ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދުރަށް ޖެހިވަޑައިގަތީ ކަޅުވަކަރު މިސްކިތް ނެގުމުން ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެެވެ.

ކަޅުވަކަރު މިސްކިތް ރާވައި މަރާމާތު ކުރުމަށް ފަހު އެ މިސްކިތް މިއަދު ވަނީ ހުޅުވާފައެވެ. އެ ތަން ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ސަލްޓަން ޕާކުގެ އިރު ދެކުނުގައި ހުއްޓައި ކަޅުވަކަރު މިސްކިތް ރޫޅާލައިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުގެ ތެރޭގައި "ރަސްރަނި ބަގީޗާ" ގާއިމްކުރުމަށެވެ.

މި ސަރުކާރު ވެރިކަަމަށް އައިސް އަލުން އެ މިސްކިތް ރާވައި ބެހެއްޓުމުގެ މަސައްކަތް ފެށިއެވެ. އެ މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުމްނާ ވިދާޅުވީ، މިއަދު ކަޅުވަކަރު މިސްކިތް ހުޅުވުނީތީ ވަރަށް އުފާވާ ކަމަށާއި، މިއަދަކީ އެ މިސްކިތް ހުޅުވުމަށް ވަރަށް މުނާސިބް ދުވަހެއް ކަަަމަށެވެ.

"އެހެނީ މި މިސްކިތުން ދައްކައިދެކީ ރާއްޖޭގެ ޒަމާންވީ އިސްލާމީ ތާރީހް، އަދި ރާއްޖޭގައި އެއިރު އުޅެމުން ދިޔައީ ކިތަންމެ ނިކަމެތި ކަމުގައިވިޔަސް މިސްކިތްތަކުން މިފެނިގެން ދިޔައީ ދިވެހިން ކުރި އިހުތިރާމާއި ލޯބި، އެ ގަދަރު". ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، އެއިރުވެސް ހުނަރުވެރިކަމާއި ފަންނުވެރިކަމާއި އެކީ މިސްކިތްތައް ބިނާކުރިކަން ކަޅުވަކަރު މިސްކިތުންނާއި އަދި މި ނޫންވެސް އެހެން ހިރިގަލުގެ މިސްކިތްތަކުން ފެނިގެންދާ ކަމަށެވެ. އަދި މި މިސްކިތް އެކި ފަހަރު އެކި ތަނަށް ބަދަލުވި ކަމަށާއި، އެކި ޒަމާންތަކުގައި މި މިސްކިތް ބެލެހެއްޓެވި ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

"ރައީސް މައުމޫން އެންމެ ފުރަތަމަ ރައީސް ކަމާއި ހަވާލުވެޑައިގެން މި މިސްކިތް އަނބުރާ ގެންނަވާ ސަލްޓަން ޕާކުގައި ބެހެއްޓުމުގެ މަސައްކަތް ކުރެއްވި، އަދި ހަމަ ރައީސް ނަޝީދުގެ ދައުރުގައި މިސްކިތް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރެއްްވި، މި ހރިހާ ދައުރުތަކެއްގައި އަދި އެކި ޒަމާންތަކުގައި އަޅޫގަނޑުމެންގެ މިފަދަ މިސްކިތްތަކާއި ސަގާފީ ތަރިކަ ރައްކާތެރި ކުރުމަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ އެންމެހާ ބޭފުޅުން ހަނދާންކޮށް އެބޭފުޅުންކޮށްދެއްވާފައިވާ މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު ދަންނަވަން އެބަ ޖެހޭ". ޔުމްނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާހިސާބަށް އައީ ވަރަށް ގިނަ ގޮންޖެހުންތަކާއި އެކުގައި ކަމަށެވެ. އެގޮތުން އޭނާ ރައީސް ޔާމީންގެ ސަރުކާރުން ވަކިވި ސަބަބުތަކުގެ ތަފްސީލުކޮށް ކިޔާދެއްވިއެވެ.

"އަޅުގަނޑު 2016ގައި ސަރުކާރާއި ވަކިވެ ދިޔައީ ހަގީގަތުގައިވެސް މި މިސްކިތް ރޫޅާޅައި ނަގަން ނިންމި ހިސާބުން. އެއިރު އަޅުގަނޑު ހުންނެވީ ޑިޕާޓްމެންޓް އޮފް ހެރިޓޭޖް ހިންގުމާއި ހަވާލުވެގެން. އެހެން ނަމަވެސް މި ސަގާފީ ތަރިކަ ރައްކާތެރި ނުކުރެވޭ ގޮތަކަށް އެތާ ހުރުމުގެ ބޭނުމެއް ނެތް ކަން އަޅުގަނޑަށްވެސް ފާހަގަކުރެވުނު". ޔުމްނާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ސަގާފީ ތަރިކަ ޒަމާނީ ތަރައްގީއާއެކު އުވިގެން ނެތިގެން ދާން އޭނާ ބޭނުން ނުވާ ކަމަށާއި އަދި ދެމެހެއްޓެނެވި ތަރައްގޫއެއް ގެނެވޭނީ އަމިއްލަ ވަންތަކަމާއި، އިސްލާމް ދީނާއި، ސަގާފަތާއި ފަންނަނުވެރިކަން ހިމަނައިގެން، އެއާއި އެކުގައި ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އ . ޖ . އ

    👏🏾👏🏾👏🏾👏🏾👏🏾

    7
    24
  2. ޠަލް

    ޜަގަޅުކަމެއކޮފި

    11
    17
  3. ޠަލްސަ

    ޜަގަޅުކަމެއކޮފި އޮޅިގެންނަމަވެސް

    12
    19
  4. މާމީ

    ނިކަން އިސްތިއުފާދީބަލަ މިސަރުކާރުން ގުރުއާނާ ހަޖޫޖަހާ ރަސޫލާއައް ފުރައްސާރަކޮއް ރިޕޯޓުނެރުނު މީހުނައް ސަރުކާރުގެ މަތީވަޒީފާ ތައްދީ ރައްޔިތުންގެ ޓެކުސްފައިސާއިން ބޮޑުމުސާރަ ދޭތީ.. ނުކެރޭނެ..

    133
    4
  5. ދޮންކޮއްކޮ

    ޔުމްނާ ދޮގުނުހަދާ. ޔުމްނާއަކީ ކަޅުވަކަރު މިސްކިތް ސަލްޓަންޕާކު އިން ނަގަން ސަރުކާރުން އެކުލަވާލި ޓީމުގެ އެކަކު. ޔުމްނާގެ މޭސްތިރިކަމުގެ ދަށުން، ކަޅުވަކަރު މިސްކިތް ހުޅުމާލެ އަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ. ހުޅުމާލޭގައި މިސްކިތް ބަހައްޓާނެތަން އައިޑެންޓިފައިކުރުމާއި ކުރެހުން އެޕްރޫވްކުރީ ހެރިޓޭޖް ޑިޕާޓްމަންޓް އަިން ޔުމްނާ. މިސްކިތް ރޫޅާލީ ޔުމްނާ އިސްކޮށްހުރެ. މިސްކިތް މިޔުޒިއަމްތެރޭ ސްޓޯރޭޖްކުރަން ނިންމީ ޔުމްނާ އިސްކޮށް ހުރެގެން. އެއަށްފަހު ގދ.ތިނަދޫ އަށް މިސްކިތް ގެންދަން، ތިނަދޫ އަށް ދިޔަ ވަފުދުގަވެސް އިސްކޮށްހުރި އެކަކު. ޔުމްނާ އިސްތިއަފާދިނީ މާފަހުން މައުމޫނާއި ޔާމީނާ ދެމެދު އުފެދުނު ޕޮލިޓިކަލީ މައްސަލަގަނޑުތެރޭގަ.

    113
    2
    • ނަސްރީނާ

      ރައީސްމީހާޔާ ބުއްޅަބޭ ހިތް ހަމަޖެހޭ ވާހަކައެއް ދައްކަން އެބަޖެހޭ އެހެންވީމަސްޓޯރީއެއް ހަދާލީ ލަދުހަޔާތްމަދުވާނީ ތިޔަކަންހާ ވަރަށް އަދި ކަމަނާ ކަންތައް ކުރެއްވި ގޮތްހަނދާން ނެތޭހާ ދުވަހެއް ވީކީނޫން

      43
      2
  6. ޕޮޓް

    ތިއޮތީ މުޅިދުނިޔޭން ބޭރުވެފަހުރި އެއްޗެއްހޯދާ އިންސްޓޯލް ކޮށްފަ! 300 އަހަރުގެ ތެރޭގަވެސް ބަޔަކަށް ނުކުރެވޭނެ ބިޔަ ޕްރޮޖެކްޓެއް ތިޔަ އޮތީ 2 އަހަރު ތެރޭ ނިންމާލާފަ! ޔުމްނާ ގަދަ އިނގޭ!

    71
    7
  7. ހާމިދު ޝާހިދު

    އެހެންނެއްނޫން ކަމަނާ ވީކީ! ވެރިކަމާ ބޫތު ކައިގަނެގެން ވީކަމެއް. ކޮށްކޯފުޅު ފާރިޝް އަށް ނައިބްރައީސް ކަން ނުދިނުމާއި، ޕާޓީގެ ބާރުތައް ބައްޕާފުޅުގެ މުށުތެރެއަށް ނުލެއްވިގެން އެކަމާ ހަދާނެގޮތް ބޮޑުވެގެން ވީކަމެއް ތީ. ތި މިނިސްޓްރީއަކީ އާޓިސްޓުންނަށް، ލަވަކިޔުންތެރިންނަށް ތާރީހު ދިރާސާ ކުރާފަރާތްތަކަށް، ތަރިކަ ހިމާޔަތް ކުރާ ފަރާތްތަކަށް މާ މުހިންމު މިނިސްޓްރީއެއްނޫން. ތިއީ، ދައުލަތުގެ ރިސާރޗް ސެންޓަރަކުންވެސް ކުރެވިދާނެ މަސައްކަތްތަކެއް.

    50
    2
  8. ކޮވިޑް

    "އަދި މީގެ އިތުރުން، ސަގާފީ ތަރިކަ ޒަމާނީ ތަރައްގީއާއެކު އުވިގެން ނެތިގެން ދާން އޭނާ ބޭނުން ނުވާ ކަމަށާއި އަދި ދެމެހެއްޓެނެވި ތަރައްގޫއެއް ގެނެވޭނީ އަމިއްލަ ވަންތަކަމާއި، އިސްލާމް ދީނާއި، ސަގާފަތާއި ފަންނަނުވެރިކަން ހިމަނައިގެން، އެއާއި އެކުގައި ކަމަށް ޔުމްނާ ވިދާޅުވިއެވެ. " އަމިއްލަ ވަންތަކަމާ އިސްލާމް ދީން ދިއާޢު ކުރާ ސަރުކާރެއްގަ ތި ހުރެވެނީ... ބައްޕާ ފުޅުވެސް ވީނު 30 އަހަރުގެ ބާނީ އޭ ކިޔާފަ ފިރުއައުނު ބާއްވާފަ އޮތް ގޮތަށް ދާރުލްއާޘާރުގަ ބައިންދަން؟ އޭރުން ފަތިރުވެރިން އަންނާނެ ހުދުމުހުތާރު ވެރިޔާ ( އެމް.ޑީ.ޕީ މީހުންގެ ބަހުންނަމަ) ބަލާލަން ،

    35
    3
  9. ޞަފު

    މިސްކިތް ވާހަކަ ދައްކަން މީކާކު ނަމާދުވެސް ނުކުރާ މީހެއް. އަދިވެސް ދުވާނީ ޔާމީނުގެ ފަހަތުން.

    44
    2
  10. ޢައުރަ

    ޢައުރަ ނިވާނުކޮށް އުޅޭ މީހުން މިސްކިތޭ ކިޔާކަށް ލަދެއް ނުގަނޭބާ؟

    46
    2
  11. ސަމީ

    އެއީ މިސްކިތަކަށްވީމަތަ ނޫނީ އެއީ ތާރީޚީ ތަނެއްވީމަ ތަ ވަކިވީ، ބަލަ ދީނަށްފުރަސާރަ ކުރާ ބައިގަނޑަކާ ގުޅިގެން ތިޔަ އުޅެނީ މިހާރު މާ އައުލާކަން ބޮޑެއްނު ތިޔަ މަޤާމު ދޫކޮށް ދާން .
    ދެން ތިޔަ މަޤާމުން ވަކިވީ ތާރީޚަށް ވާލޯތްބެއްގެ ބޮޑުކަމުން ކަމަށްވާނަމަ، ތިޔަމީހާވާނީ ތާރީޚަށް ލޯބިކުރާ މީހުންގެ ބަޔާ އެކު

    42
    2
  12. ހުސޭނުބޭ

    މިއީވެސް މުރަގަ ގަސްދޮށު މާލިމީގެ ވައްތަރެއް! މިއީ ކަޅުވަކަރު މިސްކިތު ވަޒީރު! ބޮޑު ވުޒާރާއެއްގައި އަހަރަކު އެތައް މިލިއަނެއް ހުސްކުރާއިރު އަދި ކަޅުވަކަރު މިސްކިތް ނޫން އެއްޗެއް ނުފެނޭ! ނުއިވޭ! ހައްހައްހައްހައް

    31
    1
  13. ތޮރާ

    ތިވަރަށް އިސްލާމީތަރިކަ ރައްކުރަންބޭނުންމިހަކުނަމަ ލާދީނީ ބައިގަނޑަކާއެކު ކަމަނާ އާއި ބައްޕަ ފިޅުނުއުޅުއްވާނެ ކޮންވާހަކައެއް ދައްކާކަށް

    30
    2
  14. ހަގީގަތް

    މިސަރުކާރުން ދީނަށް ފުރައްސާރަކުރާތީ އިސްތިއުފާދީބަލަ! ކަބޮލޮތއީ މުސްލިމަކަށް ވަޏްނާ

    23
  15. ޖިންނި

    މަންޖެގެ އައުރަ ނިވާވެފަ ހުރި ވަރުންވެސް އެނގޭ މިސްކިތްތައް ދެކެ ލޯބިވާނެވަރު

    22
  16. ނިޒާމު

    މިސްކިތޭ ކިޔައިގެން ފިތުނަ އުފައްދަން މަސައްކތް ނުކޮށް ލަދުކުޑަ އައުރަ ނިވާކޮށް މީހުންތެރޭ އުޅެން ދަސްކޮއްބަލަ...ތިއުޅުން ދޫކޮށްބަލަ މާދަމާވެސް ލޯމަރާލަން ޖެހިދާނެ ދެއްތޯ..

    20
  17. ޑރ. ރާމީ ޙަސަން މަނިކު މ. ވައިނުޖެހޭގެއާގެ

    މައުމޫނު ގެ ދަރިންނަކީ ސަރުކާރަށް ބަލަދު އަރާ ބަޔަކީ ތަ، ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށް އަހަރުމެންގެ ޖީބުން ބޮޑު ސިންގާ މުސާރަ އެއް ގެންދަން ؟ މި މަޤާމް އަކީ ޔުމްނާ ގެ ގަޔަށް ފަހާފަ އޮތް ހެދުމެއް. ވާހަކަ އަކީ ޓޭލަރމޭޑު މަޤާމެއް. މީނާ ގެ ކޮންޝައެންސް (ލޮމީރު) އޭ ކިޔާ އެއްޗެއް އޮވޭބާ ހިތަށް އަރާ، އަތް އުރާލައިގެންހުރެފާ މުސާރަ ގެންދަން. ލަދުގެ ކަންފުޅެއްވެސް ނެތީ. ލޮމީރެއް ނެތިއްޔާ އެކިޔާނެބާ އިންސާނަކަށް ؟ ޢާއިލީ ކަމެއްކަށްނޭގެ. ޙަރާމެއް ޙަލާލެއް ނުބަލާ ފައިސާ ލިބެނިކޮން ހިތްހަމަޖެހެނީ.

    19
  18. ރަދީފް ހުސެން

    މަގާ މުގެ ދިފާއުގަ ކޮން މެ އެއްޗެއްވެސް ކިޔިދާނެ. ރ.ޔާ މިން ސަރުކާރުން ވަކިވީ ފިރި މީހާގެ މަސްލަހަތު އޮން ބިގް ކުންފުންޔައް މަންފާހޯދައިދޭން ޔާ މިނު ދެކޮޅުހެދީ މަ.

    19
  19. އައްޑޫ މީހާ

    ދޮގު ނަހަދާ އޭރުގައި ތިޔަހެނެއް ނުބުނޭ ބަލަ ތިޔަ ހާވާ ހަޑިތަކުގެ ރެކޯޑިންގ އެބަހުއްޓޭ ތާރީހައްޓަކައި ރައްކާކުރެވިފައި އޭގެން އެގެން ހުންނާނެ

  20. ހޭޖެހޭ

    ނަމާދެއް ނުކުރެވުނަސް ކަޅުވަކަރު މިސްކިތް ހެދޭތޯ ބަލާތި 😠 ..

  21. އަލިމަނިކު

    އަބަދު ތިކަމަނާމެން ދައްކަނީ މާލޭގައި ހުރި މިސްކިތަކުގެ ވާހަކައެވެ. ރާއްޖެ ތެރޭގައި ހުރި ތިފަދަ މިސްކިތްތައް ވީރާނާވެގެން ދަނީއެވެ. ރ.މީދޫގައި ހުރި އަސާރީ މިސްކިތައް ބައްލަވާލައްވައި މީގެ 17 އަހަރު ކުރިން އޭރުގެ ތާރީޚާ ޘަޤާފަތާ ބެހޭ އެންމެ އިސްބޭފުޅާ ވިދާޅުވީ ވަރަށް އަވަހަށް މިސްކިތުގެ އަބާތުރަ ފިލުވާލައި ޒަމާނަށް ދެމިހުން ގޮތަކަށް ހަދާނެކަމަށެވެ. ނަމަވެސް މއަދާ ހަމައަށްވެސް އެއްކަމެއްވެސް ނުވެއެވެ. މީޑިއާ އަށް ރީތި އަޑުތަކެއް އަރުވާލުމުން ނިމުނީތޯއެވެ. ކޮންމެ ސަރުކާރެއްއޮތަސް ހަމަ ދިވެހިންނެވެ. ދިވެހި ތަރިކައެވެ.

  22. ކަޅޭ ކޮޅޭ

    ކަޅުވަކަރު ޔު މްނާ

  23. ބޮލި މުލައް

    ކޮއްކޮއަށް ނައިބުރައީސްކަން ނުދީގެނޭ ބުނަން ލަދުގަތީތަ؟

  24. ސަޒާ

    ޔާމީނޭ ކިޔާއިރު ބަލަ އެއީ ބޮޑުބޭބެ. ދީނޭ މިސްކިތޭ ކިޔާއިރު ދީނުގައި އާއިލީގުޅުމަކީ ވަރަށްމަތިވެރި ގުޅުމެއް. އެހެންނަމަވެސް އާއިލީ ގުޅުން ކަނޑާ ލާދީނީ ބަޔަކާ އެކު އުޅެން ލަދުނުގަނޭތަ

  25. މިގޭ

    ނިކަން އިސްތިއުފާދީބަލަ މިސަރުކާރުން ގުރުއާނާ ހަޖޫޖަހާ ރަސޫލާއައް ފުރައްސާރަކޮއް ރިޕޯޓުނެރުނު މީހުނައް ސަރުކާރުގެ މަތީވަޒީފާ ތައްދީ ރައްޔިތުންގެ ޓެކުސްފައިސާއިން ބޮޑުމުސާރަ ދޭތީ.. ނުކެރޭނެ.. އެހެންވީމާ ބުރުގާވެސް ނާޅާއެއިނީ ///////

  26. ކަޅުފޮށި

    ކަޅުފޮށި އުފުލި މީހާގެ އަނބި މީހާ .... ފިރި ކަލުން ކަޅު ފޮށި ނޫފުލާ ކަމަކަށް ނުވާނެ ކޮބައިތަ ގައުމުގެ ނައިބު ރައީސްކަން ނުލިބެގެން ބައްޕަ ކައިރީ ރުއި ކުއްޖާ ދެކޮޅުން ކޮޅު ކެހި އެމް އާރު އެމް އަށް އެންމެ ގޮނިޑިއެއް ވެސް ނުލި ބުނީމާ އެނގޭ މިގައުމުގާ މައުމޫންގެ ސަޕޯރޓް ނެތްކަން ޕާރޓީގައި ކިރިޔާ ތިންހާސް މީހުން ހަމަ ވަނީ އެވަސް އައުލާދު މީހުން ލައިގެން

  27. ސަމްސިއްޔާ

    ކަމަނާ ދީން ދެެކެ ހާދަ ލޯބިވެއޭދޯ. އެންވިއްޔާ އައުރަ ނިވާކުރައްވާ ފުރަތަމަ