ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިއްޔެ ގެޒެޓްގައި އާއްމުކުރި އެ އިއުލާނުގައި ބުނެފައި ވަނީ، ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު، އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކަކީ ގްރޭޑް 10 ނިންމާފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއްނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމާއި، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައިވާ މީހެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި، ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. އަދި ނެގިފަހުން ތިން މަސް ދުވަސްވެފައިނުވާ، އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯ އާއި، އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާ އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއް ނަމަ އެވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައައްޒާމް

    ނޫޅެން ވަންނާކަށް.
    މީގެކުރިން އިންޓެލްގަ އި މަސަ އްކަތް ކުރިން.
    ފޯން ކޯލްތަ އއް އަޑު އަހަން

    3
    1
  2. މިއަދު

    މިއަދު ގައުމަށް އެއްމެބޮޑު މައްސަލައަކީ ވަޒީފާ އަދާނުކުރާ ޒުވާނުންގިނަވުމުގެ މައްސަލަ މަސްތުވާ ތަކެތީގެ އޮއިގައިޖެހި ޒުވަނުން ހަލާކުވެދަނީ ވަޒީފާއަދަނުކޮށްތިބެގެން ދައުލަތުން ބޭކާރު ޚަރަދުކޮށްގެން މަސްތުވާއެއްޗެހި ބޭނުންކުރަ ފަރާތްތައް ރިހިބެލިޓޭޝަން ކުރުމަށް ހޭދަތަކެއްކޮށް ހަމަކުރިން ހުރި ހާލަތަށް ދޫކޮށްލާ އެނބުރިއައިސް ހަމަކުރީގެ ރައްޓެހިންނާއި އެކު ހަމަ އެކުޅިފަށަނީ އަޅުގަނޑުގެ ޚިޔާލަކީ އެފަދަ ޒުވާނުނަށް މަޖުބޫރުކުރުވައިގެންވެސް ޢާއްމުދަނީއެއް ލިބެފަދަމަސައްކަތްތަކެއް ،ތިފަދަ ހަރަކާތެއްގެ ތެރެއިންވެސް ކުރިއަށްނުގެންދެވެންވީ ކީއްވެހޭ ރިހެބުން ދޫކޮށްލާ ޒުވާނުންގެ ތެރެއިން ތިފަދަ ވަޒީފާއެއް އަދާކުރުމަށް ޝައުގުވެރިވާ ޒުވަނުންނަށް ނަށް ވަޒީފާދެއްވައިގެން ޔުނީފޯމު ބޮޑީއެއްގައި ގެންގުޅެވިއްޖެނަމަ ރިހެބުން ދޫކޮށް އަނބުރާ މަސްތުވާ އެއްޗިއްސަށް ދާޒުވާނުންގެ 90% ސަލާމަތްކުރެވޭނެކަން އަޅުގަނޑު ޤަބޫލުކުރަން