ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ޗައިނާއިން ލުޔެއް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް، އެ ލޯނުތައް ދެއްކުން ޗައިނާ އިން ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ދެ އަހަރު ފުރުމާ ގުޅިގެން އިއްޔެ އެމްޑީޕީ ހަރުގޭގައި ހުންނަވައި ނަޝީދު ވިދާޅުވީ، ޗައިނާއިން ދަރަނިތައް ދައްކަން ލުއި ނުދިން ކަމަށެވެ. އަދި އެގޮތަށް އެކަންތައް ނުކުރުމަށް އެގައުމުގެ ރައީސް އަށާއި ސަރުކާރަށް ދަންނަވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިގޮތަށް ވާހަކަ ދައްކާފައިވީ ނަމަވެސް، މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ޗައިނާގެ ދަރަނިތައް ދެއްކުން ހަތަރު އަހަރަށް ފަސްކޮށްދޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް މިހާރު ފަސްކޮށްދީފައިވާ ކަމަށެވެ.

"ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއީ) އޭގެ ދަށުން ޗައިނާ ސަރުކާރުން ދޫކޮށްފަ ހުރި ލޯނުތައް މިހާރު ވަނީ ފަސްކުރެވިފައި" ހޫދު ވިދާޅުވިއެވެ.

ޗައިނާއިން މެދުވެރިކޮށް ރާއްޖެއިން ވަނީ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ލޯނެއް ނަގާފައެވެ. އެއީ ރާއްޖޭގައި އެކި އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނަގާފައިވާ ލޯނުތަކެކެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވާ ގޮތުން ނަމަ އެ ފައިސާގެ ބޮޑު އަދަދަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ހިމަނާފައިވާ ފައިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ނައިމް

  ނަޝީދޫޫޫޫޫޫ ދައްކާ ހުރިހާ ވާހަކައެއް މިޖެހެނީ ޑަސްބިނަކަށްނު ލާން.

  112
 2. އިއްބެ

  ތީ ނަޝީދުގެ ޖީބައް އަޅާ ލާރިކޮޅެއް. ދިވެހިން ބީތާވެފަ ހުރި ވަރުން އަދިވެސް މިމީހުންނަށް ތާއީދު ކުރާނެ.

  102
  1
 3. ވައިކިން

  މަތް ﷲ މި ނަޝީދުގެ މުޞީބާތުން މި ޤައުމު ސަލާމަތަކުރައްވާށި

  116
  1
 4. ައަނިލް

  އަބަދުވެސް މީހުން މަގުފުރެއްދުމަށް މިސޮރު ދޮގުމަތިން ދޮގު ހެދުންނޫން އެހެންކަމެއް
  ތިސޮރު ކުރޭތެ؟ މީނާ އަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭ އެހެން މީހަކު އެއްޗެއް ބުނެފިތަ
  ލަހެއްފަހެއް ނެތިމުޅި ގަޢުމުގައި އަޑުފަށްގަޑު ހިއްޕާލާފައި އޮންނާނެ، އަދި ވަކިން ރާކަނި
  ޓީވީން (ރާއްޖެޓީވީން) ޕްރޮގްރާމްތައް ހަދައިގެނެސްދޭނެ އަހަންނަށް ހީވަނީ މި އަންނި އަށް
  ރާއްޖެ ޓީވީން ސަޖިދަ ޖަހާނެހެން

  71
 5. ކޮވިޑް

  މީނަ ތެދެއް ހެދީ ކޮން އިރަކު؟ ހަންދާން ހުރިމީހަކު ބުނެބަލަ..

  89
 6. ޢުނބުޝޭމް

  ޢެމީހަކަށް . ކު ރަން އިގޭ ކަމެއް ދޯ ކު ރާނީ

  63
 7. ގުނބޯއެލެކުސް

  މީނަ މީ ހަމަ އިންޓަނޭސަނަލް ކަށްޒާބެއް މިގައުމަށް ފާވެފަހުރި ސައިތާނެއް.

  69
 8. ސލ

  އައްނި ޖަހާ މަޅިއަކީ އޭނާ ބެދޭނެ މަޅިއެވެ މިސަ ރުކާ ރު
  ވެ ރިކަމާ ހަވާލް ވިއި ރު ދައުލަތުގެ ވަތްގަޑުގައިުހު ރި ފައިސާ ތައް ތަޅާބު ރުރުރުއްސީ އަމިއްލަ މަސްލަހަތުގައެވެ. މިހާ ރުވެސް
  ނަގާފައިވާ އެތައްބައިވަ ރު ލޯނު ބޭނުންކު ރަމުންދަނީ މަގޭ
  ވެ ރިކަމަށް އައުމަށް ކެމްޕޭން ކު ރުމަށެވެ އެހެންވީމާ އިތުރު ރު
  ލޯނު ރ ނުނެގުމަށް ސަ ރުކާރ ރަށް ގޮވާ ލަމެވެ.

 9. ޖުހާ

  ތީ ހަމަ ބީތާއެއް

  16
 10. ްގާހަކަ

  ދުވަހަކުވެސް ދުވަހަކުވެސް ދޮގެއްހެދެންއޮއްވާ މިކަލޭގެ ތެދެއްނުހަދާނެ އެއީ ސައްތައިން ސައްތަ ޔަޤީންކަމެއް

  15
 11. މިވަރުގެ މީހުން..

  ހެހެހެ..އެމްޑީޕީ ހަރުގޭގައި ހުންނަވައި ނަޝީދު ޚުދު އޭނަގެ އަމިއްލަ ސަޕޯޓަރުންނަށްވެސް އޮޅުވާލަނީ.

 12. އަބްދޫ

  ޗައިނާގެ އެއްވެސް ލޯނެއް ދައްކާކަށްނުޖެހޭ.ލޯނުދަެކަން ޖެހެނީ އިންޑިޔާ އަށް މިހަދައިގެން އުޅޭ ބަޖެޓަކީ ރައްޔިތުންގެ ލޮލު އަނދުނެއް.ހަގީގަތެއް ނޫން އޮޅުވާލުމެއް.

 13. ހާމާނު

  ކޮންއި ރަކުތަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެދައްޖާލު ތެދެއްހެދީ ދޮގެއްނޫނީ ނުހަ ދާނެ އޭނަދައްކާ އެވެސްވާހަކައެއް ގަބޫލުކު ރާނީ ބޮލު ރޮދިކެ ޑިފަތިބޭ ގަމާ ރުން:

 14. ސަންފާ

  އެމީހަކަށް އިނގޭ ކަމެއްތާ ކު ރެވޭނީވެސް ދޯ ކުދިންނޭ.

 15. އަޙްމަދު

  ދޮގެއް ހެދެން އޮއްވާ ތެދެއް ނަހަދާނެ މީހުން އުޅޭކަން ނޭނގެނީބާ! އެމްޑީޕީގައި ގިނަވާނީ އެކަހަލަ މީހުން!

 16. ޑައެލޯގް

  ޗައިނާއިން ދަރަނިތައް ފަސްކޮށްދިނެވެ. އެކަމު ރައްޔިތުންގެ ބޭންކް ބީއެމްއެލް އިން ފަސްކޮށްދޭނެޔޭ ކިބޫބުނިނަމަވެސް އެކަމެއް މިސަރުކާރުން ނުކޮށްދެއެވެ. ހެދީމަކަރެވެ. އިންޓްރެސްޓް އަރައެވެ.

 17. އަނަސް

  އަބަދަކު ހިނިޖަހާކަށް ނުތިބެވޭނެ. ކޮންމެވެސް ދުވަހަކުން ތިޔަވެރިކަން ބަދަލުވާނެކަން ދަންނާތި. އެދުވަހުން އާއިލާއޭ އަމަޔޭ ބަފަޔޭ ނުގޮވާތި. ތިޔަކަހާ ކަނޑުލުގެ ހިތިވެސް ފެންނާނެ.

 18. ވެރިން

  ސުވާލު މުބާ ރާތުގެ ފަހުސުވާލު ތެދެއް ހެދެން އޮތްވާ ދޮގުހަދާ ،ދޮގެއް ހަދަން ޖެހިއްޖެއްޔާ ފަސްނުޖެހި ދޮގުހަދާ މީހަކީ ކާކު؟

 19. Anonymous

  ތީ އަބަދުވެސް ދޮގު ހަދާ މީހެއް. ތީނަގެ އަނގަޔަކުން ނުނިކުންނާނެ އެންމެ ތެދެއްވެސް. މިޤައުމުގެ ހަލާކުތީ

 20. ނީނާ

  ތީ ވަރަށް ދޮގު ހަދާމީހެއް. މީނަގެ އަނގަޔަކުން ނުނިކުންނާނެ އެންމެ ތެދެއްވެސް. ޤާއުމުގެ ހަލާކު ތީ

 21. ސޭޓު

  އަންނިއަށް އެހެން ބުނެ ޓްވީޓް ކޮއްލެވުނީ ބޮލުގަ ބަޑިޖައްސާފަ އިން ވަގުތެއްގައޭ ގެޓުވެބަލަ.

 22. އަހްމަދު

  ޔާﷲ. ކެނެރީގެއިން މިގައުމުގެ މައްޗަށް ފާވެފައި ހުރި މުޙައްމަދު ނަޝީދޭ ކިޔުނު ނުބައި ނުލަފާ ޝައިޠާނުގެ ކިބައިން މިގައުމު ސަލާމަތްކުރައްވައިފާނދޭވެ. ދިވެހި އެންމެހައި ރައްޔިތުން ނުކުމެ ﷲގެ ޙަޟުރަތުގައި ދުއާދަންނަވައި، މިނުބައި ދައްޖާލާއި އޭނާގެ ރޭވުންތަކުގައި ޖެހިފައި ތިބި މީހުންގެ ކިބައިން މި ގައުމާއި ރައްޔިތުން ސަލާމަތްކުރެއްވުން އެދި ދުއާކުރަން އެންމެ ހިނގާބަލަ ހުސްބިމަކަށް އަންނަ ހުކުރު ދުވަހު ޖަމާވެލަން.