ގދ. ތިނަދޫގައި މިއަދު ރަހީނުކޮށްފައި ހުއްޓާ ސަލާމަތްކޮށްފައި ވަނީ، ގއ. ކަނޑުހުޅުދޫ މީހެއް ކަމަށާއި، އެ މީހާ ރަހީނުކޮށްފައި ވަނީ ހަތަރު މީހަކު ގުޅިގެން ކަމަށް "ވަގުތު"އަށް އެނގިއްޖެއެވެ.

އެ މީހާ ރަހީނުކޮށްފައި ހުއްޓާ ސަލާމަތްކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އޭނާ ރަހީނުކޮށްފައި ހުރީ އެރަށު ގެއެއްގެ ތެރޭގައެވެ.

އެ މައްސަލާގައި މިހާރު ތިނަދޫން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހަވީރު އެރަށުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެއްގެ އިތުރުން، 52 އަހަރުގެ މީހެއް ކަމަށެވެ. އެ ހަތަރު މީހުންނަކީވެސް ތިނަދޫއަށް ނިސްބަތްވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހާ ރަންޑި

    ތިނަދޫއަކީ މާ ތާހިރު ބަޔަކު ދިރިއުޅޭ ރަށެއް ނޫން.

    20
    6
  2. قمنينينثهثرثهثوبكسىينثرثخثرثمثتثرينيركطعسغصم

    ކީއްވެ ރަހަހީނު ކުރަންޖެހުނީ؟