ގދ. ތިނަދޫގައި ރަހީނުކޮށްފައި ހުރި ގއ. ކަނޑުހުޅުދޫ އަށް ނިސްބަތްވާ މީހަކު ސަލާމަތްކޮށްފިއެވެ.

އެރަށު ގެއެއްގައި ރަހީނުކޮށްފައި ހުރި އެ މީހާ ސަލާމަތްކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ފުލުހުންގެ މިީޑިއާ އޮފިޝަލް ވިދާޅުވީ، ތިނަދޫގައި މީހަކު ރަހީނުކޮށްފައިވާ މައްސަލައެއް މިއަދު ހަވީރު 17:00ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި، އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ދިވެއްސެއްބާ؟

    11
    2
    • ޢަލީ

      އެހެންކަމަށް ބުނަނީ

      3
      1
    • ...

      އެ އޮތީ ގއ.ކަނޑުހުޅުދޫ އޭ..

    • ޖަންބު

      ނޫނޭ ކަނޑުހުޅުދޫގަ އުޅެނީ ސިންގަޕޫރު މީހުން

      11
  2. ހަސަން ފޭދޫ

    ތީގެން ނޭންގުނު ދިވެއްސެއްކަމެއް ބޭރު މީހެއްކަމެއްވެސް.

    4
    1
  3. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ދިވެއްސެއް ކަމެއް، އަންހެނެއް ކަމެއް، ފިރެހެނެއްކަމެއް ނޭންގޭ. މީގަ ވާނުވާ އެބައެނގޭ؟

    4
    1
    • މ

      ދިވެއްސެއްކަން އެބަ އިނގޭ!!!

  4. ސްޓިކާ

    މި ސަރުކާރުން ލޮކްޑައުންއެކޭ ކިޔައިގެން ހުރިހާ ރައްޔިތުން ގޭގަ ހައްޔަރުކުރީމަ އެ ނުވޭތަ ރަހީނުކުރުމަކަށް..މި ސަރުކާރު މި ޖެހިފައޮތް ބޮޑުވަބާއެއް. ހުސް ދޮގާ މަކަރު ނޫންކަމެއް ނުކުރެވޭ

    13
    8
  5. ޭލާރިބަނޑު

    ޙެޔޮ ނޫސްވެރިކަން. އަންހެނެއްކަމެއް ފިރިހެނެއްކަމެއްވެސް. މައުލޫމާތެއް ނުލިބޭ ނޫހަކުން

    13
  6. މީހެއް

    What does Raheen mean

    • Anonymous

      ރަހީނުބޭ