ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަމަށް އައި ފަހުން މިހާތަނަށް 10 ބިލިއަނެއްހާ ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި ކޮވިޑް-19 ނައި ނަމަ، އޭގެ ބޮޑު ބައި ނުނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ހަފްތާގައި ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ ސަރުކާރާ 2018 ވަނަ އަހަރު ހަވާލުވި އިރު، ދައުލަތުގެ ދަރަނި ހުރީ ގާތްގަނޑަކަށް 47 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ދަރަނި ހަ ބިލިއަން ރުފިޔާ އަށް އިތުރުވި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އެ ހަ ބިލިއަން ރުފިޔާއަކީ ފައްޔާޒް ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނެގި ދަރަނިތަކެއް ނޫނެވެ.

"ކުރީގެ ސަރުކާރުން ނަގާފައި ހުރި ދަރަނީގެ ޑިސްޕާސްމަންޓްސް، މިސާލަކަށް އެއާޕޯޓު ދަރަނީގެ ބޮޑު ބައެއްގެ ސަބަބުން 2019 ގައި އަޅުގަނޑުމެންގެ ދަރަނި އިތުރުވެފައި ވަނީ، އެއީ އަލަށް ނެގި ދަރަންޏެއް ނޫން،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ނެގި ލޯންތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވިއެވެ.

އެކަމަކު، ފައްޔާޒް ވިދާޅުވި ގޮތުގައި މި އަހަރު އަލަށް މި ސަރުކާރުން ދަރަނި ނަގަން ޖެހުނެވެ. އެއީ ދައުލަތަށް ލިބޭނެ ކަމަށް ގަބޫލު ކުރި 16 ބިލިއަނެއްހާ ރުފިޔާ ނުލިބުމުގެ ސަބަބުން ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ދަރަނި ކުޑަ ކުރާނީއޭ ކިއާފައި އިގްތިސާދީ މަސައްކަތްތައް ހުއްޓާލައި، މަޝްރޫއުތައް ނުހިންގައި، ސިވިލް ސާވިސް މުވައްޒަފުން ގެއަށް ފޮނުވާލާފައި ނުތިއްބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަރަނި ކުޑަކުރާނީއޭ ކިއާފައި ސަރުކާރުގެ އެއްވެސް ޕްރޮގްރާމެއް ނުހިންގާ ސިވިލް ސާވިސްގެ އެންމެން ގެއަށް ފޮނުވާލައި، ކަނޑާލައި، އެންސްޕާ ހުއްޓާލައި، އާސަންދަ ހުއްޓާލައި، އަޅުގަނޑުމެން ބުނަންވީނުންތޯ ނެތޭ ލާރިއެއް. ރައްޔިތުން ވެސް ގަބޫލު ކުރާނެތާ ލާރިއެއް ނެތިއްޔާ. އެކަމަކު އެއީހޭ އެކަން ކުރާނެ ގޮތަކީ؟" ކެބިނެޓުގައި އެންމެ ނުފޫދު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރުން 10 ބިލިއަނެއްހާ ރުފިޔާ ނަގަން ޖެހުނީ ދައުލަތް ކުރިއަށް ގެން ގޮސް، ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކުރަން ޖެހޭ ކަންކަން ކުރުމަށެވެ. އޭގެ ބޮޑު ބަޔަކީ ކޮވިޑް-19 ނައި ނަމަ، ނަގާނެ ދަރަންޏެއް ނޫން ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ވެސް ދަރަނި އިތުރަށް ނަގައިގެން އިގްތިސާދު "ބޫސްޓަކަށް" ގެންނަން ޖެހޭ އަހަރެއް ކަމަށެވެ. މީގައި ކަންބޮޑުވާން ޖެހޭނީ ދަރަނީ އަދާ ކުރެވޭނެ އުންމީދެއް ވެސް ނެތި ދަރަނި ނެގުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމަ ވަރަށް ރަނގަޅު އުންމީދެއް އޮތީ ދުނިޔެ މިއިން (ކޮވިޑް-19) އަރައިގަންނާނެ ކަމާއި ޓޫރިޒަމް ބޫސްޓް ވާނެ ކަމާއި ވެކްސިނެއް އައިސްފި ނަމަ، ފަހަރުގައި އުންމީދު ކުރެވޭ 2021 ވަނަ އަހަރުގައި 2019 އަށް ވުރެ އިތުރަށް ވެސް ޓޫރިސްޓުން އައިސްދާނެ ކަމަށް. އެކަމަކު، އެއީ ތަންކޮޅެއް އުންމީދީ ވާހަކައެއް،" އިކޮނޮމިކް މިނިސްޓްރީގައި ހުންނަވައި ދެއްވި އިންޓަވިއުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ވެކްސިނެއް ލިބި، ކޮވިޑް-19 ގެ ބިރުވެރިކަން ކެނޑުނީމަ ގިނަ ބަޔަކު ރާއްޖެ އަންނަން ހަރަދުތަކެއްކޮށްފާނެ އެވެ. އެކަމަކު، އެ ހިސާބަށް ދާނެ ކަމަށް ބެލެވެނީ 2022 ގައި ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

" އުންމީދު ކުރަނީ އެއަށް ވުރެ ރަނގަޅު ވެދާނެ ކަމަށް،" ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ދަރަނި ދެއްކޭނެ ކަން. މާދަމާ ނޫން އަނެއް ދުވަހު ދުނިޔެ ނިމިއްޖެ ނަމަ، އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއް ނެތެއްނުންތޯ ދަރަންޏާ ދޭތެރޭގައި. އެ ހިސާބުން ނިމުނީނު. އެކަމަކު ވާހަކައަކީ އަޅުގަނޑަށް އެބަ ފެނެއޭ އިގްތިސާދު ރަނގަޅުވާ ތަން. ދުނިޔޭގެ އިގްތިސާދު ރަނގަޅުވާ ތަން،" ފައްޔާޒް ވިދާޅުވިއެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ވަނީ ދައްކައިފައެވެ. ފިނޭންސުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

އެކަމަކު، ދައުލަތުގެ ޖުމުލަ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ދައުލަތުގެ ދަރަނީގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީގެ ރިޕޯޓްގެ ފުރަތަމަ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަންނަ އަހަރު ނިމޭ އިރު ދަރަނި ދައްކަން ހަތު ބިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭ ކަމަށް ލަފާކޮށް، ބަޖެޓުގައި ހިމަނާފައިވެއެވެ. މިއީ މި އަހަރު ދަރަނި ދައްކަން ކުރި ހޭދަ އަށް ވުރެ 41 ޕަސެންޓު އިތުރުވުމެކެވެ. ދަރަނި އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު އެއް ސަބަބަކީ މި އަހަރު ވިއްކަން ކަނޑައަޅާފައިވާ ބޮންޑުތަކުގެ ކޫޕަން ޕޭމަންޓް އަންނަ އަހަރު ދައްކަން ޖެހުމެވެ.

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އެލެކުސް މައިކާލޯ

    100 ބިލިއަނެއްހާ ރުފިޔާނެގިން ގޭއަޅާލަން، ތިބޭނުން ކުރާ ލަފުޒުން ހީވަނީ ސައިތައްޓެް ބޯލީކަމަށް ބައިރުފިޔާއަކަށް!

    39
    1
  2. ާައަހުމަދު

    މީތޯ ފިނޭންސް މިނިސްޓަރަކީވެސް؟ މިހާރު އޮޅިއްޖެ.

    38
  3. ހުސޭނުބޭ

    ދެން ތިޔަ ދަރަނި ނަގައިގެން ދައުލަތް ކުރިޔަށްދިޔަތަ؟ ރައްޔިތުން ބެކާރީވާތަން ފެނުނީ! އެކަމަކު ކަލެޔާ ކަލޭގެ ޢާއިލާ ވަރަށް ކުރިޔަށްދިޔަތަން އެބަ ފެނޭ!

    46
    1
  4. ޚާރު

    ކިޑްނީ ރަހުނު ކު ރަން ދިވެހި ރެޑީތަ

    35
  5. ހާަޔާތްތެރީ

    ދިހަބިލިއަނެއްހާރުފިޔާ އެއީދެން ކޯންޗެއް، ޑޮލަރުނަމަހީ ރަކިނުވެ އަދަދުކިޔާލަން އޯކޭ.

    32
  6. ކަނބުލޮ

    ކިޔޭ ނުނިޔޭއެއް ހެދޭ ނުހެދޭއެއް އެބަ އެނގޭތަ؟

    34
  7. އެމަންޖެ

    މޑޕ ގައުމު ކުރިޔައް ގެންދާނީ ލޯނު ނަގައިގެން ގައުމު އިންޑިޔާޔައް ވިއްކަމުން.

    38
  8. ތިރިބެ

    އަބަދު ދަރަނި ދޭމީހުންތިބޭތަ ވަކިވަރަކައް ދަރަނިދޭނީ އެހެއވީމަ ކޮންކުރީޓު ހުއްޓާލާފަ ހަމަނޭވާލާފަ ވިސްނާލަްްވީ

    17
    1
  9. ޙަބަރުގަރަހެތު1

    ވެރިކަމާ ހަވާލުވިއިރު 47 ބިލިއަން ދަރަނި. ވެރިކަމަށް ތިންއަހަރު ފުރޭއިރު ތިޔަބުނުއްވަނީ 82.8 ބިލިއަނަށް ދަރަނި އަރާނެވާހަކަ. އެހެންވިއްޔާ ވެރިކަމުން ފައިބާނީ އަދި ދެއަހަރުފަހުން ވިއްޔާ، ދަރަނި ހުނަނާނީ 100 ބިލިއަން އަށްވުރެން މަތީގަތޯ؟ އެކަމު ގައުމު ދަރުވާލީ ޔާމީންދޯ.... ޖޯކެއްނުމީ. އެމްޑީޕީ އެއީ އަބަދުވެސް އިދިކޮޅު ޕާޓީ ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވާ ޕާޓީއަކަށް ވާންވީ. ހަމަގައިމުވެސް ރައްޔިތުންނަށާ ދިވެހިރާއްޖެއަށް މާފައިދާވާނެ. ވެރިކަމަށް ލީމަވާނީ މިހެން. ނޭންގެނީއޭ... ވަކަރުގޭކުދިން ނަކަށް އިކޮނޮމިކްސްއެއް ނޭންގޭނެ. ބުނީމަ ގަބޫލު ކޮށްބަލަ. އެމް.ޑީ.ޕީ (މޯލްޑިވިއަން ޑަންބޯސް ޕާޓީ). ނުދިރޭނެ މިކޮމެންޓެއް. އިޓްސްއޯކޭ....ވަކަރުގޭ ކުދިންނަކަށް އެކައްޗެއްވެސް ނުދިރޭނެ. ނަހަލާލު އެއްޗެހި މެނުވީ. ނަހަލާލު ނަޝީދުކަހަލަ. އަހާބަލަ ސައްތާރުކާރީ.... މީދޮގެއްތޯ. ހެހެހެހެ. ސައްތާރުބޭ އެކޮއެމަންމަ ވަރިކުރީ ކީއްވެކަން އަދިވެސް ނޭނގޭކަމަށް ހަދީގެން ހުރޭ. ހައްގު ފާޅުވާނެ. ނޯމެޓަރ ވަޓް ދަ ފުކް

    30
    2
    • ޖުހާ

      އެކަމު އެސޮ ރު ސައްތާ ރުބެޔާ ހާދަ ވައްތަ ރޭ

      16
      • ޢުނބުޝޭމް

        ވަކަރުގޭ ކުދިން ހަހާ. ދިވެހިން މާދަން ހަދާން ނުހުންނާނެ

        13
  10. ސްޕައިޑާ

    ހާދަ ވަރަކަށް ފައްޔާޒްގެ ޕްރޮމޯޝަންތަކެއް ކުރިޔަށް މިދަނީ. ވަގުތު ނޫހުން ކުރިން އަދީބުވެސް މިގޮތަށް ޕްރޮމޯޓްކޮށް އުޅުން. ބޮޑު ސްޕޮންސާއެއް ފައްޔާޒް ބުރޯ އަތުން ލިބުނީބާ..

    27
  11. ޢަހުމަދު

    ޢަދިވެސް އެއްވެސް ވަ ރަކަށް ކޮވިޑް އެލަވަންސް ނުދޭ ނަ ރުހުން އަދި ޑޮކްޓަ ރުން އައިޖީ އެމް އެޗް ގަ އި އެބަތިބި.

    17
  12. ޢަހުމަދު

    ޢަދި ވެސް އެއްވެސް ވަރަކަށް ކޮވިޑް ލާރި ނުދޭ ޑޮކްޓަރުންނާއި ނަރުހުން އެބަތިބި އައިޖީއެމް އެޗްގަ. ކޮބާތޯ އެލާރި ދެވޭނެތޯ.

    10
  13. ބުޅާވަތީ

    ކު ރިން 1.2 ބިލިޔަން ޔާމީން ދަރަނި ނެގީ އެއީ ދައުލަތް ފަހަތަށް ގެންދަން

    6
    8
  14. މިއަދު

    ރައިސް މައުމޫނުގެ ވެރިކަމުންފެށި ރައިސްޔާމީނުގެ 5 އަހަރު ނިމުނުއިރު 47 ބިލިއަން ރައިސްސާލިހުގެ 3 އަހަރުގެ ދަރަނި 35 ބިލިއަން ރައިސް މައުމޫނު ވެރިކަމުގެ ފުރަތަމަ ދުވަހުން ރައިސްޔާމީނު ވެރިކަން ނިމުމަށް އަހަރަކަށް 1.175 ބިލިއަން ދަރަނި ރައިސް ސާލިހުގެ ވެރިކަމުގެ 3 އަހަރު 2021 ގެނިޔަލަށް އަހަރަކަށް 11.67 ބިލިއަން ރުފިޔާ
    ދިވެހިރަޢިއްޔަތުން ދަރުވަން މިސަރުކާރު މިއޮތީ ހަބޭސް ކިޔާފައި

    20
  15. ހަރީރާ

    ގައުމު ތި ދޭން އުޅޭ ބަޔަކަށްް ދީފަ ބުނޭ ދަރަނި ނުދެއްކުނީމަ މަޖުބޫރު ވީއޭ އެހެން ހަދަން!

    17
  16. ޒީރޯ ޓޮލަރަންސް

    10 ބިލިއަނެއްހާ ރުފިޔާ އޭތޯ؟ ހާ މިއައީ ކީއްވެތޯ؟ އެހެންވިއްޔާ މިއުޅެނީ މިއަށްވުރެވެސް ގިނައިން ނަގައިގެން. ނެގިވަރު ނުބުނެ މިއުޅެނީ ކީއްވެބާ؟ ނެގިވަރު ރައްޔިތުންނަށް ބުނެދޭން ނުޖެހޭތޯ؟

    12
    • ބުޅާވަތީ

      ޢެބައި އަންނާނީ ޓޮލަރެންސް ބާބުގަ. ޢެބާބު ނެރެންދެން މަޑުކޮއްލާ

  17. އެނގޭބޭ

    ވައްތަރުވާނެ. އެކަމަކު ޞޮއްޙަ ކާވެންޏަކުން ލިބޭދަރިން ހަލާލު ދަރިންނަކީ އިސްލާމްދީނުގައި. ކާވެނި ނުކޮށް ދަރިއަކަށް ބަލިވެ އިންފަހުން ކައިވެނި ކުރިއަކަސް އެވާނީ ހަރާމް ދަރިއަކަށް.

    7
    1
  18. ބެއްޔާ

    10ބިލިއަނެއްހާ ރުފިޔާ. ހާދަ ކުޑައެތިކޮޅެއް؟ ތީން ކޮފީއެއްވެސް ބޮއިނުލެވޭނެ.

  19. ދަންބެރު

    މަކަރާހީލަތުން ދައުލަތް ހިންގަންޖެހޭތީ ސޯލިހުބެ ރުއީ ކަމަށް 100 ޕަސެންޓު ގެރަންޓީ ވެއްޖެ މިއީކީ އަދި މިވެރިން ނެގިވަރެއް ނޫން ތަހުގީގު ހިންގާ ފިޔަވަޅު އަޅަންޖެހޭ ..

    12
  20. ޝަޒޫ

    ކިހާބޮޑު ދުއްޕާނެއްތަ ދެން މިނޫން ހަބަރެއް ނެތީތަ ރެޔާ ދުވާލު ފައްޔާޒު ފައްޔާޒު އަހަރެމެން ބަލާކަށްވެސް ބޭނުމެއް ނެތް ދައުލަތުގެ ފައިސާއަށް ވާ ގޮތެއް ! ވަރަށް ސަލާމް

    8
    2
  21. ސައު

    ޑެޑީ ވެއަރ އިސް މައި އިންކަމް ސަޕޯޓް އެލަވަންސް ؟

    6
    1
  22. Alibe

    ތިޔައޮތީ ރީނދޫ ބައިގަނޑުގެ އަނގަތަކުން ގޮވި ބަސްތައް އަމިއްލަ އަނގައަށް ވަދެފަ، ލޯނުނަގާތީ އެކަން ކެމްޕޭނުގެ ހަތިޔާ ރަކަށް ހަދައިގެން ވެ ރިކަމަށް އައުމުން ތިޔައޮތީ ބޮލާފޮށާއެޅިފަ.

  23. ރަދީފް ހުސެން

    ދައިުލަތް ކު ރިޔައްގެންދިއުމަކީ ލޯނުގެ މައްޗައް ލޯނުނަގައިގެން ސަ ރުކާ ރު މުއައްޒަފުންނަށާ ޕާޓީ އެކްޓިވިސްޓުންނައް އެކިނަންނަމުގަ ލާ ރި ބެހުންތަ؟ ސިޔާސީ މަގާމާ ރައީސް އޮފީސްތެ ރެ އައް ގިނަމީހުން ލައިގެން ސަނާކިޔަން ލާ ރިބެހުންތަ؟ ނޫސްތައް ސްޕޮންސަ ރ ކު ރުމާ ފަނޑިޔާ ރުގެ ހިލައިލުންތަ؟ ފައްޓަ ރުބައި ވިއްކައިގެން ލިބުންލާ ރި ކޮޅުންވެސް ލޯނު ދެއްކުމުގެ ބަދަލުގަ އދ އާ އެހެންތަންތަނުން މަގާމުހޯދަން ރައްޔިތުންގެ ލާ ރިކޮޅު ބު ރުއްސާ ވެ ރިކަމުން ފައިބަންވާއި ރައް ހިމާޔަތް ހޯދައިގެން ފިލާގޮސް ތިބޭނެ ގައުމު ތަކުން ފު ރުސަތު މަގުފަހި ކު ރަން އެފާ ރިދީން ރުއްސާ އެތަނުގެ ތިބެވޭނެ ހިންތިޒާމް ހަމަޖައްސަމުން ދިއުންތަ؟

  24. ހަނީފު

    ދައުލަތުގެ ފޮރިންކަރަންސީ ރިޒާވާ ސޮވެރިން ފަންޑާ ޑިވެލޮޕްމެންޓް ފަންޑާ ޕެންޝަން ފަންޑާ މި ހުރިހާ އެއްޗެއް ހުސްކޮއްފައި އަދި އިތުރަށް 10 ބިލިއަން ނަގައިގެން ކުރީ ކީއްހޭ!!! ރައްޔިތުން ހިދުމަތް ހޯދަނީ ފައިސާ ދީފަ! އެކަމު ރައްޔިތުން މިއަދުވެސް ޑޮލަރެއްވެސް އަތު ނުޖެހިގެން ބޭރުގަ ކިޔަވަންތިބި ދަރިންނަށް ވެސް ލާރިއެއް ނުފޮނުވިގެން މިއުޅެނީ! އެކަމު މިނިސްޓަރުންނާ މެމްބަރުންގެ އާއިލާތަކާ ރައްޓެހިންނަށް ހަމަ ބީއެމްއެލްއިން ޑޮލަރުވެސް ބޭނުން ވަރަކަށް!!!

  25. ކަމާލް

    ތިނެގި 10 ބިލިއަނުން 5 ބިލިއަން ހަމައެކަނި އައްޑޫގެ ތަރައްގީއަށް ދޯ އެޅީ... ފައްޔާޒު އަށް ހީވަނީ ރައްޔިތުން މީ ގަމާރުން ހެން.