އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ އިތުރު 15 ކެންޑިޑޭޓެއްގެ ނަން މިހާތަނަށް އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެެވެ.
އިލެކްޝަން ކޮމިޝާނުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެެފައި ވަނީ، އެ ހުރިހާ ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައި ވަނީ އެ ކޮމިޝަނުން ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި ކަމަށެވެ.
ނަން އަނބުރާ ގެންދިޔަ 15 ކެނޑިޑޭޓުންނަކީ:
- ހުޒައިމާ މޫސާ / ފ. ދަރަނބޫދޫ
- އިބްރާހިމް ނިޒާރު / ރ. ކިނޮޅަސް
- ފާތިމަތު އާމިރާ / ގދ. ގައްދޫ
- އަބްދުﷲ ނަސީމް / މ. ދިއްގަރު
- ސަފުވަތު އަދުނާން / ކ. ކާށިދޫ
- ފަޟީލް ރަޝީދު / މާފަންނު ދެކުނު
- މުހައްމަދު އިހްސާން / ށ. ފޭދޫ
- އާމިނަތު ޝިޒްލީން / މައްޗަންގޯޅި ދެކުނު
- ވަސީމާ ހުސައިން / ކ. ހިންމަފުށި
- މުހައްމަދު ނާއިފް / ރ. މީދޫ
- އަލީ އާނިމް / ގދ. ވާދޫ
- ހުސައިިން ހުސްނީ / އދ. އޮމަދޫ
- އަހުމަދު އިމްރާން / ކ. ދިއްފުށި
- އާއިޝަތު ޝަޒްނާ / ލ. މާމެންދޫ
- ދޮންދީދީ / ގއ. ކޮނޑޭ
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެމިގެންދާ ގޮތަށް ވަނީ ހަދައިފައެވެ. ކައުންސިލް އިންތިޚާބު ފަސް ކުރީ ޕާޓީތަކުން ޕްރައިމަރީ ބާއްވާ ކެމްޕޭން ވެސް ފެށި ފަހުންނެވެ. އިންތިހާބު ލަސްކުރުމުން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
މިހާރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ އަދަދު ވަނީ 55 ކަށް އަރައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އަހަރުގެ މާޗް ހައެއްގައި އިންތިހާބު ބޭއްވުމުގެ ތައްޔާރީތައް ފަށައިފައެވެ.
އީ.ސީ ސަރީފޫ ނަން އަންބުރާ ގެންދިޔައީ ކޮންޕާޓީ ތަކަކުން ކަން ބުނަން ލަދު ގަތީ ތޯ؟
އިންތިޚާބުގެ ކުރިން ރައްޔިތުން ނުކުމެނަމަވެސް ރިޝްވަތުޖާޑީ ބޭރުކުރަން ޖެހޭ!
ޢީސީސަރީފުއަކީ އުމރަށްޖަލުގާބަހައްވީމީހެއް
އެމްޑީޕީ ކިތައް ކެންޑިޑޭޓުންކަން ބުނެދީބަލަ