ޕޮލިސް ވެހިކަލްތަކެއް - ފޮޓޯ: ވަގުތު އިމޭޖްސް

ރޭ "ވެސްޓަން ޔޫނިއަން"ގެ އޮފީހަށް ބަޔަކު ވަދެ، އެ އޮފީހުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައާ ގުޅިގެން އެ އޮފީހުގެ ކައިރީގައި ހަދަމުންދާ އިމާރާތެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ.

ADS BY OOREDOO

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ފުލުހުން ބަލައި ފާސްކޮށްފައިވަނީ ހ. ފޯ ވިންޑްސްގައި ހަދަމުންދާ 10 ބުރީގެ އިމާރާތެވެ. މި އިމާރާތް ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވެފައިވަނީ ބައެއް ހާއްސަ ހާލަތްތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ "ސްވޮޓް" ޓީމުންކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނުކުރާކަން އަދި ސާފުވާގޮތެއް ނުވެއެވެ.

ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވެސްޓަން ޔޫނިއަން އިން ފޭރިގަތް ފައިސާތަކުގެ ތެރެއިން 1،125،590 ރުފިޔާއާއި 321،603 އެމެރިކާ ޑޮލަރު ހޯދިފައިވާކަމަށެވެ.

ވެސްޓަން ޔޫނިއަންގެ އޮފީހަށް ބަޔަކު ވަދެ ފޭރިގަނެފައިވަނީ ރޭ ދަންވަރުގެ ވަގުތުގައެވެ. އެ އޮފީހަށް ވަދެފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކަށްވާއިރު، އެ މީހުން އެ އޮފީހަށް ވަނުމަށްފަހު، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންވަނީ ބަނދެ، ބިރު ދައްކާފައެވެ.

ADS BY SHEESHA

 

Comments are closed.