މާލޭ ފަޅުގައި ހުރި އުޅަނދުތަކެއްގައި މާލޭ ސިޓީ ކައުންސިލުން ސްޓިކާޖަހައި، އުޅަނދުތައް ޖޫރިމަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ ‫މާލޭގެ އެކި ފަޅުތަކުގައި ޤަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތަކުގައި ސްޓިކާ ޖަހާފައިވާ ކަމަށެވެ. ނަމަވެސް ސްޓިކާ ޖަހާފައި ވަނީ ކިތައް އުޅަނދުގައި ކަމަށް ސިޓީ ކައުންސިލުން ވިދާޅެއް ނުވެއެވެ.

މާލޭ ފަޅުގައި ޤަވައިދާއި ހިލާފަށް އަޅާފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ.

ގަވާއިދާ ހިލާފަށް ފަޅުގައި ދޯނި އެޅުމުން ފުރަތަމަ ފަހަރު 100 ރުފިޔާގެ ޖޫރިމަނާއެއް ކުރާއިރު، ދެވަނަ ފަހަރު ޖޫރިމަނާ ކުރަނީ 150 ރުފިޔާއިންނެވެ. އަދި އެ މައްސަލަ ތަކުރާރުވާ ކޮންމެ ފަހަރަކު ކަނޑައެޅިފައިވާ އުސޫލަކުން ޖޫރިމަނާ ބޮޑުވަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

މާލެ ސަރަހައްދުގެ އެކި ފަޅުތަކުގައި ދޯނިފަހަރު އެޅުމަށް ކަނޑައަޅާފައިވަނީ އެކި އަގުތަކެވެ. އަގު ނެގުމުގައި ދޯނީގެ ބޮޑުމިނަށާއި ދޯނި ބާއްވާ ވަގުތަށް ވެސް ބަލާނެ އެވެ.

މާލެއާއި ވިލިނގިލީގެ ފަޅުގެ ގަވާއިދުގައި ބުނާ ގޮތުން މާލެ ހުޅަނގު ބަނދަރުން ދާއިމީ ހުއްދައެއް ދެނީ ދުވާލަކު މީޓަރަކަށް އެއް ރުފިޔާ ދައްކައިގެންނެވެ. އަދި ވަގުތީ ގޮތުން ފަޅުތެރޭގައި ދޯނި ބާއްވާ ފުރަތަމަ ތިން ދުވަހު މީޓަރަކަށް ދުވާލަކު 10 ރުފިޔާ ނަގާއިރު ދެވަނަ ތިން ދުވަހަށް ނަގަނީ މީޓަރަކަށް ދުވާލަކު 15 ރުފިޔާގެ ރޭޓުންނެވެ.

ސިޓީ ކަައުންސިލުން ކުރިން ބުނެފައި ވަނީ ނުގަވާއިދުން ދޯނިފަހަރު އަޅާ މައްސަލަތައް ކުރިން ބަލަމުން އައީ އާންމުން ޝަކުވާ ހުށަހެޅުމުން ކަމަށާއި ނަމަވެސް އެ މައްސަލަ މިހާރު ގަވާއިދުން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަހަ

    ސައިކަލަކަށް 750، ބޮޑުސިންގަހާ ލޯންޗައް އެންމެ
    100 ރުފިޔާ. ޢެންމެ ދަތުރެއްކޮށްލައިގެން 1500 ރުފިޔާލިބޭ މީހަކަށް 100 އަކީ ޗޮކެއް.

    28
    1
  2. ދުންތަރި

    ސްޓިކާޖެހުން އެއީ މިދިޔަ އަހަރު ފެށިކަމެއްނޫން، އެކަން ކުރާތާ އެތަށް އަހަރެއްވެއްޖެ. ސްޓިކާ ހުސްވާވަގުތު ކަންނޭގެ ޖެހުން މަދުވަނީ

    8
    11
  3. ރައްރިތުމީހާ

    ރައްޔިތުންނައް އެންމެ އޯގާތެރި ސަރުކާރަކީ ހަމަ އެމްޑީޕީ. މިސަރުކާރު އައީވެސް ހަމަ ރައްޔިތުންނައްޓަކާ.

    25
    4
  4. ސުވާސާ އަނގޮޓި

    އަންނައަހަރުގެބަ ޖެޓަށް ފައިސާނަގަންފެށީ!

    21
    1
  5. ސްޓިކާ

    މިއީ ރައްޔިތުމީހާގެ މުދަލުގައި ސްޓިކާ ޖަހައިގެން ހިންގާ ސަރުކާރެއް.މިނޫނީ ސަރުކާރުން ބަޖެޓްގައިޖަހައިގެން ޔަގީންކަމާއި އެކުލިބޭނެ ލިބޭނެ އެއްޗެއްނޯންނާނެ.މިއޮތީވާ ރައްޔިތުންނަށް ހެއުވެރިކަމެއް ގެނެވިފަ...

    30
  6. އިންސާފު

    ދުވަސް ކޮޅަކުން މަގުމަތިން ހިގާފައި ދާ މީހުންގައި ތި އިސްޓީކާ ހަރުކުރާނެ. އެދުވަހު ބުނާނެ ތިދަނީ ނުބައި ފަޅިންނޭ. ލާރި ހޯދުނު ގޮތަކަށް ހޯދަން ބޫކު ހިފާާފަ.

    8
    1
  7. ައަހުމަދު

    މާލޭސިޓި ކައުންސަލަކަށް ނުފެނޭދޯ ގަވާއިދާޚިލާފަށް އެއްޗެހި ވިއްކާ ބަންގާޅީން ހުޅުވާފައި ހުންނަތަންތަން.

  8. ޖުރިމި

    މީހުން އުޅޭ ސަރަހައްދުން ގަރާޖުހިންގަން ހުއްދަ ނުދޭނަމޭ ބުނެފަ ހުއްދަދިންގަރާޖުގަ ރެއެއްދުވާލެއް ނުބަލަ މަގުމަތިހިފަގެން ކުރާމަސައްކަތުގަ އިސްޓިކާ ޖަހަގައެކޭ މަނުބުނާނަމޭ! އިސްތިއުފާ ސިފާ