ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކުރުން ލަހެއް ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އަށް އަމާޒުވާ ފާޑުކިޔުންތަކާއި މެދު ވާހަކަދައްކަވަމުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އިން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމުން ދިމާވާ ކަންކަން ހައްލު ކުރުމަށް ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވެސް ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ލަސްވަމުން އަންނާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއް މީހުން ކަންބޮޑުވަނީ ބައެއް ފަނޑިޔާރުންނާއި ޖޭއެސްސީގައި ތިއްބަވާ މީހުންނާއި ކުރިން ބޭއްވި ގުޅުން ނެތުމުން ކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން އަޅުގަނޑަށް ފެންނަ ތަނުގައި ލަހެއް ނުވޭ. އެއީ ދިވެހި ރައްޔިތުންގެ ޕާޓީގެ ވައުދެއް. އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މި 5 އަހަރު ތެރޭގައި އެކަން ކުރާނެ. ޖޭއެސްސީ ދެން އެކުލަވާލާނީ ކޮން ގޮތަކަށްތޯ؟ މިސާލަކަށް މަޖިލީހުގެ ރައީސް އާއި އެކު ސިވިލް ސަރވިސްގެ ރައީސް އޭގައި އިނުން ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ؟ އެއީ ނާހަންވީ ސުވާލެއް ނޫން." ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގައި މި ވަގުތު އޮތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީއެކެވެ. އެ ކޮމިޝަންގެ ރައީސް އަކީ ތުޅާދޫ ދާއިރާގެ އެމްޑީޕިގެ މެންބަރު ހިސާން ހުސައިންއެވެ. ނައިބު ރައީސްއަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީއެވެ. އެ ކޮމިޝަންގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އިންނަވައެވެ.

ރައީސް ނަޝީދު ވަނީ މހާރު ފަނޑިޔާރުގެ އަށް މީހުން އިތުބާރު ކުރާ މިންވަރު ކުރިއާއި އަޅާ ބަލާއިރު ފަނޑިޔާރުގެއަށް މީހުން އިތުބާރު ކުރާ މީހުން އިތުރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު ވަރަށް ގިނަ ފަނޑިޔާރުންނަކީ ވަރަށް ރަނގަޅަށް އިޚުލާސްތެރިކަމާއި އެކު، ރަނގަޅަށް ޝަރީއަތް ކުރާ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    2023.އޯކޭ

  2. ޗާލު

    އެމްޑީޕީ އެކްޓިވިސްޓުން ފަނޑިޔާރު ގެތަކަށް ހަމަވުމުން ޖޭއެސްސީ ބަދަލުކުރާނީ. އަދި ލަހެއްނުވޭ. ސްޕްރީމްކޯޓު އޯކޭ. އަދި ހައިކޯޓާއި ދަށުކޯޓުތައް ހަމަޔަކަށ ނޭޅޭތީތޯ ތިމަޑުކުރަނީ.

    8
    1
  3. މުހަނމަދު

    މިއަދު ޖޭއެސްސީ ގައި ތިބީ މިއަދުގެ ސަރުކާރުން އެލިހާ ބަތަކަށް ރިހަވާ އެމްޑީޕީ ގެ މަކަރުވެރި ދަލުގައި ޖެހި އެކަމަށް ކުފޫ ހަމަނުވާ މީހުން ތަކރއް