ވެރިކަން ކުރާ ކޯލިޝަން ރޫޅި ކޯލިޝަންގެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވުމުގެ ސަބަބުން ސަރުކާރުން ދޭން ޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ނުދެވި ކަންކަން ބޮއްސުން ލައިގެން ދާތީ ގައުމަށް އެންމެ މަސްލަހަތު އޮތް ގޮތަކީ އަވަސް އިންތިހާބަކަށް ދިއުން ކަމަށް އިިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން މިއަދު ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެއް ގޮތަށް ސަރުކާރުގެ އަމަލުތައް ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ނުދެވި ސަރުކާރުގެ ވެރިން ތިބީ އެތެރޭގެ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށެވެ.

މި ގޮތުން ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަނުޖެހި ލާދީނީ ފިކުރު ފެތުރުނަ ނުދިނަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާ ކަމާއި ސަރުކާރުން ހުށަހެޅި ބަޖެޓަށް ތާއީދު ނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަން ފާހަގަކުރެއްވިއެވެ.

ބަޖެޓް ކަމު ނުދަނީ ވެރިކަން ވައްޓާލަން ބޭނުންވާ މީހުން ކަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ކަމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްޗެއް ވިދާޅުނުވެ ހުންނެވި ކަން ވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން އެމްޑީޕީގެ މެންބަރުންގެ ސްޓޭންޑް ވެސް ތަފާތު ކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާލުވީ އިދިކޮޅު ކޯލިޝަނުން ކުރަމުން ދަނީ ޒިންމާދާރު މަސައްކަތެއް ކަމަށާއި ގާނޫނީ އިމުގެ ބޭރުން ސަރުކާރު ވައްޓާލުމަށް އެ މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ސަރުކާރު ވައްޓާލަން އުޅޭ "ބާޣީން" ތިބީ ސަރުކާރުގެ ތެރޭގައި ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ވިޔަސް ސަރުކާރުގެ އެތެރޭގެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ހަރުދަނާ ނިންމުމެއް ނުނިންމި ގައުމުގެ އިގްތިސާދާއި އިސްލާމީ ވަހުދަތަށް ގެއްލުންވާ އެތައް ކަމެއް ވުމަށް ދޫކޮށްލައިގެން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންމެ މަސްލަހަތު އޮތް ގޮތަކީ އަވަސް އިންތިހާބެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޣައިރު ޤާނޫނީ އެއްވެސް ކަމަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަކުން ހިތްވަރެއް ނުދެން. ނަމަވެސް ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިނުދެވޭނަމަ، އަވަސް އިންތިޙާބަކަށް ދިއުމަކީ ޤައުމަށް އެންމެ ފައިދާ ކުރުވަނިވި ގޮތް ކަމުގައި ދެކެން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވީ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓެކެވެ. އަންނަ އަހަރު ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 17 ބިލިއަން ރުފިޔާ ކަމަށް ބަޖެޓްގައި ބުނެފައިވާއިރު، ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ.

ބަޖެޓްގެ ޑެފިސިޓް ބޮޑުއިރު އާމްދަނީއަށް ވުރެ އިތުރަށް ކުރަން ކަނޑައަޅާފައިވާ ހަރަދުތައް ކުރުމަށް ދަރަންޏަށް ފައިސާ ލިބިދާނެ ކަމާ މެދު މަޖިލީހުގެ ބައެއް މެންބަރުން ސުވާލު އުފައްދައެވެ. އަދި ދަރަނި ބޮޑު ބަޖެޓްގައި ފުޓްސަލް ދަނޑާއި އިމާރާތްތައް އެޅުން ފަދަ ކަންކަން ހިމަނައި އާމްދަނީ ލިބޭނެ މަޝްރޫއުތައް ނެތް ކަމަށް ބުނެ ބައެއް މެންބަރުން ފާޑުވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަން ނީ

    އަވަސް އިންތިޚާބެ އް ބޭ އްވިޔަސް ތި މީހުންނަށް ވެެރިކަމާ އި ހިސާބަކަށް ނާ ދެވޭނެ!

    21
    25
    • އައްޑޫ މީހާ

      ވަގުން އިލެކްޝަނަށް ލާފައިތިބީ އެހެންވެ ދެއްތޯ

      12
      9
      • ޜޢ

        ޥަގުއެއޮތީޖަލުގަ،

        10
        14
      • ނިސާ

        ވަގުން އިލެކްޝަނަށް ލީވެސް ހަމަ ބޮޑު ވަގެއް

        5
        4
  2. ސލ

    އަވަސް އިންތިޚާކަށް ދިއު މަށް ސަރުކާރަށް ގޮވާލަ މެވެ މިސަރުކާރު އިތުރަށް ދަ މަހައްޓައިފިނަ އިއާދަ ނުކުރެވޭ ވަރުގެ
    ގެއްލު މެއް ގައު މަށް ލިބިދާނެއެވެ.

    17
    5
  3. ރާގޮޑިރާޖަ

    ދަތްދޮޅިއާދަނު މޮޔަފުޅުވީތޯ.

    8
    10
  4. ޔާގުންޑޭ

    ބަލިން ސަލާމަތް ނުވެވޭއިރު އެކަންތައް ސަރުކާރަށް ކަނޑަމުން މިކަހަލަ ވާހަކަ ދައްކަން މިމީހުންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް އެބަހުރިބާ

    7
    13
  5. އަދޮދޯތް!

    މިސަރުކާރުގައި ރައީސް މައުމޫނަށް ވެސް ފާޑުވިދާޅުވުމުގެ ބާރު އެބައޮތެވެ. އެހެނެކޭ ކިޔާފައި ކޯލިޝަން ނުރޫޅޭނެ އެވެ. އަދި ރައީސް މައުމޫން ނިކަމެތި ކުރައްވައި ޖަލަކަށް ނުލައްވާނެ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ބިދޭސީންނަށް މިލްކުވާ ގޮތަށް ފާފު އަތޮޅު ނުވިއްކާށޭ ވިދާޅުވީމައި ރައީސް މައުމޫނު ލެއްވީ ޖަލަށެވެ. އޭރު ކަލޭމެން ކޮބައިހެއްޔެވެ؟ ރައީސް މައުމޫން އޭރު ވިދާޅުވި ބަސްފުޅަށް އިޙުތިރާމް ކުރިންހެއްޔެވެ؟ މިހާރު ވެސް ތި މަންޒަރު ބަލަންތިބީ، އޭރު އެ މަންޒަރު ވެސް ބަލަންތިބި މީހުންނެވެ.

    1
    6
  6. ނުވިސްނޭނެ

    ކިތައްމެ ވަރަކަށް ވެސް އިންތިހާބު ބޭއްވިދާނެ އެކަމު ދެނެއް ދިވެހިން ކަލޭމެއްނަކަށް ވެރިކަމެއް ނުދޭނެ

    1
    10
  7. މެކުނު

    ގައުމައް އެންމެ މަސްލަހަތު އޮތް ގޮތަކީ ޕީ ޕީ އެމް އާއި ޕީ އެން ސީ އުވާލުން

    1
    9
  8. ހަސަދު

    މިސިޔާސީ ބައިގަނޑު ތައް ތެލި ފޮޅެނީ ސަރުކާރު ނުވެއްތިގެން. މިމީހުން މިއީ އަމިއްލަ އެދުން ބޮޑު އަދި ޖީބު ފުރަން މަސައްކަތް ކުރާ މީހުން. ގައުމަށް ހޮއޮ އެދޭ އެއްވެސް ސިޔާސީ މީހެއް އަދި ނުފެނޭ.

    2
    6
  9. ނާޅި

    ލިބޭ އާމްދަނީއަށް ވުރެން ބޮޑު ބަޖެޓެއް ހަދަނީ ބަޔަކު މީހުން ބަޖެޓުން ވައްކަން ކުރަންތޯ ؟ ކޮންމެ އަހަރަކު ބަޖެޓެއް ހަދާފަ ވައްކަން ކުރުން މިއޮންނަނީ ! ދަރަނި ބޮޑުވަނީވެސް ވައްކަން ކުރުމުގެ ސަބަބުން ! ރައްޔިތުން އަސްލު ފަޤީރު މީހާގެ ދިރިއުޅުމަކަށް އެއްވެސް ރާހަތެއްލާ ހެޔުބަދަލެއް ނާދޭ ބަޖެޓަކުން !