށް ދޫކޮށްފައިވާއިރު، ފަސް ލައްކަ ރުފިޔާ ދޫކޮށްފައި ވަނީ 23 ޤުރުއާން ކްލާހަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޒަކާތު ފަންޑަކީ ކަލޭމެން ނާޗަރަންގީ ކުޅެންވެގެން އޮތް ފަންޑެއް ނޫން. ނަމަވެސް ހުރިހާ ފަންޑެއް ކައި ހުސްވީމަ ދެން ބާކީ އޮތީ އެފަންޑު ވީމާ ތި ފެށީ

  2. ސަތޭކަ އެކާވީސް

    ކޮވިޑަކީ ޕްރައިވެޓް ޕްރީ ސްކޫލްތަކަށް އައި ޢީދެއް. ބަރާބަރަށް ފީ ދައްކަންޖެހުނު. ޢޮންލައިންކޮށްވެސް ކިޔަވާދިނީ ކުޑަ ވަގުތުކޮޅަކު ހިތައް އެރި ދުވަހަކު. ބަރާބަރަށް ފުލްކޮށް ފީ ދައްކަން ޖެހުނު. މިކަންވެސް ބަލާނެ ބަޔަކު މިޤައުމުގަ ނެތް.

    2
    1