ފައްޓަރުބައި އޮތީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރަށް ވިއްކާލާފައި ކަމަށާއި، ބާކީ އޮތީ މަންމަގެ ކަނޑިކިކަމަށް ފާހަގަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ކުރީގެ ރައީސް، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

ލަޠީފް މިހެން ވިދަޅުވެފައި ވަނީ ފައްޓަރުބައި ވިއްކާފައި ފައިސާ ދޭން ޗައިނާއިން އަންގަމުންދާ ކަމަށް ރައީސް ސޯލިހްގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރިގެ ރައީސް ނަޝީދު ޓެގް ކުރަށްވާ ރޭ ކުރެއްވި ޓުވީޓެއްގައި ލަތީފު ވިދާޅުވީ، 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނު އެ ވިދާޅުވާ ފައްޓަރުބައި ވެސް ޖީ.އެމް.އާރް އަށް ވިއްކާލާފައި ކަމަށެވެެ. އަދި ދެން އޮތީ މަންމަގެ ކަނޑިކި އެކަނި ކަމަށާއި، އެ ވިއްކާލައި ދިވެހިން ލަދުގަންނުވާން ރައީސް ސޯލިހު ބޭނުންފުޅު ނުވާނެ ކަމަސް ލަތީފު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އިއްޔެ އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ދަރަނީގެ ތެރެއިން 5 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް 83 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ދައުލަތުގެ ބަޖެޓަށް ބުރަވެގެން އުޅެނީ ރައީސް ސޯލިހުގެ ސަރުކާރުން ނެންގެވި ދަރަނީގެ ސަބަބުން ނޫން ކަމަށާއި، ބަޖެޓަށް ބުރަވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ބޮޑު ދަރަނީގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ނުވިތާކަށް ކެނެރީގެ ބުއްޅަބޭ ވަނީ 07 08 ފެބްރުއަރީ އަމިއްލަ އަށް އިސްތިއުފާ ދީފައި ގޮސް ސަރުކާރުގެ މުއައްސަސާތަކުގައި ހުޅުޖަހައި އަންދާފައި. އެނާގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކޮންމެވެސް ދުވަހަކުން.

    47
    2
  2. އަޙްމަދު

    މަންމަގެ ކަނޑިކި ވިއްކާނުލެވި ނެތް މިވެރިން މިވަނީ ގައުމުގެ މިނިވަންކަން ވިއްކާލާފަ އެ އޮތީ މަންމަގެ ކަނޑިކި ވިއްކާލެވިފަ މަންމަގެ ރައްޔިތުން މިތިބީ އޮރިޔާން ނިވާ ކުރާނޭ ގޮތެއް ނެތިފަ
    މި ނުބައި ޝައިޠާނުން މި ތަނުން ދާއިރު ރައްޔިތަކު އޮރިޔާން ނިވާކުރަން ފަންވަތެއްވެސް މި ގައުމަކު ނޯންނާނެ

    42
    2
  3. ގުނބޯ

    ގައުމުވެސް މިވަނީ ވިއްކާލާފަ ހަރުމުދާތަށް ވިއްކާލާފަ މިވެރިން ހަށްޔަރުކުރުމަށް ގައުމަށްވަފާތެރި ފުލުހުން ނުނިކުންނަނީ އަޅެ ފަހެ ކީއްވެ.

    39
    2
  4. ބި ޑި ކާ

    އެއީ އެއް ކަލަ އިނގި ރޭސީ ބަހުން ކިޔާ އުޅޭ އަންޑަސްކޯޓުތަ؟

    25
    1
    • ޕުތުރީ

      ނޫން. ޢެއީ ޕެޓީކޯޓް

      8
      1
  5. މުޖޭ

    ޢަދި ކަޑިކިވެސް ވިއްކާނެ

    26
    1
  6. ރޯ ބެ

    ޖީއެމްއާރްއާ ހެދި އެހާ ބޮޑު ބުރައެއް ޔާމީނަށް އުފުލަން ޖެހުނީމަ މި މީހުން އެ ރޯވަރަށް ޔާމީން ރޮއެފަ ޝަކުވާކުރި އަޑެއްނީވޭ. ދައްކަންޖެހުނު އެއްޗެއް ދައްކާފަ ކުރިއަށް ދިއައީ.

    11
    1
  7. ބޯ ގޯސް ލަތީ

    ދިއް ދޫ އިން ވަނީ ކަނޑިކި އަަށް ޖެހި ފައި

    1
    7
  8. ޢިސްހާަގު

    ކަމަ އް ގާބިލު ނޫން މީހުން މަގާމު ތަކަށް ލީމަ ވާގޮތް މީ ފިނޭންސް މިނިސްޓާރ އއއ އަމީރުގެ ތަޖުރިބާ ނެތް ކަމުގެ ހެކި މިފެންނަނީ ގާބިލު މީން ތިބި އިރުވެސް މަގާމު ތިޔަދެ އްވީ އަމީރު އއ އަށް އެމްޑީ ޕީ މީހުން ލަދުން ހަލާކު މިވަނީ ވަހީދުގެ ބޮޑާ ހޭކުމުގެ ސަބަބުން ހުރިހާ ކަމެ އ އްވެސް މިހެންމިވީ ރައއ އީސް ނަޝީދު ނުކުމެގެން މިކަން ރަނގަޅުވާނީ

    1
    5
  9. ޢިސްހާގު

    ކަމަ އް ގާބިލު ނޫން މީހުން މަގާމު ތަކަށް ލީމަ ވާގޮތް މީ ފިނޭންސް މިނިސްޓާރ އއއ އަމީރުގެ ތަޖުރިބާ ނެތް ކަމުގެ ހެކި މިފެންނަނީ ގާބިލު މީން ތިބި އިރުވެސް މަގާމު ތިޔަދެ އްވީ އަމީރު އއ އަށް އެމްޑީ ޕީ މީހުން ލަދުން ހަލާކު މިވަނީ ވަހީދުގެ ބޮޑާ ހޭކުމުގެ ސަބަބުން ހުރިހާ ކަމެ އ އްވެސް މިހެންމިވީ ރައއ އީސް ނަޝީދު ނުކުމެގެން މިކަން ރަނގަޅުވާނީ

  10. Anonymous

    ސާބަހޭ ލަޠީފްބޭ . ތެދުފުޅެއް ތިޔަވިދާޅުވީ. މިޤައުމުގެ ރައްޔިތުންގެ ކިޑްނީތައް އަނެއްކާ ނުވިއްކާ ނެބާ މިދާވަރުން ދަންޏާ. އިންޑިޔާ މީ ފިސާރި ގުނަވަންތައް ވެސް ވިއްކާ ބައެކޭ ކިޔާއަޑު އިވޭ. والله اعلم

    9
    1
  11. މުޖޭ

    ޅަތީފަށްނޭގެނީ ކަޑިކި ވިއްކާ ނިމިއްޖެ ދެންވިއްކާނީ ލައިގެންހުރި ޖަގިޔާ

    7
    1