ރާއްޖެ އަމާން ބަނދަރަކަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ އިހްލާސްތެރި މަސައްކަތެއް ކަމަށް ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވައި، ގާސިމް ކުރެއްވި ޓުވީޓެއްގައި ވަނީ ވެރިކަމަށް ދެ އަހަރު ފުރޭ އުފާވެރި މުނާސަބަތުގައި އެމަނިކުފާނަށް ތަހުނިޔާ އަރިސް ކުރައްވާ ކަމަށެވެ. އަދި އެތެރެ އާއި ބޭރުން ނަގާ އެކި ރާޅުތަކުން ސަލާމަތްވެ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އެމަނިކުފާނު ކުރައްވާ އިހްލާސްތެރި މަސައްކަތުގައި ﷲ ތައާލާ ބަރަކާތްލެއްވުމަށް އެދި ގާސިމް ދުއާ ކުރެއްވިއެވެ.

ގާސިމް އެގޮތަށް ވިދާޅުވެ، ޓުވީޓު ކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުގެ ފޮޓޯއަކާއެކުގައެވެ. އެމަނިކުފާނަށް ހުވާ ލައިދެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

އޭރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ވެސް ހުންނެވި ގާސިމް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. އެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމް ހިމެނެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުނު އިރު، މިހާތަނަށް 123 މަޝްރޫއެއް ނިންމާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ބަނދަރު ހެދުމުގެ ޕްރޮޖެކްޓުތަކާއި ސިއްހީ، ކުޅިވަރުގެ ދާއިރާގެ ގިނަ ޕްރޮޖެކްޓުތައް ނިންމައިފައެވެ. މީގެ ތެރޭގައި ގިނައީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެވެ.

މީގެއިތުރުން 181 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި 64 މަޝްރޫއެއް ބީލަމަށް ލާފައިވާއިރު 90 ޕްރޮޖެކްޓެއް އެވޯޑުކޮށް 18 ޕްރޮޖެކްޓެއްގެ ޑިޒައިނިންގެ މަސައްކަތް ވަނީ އެވޯޑު ކޮށްފައެވެ. އަދި ޕްރި ޓެންޑަރިންގެ މަރުހަލާގައި 138 ޕްރޮޖެކްޓު މިހާރު ވެސް އެބައޮތެވެ.

ދެ އަހަރު ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓުތަކުގެ ތެރެއިން 52 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ މަޑުޖައްސާލައިފައެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ހުއްޓާލަން ޖެހުނު މަޝްރޫއުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޯހަލާކު

    ތިކަހަލަ "ތެންކިޔޫ ފޯދަލައުރާ" މެންނަށް ހަމަވާނީ ތިވަރު..!!!

    60
    1
  2. ޢަހު

    ސޭޓް އިބު ވެރިކަމަށް ގެންނަންވެގެން ވޯޓް އޮޅުވާލަން ފައިސާ ޙަރަދު ކުރީވެސް އެވެސް އިޚްލާސްތެރި މަސައްކަތެއްތަ؟

    63
    2
  3. މާމި

    ރައްޔިތުން ބަނޑައްޖެހި ކާއެއްޗެހީގެ އަގު ބޮޑުވެ ޒުވާނުން ގޭގޭން ނެރެފަ ހުންނަ ޑަސްބިން ކޮތަޅު ހާވާގެން އެއިން ކާއެއްޗެހި ނަގާގެން ކައިގެން އުޅޭހާލަތައް ގައުމު ދިއާމަ ބޮޑު މަހުޖަނައްތިވީ އަމާން ބަނދަރަކައް ދެވުނުކަމައް ސާބަހޭ

    68
  4. ތަރު ޖަ މާ ނު

    މި ވެރިކަމު ގައި ތިޔަ ގޮތަށް ފޮނުވާ ޓުވިޓު ތައް ބަލައި ނު ގަންނަމެވެ!

    56
  5. ހާމިދު ޝާހިދު

    ތި ވިދާޅުވަނީ އިހުލާތެރި ނޫނީ ރައީސް ނަޝީދޭ ތޯ! ނޫން ! އެހެނެއްނުވާނެ، ކިތަންމެވަރަކަށް ކޯޅި ސަނުގެ ބައިވެރިން އެއީ ދޭއްޗެއް ކަމަށް ދައްކަން އުޅުނަސް، ސަރުކާރާއި މަޖިލިހުގެ ސުޕީކަރާ ދެމީހުންނަކީ އެއް ޖަގިޔާގައި އޮތް ދެ ބޯޅަ.

    55
  6. ކުޑަމޫސަ

    މާކުންބެ ، ބިޑުހައިބޮޑުވީމާ ސަރުކާރަށް ސަނާކިޔައިގެން އަނެއްކާ ބައިވަރުތަކެއް ލިބިގަންނަންވީތޯ ؟ މާކުންބެ މާކުންބެ ، ބަނޑަކީ ދުވަހަކުފުރޭނެ އެއްޗެއްނޫން ...... ސަލާމް

    20
  7. ކުޑަމޫސަ

    މާކުންބެ ، ބަޑުހައިބޮޑުވީމާ ސަރުކާރަށް ސަނާކިޔައިގެން އަނެއްކާ ބައިވަރުތަކެއް ލިބިގަންނަންވީތޯ ؟ މާކުންބެ މާކުންބެ ، ބަނޑަކީ ދުވަހަކުފުރޭނެ އެއްޗެއްނޫން ...... ސަލާމް

    38
    2
  8. Anonymous

    އެހެންވެ ތޯ ލާދީނީ ރިޕޯޓް ވެސް ނެރުނީ އަދި ނުވިތާކަށް އެމީހުން ނަށް އަދަބު ނުދެވި އުޅެނިކޮށް އަނެއް ރިޕޯޓް ވެސް ނެރުނީ. ނޫނޭވާ ސޯލިޙް

    14
  9. ލައިލާ

    ސަނާނުކިޔާ ސޭޓްއަކަށް ނޫޅެވޭނެ. ސޭޓްގެ ރިސޯޓްތަކުގައި ގަވާއިދާއި ހިލާފަށް އެތަށްކަމެއްކޮއް ސްޓަ ރފުންނަަށް ހަމަމުސާ ރަދޭން އެއްބަސްވެގެން ލޯނުނަގާފައި ރޫމްތައް ހަދަމުންދަނީ ސްޓަރފުންލައްވާ މަސައްކަތް ކު ރުވާފަ އަބިދަ ރިން ނަށް ކާންދޭވަރަށް މުސާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަރނުދޭދެން ތިކަހަލަ ޓްވީޓަކުން ނިންމާލަނީ

    14
  10. ބުއްޅަބޭ

    މީނަގެ ކަމަކީ ސަނާކިއުން! ދެން ކުރެވޭނެ ކަމަކީ ހާރޓް އެޓެކެއްގެ ޑްރާމާ ޖެއްސުން!

    25
  11. ފަޤީރު މަހްޖަނު

    މިކަލޭގެއައް އެއްޗެހި ގިނައިން ލިބުނުވަރަކައް ސަނާކިޔާނެ ހަމަލިބުން މަދުވީ އަނެއްކޮޅައް އެނބުރެންފަށާނެ ތީ އެންމެފަޤީރު މަހްޖަނު

    13
  12. ރާއްޖެތެރެ

    މަނިކުފާނައް ވޯޓް ދިނީވެސް އެމްޑީޕީ ފިކުރާ ދެކޮޅު މީހުން. މިހާރު މިވާގޮތުން ޤަސިމަ ވޯޓް ދިނުން ނިމުނީ.

    13
  13. ލާދީނީ

    ހަމަތެދެއްތޯ ދަ ރަނީގެ އަދަދު ކިތަށް ބިލިޔަނަށް އަ ރައްޖެތޯ ނޫނޭވާ ދެހޮ ރަކުންނޫ ހަތަ ރުހޮ ރުން ވެސްހަމަކަށި ޖަހަންވީ ރައީސްޔާމީން ވެ ރިކަމުން ފެބިއި ރު ފިޔާ ކިލޯއެއްގެ އަނގު 10 ރ މިހާ ރު 25 ރ ނޫނޭވާ ތިހި ރީ ފިސާ ރަނގަޅަށް ކެވިފަ!

    13
  14. ޖައްބާރު

    ޤައުމު އަމާން ބަދަ ރަކަށް ގެއްދިއުމަށް ޓަކައި ވީހާވެސް ތުއްތު ކުދިންނާ އިދެވޭތޯބަލާތި!

    14
    • އަޙްމަދު

      ހަސަދަވެރިނުވޭ

  15. އަޙްމަދު

    ހަގުއަބިވެސްމިނިސްޓަރުކަމަށްކުކުރަނީތޯ؟