ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު ގެޒެޓްކޮށްފިއެވެ.
މީރާއިން ބުނީ މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އަދި މީރާގެ އިޚްތިޞާޞް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ޓެކުހާ ގުޅޭ ޖިނާއީ ކުށުގެ ތަޙުޤީޤުތައް ކުރިޔަށް ގެންދިއުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ގަވާއިދެއްކަމަށެެވެ.
އަދި، މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން މީރާއަށް ދީފައިވާ ބާރުތަކުގެ ބޭރުން އިތުރު ބާރުތަކެއް ލިބިދޭ ގަވާއިދެއް ނޫން ކަމަށް ވެސް މީރާއިން ބުންޏެވެ..
މީރާއަކީ، 2010 ވަނަ އަހަރު ތަސްދީގުކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން، މުސްތަގިއްލު، މުއައްސަސާއެކެވެ.
މި ގަވާއިދުގައި، ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ، ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާއަށް ހުށަހެޅުމުން، މީރާއިން އަމަލުކުރާނެ ގޮތާއި، މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނާފައި ވެއެވެ. އަދި، މީރާއިން ކުރިޔަށްގެންދާ ތަހުގީގަކާއި ގުޅިގެން މީހުން ހާޒިރުކުރުމާއި ސުވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގަވާއިދުގައި ކަނޑައެޅިފައި ވެއެވެ.
މީގެ އިތުރުން، މި ގަވާއިދުގައި މީރާއިން ކުރިއަށްގެންދާ ތަހުގީގަކާއި ގުޅިގެން، ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް، އަދި މި ފަދަ ތަހުގީގަަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާއި ބޭންކް އެކައުންޓު މޮނިޓަރކުރުމާއި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް ކަނޑައަޅާފައިވެއެވެ،
ތަހުގީގު ނުކުރިޔަސް ރައްޔިތުން ނޮޅާކާންވީއެއްނު.. ހުރިހާ މުދަލެއް ފޭރިގަނެފަ ދެން ހުރިހާ ޖަނަވާރުން އެ ބަނޑަށް އަޅައިގެންތިބެންވީއެއްްނު
މީރާވެސް ކޯޓަކަށް ބަދަލްވީތާ، ދެން ހުކުމް ވެސް ކުރަމުން ގެންދަންވީ ނުންތޯ ދައުލަތުގެ ނިޒާމް އެކީ އެކައްޗަށް އޮޅުން ބޮޅުންވެ ބޮއްސުންލާ ފެއިލް ވެފައިމިވަނީ، ކޮންމެ މުައްސަަާއެއްގެ ބަޔަކުވެސް އެއީ ވަކި ދައުލަތެއްހެން ހީވާކަހަލަ !
މިއީ "ބަލާވެރިކަމެއް" ނޫންތަ