މާލެ އާއި ހުޅުމާލެ ގުޅުވައިލުމަށް ހެދި ސިނަމާލެ ބްރިޖު ލޯން ދައްކާނީ، އެ ބްރިޖް އެޅުމަށް ބޭނުންކޮށްފައި ހުރި ބޮލްޓް އާއި ކޮންކްރީޓަށް ބެލުމަށްފަހުގައި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާއަށް ދައްކަން ޖެހޭ ފައިސާ ބަޖެޓްގައި ޖަހަން ޖެހުމުގެ ސަބަބުން ބަޖެޓް ވަރަށް ބޮޑަށް "ހުތުރު" ވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޖެޓްގައި ދަރަނި ދައްކަން ޖެހޭ ފައިސާ ޖެހި ނަމަވެސް އެއީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި އިގްތިސާދުގައި މިއަދު ފައިސާ ނެތް ކަމަށާއި ދެން ޖެހޭނީ ދަރަންޏަށް އަލުން ފައިސާ ހޯދައިގެން އެ ދަރަނީގެ ފައިސާާ ދައްކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ހާލަތުގައި ވެސް ދަރަނި ދައްކަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ދަރަނިތައް ދެއްކުން ފަސްކުރެވި ބައެއް ދަރަނި ކުޑަކުރެވިގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ލޯނު ނަގައިގެން އުފައްދާފައިވާ އުމްރާނީ ތަރައްގީގެ ބިނާތައް ހުރީ ނެގި ލޯނަށް ވުރެ ދެބައި ކުޅަ އެއް ބައި އަގަށް ކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ގާއިމް ކޮށްފައިވާ މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނިމާލެ ބްރިޖަަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދަރަނި ދައްކަވާނީ ނެގި މިންވަރަށް ކަމަށެވެ. އަދި ލޯނު ދެއްކުމުގެ ކުރިން ބްރިޖަށް ހޭދަކުރި މިންވަރު ހޯދާނެ ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ބަލަން އެބަ ޖެހޭ ތި ބްރިޖްގައި އޮތީ ކިތައް ބޯލްޓްތޯ. އެއަށް ހަގީގަތުގައި ދިޔައީ ކިތައް ޓަނުގެ ކޮންކްރީޓްތޯ ބަލަން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނެގި އެއްޗެއް ދައްކާނަން، ރަތް މަސް ތެއްޔަކަށް ރަތް މަސް ތެއްޔެއް ދޭނަން، އެކަމަކު އިތުރަކަށް އެންމެ ލޭ ތިއްކެއް ވެސް ނުދޭނަން،" ރައީށް ނަޝިދު ވިދާޅުވިއެވެ.

ޗައިނާއަށް ދައްކަން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރަކީ "ދަރަނީގެ މަޅި" އެއް ގޮތުގައި ނަޝީދު ސިފަ ކުރައްވައެވެ. އެ މަޅިން ސަލާމަތް ކުރަން ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. ބުރުގާ

    ކުޑަކުޑަ ކަނޑައެއް ޑައިނަސޯރެއްގެ ތެރެއެއް ގެޅިގަނެގެން އުޅޭވައްތަރު ފެނިފަ ހިނިއަންނަނީ ހަމަ.

    138
    2
    • ޜާނާ

      ކަނޑަ އެއްވެސް ނޫން ހިންޏެއް ހިނިއަންނަނީ މީނަތެޅިތެޅި ހުޅުނބމު ދަނީ އެވެރިން ކަހާ ތަން ހިރުވާ ވެސްނުލާ މިކަހައިރުވަކު ހިތަށްއަރާ ތޯއްޗެ މިކުރެވެނީ ވަރަށް މޮޅު ކަ މެކޭ

      25
      1
  2. ބަބޫ

    އަޅެ ދިވެހިން މޮޔައީތަ؟ ތިޔަ ބުރިޖުގެ ލާރި ދައްކާކަށް ސަރުކާރަކަށް ނުޖެހޭނެ. ޔާމިނު އޮތީ ބުރިޖަށް އަރާ މީހުން އަތުން ކުޑަ ފީ އެއް ނަގާގޮތަށް. އެއިން ބުރިޖަށް ލާރި ދެެއްކޭނެ. 7000 ފްލެޓަކީ އެތަނަށް ވަންނަމީހުން ދައްކާނެ އެއްޗެއް. ދަރމަވަންތަ ހޮސްޕިޓަލަކީ އެތަނަށް ވަންނަ ފައިސާއިން ލޯނުދެއްކެން އޮތް ތަނެއް. ދަރަންޏޭ ބިހު ތޮއްޓޭ ކިޔައިގެން ހެއްދޭނީ މޮޔައިން. ޔާމީނު ކަންތަށްއަށް ރޭވީ ވަރަށް ބެލެންސްކޮށް. އަޅެ މިކަމާ ވިސްނަބަލަ.

    168
    6
    • ޕުތުރީ

      ނުވިސްނޭނެ. ޥިސްނޭނީ ސިކުނޑި ކިޔާ އެއްޗެއް ހުރިނަމަނު

      61
      1
  3. ޢަހަންމާ

    މީ އަޅެ ހަމަ މީހެއްތަ. ދިވެހި ރައަޔިތުން ބުރާންތި ވެގެންތަ މީނަ މަޖްލިހައް ވެއްދީ.

    138
    4
    • ޢުނބުޝޭމް

      ބުރާންތިން ތިބި ތަނަކުން ނާނީ ވެސް ހަމަ ބުރާންތިން. ޙައިވަކަރު އޮޑިޔެއްނޫން

      39
  4. އެމީހާ

    މިވަރުގެބީތާއެއް އެހެންއެއްވެސްތާކުން ދެކިވަޑައިގެންނެވިބޭފުޅަކުއެބަހުރިތޯއެވެ.

    127
    4
  5. ޥައްޖީ

    ކޮސް ގޮވަން ފަށަައިފި

    114
    1
  6. މުހައްމަދު

    ހެޔޮ އެއްގޮތެއްވެސް އޮން މީހެނޫންތީ..

    107
    1
  7. ކަޅުބެ ކިނބޫ

    ޖީއެމްއާރަށް ގަވައިދާއި ގާނޫނުތަކާހިލާފަށް ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވިއްކާލި ފައިސާ ބަޖެޓުގައި ހިމަނަންފެނޭ އެފައިސާތަށްކޮބާ އެފައިސާހޯދައި ބަޖެޓުގައި ހިމަނައިފިނަމަ ބަޖެޓު ހަޑިވި ތަން ފޫބެދި އާރޯކަން ލިބޭނެ...........

    115
  8. ޖހހ

    ކަލޯ މުލިން ހަލާކުވެގެން ދަނީ ތިޔަފަދަ ގަދަ ބަސް ބުނާތީ. އިންޑިޔައިން ނަގަނީ ދަރަންޏެއް ނުންތަ. ކަލޭތި ދެން މިހަރު މިހެއް ނުން

    108
    2
  9. އެނގިއްޖެ

    ނުކުރެވޭނެ އެއްކަމެއްވެސް ހުސްއަނގަތެޅޭނީ ތީއަނގައިން މެޓަހިލާބައެއް ކަލޭމެންނައްކެނޑޭނީ ފޮނި ކުރެވޭވަރުގެ މީހުން ބައިސާއެއްނުކަނޑާނެ ކަންކޮއްފަދައްކާނީ ކުރެވޭވަރުގެމީހުން އެހެރީކޮއްފަ ދައްކާފަ

    88
  10. ޙހަހަ

    މަރުމޯލު

    80
    1
  11. ވެރިން

    މިއިނދަ ބު ރާންޗާ ކިތައްމެ ވަ ރަކަށް ބެއްޔަށް ނޭގޭނެ، ކަލެއެއްނޫން ބުނީ ބް ރިޖް ނޭޅޭނެ ޔޭވެސް

    99
    2
  12. ރާއްޖެ

    ކިހާ ބޮޑު މުސީބާތެއް މިއީ؟

    92
    2
  13. ސާމިޔާ

    ހަމަގައިމުވެސް އިންޑިއާއިންޖަހާ އިލޮށްޓައްވު ރެންމޮޅޮވާނެ!!!

    87
  14. ސްނޭޕް

    ރަނގަޅު.،. ބާކީ ޔާގުންޑޭ ބޮލަށް ޖަހާ

    16
    88
  15. ޙުސެންދީ

    ކައެއަށް ފެނޭދޯ ބްރިޖް

    91
    2
  16. ޢަދުރޭ

    މީ. ދިވެހި . ރައްޔިތުން .ގުނބޯ . ހައްދަން ..ދައްކާވާހަކަ . . ބަޔަކު .މީހުން ..މަކުނެއްވެސް .. ނަގާ މަޖުލީހަށް ..ލީމަ .ކޮންމެސް ..އެއްޗެއް . ކިއައިގެން. ސަމާލުކަން ..ގެއްލި ދިޔަ ނުދީ .އުޅޭނެތާ

    86
    2
  17. ޢެންސަސް

    ކަލެއަށް އެގޭތަ ވޯލްޓް ކިޔަން ރޯބު އެދުތު

    60
  18. ކުށިމާނަކަރާ

    ދެން ޕީޕީއެމް އަށް ވެރިކަން ލިބިއްޖެއްޔާ އެއްމެ ފުރަތަމަ އަޅާނީ މެންޓަލް ހޮސްޕިޓަލެއްް ދެން މެންޓަލް ބަލި މީހުން ބަލަހައްޓާނެ މަރުކަޒެއް،

    79
    1
    • ރައްޔިތުމީހާ

      ޚާއްސަކޮށް މަޖިލީހުގައިތިބި މޮޔައިންނަށް.

  19. ކޮވިޑް

    ތި އުޅެނީ ބްރިޖް އަޅާނެ ގޮތް ނޭގިގެން. ކެކެކެކެކެކެކެ

    75
    2
  20. Anonymous

    ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް އިންސާނެއް މިއީ. މި ކަލޭގެ ކިބައިން އަޅަމެންގެ ގައުމު ސަލާމަތް ކުރައްވާނދޭވެ. އާމީން.

    92
    2
  21. ޖާޑި

    ކަންކަން ކޮއްފައެހުރީ އެކަމައް ގާބިލް ވިސްނޭ ކަމުގެ ފަންނީ މާހިރުން ތަނެއްދޮރެއް ނުދަންނަބަޔަކް ވެރިކަމައް އެރީމަ ދެންވާނެ ހައެތިމިދަނީ ގައުމައް ވަމުން

    86
    2
  22. އިބްރާހީމް

    ހަމަ ހިނިއަންނަނީ......................

    55
    1
  23. އެލިކޮސް

    ސިއްރުސިއްރުން ދަރުމަވަންތަ ވިއްކާލަން އުޅެނިކޮށް ފަޅާއެރުމުން އިބިލީހުގެލާހިދަރި ޗައިނާއާއި ފޮށިގަނެގެން ރައްޔަތުން އޮޅުވާލުމަށް ބަނޑުކެނޑެނީ.

    56
    1
  24. އައްޑޫ ލެއި

    މީ ހަމަ ހަގީގަތުގައިވެސް މިގައުމަށް ޖެހިފަ އޮށް ބޮޑު މުސީބާތެއް. މީނަގެ ކިބައިން މިގައުމާއި ރައްޔަތުން ސަލާމަތް ކުރަށްވާށި އާމީން

    73
    1
  25. ޙާކިމާ

    ރާއްޖޭގެ މީހުންގެ ބީތާކަން ބޭރުމީހުންނަށް މިފެންނަނީ

    55
  26. އަލީ

    މި ސީދިބޭ ކިބައިން ފިއްލުވައިފާނދޭވެ

    58
    1
  27. ބޮޑު ފަރަންޖީ

    މި ސީދިބޭ ކިބައިން ފިއްލުވައިފާނދޭވެ

    41
  28. ވެރިން

    އެއްޗެކޭ ކިޔާއިގެން މިހާ ރު ތިއުޅެނީ އިންޑިޔާ އަށް ބް ރިޖް ފޯމިއުލާ ހޯދަދޭން ވެގެން

    59
  29. މުސްތަފާބެ

    ރައީސް އަކީ ވަ ރަށް ބޮޑަށް ދޮގު ހަދާ މީހެއް، ކު ރިންބުނި އެއްމެ ރިޒޯޓް އަކާ ލެޕްޓޮޕަކުންވެސް ސަ ރުކާ ރު ހިންގޭނެ ކަމަށް.

    44
    1
  30. އަހުމަދު

    ބޯލްޓާއި ނަޓު ވަކި ކުރަން ނޭގޭ މީހަކަށް ކޮންކަމެއް ވާނީ ވަކި ގައުމަކަށް ބަރޯސާ ވެގެން އެހީ ހޯދާތީ ޗައިނާއިން ޗުއްޕުވެސް ނުބުނޭ އެކަމު އޮޑިޓަރ ޖެނަރަލް އެބުނުއްވަނީ މިކަމުގެ ހިތި އަންނަ އަހަރު ފެންނާނެއޭ މިއަހރުވެސް ލިބުނ 60 ޕަސެންޓޭ އެހީގެ ގޮތުަގައި އިންޑީޔާގެ މަކަރުގައި ކަލޭ ޖިހި ފިތިފައި

    50
    1
  31. ކާފަބޭ2020

    ތިޔައުޅެނީ ބުރިޖުސާވޭކުރަން އިންޑިއާއަށްދީފަ ބޮޑުލާރިގަނޑެއްކާލެވޭނެގޮތެއްރާވަން! މިހާރުވެސް ބުރިޖުއަޅާނަމުގަ ސާވޭކޮށްނިންމާފަ ފައިސާހޯދޭނެގޮތާހުރިހާކަމެއްނިންމާފައޮތްތަނަކަށް އެސާވޭގޯސް ކަމަށްހަދާފަ އަލުންހަވާލުކުރިފަރާތުންކިހާވަރެއްގެ ދަމިލައެއް ހިލުނުތޯ؟

    36
    1
  32. އަބްދޫ

    އަފްރާސީމް އާއި ރިޒްވާނު މައްސަލާގަ ނަސީދު ޒިންމާކުރުވުން އަދި އޮތީ

    25
  33. އާބިދާ

    ކޮވިޑް 19 އަށްވުރެ ބޮޑު އަދި ނުބައި ވަބާއެއް ކަމުގައި ނޫނީ ކެނެރީގޭ މި ޝައިތާނު ނުވެއެވެ.

    29
  34. ހުސޭނުބޭ

    ހަމަހޭގައި ހުންނަ ވަގުތުކޮޅެއްގައި ބުރިޖަށް އަރާފައި ބޭނުންކޮށްފައި ހުރި ބޯލްޓްތައް ގުނާލަންވީނު!

    27
  35. Anonymous

    ރަގަޅަށް ތިބުނީ މައްޗަންގޯޅިން މިކަލޭހޮވި މިނާައަށް ވޯޓުދިން އެންމެންނަކީ ފައްކާ ބުރާންތިން

    31
    1
  36. ޕުތުރީ

    ދިވެހިން މާބަލާހިއްވާ އެއްޗެއް ޗަރުކޭސް. ޢެވެސް މަކުނު އުޅޭ

    23
  37. ބޭރި

    އަވަހަށް ތިބަޔަށް ބޭސް ކުރަން އިންޑިޔާ އަށް ވަޑައިގަންނަވާ

    20
  38. ކާނަލް

    މަގުމަތީ ހަރަކާތުގަ އުޅުނަސް ގައުމެއް ނުހިންގޭނެކަން ނަށީދު އިބޫއައް މިހާރު އެގޭނެ ރާކަނި ނަގަން އުޅުނަސް ވާނީތިވަރު ދުނިއޭގެ ބޮޑެތި ބާރުތަކުގެ ވެރިންދެކެ ޖެހިލުންނުވާ ޗައިނާއައް ގޮތެއްހެދިދާނެކަމައް ނަށީދު ދުނިއެއައް ދައްކަން އުޅުނަސް ގަބޫލުކުރާނެބަޔަކުނެއް ދެންވޯޓަކުން ރާއްޖޭގެ ވެރިކަމެެއްނުލިބޭނެ ޗައިނާމީހުނެއްނޫން އައްނިގެ ވެރިކަން ނިއްމީ ދިވެހިން މުގާބެގެ ހުތުރުވެރި ވެރިކަން ނިއްމި ގޮތައް

    22
  39. މަބޭ

    އަވަހައް އިސާންގޮވައިގެން ފީނާގަނޭ ބޯލްޓްގުނަން

  40. ގަޓު32

    މިއަދު މިސޮރު ހުރީ ވަރަށް ނައިސްވެފަ. ދެއްކޭނުދެއްކޭވާހަކަ ނޭގޭ !!!

    12
    1
  41. އަބްދޫ

    ބަލަގަ އިންޑިޔާމީހުނަށް ބްރިޖް އަޅަން ނޭގޭތީ ނަސީދު އުޅުއްވަނީ ބްރިޖަށް ބޭނުންކުރީ ކޮންކަހަލަ ދަގަނޑެެއްތޯ ކޮންކަހަލަ ސިމެންތިއެއްތޯ ބޭނުންކުރި ހުރިހާ މެޓީރިއަލް ސާފުކުރަން.ބަލަގަ ގަމާރާ ބިޑްނެގި ކުންފުނިންބިޑްނެގީ ސަރުކާރުން ހުށަހެޅި ކުރެހުމާއރެްގޮތަށްބްރިޖެއް އަޅަން މިތައްދުވަސް..އަގެއްހުށަހަޅައިގެން އެކޯޓޭސަނުގަ ދަގަނޑުގެ އަދަދަކާ ސިމެންތީގެ އަދަދަކާ ފެނުގެ ލިޓަރަކާ ކާބޯތަކެެްޗަށް ހަރަދުވާ ވަރަކާ މެސިނަރީ އާއި އިކްވިޕްމެންޓްގެ އަދަކާ މިންވަރެއް އޮންނާކަަށެއް ނުޖެހޭ.އަދި ލޭބަރުން ބޭނުން ކުރާވަރެއް އޮންނާކަށެއް ނުޖެހޭ.އެމީހުން ހަދާހިސާބު ހަދާނީ އެބްރިޖްގެ ނެޓް ފްރޮފިޓް ހޯދުމަށް ހަދާ އަމިއްލަހިސާބުގާ.އެއީ ތިގަމާރަށް ދޭންޖެހޭ އެއްޗެއްނޫން.

    14
  42. Anonymous

    މިއީ މުރުތައްދު މިހުރީ ރަނގަޅައްވެސް ބޮއެގެން

  43. ީ7777

    ގައުމު ދިރުވާލާފަ ކީކޭ މިކިޔަނީ. ލޯނު ނުވެސް ދެއްކޭނެ.ފަހަރުގަ ޔާމީން މިގައުމަށް ގެނެސްސަހުރި ތަރައްގީ ވިއްކާލާފަ ލޯނު ދެއްކިދާނެ.މުޅިންވެސް އޮޅުވާލުމާއި މަކަރު

  44. ކޮރަލް

    ފުރަތަމަ އަޅުގަނޑުމެން ބަލަން އެބަ ޖެހޭ ތި ބްރިޖްގައި އޮތީ ކިތައް ބޯލްޓްތޯ. އެއަށް ހަގީގަތުގައި ދިޔައީ ކިތައް ޓަނުގެ ކޮންކްރީޓްތޯ ބަލަން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ. ތިޔައީ މިހާރު ދައްކަން ޖެހޭ ވާހަކަ އެއް ނޫނެވެ. ކޮންމެ ސަރުކާރެއް އޮތައްސް ބޭރުގެ ދަރަނި ފައިސާ ދައްކަން ޖެހޭނެ އެވެ.

  45. އެހެން💪

    ނުލަފާ ޔާމީން ވަގު ގައުމު ވިއްކާލާފައި އެހުރީއެންނުން އަނގައޭ ކިޔަން😠😠

    • ވާނުވާ

      އޭނަހުރިނަމަ ރައްޔިތުންނަށް އަންގާނުލައި އެލާރިވެސް ދައްކާނިންމާނެ. ޖީއެމްއާރަށް ހުރިހައި ލާރި ދިންއިރު ދިވެހިން ހާލުގަ ޖެހުނުތަ؟

  46. ދޮގެއްތަ

    ހައްދަވައި ބޮޑުކިރެއްވި އިލާޚް. މީނާގެ އަނގައިގެ ބަލާއިންނާއި މީނާގެ އަހުވާނުންގެ ބަލާއިން މިޤައުމު ތާއަބަދަށް ސަލާމަތް ކުރައްވާންދޭވެ.. އާމީން!

    7
    1
  47. ސޮނިބެ

    މިކަހަލަ އެކަތި އެމެރިކާއިން ފާޅުވެގެން އުޅޭހަބަރު އެބަލިބޭ. އެހެންވީމަ މިހާރު މުޅި ދުނިޔޭގަ މީގެ 2 އެތި.

  48. ރައްޔިތުމީހާ

    މޮޔަ ނުގޮވާ މިޤައުމުން ބޭރުވެބަލަ. އެކި ޤައުމުތަކާ ޖައްސާލައިގެން މޮޔަވެގެން މި ޤައުމު އެންމެނާ ޖައްސާފައި މި ބޮޑުން ތިބޭނީ ގޮސް ތަންތަނުގައި ފިލައި. ހުރިހާ ދެރަޔަކާ ތަކުލީފެއް ރައްޔިތުންނަށް އަންނާނީ. ދުވަސްކޮޅަކުން މިޤައުމަށް ލޯނުގަނޑެއް ދޭނެ މީހަކުވެސް ނުވާނެ. ދެން ޖެހޭނީ އެބަޔަކު ބުނާ ގޮތެއް ހަދައިގެން ލާރިކޮޅުކޮޅު ހޯދަން. އެދަރަޖޔަށް މި ޤައުމު ގެންދިޔުން މީނަޔާ ލާދީނީ އެންމެންގެ ޙަޤީޤީ ބޭނުމަކީ. ޢޭރުން ދެން އެހެން ގޮތެއް ނެތޭ ބުނަންޖެހޭނެނު. ހުރިހައި ދަރަނިދައްކާފަވެސް ޖީއެމްއާރަށް ނުދެވޭނޭ ބުނި ލާރިގަނޑު ދީފަވެސް ބަޔަކު ކުރިހައި ކަންކަން އެހުރީ ފެންނަން. ދެން ބޯލްޓް ދޮންބެ އޮވޭ ބޯލްޓް ގުނަން.