ވިންޑްސާފިންގ ބޯޑެއްގައި ދަތުރު ކުރަނިކޮށް ގެއްލުނު ދެ މީހުން ފެނިއްޖެއެވެ.

އެ ދެ މީހުުންނަކީ ލ.މާމެންދޫއިން އެ އަތޮޅު ހިތަދޫއަށް ދަތުރުމުންދިޔަ ދެ މީހެކެވެ.

އެ މީހުން ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހުންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހުން ފެނިގެން މިހާރު ކޯސްޓް ގާޑު ލޯންޗަށް ނަގާފައިވާ ކަމަށެވެ.

އަދި މިކޭސް އިތުރަށް ފުލުހުން ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ސިފައިން ވިއަސް މިކަހަލަ ޚަބަރުދޭ އިރު އެމީހުން ފެނުނު ގޮތް އެމީހުންގެ ހާލު ހާމަކޮށްދޭންޖެހޭނެ. ލަފާ ކުރެވެނީ އެމީހުން ހޯދީ ސިފައިން ނޫންކަމަށް.

  2. ޒާ

    ފަރުވާކުޑަ އަމަލެއް ހިނގުމުން އެކަމުން ދައުލަތަށް ތަކުލީފު ޖެހުމުން ކުށްވެރި ނުވޭތޯ. ޖަލަށް ލާންވީ.

    4
    3