މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުނުވެ ފާޑުކިޔުންތައް އަމާޒުވަމުން ދާތީ މާލޭ މޭޔަރު ޝިފާ މުހައްމަދު އަނެއްކާވެސް ޒިންމާއިން ރެކިވަޑައިގަތުމުގެ ގޮތުން ފެން ބޮޑުވުމުގެ މައްސަލަ ހައްލު ނުކުރެވެނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ވިދާޅުވެއްޖެއެވެ.

މިހަފްތާގައި މާލެ އަށް ކުރި ވިއްސާރައިގެ ސަބަބުން މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ހިނގައި ބިނގާވެ އުޅެން ދަތިތައް ކުރިމަތިވިއެވެ. އެއާއިއެކު ގިނަ ބަޔަކު ވަނީ މާލޭ ސިޓީ ކައުންސިލަށާއި މޭޔަރު ޝިފާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މާލޭގެ ހާލަތު އޮތް ގޮތް އަންގައި ދިނުމަށް އެޑިޓް ކޮށްފައި ހުރި ފޮޓޯތަކެއް މީހަކު ޓްވިޓާގައި އާއްމު ކުރުމުން ޝިފާ ވަނީ މާލޭގައި ފެންބޮޑުވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. ފޮޓޯތަކުން ފެންނަނީ ފެންގަނޑުގެ ތެރޭގައި މޭޔަރު ޝިފާ ހުންނަވާތަނެވެ.

އެފޮޓޯތަކާއި ގުޅިގެން ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފޮޓޯތައް އޭނާ އަށް ކަމުދާ ކަމަށެވެ. މިފޮޓޯތަކާއި އެކު ކައުންސިލާއި އޭނާ އަދި ސަރުކާރުގެ ޒިންމާ މައްސަލަ ހައްލުކުރަން އޮތް މިންވަރު އިތުރަށް ހަނދާންވާ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ. ނަމަވެސް ޝިފާ ދެން ވިދާޅުވީ މިނިސްޓަރ މުއިއްޒުގެ އަތްޕުޅުގައި ހަތް އަހަރު ދުވަސް ވަންދެން ހުރިހާ ބާރެއް އޮތްއިރު މިމައްސަލަ އަށް ހައްލެއް ނުގެނައި ކީއްބެތޯ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.

މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ނުވަނީ މުއިއްޒުގެ ސަބަބުން ކަމަށް ޝިފާ ވިދާޅުވުމުން ގިނަ ބަޔަކު ވަނީ ޓްވިޓާގައި އޭނާ އަށް ފާޑުކިޔާފައެވެ. މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ޝިފާ އަށް ދެއަހަރު ދުވަސް ތެރޭގައި ކުރެވުނީ ކޮންކަމެއްތޯ ވެސް ފާޑުކިޔާ މީހުން ސުވާލު ކޮށްފައި ވެއެވެ.

"މާލޭސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ނަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްގެން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ސިޓީ ކައުންސިލުން ޖަނަވަރީ މަހު މަޝްރޫއެއް ފެށިއެވެ. ނަމަވެސް އެމަޝްރޫއު ފެށިތާ އަހަރެއްވާން ކައިރިވެފައި ވާއިރު އަދިވެސް އެމަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް މާބޮޑު ފައިދާއެއް ކުރާތަނެއް ނުފެނެއެވެ. އަދި މިހާތަނަށް މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލެއް ވެސް ގެނެވިފައެއް ނުވެއެވެ.

މާލޭގައި ފެން ބޮޑުވަނީ މުއިއްޒު މައްސަލަ ހައްލު ނުކުރުމުން ކަމަށް ޝިފާ ވިދާޅުވިއިރު މިސަރުކާރުގެ އެކިއެކި ބޭފުޅުން އަބަދުވެސް ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން ވިދާޅުވަނީ މައްސަލަތައް ހައްލު ނުވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޙިޔާލު

  ތިޔަކު ސަހަލަ މީހަކުނެތް! ޝިފާއަކީ ބޮޑެ ފެއިލެއް! މުއިއްޒު އަކީ 7 އަހަރަ! 7 އަހަރު މިކަމާ ހަވާލުވެހުރި މިނިސްޓަރު! މިއިން އެކަކަށްވެސް ނުވި ދެމީހުންވެސް ފޭލު! މަށަށް މޮޔައީ އަހަރެމެންގެ ތެރެއިން މިއިން ވަކި އެކަކު މޮޅުކަމަށާ މާތްކަމަށާ ރަނގަޅުކަމަށް ސިފަކުރާމީހުން. ވަ ﷲ އަޢުލަމް...

  12
  5
  • ށަވީދު

   ޔާމީން ސަރުކާރުގައި ފެންހިންދުމަށް ކުރި މަސައްކަތް ނާކާމިޔާބެކޭ ނުބުނެވޭ. ފެންބޮޑުވޭ ސަރަހައްދުތަކުގަ މދުވެގެން 30 މިނެޓްތެރޭ ފެންހިނދޭ. ޢޭރުވެސް ފެންބޮޑުވީ އެ ސަރުކާރުން މިލިޔަނުން ހަރަދުކޮއްގެން ބެހެއްޓި ގްރެވިޓީ ޕަންޕްތަކަށް ގެއްލުންދީގެން. ޢެކަމަށް ތުހުމަތު ކުރެވޭ ބަޔަކު މިހާރު ދެން ކީކޭބާ މިކިޔަނީ. ޢޭރު ކަޑައިންޔާ މިހާރު އެއްށްވުރެ ރަނގަޅުކޮށްބަލަ.

 2. އައިޝް

  ލަދެއްހަޔާތެއް ނެތިއްޔާ ދައްކާނެ ވާހަކައެއް ނޭގެންޏާ ކުރާނެކަމެއް ނޭގެއްޏާ އުޅޭނެގޮތަކަށް އުޅެފަ ކުރާނެކަމެއްކޮށްފަ ކާނެވަރަކަށް ކައިފަ އެފައިސާމިފައިސާ ތަކުގައި ބަގުނޑިބައްދައިގެންތިބެ ތަންދޮރު އެނގިފަޔިބޭ ޤައުމުގެ ރައްޔިތުންގެ އިތުބާރާއި ލޯބި ކަށަވަރުކޮށްފައި ތިބޭ މުއިއްޒުމެންފަދަ ރައްޔިތުން ބަލައިގަންނަފަދަ ފެންވަރުގެ ބޭފުޅުން ދިވެހި ޤައުމަށްޓަކައި ރައްޔިތުން ނަށްޓައި ކޮށްދީފައި ހުރިގިނަގުނަ މަސައްކަތް ނުފެނުމީ އަދި އެފަދަ އިޙުތިރާމާއި ލޯބި ލިގެންވާ ބޭފުޅުންނަށް ޝިފާފަދަ ލަދެއްހަޔާތެެއްނެތް ގޮތެެއްފޮތެއްނެތް ގޮތްކުޑަ މުޑުދާރު މީހުންގެ ބަހަކީ މިމުޖުތައު ބަލައި ގާންނާނެ ބައެއްނޫންކަން ހަމަ ކަށަވަރު ތިމާއަށްކަމެއްނުކުރެވި އެހެންމީހުންގެ ބޮލަށް ކަންތައްތައް ޖެހުމަކީ ތިމާގެ ނާޤާބިލްކަން އެއިންވެސް އެނގިގެންދަނީ ލާރިހުރެގެން ވައްކަންކޮށްގެން ކޯލިޝަނެއް އޮވެގެން ކަމެއްނުވަޏާ ރީތިގޮތުގައި އިސްތިއުފާ ދީފަ ގެއަށްދިއުންނޫނޫން ގޮތެއް ތިބައިގަނޑަކަށްނެތް އެކަކުންޏެއްގެ ވަރުންއެކަކުށްޏެއް ހަރުކޮންނާނީ ތިމާގެ ފެންވަރުން ތިމާވާހަކަދައްކަބަލަ ކަލޭތީ އަންހެނުންނަށްވެސް ހުރި ހުތުރެއް މާﷲ ތިބައިގަނޑު ނިކަމެތި ގޮތަކަށް ބަލިކުރަށްވާށި މާޝާﷲ.

  23
 3. އަހުމަދު

  ހިތުގަ އުފެދޭ ސުވާލަކީ އެކަކު އަނެކަކުގެ ބޮލުގަ ޒިންމާ އަޅުވަން މަގާމަށް އަންނަ ބަޔެއް ބާއޭ މީ .

  26
 4. ގައެމު

  ބަލަ މަންޖޭ މިހާރު 2 އަހަރުވެއްޖެ. ކިޔަންވީނުން ނާސިރޭ.

  28
 5. ގައެމުގެ ހަރުމުދާ

  ބަލަ މަންޖޭ މިހާރު 2 އަހަރުވެއްޖެ. ކިޔަންވީނުން ނާސިރޭ.

  22
  1
 6. ގަމާރު

  ބަލަ މަންޖޭ މިހާރު 2 އަހަރުވެއްޖެ. ކިޔަންވީނުން ނާސިރޭ.

  20
 7. ޜާޒުވާ

  ކަމެއް ނުވަންޏާ ދެން ފައިބާ. ކު ރިޔޭ ފަހަތޭ މައްޗޭ ނުކިޔާ

  26
 8. Ahmed Yoosuf

  ބައްލަވަ، މިއީ މުއިއްޒު އެތަން މިލިޔަނެއް ހަރަދު ކޮށްގެން ހެދި މަގުތަކެކޭ ފެންހިންދާށޭ ކިޔާފައި. ވީ ކަމެއް ހަރާމް ..

  3
  24
 9. ޔޫޒަރ

  މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ މިހާރު ޝިފާ ވަރަށް އުފާކުރަންޖެހޭނެ ކަމެއް. އެހުރިހާ ފެން ޝިފާ ހެދި ނަލަނަލަ ޕާކަށް ޑައިވާރޓްކުރެވޭ ގޮތް ހަދާލީމަ ޕާކްގައި ހުރި ހުރިހާ ގަހަކަށް ފެންދިނުމުގެ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ. އަމީނީމަގުގެ މާފަންނާ ވީ ކޮޅު އުސްކޮށްލާފަ ހެންވޭރު ޕާކާ ހަމައަށް އަންނަންދެން ތިރިކުރަމުން ގެންނާނީ. އޭރުން ހުރިހާ ފެނެއް އެމަގުން އަމިއްލައަށް އައިސް ޕާކް ތެރެއަށް އެޅި ގަސްތަކަށް ފެންޖެހޭނެ.

  15
 10. ސ

  30 އަހރުގެ ގެ ވެރިކަމޭ ނުކީ ކޭއްވެބާ ކަލޭމެންގެ އެމްޑީޕީން ޖުމްލަ 5 އަހަރު ވެރިކަން ކޮށްފި އަންނިގެ 3 އަހަރު އިބޫގެ 2 އަހަރު ކަލޭ ސިޓީ ކައުންސިލްގައި ހުރެގެނ ވީކަމެއް ބުނެބަލަ އަހަރެން ލީ ސިޓީއަކަށް މިހާޜު ތިން އަހރު ވެއްޖެ ޖަވާބެއް ނުލިބޭ ގަރާޖަކުން ދަވާދު ސްޕްރޭ ކުރާތީ ދުވަހަކަު ހައްލެއް ނުވޭ އަހަރެންގެ މުސްކުޅި ބައްޕައާއި މަންމަ ނޭވާގެ މައްސަލަ އަބަދު ޖެހެނީ އެގަރާޖުން ފުލުހުންގެ ވެހިކަލާ ސިޓީ ކައުންސިލްގެ ބޮޑެތި މީހުންގެ ވެހިކަލު ހަދަނީ ދެން މިކަން ވެސް މުއިއްޒު ތޯ

  19
 11. އިންސާފު

  ސިފާ އަށް ދައްނަވާބަލަ ޔާމީނުގެ ވެރިކަން ނިމި އިބޫ ވެރިކަމަށް ދެ އަހަރު ވެއްޖޭ! އަދިވެސް ޖެހޭތޯ ކުރީގެ ސަރުކާރުން ގޯސްކޮށް ކޮށްފައި ހުރި ކަންތަކުގެ ވާހަކަދައްކަން. ތިބޭފުޅުން ގެނައީ ކުރީ ސަރުކާރު ގޯސްވެ އެކަންތަށް ރަގަޅު ކޮއްދެން ވައުދު ތަކެއްވީމަ. އަހަރެމެން އަމީހުން މަތިން ހަދާން ނަށްތާލިމަވެސް ތިބޭ ފުޅުން އާ ކޮށްފަ އެމީހުން ގެ ވާހަކަ ނުދައްކާބަލަ😂އާދޭސް ކޮށް ފަ ބުނަން ތިކަންތަކަށް ދާއިމީ ހައްލެއް ހޯދައި ދޭން މަސައްކަތް ކޮށްބަލަ.

  10
 12. Anonymous

  "މާލޭސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ނަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްގެން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ސިޓީ ކައުންސިލުން ޖަނަވަރީ މަހު މަޝްރޫއެއް ފެށިއެވެ.ނަމަވެސް އެމަޝްރޫއު ފެށިތާ އަހަރެއްވާން ކައިރިވެފައި ވާއިރު އަދިވެސް އެމަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް މާބޮޑު ފައިދާއެއް ކުރާތަނެއް ނުފެނެއެވެ. އަދި މިހާތަނަށް މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލެއް ވެސް ގެނެވިފައެއް ނުވެއެވެ.
  މިވެސް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާފައިިވާ ޕްރޮޖެކްޓެއް

 13. ައަހުމަދު

  ތިވަރަށް ގޮތެއްނެތްމީހެއްގެ ވާހަކަ ތިދައްކަނީ ވާއެއްވެސް ކަމެއްނެތް އެކަމަކު މޭޔަރުގެ މަޤާމުގައި .

  10
 14. ޑަރޭ

  މިވަރުބަޔަކަށް ދިހަ އަހަރު ދިނަސް ބުނާނެ ކުރީގެ ކޮންމެވެސް ކަމެކޭ....ކަންތަ އް ހައ އްލު ކުރަން ނުދަންނަ ސަރުކާރު.

 15. ސްނޭޕް

  ރައީސް ޔާމީންގެ ސަރުކާރުން ނިންމާފަ އޮތް ކަމެއްނު މިވެސް..