އަންނަ އަހަރުގެ ބަޖެޓް ބޮޑުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް މަޑުޖައްސާ ނުލާ، ހުރިހާ މެމްބަރުން ވެސް "މަށަށް މަށަށް" ކިޔާތީ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން 421 މަޝްރޫއެއް ފެށުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ. ޕީއެސްއައިޕީގެ ގޮތުގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއީ މި އަހަރާ އަޅާ ބަލާ އިރު، 49.3 އިންސައްތަ އިތުރު އަދަދެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މި އަހަރުގެ ބަޖެޓު ރިވައިޒް ކުރި އިރު، ޕީއެސްއައިޕީގެ ތެރެއިން މަޑުޖައްސާލި މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ދައުލަތުގެ ބަޖެޓަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ކޮވިޑް-19 ގެ މި ހާލަތުގައި މިދިޔަ 50 އަހަރު ވަންދނެް ނުދާ ހާލަތަށް ރާއްޖޭގެ އިގްތިސާދު ގޮސްފައިވާ ކަމަށެވެ. އެ ހާލަތުގައި ރާއްޖެ އޮއްވައި 34 ބިލިއަން ރުފިޔާެ ބަޖެޓެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މިހާރު ހިންގަން ނިންމާފައިވާ ޕިއެސްއައިޕީ އާއި ބަޖެޓް އެކުލަވާލާފައިވާ ގޮތުން އާމްދަނީއިން އަންނަ ބަދަލު ސާފުވޭތޯ ވެސް އީވާ ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން އެމްއެމްއޭ ގަވަރުނަރާއި، އޮޑިޓަ ޖެނެރަލް ޓެކްސް ނޫން ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާ މެދު ސުވާލު އުފައްދާ އިރު ބަޖެޓްގެ އާމްދަނީގެ ހަރަދުގެ 62 އިންސައްތަ ރިކަރަންޓް ޚަރަދަށް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް އީވާ ފާހަގަކުރެއްވިއެވެ.
އަދި މެމްބަރުން، ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުން ޕީއެސްއައިޕީ ޕްރޮޖެކްޓް މަދު ކުރަން ވާހަކަ ދެކެވުނު ނަމަ ބަޖެޓް އެހާ ބޮޑު ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
" މެމްބަރުން އެބަ ވިދާޅުވެއޭ ބަޖެޓް ކުޑަކުރާށޭ. އެކަމަކު ކިޔަނީ މަށަށް މަށަށް." އޭނާ ވިދާޅުވިއެވެ.
އީވާ ވަނީ ކޮވިޑް-19ގެ ހާލަތުގައި ވެސް 2020 ވަނަ އަހަރު ސަރުކާރުން ކުރި މަސައްކަތްތަކަކީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.
ޕީއެސްއައިޕީގެ ތެރެއިން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ގޮތް
- ޕީއެސްއައިޕީގެ ތެރޭގައި އަލަށް ފަށާ 421 މަޝްރޫއެއް (1.8 ބިލިއަން ރުފިޔާ)
- ޓެންޑަރިން މަރުހަލާގައި ހުރި 156 މަޝްރޫއު (1.8 ބިލިއަން ރުފިޔާ)
- ޕްރީ ޓެންޑަރިން މަރުހަލާގައިވާ 121 މަޝްރޫއު (784 މިލިއަން ރުފިޔާ)
- ހިނގަމުންދާ 258 މަޝްރޫއަށް (3.3 ބިލިއަން ރުފިޔާ)
- މި އަހަރު ނިމިފައިވާ 102 މަޝްރޫއުގެ ރިޓެންޝަން ފައިސާ އަށް (114 މިލިއަން ރުފިޔާ)
ޕީއެސްއައިޕީ ބެހިފައިވާ މައިގަނޑު ދާއިރާތައް:
-
- ލަފާފުރުމުގެ ދަތިކަން ހައްލު ކުރަން.
- ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން.
- ބިން ހިއްކުމާއި މަގު ހެދުން.
- ސިއްހީ އަދި އިޖުތިމާއީ ހިދުމަތް ތަރައްގީ ކުރުން.
- ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރުން.
އެގޮތުން، އެސްޑީއެފްސީ މެދުވެރިކޮށް އަސާސީ ޚިދުމަތް ފޯރުކޮށްދީ އަސާސީ ކާބޯތަކެތީގެ ރައްކަލަށްޓަކައި 84 މިލިއަން ޚަރަދުކޮށް، ވިޔަފާރިތަކަށް އިކޮނޮމިކް ރިލީފް ޕެކޭޖް ދިންކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އަދި 10،000 އަށް ވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް ދިން ކަން އީވާ ފާހަގަކުރެއްވިއެވެ.
ބަޖެޓް ބޮޑުވީ ކަލޭމެން އެމްޑީޕީއިން ވައްކަން ކުރާތީ އެކަން ފޫބައްދަންވެގެން. ބަޖެޓް ކިތަންމެ ވަރަކަށް ބޮޑުވިޔަސް މިހުރިހާ ފައިސާއެއް އެދަނީ އިންޑިޔާއަށް. މިހާރު ރާއްޖެ މިވަނީ އިންޑިޔާގެ އަތްދަށަށް ގޮސްފަ. އިންޑިޔާގެ ބޭކާރު މަޝްރޫއުތައް ހިންގައި ޑަބަލުން ފައިސާ އެއަތުލަނީ. ލޯންވެސް އެހާމެ ބޮޑު. އެކަމަކު އަބަދުވެސް ކުއްވެރިމިވަނީ ކުރީގެ ސަރުކާރާއި ނިކަމެތި ދިވެހި ރައްޔިތުން.
އީވާ ބުންޏަސް ތިޔަބުނެވުނީ ތެދެއް "މަށަށް މަށަށް" އަންނިއާ އީވާޔާ ތިކަމުގެ އެއްމެ ކުރީގަ ތިބީވެސް.
އާނއޭ އަދުރޭ އާ ނިހާނުއަށް ކޮން ބައެއް އަޅާކަށްތަ
އީވާ ފިރިސޮރު ސަރުކާރު ކުއްފުނިތަކުން ހެސްކިޔާފައި ދަމާނަގަނީ މިހާރު ހުރިހާ ކުއްފުނިތަކުގައި ކުރިންހުރި ލިފުޓުތަށް ކަމުނުގޮސްގެން ހުރިހާ ތަނެއްގެ ލިފުޓު ބަދަލްކުރަނީ މިހުރިހާ ކަމެއް ސާބެގެ ކުންފުއްޏަށް ސާބަސް ދަށުންދަމާ އީވާ
އެއީ ތެދެއް ކަލޭމެން 65 މީހުން ހޮވާފައި ތިބީ އެމީހުން ޖަހާހާ ބެރަކަށް ނަށަން! އެއްވެސް އުޒުރަކާ ނުލާ އެމީހުން ބޭނުންގޮތަކަށް ވޯޓްދޭން!!!
ހުރިހާ ފައިސާއެއް ދޭން މިވެރިން ނިންމާފައިވަނީ އިންޑިއާއަށް ވެރިކަން ލިބުނީ މި ޓުރިކު ޖަށްސައިގެން ދެން މަށަށް މަށަށް ގޮވުމުގެ މާނައެއްނެތް .
އެމް ޑީ ޕީ ލާދީނީ ބައިގަނޑު ވައްކަންކުރީ އޮބި ނޯންނަ ވަރަށް ދެން ޢާއްމުން ކުރިމައްޗަށް ވޯޓު ހޯދަން ގޮސް ވީ ވައުދުތައް ފުއްދަން މަށަށް މަށަށް ގޮވައިގެން ބަޖެޓް ބޮޑުވުން އެއީހަމަ ވާނެ ގޮތްތާ ދެއްތޯ މަރުމޯލުންތަކާ