ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ވަޒީރުންނާޢި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް އަލުން ދިރާސާކުރުމަށް އާންމު ކޮމިޓީ އަށް ފޮނުވަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމްގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާއާ ޚިލާފް ކަމެއް ކަމަށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ތަކުގައި ނަގާ ވޯޓު ސިއްރުކުރުމަށް މަޖިލީހުގެ ޤަވައިދުގެ ތިން އިސްލާހެއް ގެނައިއިރު އިސްލާހު ގެނެސްފައިވާ މާއްދާތަކަކީ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާ އާއި ގަވާއިދުގެ 173 ވަނަ މާއްދާ އަށް އިތުރުކުރި ރ. އާއި 177 ވަނަ މާއްދާ އަށް ޅ. އިތުރުކުރުމަށް ގެނައި އިސްލާހެވެ.

ADS BY THE PIZZA MANIA

މި އިސްލާހުތައް އުވިގެން ގޮސްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

ADS BY ASTERS

Comments are closed.